29 ޖޫން 2024 - 06:07
ބޮލުގައި އަޅަން ގެންގުޅޭ ފުނަލަކީ އިސްތަށިގަނޑަށް ވަރަށް މުހިންމު އެއްޗެކެވެ. ޕްލާސްޓިކް ފުނަލަކުން ނުލިބޭނެ އެތައް ފައިދާއެއް ލަކުޑިން ހަދާފައި ހުންނަ ފުނަލުން ލިބެ އެވެ.
ލަކުޑި ފުނާ އާންމުކޮށް ހަދާފައި ހުންނަނީ ބޮކްސްވުޑް، ޗެރީ ލަކުޑި ނުވަތަ އެ ނޫން ވެސް ރީތި ދަނޑި ލަކުޑިންނެވެ. ރަނގަޅު ފެންވަރަކަށް ހަދާފައި ހުންނަ ލަކުޑި ފުނަލެއް ހުންނާނީ ވަރަށް ރީތިކޮށް ޕޮލިޝް ކޮށްފަ އެވެ.
މިއީ ލަކުޑިން ހަދާފައި ހުންނަ ފުނަލުކުން ލިބިދާނެ ބައެއް ފައިދާ އެވެ؛
- ބޮލުގެ ތަލަ ދުޅަހެޔޮ ކަންމަތީ ހުރުމަށް ލަކުޑިފުނަލަކީ ރަނގަޅު އެއްޗެކެވެ. އަދި ލޭ ދައުރު ކޮށްދިނުމަށް ވެސް އެހީތެރިވެދޭ އެއްޗެކެވެ.
- އިސްތަށިގަނޑުގައި ހުންނަ ގޮށްތައް ފިލުވަން ފަސޭހަ ވާނެ އެވެ.
- ލަކުޑި ފުނަލުން ފުނާ އަޅަން ފެށުމުން އިސްތަށިގަނޑު ގޮށްނުޖެހި އެއްގޮތެއްގައި ބަހައްޓައި ދޭނެ އެވެ.
- ލަކުޑި ފުނަލަކީ ތިމާވެއްޓާ ރައްޓެހި އެއްޗެކެވެ.
- ފުނަލުގައި ހުންނަ ހަޑިތައް ފިލުވަން ފަސޭހަ ވާނެ އެވެ.
- އިސްތަށިގަނޑަށް އިތުރު މޮއިސްޗަރައިޒް ކަމެއް ލިބޭނެ އެވެ.
- ފަރުވާތެރިކަމާ އެކު ބަލަހައްޓައިފި ނަމަ ގިނަ ދުވަސްތަކެއް ވަންދެން ގެންގުޅެވޭނެ އެވެ.
- ބޮލުން އިސްތަށި ފޭބުން މަދުކޮށްދޭނެ އެވެ.
- އެކި ވައްތަރުގެ އިސްތަށިގަނޑާއި ގުޅޭނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަނޒޫރީ
29 June 2024
މާދަން ބުނާނެ' އެލްމިނިއަމް ފޮއިލް ބޮލުގަ އެޅީމަ ޖިންނި ޝައިތޯނުން އަވަލުން ދުރުކޮށްދޭނެޔޭ.
ގެދާނޯމޮސް
29 June 2024
ހެހޭ ! ލަކުޑިވިޔަސް އޭގެ ބޭރުން ލާފަ ހުންނަ އޮފްސްޕްރޭގެ ސަބަބުން ޕްލާސްޓިކުގެ އަސަރު ނުކުރާނެ ގޮތެއްނެތެވެ. ނަމަވެސް ގުދުރަތީ ގޮތުގަ ހުންނަނަމަ، ފައިދާ ނުކުރާނެ ކަމުގަ ބުނެވޭކަށް ނެތެވެ.