03 ޖުލައި 2024 - 10:08
ހުއްދަ ނެތި ކޮމްޕިއުޓަަރާއި ޑޭޓާއަށް އެކްސެސްވުމާއި ސައިބާ ކްރައިމްގެ ކުށްތައް ގާނޫނުލްއުގޫބާތުގައި ހިމަނަން ރައްޔިތުންގެ މަޖިލީހަށް އަލުން އިސްލާހު ހުށަހަޅައިފި އެވެ.
ގާނޫނުލްއުގޫބާތަށް އިތުރު ކުރާ ކުށްތަކުގެ އިސްލާހަކީ މިދިޔަ ސަރުކާރުން ތައްޔާރުކޮށް 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިސްލާހެކެވެ. ނަމަވެސް، މިދިޔަ އަހަރު ހުށަހެޅި ބިލާ މެދު އެ މަޖިލީހުގައި ގޮތެއް ނުނިންމަ އެވެ.
ހަމަ މި އިސްލާހު މިހާރު ވަނީ 20 ވަނަ ރައްޔިތުންގެ މަޖިލީހަށް ވެސް ހުށަހަޅައިފަ އެވެ. އިސްލާހު ހުށަހެޅުއްވީ މާފުށީ ދާއިރާގެ ޕީއެންސީ މެންބަރު ހުސެއިން ރިޒާ އެވެ.
1. ހުއްދަ ނެތި ކޮމްޕިއުޓަ ސިސްޓަމަކަށް އެކްސެސްވުން
2. ކުށެއް ކުރުމަށް މަގުފަހި ކުރުމުގެ ނިޔަތުގައި ހުއްދަ ނެތި ކޮމްޕިއުޓަ ސިސްޓަމަކަށް އެކްސެސްވުން
3. ހުއްދަ ނެތި ކޮމްޕިއުޓަ ޑޭޓާ އިންޓަސެޕްޓް ކުރުން
4. ހުއްދަ ނެތި ކޮމްޕިއުޓަ ސިސްޓަމަކަށް އިންޓަފިއާ ކުރުން
5. ނަހަމަ ގޮތެއްގައި ޑިވައިސްތައް ބޭނުން ކުރުން
6. ސައިބާ ވަޔަލަންސްގެ އަމަލުތައް
7. ކޮމްޕިއުޓަރާ ގުޅުން ހުރި ފޯޖަރީގެ އަމަލުތައް
8. ކޮމްޕިއުޓަރާ ގުޅުން ހުރި އޮޅުވާލުމުގެ އަމަލުތައް
9. ކޮޕީރައިޓާއި އެއާ ގުޅޭ އެހެނިހެން ހައްގުތަކަށް އަރައިގަތުމުގެ އަމަލުތައް
އެ އަމަލުތަކަކީ ކުށެއް ކަމުގައި ކަނޑައެޅި ނަމަވެސް ކޯޓު އަމުރެއްގެ ދަށުން ނުވަަތަ ގާނޫނަކުން ބާރު ލިބިގެން ދޭ ހުއްދައެއްގެ ދަށުން އެކްސެސް ކުރުމަކީ ކުށެއް ކަމުގައި ނުބެލެވޭނެ ކަމަށް އެ އިސްލާހުގައި ބުނެފައިވެ އެވެ.
އެފަދަ ކުށަކަށް އަރައިގެންފި ނަމަ އަހަރަކަށް ވުރެ ގިނަ ދުވަހަށް ޖަލަށް ލުމުގެ އަދަބު ކަނޑައެޅުމަށް ވެސް އެ އިސްލާހުގައި ވަނީ ހުށަހަޅައިފަ އެވެ.
ސައިބަކްރައިމްގެ ކުށްތަށް ރާއްޖޭގައި ގިނަވަމުންދާއިރު، އެފަދަ ކުށްތަކުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ކުށްތައް ތަކުރާރު ވުމަކީ މިހާރު އުފެދިފައިވާ ކަންބޮޑުވުމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަޓްވަޓް
03 July 2024
އޭ މަބުނީ ހެކް ކުރުމަކީ އަދި ކުށެއް ނޫންދޯ. މިއޮތްހުރިހާ ދުވަހު ކުށެއް ކަމަށް ހީކޮށް މިއުޅެނީ. ތި ސުރުހީކިޔާފަ އެތައް ސަތޭކަ ސައިޓެއް ހެކް ކުރާނެ ކުދިން އުޅޭނެ. ހުއްދަވީ ކަމަށް.
ޔާސިރްް
03 July 2024
ސައިބަރ ކްރައިމްގެ ޝިކާރައަކަށް ވެފައިވާ މީހުންނަށް އެހީތެރިވުމާއި އެމީހުންނަށް ލިބޭ ގެއްލުންތަކުން އަރައިގަތުމަށް އިންސާފާއި އެހީތެރިކަން ލިބޭނެ ގޮތްތައް ކަށަވަރުކުރުމަކީ މިސަރުކާރާއި ރައީސް މުއިއްޒުއަށް ފަށްފަށުން ޝުކުރު އަދާކުރާ ކަމެއް. މިފަދަ ވެރިޔެއްލިބުނީތީ މިޔަދު އުފާކުރަން.
ސާޖިދް މޫސާާ
03 July 2024
ޑިޖިޓަލް ޒަމާނުގެ ކަންކަމަށް ގާނޫނީ އޮނިގަނޑުތައް އެޑެޕްޓްކޮށް ޒަމާނީ ނުރައްކާތަކާ ދެކޮޅަށް ގާނޫނުތައް ގުޅުންހުރި އަދި ފައިދާހުރި ކަންކަން ކަށަވަރުކޮށްދިނުމަށް ސަރުކާރުން ކުރާ މަސައްކަތް ފުރިހަމައަށް ބަލައިގަންނަން.
ރިޔާޒްް
03 July 2024
އޮންލައިންކޮށް ރައްކާކޮށް ޓްރާންސްމިޓްކުރާ ޒާތީ އަދި ނާޒުކު ޑޭޓާ ރަނގަޅަށް ރައްކާތެރިކޮށްދީ ރައްޔިތުންގެ ޕްރައިވެސީ ހައްގުތައް ރައްކާތެރިކޮށްދިނުމަށް ކަށަވަރުކޮށްދޭ މިބިލަކީ މާމާކުރިންވެސް އިންނަަންޖެހޭ ބިލެއް. މިދިޔަ ސަރުކާރުގެ ސުޕަރ މެޖޯރިޓީއާއެކުވެސް މިކަން ނުކުރެވުނީ ކީތްވެކަން ސާފެއްނޫން.
އަސީލްް
03 July 2024
ޖަލު ހުކުމް ހިމެނޭ ގޮތަށް ބޮޑެތި އަދަބުތައް ދިނުމުން ސައިބަރ ކްރައިމްތަކުގައި ބައިވެރިވާ ފަރުދުން ހުއްޓުވި މިކަމަށް ވަންނަމީހުން މަދުވެ އެކަންކަން މަދުވެގެންދާނެ.
ޖަވާބުު
03 July 2024
މި ބިލަކީ ކޮމްޕިއުޓަރ ސިސްޓަމްތަކާއި ޑޭޓާއަށް ހުއްދަ ނެތި ވަނުމުން ރައްކާތެރިކަންކަށަވަރުކޮށް ހަރުދަނާކޮށް އަޅުގަނޑުމެންގެ ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ރައްކާތެރިކޮށްދޭ ބިލެއް.