08 ޖުލައި 2024 - 10:36
ކްލީން މޯލްޑިވްސް އާއި ދިރާގު ގުޅިގެން "ގޯ ގްރީން 2024"ގެ ނަމުގައި ހާއްސަ ގަސް އިންދުމުގެ ހަރަކާތެއް ބާއްވައިފި އެވެ.
މި ހަރަކާތް ފައްޓަވައިދެއްވީ އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމް އެވެ. މިއީ، ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރަން ސަރުކާރުން ފަށާފައިވާ ގައުމީ "ފަސް މިލިއަން ގަސް" ޕްރޮގްރާމަށް އެއްބާރުލުން ދިނުމުގެ ގޮތުން ކުރިއަށްގެންދިޔަ ހަރަކާތެކެވެ.
ދިރާގުގެ މުވައްޒަފުން ގަސް އިންދަނީ.
'ގޯގްރީން 2024' ހަރަކާތުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޖުމްލަ 1000 ގަސް އިންދާފައިވެ އެވެ. އޭގެ ތެރޭގައި މަގޫ (ސީ ލެޓިއުސް)، ކުރެދި (އަޔަންވުޑް)، ދިއްގާ (ސީ ހިބިސްކަސް)، ހިރުނދު (ޕޯޓިއާ ޓްރީ) އަދި ރުއް ހިމެނެ އެވެ. މި ހަރަކާތަށް ދިރާގުން 255 ގަސް ހަދިޔާކުރި އެވެ.
މި ހަރަކާތުގައި ދިރާގާއި ކްލީން މޯލްޑިވްސް އާއި އެޗްޑީސީ އާއި ހާޑް ރޮކް ހޮޓެލް މޯލްޑިވްސްގެ އިތުރުން އައިކެއާ މޯލްޑިވްސްގެ އޮފިޝަލުންނާއި ވޮލަންޓިއަރުން ވެސް ބައިވެރިވި އެވެ.
ތިމާވެށި ހިމާޔާތްކުރުމަކީ ދިރާގުގެ ސީއެސްއާރު ޕްރޮގްރާމްގެ މައިގަނޑު އެއް އަސާސެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަޑަބޮއް ސައީދު
10 July 2024
އޮއްޓަފާޅެއް ހުރިގޮތަށް ގަސް އިންދަމުން ގެންދިއުމަށް އެދެން.