ކުޅިވަރު / ވޮލީބޯލް އެސޯސިއޭޝަން ކަޕް

ވޮލީބޯޅަ އެސޯސިއޭޝަން ކަޕުގެ ފުރަތަމަ މެޗަށް ޓީމު ހާޒިރެއް ނުވި

މިދިޔަ އަހަރުގެ އެސޯސިއޭޝަން ކަޕްގެ ތިންވަނަ ހޯދި އަލްމާ ސްޕޯޓްސް. މިއަހަރުގެ ފުރަަތަމަ މެޗަށް އެޓީމު ހާޒިރެއް ނުވޭ.--

09 ޖުލައި 2024 - 13:32

1 comments

އިއްޔެ ފެށި މި އަހަރުގެ އަންހެން ވޮލީބޯޅަ އެސޯސިއޭޝަން ކަޕްގެ ފުރަތަމަ މެޗަށް އަލްމާ ސްޕޯޓްސް ކްލަބް ހާޒިރު ނުވުމުން އެންމެ ފަހުގެ ޗެމްޕިއަން ކްލަބް ވެމްކޯ އަށް ސީދާ ތިން ސެޓުން 18-0, 18-0, 18-0 އިން މެޗު ލިބިއްޖެ އެވެ.

އެސޯސިއޭޝަން ކަޕްގެ އަންހެން ޑިވިޝަން އިއްޔެ ފެށިއިރު، ފިރިހެން ޑިވިޝަން ފަށަން ތާވަލް ކޮށްފައި އޮތީ އޮކްޓޫބަރު މަހުގެ ފަހުކޮޅަށެވެ.

އެސޯސިއޭޝަން ކަޕްގެ އަންހެން އަދި ފިރިހެން ޑިވިޝަނުގައި ވެސް، މިދިޔަ އަހަރުގެ މުބާރާތުގެ ގަދަ ހަތަރު ޓީމާއި، މިއަހަރު ބޭއްވި އެސޯސިއޭޝަން ކަޕް ޕްރިލިމިނަރީ ބުރުގެ ގަދަ ހަތަރު ޓީމަށް ފުރުސަތުދޭން އޮތީ ނިންމައިފަ އެވެ. މިއިން ޓީމެއް ބައިވެރި ނުވެއްޖެ ހާލަތެއްގައި އެސޯސިއޭޝަނުން ކަނޑައަޅާ އެހެން ކުލަބެއް ބައިވެރި ކުރެވެ އެވެ.

ވާދަކުރާ އަށް ޓީމު ދެ ގުރޫޕަކަށް ބަހާލާފައި ވާއިރު، ވެމްކޯ އާއި އެންމެ ފަހުގެ މުބާރާތުގެ ތިން ވަނަ ހޯދި އަލްމާ ސްޕޯޓްސްގެ އިތުރުން ގުރޫޕް އޭ ގައި ދެން ހިމެނެނީ ހިންމަފުށި ވިކްޓޯރިއަސް ސްޕޯޓްސް ކްލަބާއި އެސޯސިއޭޝަން ފޯ ދަރަބޫދޫ ޑެވެލޮޕްމަންޓެވެ.

ގުރޫޕް ބީގައި ހިމެނެނީ އެންމެ ފަހުގެ ރަނަރަޕް ޕޮލިސް ކްލަބްގެ އިތުރުން ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަނާއި ގުޑީސް ސްޕޯޓްސް ކްލަބް އަދި އަސްދިގާ ސްޕޯޓްސް ކްލަބެވެ.

މިދިޔަ އަހަރުގެ ތިންވަނަ ހޯދި ވޮލީބޯލް އެކަޑަމީ އޮފް މޯލްޑިވްސް ބައިވެރި ވެފައި ނުވެ އެވެ. ދަރަނބޫދޫ ޑެވެލޮޕްމަންޓާއި ގުޑީސް އަދި އަސްދިގާ އަކީ މިއަހަރުގެ ޕްރިލިމިނަރީ ބުރު ކުޅުނު ތިން ޓީމެވެ. ނަމަވެސް ހިންމަފުށި ވިކްޓޯރިއަސް އާއި ޔޫތު ނިއު ޖެނެރޭޝަން، މިއަހަރުގެ ޕްރިލިމިނަރީގައި ކުޅެފައެއް ނުވެ އެވެ.

އިއްޔެގެ ދެ ވަނަ މެޗުގައި ދަރަބޫދޫ ޑެވެލޮޕްމަންޓް ވަނީ ސީދާ ތިން ސެޓުން ހިންމަފުށީ ވިކްޓޯރިއަސްގެ މައްޗަށް ކުރި ހޯދައިފަ އެވެ. ދަރަބޫދޫ އިން 18-9، 18-6 އަދި 19-14 އިން ސެޓްތައް ގެންދިޔަ މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެ ޓީމުގެ ފަޒްލާ މުހައްމަދެވެ.

ގްރޫޕް ބީގެ ދެ މެޗު ރޭ ވަނީ ކުޅެފަ އެވެ. އެ ގްރޫޕުގައި ގުޑީސް އިން 3-1 ސެޓުން އަސްދިގާ ބަލިކުރިއިރު، ސެޓްތައް ގެންދިޔައީ 18-15، 12-18، 18-11 އަދި 18-11 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ގުޑީސްގެ މަރިޔަމް އާމިރެވެ.

އެންމެ ފަހުގެ ރަނަރަޕް ޕޮލިސް މެޗު ކާމިޔާބު ކުރީ ޔޫތު ނިއު ޖެނެރޭޝަނާ ވާދަކޮށް 3-2 ސެޓުންނެވެ. ފުރަތަމަ ދެ ސެޓް ޕޮލިހުން 18-10، 18-14 އިން ގެންގޮސްފައި ވަނިކޮށް ޔޫތު ނިއު ޖެނެރޭޝަނުން ވަނީ ދެން ކުޅުނު ދެ ސެޓުގައި 18-16، 18-12 އިން ކުރި ހޯދައިފަ އެވެ. ޕޮލިހުން މެޗު ކާމިޔާބުކުރީ ފަސް ވަނަ ސެޓުގައި 15-11 އިން ކުރި ހޯދައިގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޕޮލިހުގެ އާމިނަތު ޝަހާ ޝާމިން އެވެ.

މިއަދު މެންދުރު 3 ޖަހާއިރު ވެމްކޯ އާއި ހިންމަފުށީ ވިކްޓޯރިއަސް ބައްދަލުކުރާގޮތަށް ހަމަޖެހިފައި ވާއިރު، އަލްމާ ސްޕޯޓްސް އާއި އެސޯސިއޭޝަން ފޯ ދަރަބޫދޫ ޑެވެލޮޕްމަންޓް ބައްދަލުކުރާ މެޗު ފަށާނީ ހަވީރު 4:30 ގަ އެވެ. ގުރޫޕް ބީގެ ޕޮލިހާއި ގުޑީސް ބައްދަލުކުރާ މެޗު 7 ޖަހާއިރު ފެށުމަށް ހަމަޖެހިފައި ވާއިރު، މިއަދުގެ ފަހު މެޗުގައި މިރޭ 9:30 ގައި ބައްދަލުކުރާނީ އަސްދިގާ އާއި ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަނެވެ.

1 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މަޣުފު

09 July 2024

މުސްލިމް ގައުމެއްގަ ކުޅޭ މުބާރަތެއްގެ މެޗެތައް ކުޅޭ ގަޑިތައް މިހުރީ ނަމާދު ގަޑިތަކާއި ދިމާކޮއްފަ. ހިތާމައިގެ ކޮޅެއްވެސްނެތް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454