ދަރުމަވަންތަ ހޮސްޕިޓަލް: އާސަންދައިން މެޑިކަލް ޗެކަޕް ހެދުމުގެ ފުރުސަތު 19 އަހަރުން މަތީ މީހުންނަށް ވަނީ ހުޅުވާލައިފައި - ފޮޓޯ: މިހާރު
09 ޖުލައި 2024 - 19:21
އާސަންދަ ސްކީމްގެ ދަށުން 19 އަހަރާއި 39 އަހަރާ ދެމެދުގެ މީހުންނަށް އަހަރަކު ދެ ފަހަރު މެޑިކަލް ޗެކަޕް ހެދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އާސަންދަ އިން ބުނީ ސަރުކާރުގެ ހަފުތާ 14 ގައި ހިމަނާފައިވާ މަގުޗާޓުގައި ހިމެނޭ ގޮތަށް، މި މަހުން ފެށިގެން އުމުރުން 19 އަހަރާއި 39 އަހަރުގެ ދެމެދުގެ މީހުންނަށް އަހަރަކު ދެ ފަހަރު ސަރުކާރުގެ ހޮސްޕިޓަލްތަކުން މެޑިކަލް ޗެކަޕް ހެދޭނެ ކަމަށެވެ.
އާސަންދައިގެ ދަށުން މެޑިކަލް ޗެކަޕް ހަދަން އެންމެ ފުރަތަމަ ފުރުސަތު ހުޅުވާލީ 50 އަހަރުން މަތީގެ މީހުންނަށެވެ. އޭގެފަހުން މިދިޔަ އޭޕްރީލް މަހު 35 އަހަރުން މަތީގެ މީހުންނަށް ފުރުސަތު ހުޅުވާލި އެވެ. އަދި 18 އަހަރުން ދަށުގެ ކުދިންނަށް ސަރުކާރުގެ ހޮސްޕިޓަލްތައް މެދުވެރިކޮށް ސްކްރީނިން ހެދޭނެ އިންތިޒާމް ހަމަޖެއްސި އެވެ.
މީގެ ކުރިން، 1 ޖަނަވަރީ 2024 ގައި 50 އަހަރުން މަތީގެ އުމުރުފުރާ އަދި 1 އޭޕްރީލް 2024 ގައި 18 އަހަރުން ދަށުގެ އުމުރުފުރާއާއި 40 އަހަރުން މަތީގެ އުމުރުފުރާގެ ފަރާތްތަކަށް އާސަންދަ ސްކީމުގެ ދަށުން މެޑިކަލް ޗެކަޕް ހެދުމުގެ އިންތިޒާމުވާނީ ހަމަޖައްސައިދީފަ. pic.twitter.com/cTINX4CSQ2
— Aasandha Company Ltd (@AasandhaLtd) July 9, 2024
އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވެފައިވާ ގޮތުގައި ޒުވާން އުމުރުގައި ވެސް ބޮޑެތި ބަލިތައް ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދިއަސް، މެޑިކަލް ޗެކަޕް ހެދުމަކީ ޒުވާނުން އެހާ ސަމާލުކަން ދޭ ކަންކަމެއް ނޫންކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
ނަމަވެސް، ހިލޭ އެކަން ވާނަމަ ޗެކަޕް ހަދަން ބާރު ލިބޭ ކަމަށާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް ނެގުމަށް ޗެކަޕް ހެދުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ހީނާ ވިދާޅުވި އެވެ.
އެ ހުރިހާ ކަމެއް ހުއްޓަސް، އެންސްޕާއިން ބުނީ މެޑިކަލް ޗެކަޕް ހަދަން އެންމެ ބޭނުންވާ ތަރުހީބެއް ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ހުސްނުވާ އާސަންދައިގެ ދަށުން އިތުރު ހިދުމަތްތައް ފޯރުކޮށްދިނުމާ ބެހޭ އުސޫލު"ގައިވާ ގޮތުން މެޑިކަލް ޗެކަޕްގެ ހިދުމަތް ފޯރުކޮށްދޭނީ ވަކިވަކި އުމުރުފުރާތަކަށް ހާއްސަކޮށް އާސަންދަ ކުންފުނިން ކަނޑައަޅާފައިވާ މެޑިކަލް ޗެކަޕް ޕެކޭޖްތައް، އެ އުމުރުފުރާގެ ކޮންމެ މީހަކަށް އަހަރަކު އެއްފަހަރު ބޭނުންކުރެވޭ ގޮތަށެވެ.
ޑޮކްޓަރެއްގެ ލަފާއާ އެކު މެޑިކަލް ޗެކަޕް ހަދާފައިވާ ފަރާތަކަށް އަހަރެއްގެ ތެރޭގައި ދެވަނަ ފަހަރަށް ވެސް މެޑިކަލް ޗެކަޕް ހެދިދާނެ ކަމަށް އުސޫލުގައިވެ އެވެ. އުސޫލުގައިވާ ގޮތުން އާސަންދައިގެ ދަށުން މެޑިކަލް ޗެކަޕް ހެދޭނީ ސަރުކާރު ހޮސްޕިޓަލްތައް ނުވަތަ ސިއްހީ މަރުކަޒުތަކުން އެކަންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝަފްރާޒްް
10 July 2024
މި ސަރުކާރު މިއުޅެނީ އިރާފައެއްނު ހެލްތް ސެކްޓަރގަ. ވަރަށް ސަޅި ކަމެއް މީ ހަމަ
ޖާވިދް
10 July 2024
ގަވާއިދުން ސިއްހީ ޗެކްއަޕް ކުރުމުން، މި ޤައުމުގެ ސިއްޙީ ޓްރެންޑްތައް ދެނެގަތުމަށްޓަކައި، އަޅުގަނޑުމެންގެ ސަރުކާރަށް މުހިންމު ޑޭޓާ އެއްކުރެވޭނެ. ހުރިހާ ގޮތަކުން ބެލިޔަސް ކަމަކީ އެއްވަނައިގެ ކަމެއް
ޒައިންް
10 July 2024
ހިލޭ ޗެކްއަޕް ހެދޭ ގޮތް ވުމުން އެލިބުނީ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް. މިހާރު ކުރީ ބައިގަ ކަންކަން އިނގުނީމަ އެކަންކަމަށް ރެޑީ ވެވޭނެއްނު. ޑރ.މުއިއްޒުގެ މިކަހަލަ ހުރިހާ ސިޔާސަތަކަށް މަ ވަރަށް ތާއީދު
ފާރިޝްް
10 July 2024
ގަވާއިދުން ޗެކްއަޕް ކުރުމުން މައްސަލަތައް އަވަހަށް ފެނި، ފުރާނަ ސަލާމަތް ކުރަން ކުރީ ބައިގަ ފުރުސަތު ލިބިގެންދޭ
ވާހިދް
10 July 2024
އާ ސިއްހީ ޗެކްއަޕްތަކާ އެކު ކޮންމެ މީހަކަށް ވެސް ސިއްހީ ގޮތުން އެންމެ މަތީގައި ހުރުމުގެ ފުރުސަތު އެބައޮތެވެ. ޅައިރު ހަށިގަނޑަށް ބެލި ބެލުމެއް ފަހުންވެސް ބެލޭނީ
ބަޝީރް
10 July 2024
މިކަހަލަ ފިޔަވަޅުތަކުގެ ސަބަބުން ޞިއްޙީ ޚިދުމަތް ލިބިގަތުމުގެ ފަސޭހަކަން އިތުރުވޭ. ސިއްހީ ދާއިރާ އަށް ޑރ.މުއިއްޒުގެ ސަރުކާރުން މިދޭ އަހައްމިއްޔަތު ކަން ވަރަށް ބަލައިގަނެވޭ
ނޫހްް
10 July 2024
ޒުވާނުންނާއި ބޮޑެތި މީހުންނަށް ޙާއްސަކޮށްގެން ޞިއްޙީ ފަރުވާ ހޯދުމުގެ ފުރުޞަތު މި ސަރުކާރުން ކަށަވަރުކޮށްދީފި
ދިހާމް ހަސަން
10 July 2024
އުފާވެރި ހަބަރެއް. ލުއިވާނެ ދެން.
ގަފޫރް އީސަ
10 July 2024
ޒުވާން އަދި ހަރުއުމުރުފުރާ މީހުންގެ ބޭނުންތައް އަޑުއަހައި، ގަވާއިދުން ސިއްހީ ޗެކްއަޕްތައް ކުރިއަށް ގެންދިއުމަށް އިސްކަންދޭން އާސަންދައިން މިފަދަ ހިދުމަތެއް ފޯރުކޮށްދިނީތީ ރައީސް މުއިއްޒުއަށް ސެލިޔުޓް އަރުވަން
މުމްތާޒްް
10 July 2024
އާސަންދައިން މިތައާރަފްކުރި ހެލްތްޗެކަޕްއަކީ ޕްރިވެންޓިވް ހެލްތްކެއާ އަށް ސަރުކާރުން ކުރާ މަސައްކަތުގެ ހެކި. އެއީ އަޅުގަނޑުމެންގެ ސިއްހަތުގެ ކަންތައްތައް ޕްރޮއެކްޓިވްކޮށް ޙަވާލުކުރުމުގެ ބާރު ލިބިގެންދާ ކަމެއް
ބާރު
10 July 2024
އޭރުން ޕްރައިވެޓް ސެކްޓަރ ބާރުވެރި ނުވެގެން މަޖިލީހަށް ބިލެއް ހުށައެއް ނާޅާނެބާ!!؟؟