އައިސީސީޕީއާރުގެ ރިވިއު ސެޝަންގައި ރާއްޖޭގެ ބަންޑާރަ ނައިބު އުޝާމް ވާހަކަ ދައްކަވަނީ.
10 ޖުލައި 2024 - 23:15
އދ. ގެ އިންޓަނޭޝަނަލް ކޮވެނަންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް (އައިސީސީޕީއާރު) ގެ ހައްގުތަކަށް ރާއްޖެ އިން ތަބާވަނީ ރާއްޖޭގެ ގާނޫނުތަކާއި އިސްލާމްދީނުގެ އަސްލުތަކާ އެއްގޮތަށް ކަމަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.
އެ އޮފީހުން މިއަދު ބުނީ ރާއްޖެ އިން ހުށަހަޅާފައިވާ ދެ ވަނަ ޕީރިއޮޑިކް ރިޕޯޓު، ބައިނަލްއަގުވާމީ ޖަމާއަތުގެ ހިއުމަން ރައިޓްސް ކޮމިޓީން މުރާޖައާ ކުރުމަށްޓަކައި ޖެނީވާގައި އިއްޔެ އާއި މިއަދު ބޭއްވި ރިވިއު ސެޝަންގައި ބައިވެރިވެފައިވާ ކަމަށެވެ.
އެ ރިވިއު ފެށުމުގެ ގޮތުން ރާއްޖޭގެ ވަފުދުގެ އިސް އޮފިޝަލް އެޓާނީ ޖެނެރަލް އުޝާމް ވިދާޅުވީ، އިސްލާމްދީނަކީ ދިވެހި ރައްޔިތުކަމުގެ މައިގަނޑު އެއް އަސާސްކަމާއި އެއީ ދިވެހި މުޖުތަމައުގައި ބަދަލުކުރަން ޖާގަ ނުދެވޭނެ އަސްލެއް ކަމަށެވެ.
ރާއްޖޭގެ ހިންގުމުގެ ނިޒާމާއި ގާނޫނީ އޮނިގަނޑު ހަރުދަނާ ކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތަކަށް އަލިއަޅުއްވާލައި، އުޝާމް ވިދާޅުވީ ރާއްޖޭގައި އައިސީސީޕީއާރުގެ ހައްގުތައް ދޭނީ ގާނޫނުއަސާސީ އާއި ރާއްޖޭގެ ގާނޫނުތަކާއި އިސްލާމްދީނުގެ އަސްލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.
ދެ ސެޝަނަކަށް ބަހާލައިގެން ގެންދިޔަ ރިވިއުގައި އޭޖީ އޮފީހުގެ އިތުރުން ރައީސް އޮފީހާއި ފޮރިން މިނިސްޓްރީ އާއި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީ އާއި ޖެންޑާ މިނިސްޓްރީ އަދި ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަންގެ އިތުރުން ޖެނިވާގައި ހުންނަ އދ. އޮފީހުގެ އިސް އޮފިޝަލުން ހިމެނޭހެން، މަތީ ފެންވަރުގެ ވަފުދެއް ބައިވެރި ވި އެވެ.
އެއީ އައިސީސީޕީއާރުގެ ދަށުން ކަށަވަރު ކޮށްދޭ މަދަނީ އަދި ސިޔާސީ ހައްގުތަކާއި މިނިވަންކަން އެ ގޮތަށް ދިނުމަށްޓަކައި ޖުލައި 2012 އިން މާޗު 2022 އަށް ރާއްޖެ އިން ކޮށްފައިވާ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ހިމަނައި އދ. ގެ ހިއުމަން ރައިޓްސް ކޮމިޓީއަށް ހުށަހަޅާފައިވާ ރިޕޯޓެކެވެ.
ރިވިއު ސެޝަނަށް ފަހު، ދިވެހި ސަރުކާރުގެ ރިޕޯޓާއި ރިވިއު ސެޝަންގައި އދ. ގެ ހިއުމަން ރައިޓްސް ކޮމިޓީއާ ހިއްސާކުރި މައުލޫމާތުގެ މައްޗަށް ބިނާކޮށް، ކޮމިޓީގެ ނިންމުންތަކާއި ހުށަހެޅުންތައް މި މަހުގެ 19 ވަނަ ދުވަހު ހިއްސާކުރާނެ ކަމަށް އޭޖީ އޮފީހުން ބުންޏެވެ.
ސެޕްޓެމްބަރު 19، 2006 ގައި ރާއްޖޭން ބައިވެރިވެ، އެ އަހަރުގެ ޑިސެމްބަރު 19 ގައި ތަސްދީގުކުރި އައިސީސީޕީއާރުއަކީ އިންސާނީ ހައްގުތަކާ ބެހޭ ވަށައިޖެހޭ މުއާހަދާއެކެވެ. އެ މުއާހަދާގައި ދީނީ މިނިވަންކަން ބަޔާންކުރާ 18 ވަނަ މާއްދާ ފިޔަވައި މުޅި މުއާހަދާ އަށް ރާއްޖޭން އެއްބަސްވެފައި ވާއިރު، އިންސާފުވެރި ޝަރީއަތެއް ކަށަވަރު ކޮށްދިނުމާއި ކުށުގެ ތުހުމަތު ކުރެވޭ މީހުންގެ ހައްގުތައް ހިމާޔަތް ކުރުން އެ މުއާހަދާ އިން ލާޒިމް ކުރެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްޑޫޅް +
11 July 2024
ހުޅަނގާއި އިރުމަތީގެ ތަހުޒީބުވެފައިވާ ރަށްރަށުގައި ދިވެހީންނަށް ލިބިދޭ ހައްގުތައް ރާއްޖޭގައިވެސް އެންމެނަށް ލިބިނުދޭ ހިނދަކު، ދިވެހީން ތަހުޒީބު ރަށްރަށަށް ދަތުރުކޮށް އުޅުން، އުސޫލެއްގެ ގޮތުން، މިހާރުން މިހާރަށް ބޯއިކޮޓު ކުރެވެން އެބަ ޖެހޭ. ކިޔަވަންވެސް، މުނިފޫހި ފިލުވަންވެސް، ވިޔަފާރިއަށްވެސް އަދި ބޭހަށްވެސް، މިކަން ފާޅުގައި ކުށްވެރިކޮށް، ގަރާރެއްގައި ސޮއިނުކުރާ ދިވެހީންނަށް ދެވިގެން ނުވާނެ.
އަބްޑޫޅް +
11 July 2024
ކަލޭމެން އެހެން މީހުންގެ ރަށްރަށް ގޮސް، ފުރަތަމަވެސް، ފައި ވިދިފަ ދައުވާކުރަނީ އަޑުގަދަކުރާއިން ބަންގިދިނުމުގެ ހައްގަށް. މިހާރުވެސް، ރާއްޖޭގެ މިސްކިތްތަކުގަ ޗަންދާ ނަގައިގެން، އޮޝްޓޭލިޔާގަ ކެލޭމެންގެ މީހުން މިސްކިތެއް އެބަ އަޅަމު. މިއީ ކަލޭމެން އެހެން ބަޔަކަށް ދޭން ބޭނުން ހައްގެއް ނޫން. ކަލޭމެންނަކީ މުޅި ދުނިޔެއާ ދެކޮޅު، ތަހުޒީބު މުޖުތަމައުތަކާއި ހަތުރުވެރި، ނާތަހުޒީބު ބައެއް.
މިއާލަމުގއި
11 July 2024
އިސްލާމީ އުޞޫލުތައް ދަމަހައްޓައި، އައި.ސީ.ސީ.ޕީ.އާރުގެ ޙައްޤުތައް މުޢިއްޒުގެ ސަރުކާރުން ކާމިޔާބުކޮށްފި. މަރުހަބާ ރައީސް
ފަހުދާން
11 July 2024
އައި.ސީ.ސީ.ޕީ.އާރު ގެ ޙައްޤުތަކާ ބެހޭގޮތުން އދއިން ވެފައިވާ ވަޢުދުތަކުގެ ތެރޭގައި އިސްލާމީ ރިވެތި އަޚްލާޤު ތައް އެކުލެވިގެންވާކަމަށްޓަކައި ޝުކުރު
ޒިލްމާ
11 July 2024
މުއިއްޒުގެ ސަރުކާރުން ވައުދުވެފައި ވަނީ އިސްލާމް ދީނުގައި އަށަގެންފައިވާ އދ.ގައި އައިސީސީޕީއާރުގެ ހައްގުތަކަށް އުސޫލެއް ގެނައުމަށް
ގިޔާމް
11 July 2024
އެންމެ ފަހުން، އދ.ގައި ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކާބެހޭ މަޝްވަރާތަކުގައި އިސްލާމީ އުޞޫލުތައް އެކުލެވިގެންވާ ސަރުކާރެއް މިލިބުނީ
ގައިސް
11 July 2024
މުއިއްޒުގެ ޒަޢާމަތުގައި ރާއްޖެއިން ވަނީ އިސްލާމީ ރިވެތި އަޚްލާޤަށް ތެދުވެރިވެ، އައިސީސީޕީއާރުގެ ޙައްޤުތަކަށް އަހައްމިއްޔަތުކަން ދޭކަން ކަށަވަރުކޮށްދީފަ
ބަހުބަލީ
11 July 2024
މުއިއްޒުގެ ސަރުކާރުން އދ.ގައި އިސްލާމީ އުސޫލުތައް ދެމެހެއްޓުމުގައި ސާބިތުކަންމަތީ ދެމިތިބޭއިރު، މިއީ ކުރީގެ ސަރުކާރުތަކާ ބަލާއިރު ތަފާތު ދައްކާ ސަރުކާރެއް
ނޯރާ
11 July 2024
އައިސީސީޕީއާރު ގާ ބުނެފަވާ ހައްގުތަކަކީ މާކުރިންވެސް ދިވެހިރާއްޖޭގަ އޮންނަ ހައްގުތަކެއް އިތުރަކަށް ދޭންޖެހޭ ހައްގެއް ނެތް. ދިވެހިން ތިބީ މާކުރީގާ.
އަލިބެ...
11 July 2024
ސޮއިކުރުމަށްފަހު ދިވެހި ރައްޔިތުންނަށް އޮޅުވާލަން ފާޑުފާޑުގެ ވާހަކަ ދައްކާނެ ކަމެއްނެތް. ދީންދެކެ ލޯބިވާ ބަޔަކު އެއްވެސް ޙާލަތެއްގައި ސޮއިކުރާނެ އެއްބަސްވުމެއްނޫން އެއީ.