11 ޖުލައި 2024 - 10:51
ސަރުކާރު ހިއްސާވާ ތިން ކުންފުންޏަކުން، ލިބޭ އާމްދަނީއަށް ވުރެ ބޮޑު ހޭދައެއް މުވައްޒަފުންގެ މުސާރައަށް މިދިޔަ އަހަރު ހަރަދު ކުރަން ޖެހުނު ކަމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ރިޕޯޓެއްގައި ބުނެފި އެވެ.
ސަރުކާރު ހިއްސާ އޮންނަ 31 ކުންފުންޏެއްގެ މައްޗަށް ޕީސީބީން އެކުލަވާލި މިދިޔަ އަހަރުގެ ފަހު ކުއާޓަރުގެ ރިޕޯޓުގައި ބުނީ، ކުންފުނިތަކުން އެންމެ ބޮޑު ހޭދައެއް ހިނގާ އެއް ކަމަކީ މުވައްޒަފުންނަށް މުސާރަ ދިނުން ކަމަށެވެ. އޭގެ ތެރެއިން ވެސް ބޮޑު ހޭދައެއް މުވައްޒަފުންނަށް ހިނގާ ތިން ކުންފުންޏަކީ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓާއި ރީޖަނަލް އެއާޕޯޓްސް އަދި ލ. ކައްދޫ އެއާޕޯޓު ކަމަށް އެ ރިޕޯޓުގައި ވެ އެވެ.
ޕީސީބީން ބުނިގޮތުގައި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި މުވައްޒަފުންގެ އަދަދު މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ވަނީ 34،369 އަށް އަރައިފަ އެވެ. އޭގެ ކުރީ ދެ އަހަރު އެ އަދަދު ހުރީ 30،866 ގަ އެވެ.
ރިޕޯޓުގައި ހުރި ތަފާސްހިސާބަށް ބަލާއިރު، އެއް އަހަރުގެ ތެރޭގައި އެންމެ ގިނައިން މުވައްޒަފުން އިތުރުކުރި ކުންފުނިތަކުގެ ތެރޭގައި ފެނަކަ އާއި އެޗްޑީސީ އާއި ސްޓެލްކޯ އަދި އެމްޓީސީސީ ހިމެނެ އެވެ.
ރިޕޯޓުގައިވާ ގޮތުން 2023 ވަނަ އަހަރު އެމްޓީސީސީ އަށް 734 މުވައްޒަފުން ވެއްދި އެވެ. ފެނަކަ އަށް 682 މުވައްޒަފުން، ސްޓެލްކޯ އަށް 302 މުވައްޒަފުން އަދި އެޗްޑީސީ އަށް 642 މުވައްޒަފުންނަށް އެ އަހަރު ވަޒީފާ ދިން ކަމަށް ޕީސީބީން ބުންޏެވެ.
ކައްދޫ އެއާޕޯޓު: ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައަށް ހިނގާ ހޭދަތައް ޕީސީބީގެ ރިޕޯޓުގައި ފާހަގަކޮށްފައިވޭ.
މުވައްޒަފުންނަށް މުސާރަ ދޭން ކުންފުނިތަކުން ކުރާ ހޭދަ 1.5 ބިލިއަނަށް ވުރެ ގިނަ ރުފިޔާ އަށް އަރާ ކަމަށް ވެސް ރިޕޯޓުގައި ބުންޏެވެ.
ޕީސީބީން ބުނީ، ލިބޭ އާމްދަނީގެ ނިސްބަަތަށް ވުރެ މުސާރަ އަށް ބޮޑު ހޭދައެއް ކުރަން ޖެހިފައިވާ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓަށް މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އާމްދަނީގެ ގޮތުގައި ލިބުނީ 3.28 މިލިއަން ރުފިޔާ ކަމަށެވެ. އެކަމަކު 275 މުވައްޒަފަކަށް މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި 11.69 މިލިއަން ރުފިޔާ އެ ކުއާޓަރުގައި ހޭދަކުރި އެވެ. މިއީ ލިބުނު އާމްދަނީ އަށް ވުރެ 356 ޕަސަންޓު އިތުރު އަދަދެއް ކަން ވެސް ރިޕޯޓުގައި ފާހަގަކޮށްފައި ވެ އެވެ.
މުސާރަ އަށް ބޮޑު ހޭދައެއް ކުރަން ޖެހިފައިވާ ދެ ވަނަ ކުންފުނި، ރީޖަނަލް އެއާޕޯޓްސް (އާރުސީއެލް) އިން ވަނީ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި 423 މުވައްޒަފަކަށް 20.61 މިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ. އެކަމަކު ސަރުކާރުން ފައިސާ ދީގެން ހިންގާ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ، އާރުސީއެލްއަށް އެ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 7.65 މިލިއަން ރުފިޔާ އެވެ. އޭގެ މާނައަކީ، އެ ކުންފުންޏަށް ލިބުނު އާމްދަނީ އަށް ވުރެ 270 ޕަސަންޓު އިތުރަށް މުސާރައަށް ކުރި ހޭދަ ބޮޑެވެ.
ސަރުކާރުން ފައިސާ ދީގެން ހިންގާ ކައްދޫ އެއާޕޯޓްސްއަ ށް މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އާމްދަނީގެ ގޮތުގައި ލިބުނީ 2.96 މިލިއަން ރުފިޔާ އެވެ. އެކަމަކު އެ ކުންފުނީގައި މަސައްކަތް ކުރާ 156 މުވައްޒަފުންނަށް މުސާރަ ދޭން 6.14 މިލިއަން ރުފިޔާ ހަރަދުކޮށްފައި ވެ އެވެ. މިއީ ލިބުނު އާމްދަނީއަށް ވުރެ 207 ޕަސަންޓު އިތުރު އަދަދެކެވެ.
މި ތިން ކުންފުނީގެ އިތުރުން ވެސް ލިބޭ އާމްދަނީގެ ދެ ބައިކުޅަ އެއް ބަޔަށް ވުރެ ގިނައިން މުސާރައަށް ހަރަދުކުރާ ފަސް ކުންފުންޏެއް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
އޭގެ ތެރޭގައި، ޓްރޭޑްނެޓުން މުސާރަ ދޭން ލިބުނު އާމްދަނީގެ 84 ޕަސެންޓު، އާސަންދަ އިން 69 ޕަސެންޓު، ޕީއެސްއެމުން 61 ޕަސެންޓު، ވެމްކޯ އިން 57 ޕަސެންޓު، އެމްޕީއެލް އިން 53 ޕަސެންޓު މުސާރަ އަށް ހޭދަކުރާ ކަމަށް ރިޕޯޓުގައި ވެ އެވެ.
އެ ރިޕޯޓުގައި ޕީސީބީން ބުނީ، ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ޖުމްލަ އާމްދަނީގެ ގޮތުގައި 13.27 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. އެކަމަކު، ކުންފުނިތަކުގެ ޖުމްލަ ގެއްލުމުގެ އަދަދު ހުރީ 2.27 ބިލިއަން ރުފިޔާގައި ކަމަށް ޕީސީބީން ބުންޏެވެ
މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި، ލިބުނު އާމްދަނީގެ ބޮޑު ބައެއް ހޯދާފައިވަނީ އެސްޓީއޯ އިންނެވެ. އެ ކުއާޓަރުގައި އެސްޓީއޯ އަށް ލިބުނު ގާތްގަނޑަކަށް ހަތަރު ބިލިއަން ރުފިޔާ އަކީ ކުންފުނިތަކުގެ ޖުމްލަ އާމްދަނީގެ 30 ޕަސެންޓެވެ.
ކުންފުނިތަކުގެ ޖުމްލަ ގެއްލުމުގެ ބޮޑު ބައެއް ހިއްސާކުރަނީ ރިޕޯޓުގައިވާ ގޮތުން އެޗްޑީސީންނެވެ. އެ ކުއާޓަރުގައި އެޗްޑީސީ އަށް ލިބުނު ގެއްލުން އުޅެނީ 3.23 ބިލިއަން ރުފިޔާގަ އެވެ. މީގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި، ހުޅުމާލޭގައި ޔޮޓު މެރިނާ އެޅުން ހިސާބުތަކުން އުނިކުރުމާއި ހުޅުމާލެ 2 ގެ ޔުޓިލިޓީ ނެޓްވޯކު ގާއިމްކުރަން ސްޓެލްކޯ އިން ލިބެން ޖެހޭ ފައިސާ ނުލިބުމުގެ އިތުރުން ހިޔާ ފްލެޓުތަކުގެ ކުއްޔާއި ޖޫރިމަނާ ކުޑަކުރުން ހިމެނޭ ކަމަށް ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިއްލާ2222
13 July 2024
މައުމޫނު ދައުރުގަ ގަން ހީވަނީ ބޭރު ތަނެއް ހެން! މުޅި މަގު ތަކުގެ ވަށައިގެން ރީއްޗަށް ކޮށާ ބަލަހައްޓަމުން ދިޔަ މާ ގަސް ތަކަާ ފިތުރޯނު ގަސްތައް ރީ ތި ކޮށް އޮމާން ކޮށްފަ ހުރި ލޯވްން! މަގުގެ ދުވާރު ތަކުގަ ކަޅާ ހުދުން ފަވާފަ! އެކަކަމު މިހާރު ގަމުގަ ބޭކާރު ކޮށް ތިބި މުވައްޒިފުން ކުރާ ކަމެއް ނެތް ! ދޭތެރައަކުން ވިނަ ކޮޅެއް ކޮށާލަފާނެ ! އެ ވެސް މަހަކު އެއ ފަހަރު! ރަގަޅަކަށ ް ގަން ނުބެލެހެއްޓޭ! ބޭކާރު ޑިމްކްރަސީ އައިސް މުޅި ގަން ވީރާނާ ކޮށްލީ
މައިހޫ
12 July 2024
އެއަރޕޯޓްތަކަށް ލިބޭވަރާއި ޚަރަދު މިހުރީ އެގެން ، އެކަމަކުވެސް އަދިވެސް ކޮންމެ އަތޮޅެއްގައި ދެތިން ހަތަރު އެއަރޕޯޓް އެޅޭތޯ މިމީހުން ބަލަނީ ، ސީދާ އެއަރޕޯތްތަކަށް ދަތުރުކުރާ ފެރީތަކެއް އަތޮޅުތަކުގައި ހަމަޖެއްސިއަސް މިއަށްވުރެ ޚަރަދު ކުޑަވެފައި ފަސޭހަވާނެ ،
ކިއްލާ2222
12 July 2024
ގަން އެއާޕޯޓް ހީވަނީ ވީރާނާ ވެފައިވާ ބާ ހަރުގެއެއް ހެން! ތަނުގަ މަސައްކަތެއް ނެތި ކުންފުނީގެ ޓީ ޝާރޓް ލައިގެން އުޅޭ އެތައް 100 މުއައްޒިފުްން ގެ ކަމަކީ އެއް ކެފޭ އިން ކޮފީ ބޮއެ ދުފާގެން އނެއް ކެފޭ އަށް ވަދެ އަގަ ތަޅަން ތިބެފަ ދެން މިސްކިތައް ވަދެ އަރާމު ކޮށްފަ އަނެއްކާ ފެސް ދުއްވާލަން ގޮސް ކޮންމެވެސް ޖޯއްޔެއް ގަ ފޯނު ބަލަން ތިބުން ދެން ގަޑި ޖެހުނީމަ އިގިލަ ޖަހާފަ ގެއަށް ވަދެ ނުދުން! އެއްވެސް މަސައްކަތެއް ނެތް!
ސުވާލު
12 July 2024
އެންމެން ފަހުން ބޭއްވި މަޖިލީހުގެ އިންތިހާބަށް ދީފައި ހުރި ވަޒީފާ ތަކުގެ ތަފްސީލް ވެސް ހިމަނާފައި ނެރުނުނަމަ.......
އުވާލަންޖެހޭ
12 July 2024
ބޭކާރު އެތަކެއް ކުންފުނި ހަދައިގެން ކޮންމެ އަހަރަކު ރިޕޯޓް ގައި ގެއްލުންވެޔޭ ލިޔެލައި ލިޔެލައި ތިބެނީ. އަޅާފިޔަވަޅެއް ހަމަ ހަރާން. ރައްޔިތުން ފައިސާ ދަވާލަން ސިޔާސީ މީހުންނަށް މަޤާމުތައް ދޭން ހަދާފައި ހުރި ކުންފުނިތައް ގިނައީ. ކޮންމެ ކަމަކަށް ނުވަތަ ތަނަކަށް ވަކި ވަކި ކުންފުނި ހަދައިގެން ބޮޑެތި މުސާރަ ލިބޭ އެތައް ބަޔަކު ލައިގެން ދަޢުލަތުގެ ފައިސާ ދަވާލައިގެން ހެވި ދިއްލިފައި ކޮންމެ ވެރިޔަކު ވެސް މި ހުންނަނީ. ކުންފުނިތައް މާޖްކޮށް އުވާލަންޖެހޭ.
މޮހޮނު123
12 July 2024
އިބޫ ވޯޓްލިބޭތޯ ކުންފުނިތަކަށް މީހުންލާ ފުރާލީ. މިސަރުކާރަކަށްވެސް ނުކެރޭނެ ކަނޑާލާފަ ފޮނުވާލާކަށް
ބިލާލު
11 July 2024
އެއާޕޯޓް ތަކުގެ ވާހަކަ ލިއުނުއިރު މާލޭ އެއާޕޯޓް ނުހިމެނީ އާދަކާދައިގެ މަތިން ނަސްލީ އިމްތިޔާޒާއި ތަފާތުކުރުމުގެ ފަލްސަފާގެ ސިޔާސަތުގެ ދަށުންތޯ؟ ބައެއްފަހަރު އެބަހީވޭ މިތާ ދެ ދައުލަތަކާ ދެ ސަރުކާރު އޮންނަހެންވެސް.
އެމްއޭސީޢެލ
11 July 2024
އައްޑޫ އެއަރޕޯޓުން އިހައްދުވަހުވެސް ފޭސްބުކްގަ ހާދަ ބޮޑު ބެނަރއެއްހުރި ފޮޓޮއެއް ޕޯސްޓްކޮށްފަ ހުއްޓޭ. ކޮންމެވެސް ޖިގެއް ތޯއްޗެއް. އައްޑޫ އެއަރޕޯޓްގައި 275 މުވައްޒަފުން ތިބިއިރު އާރް.އޭ.ސީ،އެލް ގެ 6 އެއަރޕޯޓްގައި ތިބީ 423 އެވްރެޖް 70 މުވައްޒަފުން ކޮންމެ އެއަރޕޯޓަކަށް ވީމާ އައްޑޫ އެއަރޕޯޓް އެމްޑީއަށް ސުވާލެއް. ކޮންކަމަކާތޯ 40-35 މެނޭޖަރުން ތިބޭފުޅާ ތި ގެންގުޅުއްވަނީ؟
ބުލްބުލާ
11 July 2024
އޮނަރޭ ކުރެން އަހާލާ. އޭނާއަށް ވަރަށް އެއަރޕޯރޓްތަކުގެ ތަފްސީލް އެނގޭނެ.
ޖިޒީ
11 July 2024
އެއްރަށް ދައުލަތުގެ ސިޔާސަތުގެ ތެރެއިން މާލެ ފިޔަވައި ރާއްޖޭގެ އެހެން ސަރަހައްދެއްގައި އިންޓަނޭޝަނަލް އެއާޕޯޓާއި ސީޕޯޓް ހިންގުނަ ނުދޭން ހިފަހައްޓައިގެން އުޅެނީ. މި ނަސްލީ އިމްތިޔާޒު ނިމުމަކަށް ގެންނަން އެބަޖެހޭ. ރާއްޖެތެރެ އިގުތިސާދީ ގޮތުން އިނދަޖައްސާލައިގެން މާލެއަށް ހިޖުރަކޮށް ކުލީއަޅުންގެ ގޮތުގައި ރާއްޖޭގެ އާބާދީ ތާށިކޮށް މަދުބައެއްގެ މަންފާއަށް ހިންގަމުންދާ ޖަރީމާއެއް.
އަޖުވާ
11 July 2024
11.69 މިލިއަން 275 މުއައްޒިފުންގެ މުސާރަޢާއި އިނާޔަތަށް ހަރަދުވާއިރު މުއައްޒިފަކަށް 42509ރ އެބަޖެހޭ. މިވަރު މުއައްޒިފަކަށް ހަގީގަތުގައިވެސް އެބަދޭތޯ؟
އާންމު މުވައްޒަފެއް
11 July 2024
ނުލިބޭ. އެހެންވީމާ ބޮޑުންނަށް ހާދަ އެއްޗެކޭ އެދެނީ.