15 ޖުލައި 2024 - 10:58
ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް)ގެ މެންބަރު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ކުރީގެ ނައިބު ރައީސް އިސްމާއިލް ހަބީބް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވި ސިޓީފުޅެއްގައި ވިދާޅުވީ އެޗްއާރްސީއެމްގައި ހުސްވެފައިވާ މަގާމަށް މެންބަރަކު އައްޔަން ކުރަން ރައީސް އޮފީހުން ކުރި އިއުލާނަށް އިޖާބަ ދެއްވި ބޭފުޅުންގެ ތެރެއިން އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ނަމެއް ހުށަހަޅުއްވާފައިވާނެ ކަމަށެވެ.
އެ މަގާމަށް އައްޔަންކުރަން ފެނިވަޑައިގަންނަވާ ކަމަށް ރައީސް މަޖިލީހަށް ފޮނުއްވީ ހަބީބްގެ ނަން އެކަންޏެވެ.
މަޖިލީހުން ވަނީ އެ މައްސަލަ ދިރާސާ ކުރުމަށް ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީ އަށް ފޮނުވާފައި އެވެ.
އީސީގައި މެންބަރުކަމަށް ހަބީބް އެންމެ ފުރަތަމަ އައްޔަން ކުރީ މާޗް، 2013 ގައި އެވެ. އޭގެ ކުރިން ވެސް އެ ކޮމިޝަންގެ މުވައްޒަފެއްގެ ގޮތުގައި އޭނާ މަސައްކަތް ކުރެއްވި އެވެ. އޭގެ 21 އަހަރު ފަހުން އޭނާ އެ ކޮމިޝަނުން ވަކިވެވަޑައިގަތީ މިދިޔަ މާޗު މަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަބަބު
15 July 2024
މި ރިޓަޔާ ކުރަން ނުޖެހޭ ކޮންމެ ސަރުކާރަކަށް ބަލަދު އަރާހަ ހުރި ގ. މިއޮތް ޒަމާނު ދާއިރާއިން ކިޔަވައިން ތިބި ޒުވާން ތަޖުރިބާކާރުން ތިއްބާ މުއިއްޒު މިކަލޭގެ އެތަނަށް ލާންޖެހޭ ސަބަބު ބުނޭ
އޮޑިހަނު
16 July 2024
ތިބުނާ "ޒުވާން ތަޖުރިބާކާރުން"ގެ ނަމުގަ ހުސްބޯތައް މިހާރު މުޅި ޤައުމުގަ ގިނަވެގެން ... މިއުޅެނީ. ހިކުމަތްތެރި ގޮތަކީ ދުވަސްވީ ތަޖުރިބާކާރުންގެ ބެލުމުގެ ދަށުން އަލުން ބަލުން ޒުވާން ޖީލެއް ބިނާކުރުން. އެކަން ކުރަން ޖެހިފަ މިއޮތީ.
މިވަރެއްނެތް
15 July 2024
މިވެސް ހީވަނީ ބަލަދުއަރާފަ ހުންނަ މީހެއްހެން. އަބަދުވެސް ކޮންމެވެސް ކޮމިޝަނެއްގެ! ކޮންމެ ސަރުކާރަކުންވެސް މިވެރިންނަށް ޖާގަލިބޭ. މޮޅުގޮތަކަށް ހަމަދެމިގަނޭ! ބަލަގަ މިވެރިންނަށް އަމިއްލަ އަތުންފައިން މަސައްކަތެއް ކުރަން ހަމަ ނޭގެނީބާ؟ ތިބޭފުޅުންގެ ދަރިންނާއި ދަރިންގެ އުމުރުގެ ޒުވާނުންނަށް ތި ފުރުސަތުތައް ދީފަ އަމިއްލަ ކަމެއް ކުރަންވެއްޖެ ނޫންތޯ؟
ސަބަބުވެރިޔާ
16 July 2024
މިދައްކަނީ ކާ އެއްޗެތި ބަހާ ވާހަކައެއްނޫން. މިނިވަން މުއައްސަސާއަކަށް މެންބަރަކު ހޮވާ ވާހަކަ. ހަބީބަކީ ނަޒާހަތްތެރި ބޭފުޅެއް
ކިމް
15 July 2024
މީ ދައުލަތަށް ބަލަދުއަރާ ގްރޫޕް. އަބަދުވެސް ޖެހޭނެ މިކަހަލަ މަގާމެއް ލިބިފަ ހުންނަން
ފުހޭ
15 July 2024
މިފަހަރު ކޮން ބައިމީހުން ގޮވާގެން ވާރެޔާތެމީގެން މަޖިލީސް އަށް ދާނީ؟
ރަދީފު ބިން ރަފައިދާ
15 July 2024
ދެން ކިހިނެއް މިގައުމު ރަނގަޅުވާނީ؟
ދެން ވާ ވާ
15 July 2024
މިނުންގޮތެއް ހަމަ ނެތީތަ؟
އަހަންނޭ
16 July 2024
ކޮންގޮތެއް ނުވެގެން ތިއުޅެނީ
މިނައިދީ
15 July 2024
އިސްމާޢީލް ޙަބީބަކީ ހިންގުންތެރި ގާބިލް ނަޒާހަތްތެރި ބޭފުޅެއް. އިންތިޚާބުތައް ބޭއްވުމުގައި އެކަން އޭނާވަނީ ބަހާއި އަމަލުން ސާބިތުކޮށްދެއްވާފައި.
ފުރުގާން
15 July 2024
ދިވެހިރާއްޖޭގައި އިންތިޚާބުތައް މިނިވަން ކަމާއި އިންސާފުވެރި ކަމާއެކު ގެންދިޔުމުގައި ހަބީބު އަދާކުރެއްވި ދައުރަކީ ދިވެހިން ޝުކުރުވެރިވާންޖެހޭ ވަރުގެ މަސައްކަތެއް. ހަބީބަކީ ތަޢުލީމީ ތަޖްރިބާކާރު ނަޒާހަތްތެރި ހިންގުންތެރި ބޭފުޅެއް. ހަސަދައިގެ ކޮމެންޓް ގައި ކޮންމެ އެއްޗެއްވެސް ލިޔެވިދާނެ. އެކަމަކު ހަގީގަތްވާނީ ހަގީގަތަށް
ފާތިމަތު ޒާޔާ އާދަމް
15 July 2024
މިނިވަން މުއައްސަސާއަކަށް އެންމެ ގާބިލް އެންމެ ނަޒާގަތްތެރި ބޭފުޅާ. ބެސްޓް ޗޮއިސް.
ސައިނީސް
15 July 2024
ވަރަށް ބޮޑަށް ހަބީބްއަށް މަރުހަބާ ، އުއްމީދު ކުރަން މިފަހަރު ރިޓަޔާ ވާއިރު ލާރިކޮޅެއް އެއްވާނެ ކަމަށް ދޯ!