18 ޖުލައި 2024 - 09:48
ރީތި، އޮމާން މޫނެއް ބޭނުން ނުވާނީ ކާކު ހެއްޔެވެ؟ ދެ ޖިންސުގެ މީހުން ވެސް މޫނުމަތި ރީތިކޮށް ބެހެއްޓުމަށްޓަކައި ވަރަށް ގިނަ އުފެއްދުންތައް ބޭނުންކުރެ އެވެ.
ކޮންމެ މަހަކު ސެލޫނަށް ގޮސްގެން ވެސް މޫނު ރީތިކޮށް ބަހައްޓަން މަސައްކަތްކުރާ މީހުން ވަރަށް ގިނަ އެވެ.
މި ކިޔައިދެނީ ތިން އުފެއްދުމެއް ބޭނުންކޮށްގެން މޫނު ރީތިކޮށް ބެހެއްޓިދާނެ ގޮތެކެވެ. މިއީ ގޭގައި ހުރެގެން ވެސް ކުރެވިދާނެ ފަސޭހަކަމެކެވެ.
- ބޭބީ ތެޔޮ
- ވެސްލިން
- އެލޮވީރާ ޖެލް
ތައްޓެއްގެ ތެރެއަށް ދެ ސަމުސަލުގެ ވެސްލިން އާއި ދެ ސަމުސަލުގެ ބޭބީ ތެޔޮ ކޮޅެއް އަޅާލުމަށް ފަހު އޭގެ ތެރެއަށް އެލޮވީރާ ޖެލްގެ ދެ ސަމުސާ އަޅައި އެއްކޮށްލާށެވެ. ރަނގަޅަށް އެއްކޮށްލުމަށް ފަހު ފުޅިއަކަށް އަޅައި ބަންދުކޮށްފައި ބަހައްޓާށެވެ. ކޮންމެ ރެއަކު ނިދުމުގެ ކުރިން އޭގެން އެތިކޮޅެއް މޫނުގައި އުނގުޅާލާށެވެ. އަދި ހެނދުނު ހޭލުމަށް ފަހު ރަނގަޅަށް މޫނު ދޮވެލާށެވެ.
މޫނު މޮއިސްޗަރައިޒް ކޮށްލުމަށް ބޭބީ ތެލަކީ ވަރަށް ރަނގަޅު އެއްޗެކެވެ. އަދި އެލޮވީރާ ޖެލްއަކީ މޫނުގައި ހުންނަ ރޫތައް ފިލުވާލުމަށް ވެސް ވަރަށް ކަމުދާނެ އުފެއްދުމެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮނީޓާ
18 July 2024
އޯ ޕްލީޒް. މޫނު ކްލޮގް ވާ ގޮތް ތީ!! ކުދިންނޭ، ނުލާތި އެ ތެޔޮ ތައް ސްކިން ސެންސިޓިވް ނަމަ. ބޮނީޓާ ދައްތަ ބުނާ ބަސް އަހާތި.