ކޭއެފްސީގެ ބިއްލޫރިގަނޑެެއް މިދިޔަ ހަފުތާގައި ތަޅާލުމުން އެ ތަނުގައި ސަތަރި އަޅާފައި.-- ފޮޓޯ: މިހާރު
20 ޖުލައި 2024 - 09:55
މާލޭގައި ހިންގާ ކޭއެފްސީ އައުޓްލެޓުގެ ބިއްލޫރިގަނޑެއް ރޭ އަނެއްކާ ވެސް އަތަޅާލައި، އެ ތަނަށް ގެއްލުން ދީފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އަމީނީ މަގުން ފުރުގާން މިސްކިތް ކުރިމަތީގައި ހުންނަ ކޭއެފްސީގެ ބިއްލޫރިގަނޑުގައި ގާބުރިއަކުން ޖަހައި ތަޅާލި މައްސަލައެއްގެ ރިޕޯޓް ރޭ ފަތިހު 4:32 ހާއިރު ލިބިފައިވާ ކަމަށެވެ.
އެ މައްސަލައިގައި އަދި މީހަކު ހައްޔަރު ނުކުރިއަސް، އެކަން ތަހުގީގުކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
މިއީ މާލޭގެ ކޭއެފްސީގެ ބިއްލޫރިގަނޑު ހަފުތާއެއްގެ ތެރޭގައި ތަޅާލި ދެ ވަނަ ފަހަރެވެ. އެ ތަނުގެ ބިއްލޫރިގަނޑުގައި ގަލަކުން ޖަހައި މިދިޔަ އަންގާރަ ދުވަހުގެ ރޭ ދަންވަރު ވެސް ތަޅާލައި، ގެއްލުންތަކެއް ދިނެވެ. އެ މައްސަލާގައި ވެސް ބަޔަކު ހައްޔަރުކުރި ކަމެއް ފުލުހުން އަދި ނުބުނެ އެވެ.
އިޒްރޭލުން ގާޒާ އަށް ދެމުންދާ ލާއިންސާނީ އަނިޔާތަކާ ދެކޮޅު ހަދައި، ވާގިވެރިވާ ވިޔާފާރިތަކާ ގުޅުން ހުރި ތަންތަން ބޮއިކޮޓް ކުރަން ގޮވުމުގެ ތެރެއިން، ކޭއެފްސީ ކުރިމަތީގައި އާއްމުން ދޭތެރެ ދޭތެރެއިން މުޒާހަރާކުރެ އެވެ.
ބިއްލޫރިގަނޑު ތަޅާލުމުގެ ކުރިން އެ ތަންތަން ބޮއިކޮޓް ކުރުމަށް ގޮވާލާ ޕޯސްޓަރުތަކެއް ވެސް ހަރުކުރި އެވެ. އަދި މިދިޔަ އަހަރު ވަނީ ކޭއެފްސީ އާއި ޕިއްޒާ ހަޓް ރެސްޓޯރެންޓް އަދި ކޮކާކޯލާ ގުދަނަށް ބަޔަކު ވަދެ ކަޅުތެޔޮ ޖަހައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފްއޮފިޝަލް
20 July 2024
އެކަކުވެސް ތިތަނުން އެއްޗެއް ނުގަނެ މަސްދުވަސް ވަންދެން ތިބެބަލަ.ޔަގީން ޖެހޭނީ ބަންދުކުރަން.އެހެންވީމަ ގާއުކައި ކުލަ ޖަހަން ޖެހޭ ހާލަތެއް ނެތް.
ދޮހޮއްތުބެ
20 July 2024
މިކަމައް ހައްލެއް ނުގެނެވުނު
އެޑްމުންޑޯ
20 July 2024
ކޭއެފްސީ އަށް ހާދަ ބާރެކޭދޯ މިއަރަނީ ، މިހާރު ތައްޔާރުކުރާ ކުކުޅު ފައިތަށް ކުޑައީތަ
ކޮމެންޓޭ1
20 July 2024
ޢެތާ ދޮށުގަ ކުރާ މުޒާހަރާ ހުއްަޓުވަން ޖައްސާ ސްޓަންޓަކާ ވައްތަރީ
ފަހީމާ
20 July 2024
އިޒުރޭލުންނެކޭ ތިމިހާއެކޭ ތަފާތަތެއް ނެތް އަނެކާގެ ހައްގައް އަރައިތިގަނެވެނީ .. ތީ ހަމަ އޭގެން މީހެއް
މިނާ
21 July 2024
އިޒްރޭލް ދަނީ ކުޑަކުދިން މަރަމުން. މީ އެދަރަޖައިގެ އަމެލެއްތަ؟
ދޮހޮއްތު
20 July 2024
ކޮބާ އިހުސާނޫ ދެވަނަ ގަނޑު ތަޅާލީ އަދި ފުރަތަމަ މީހާ އަތުނުވޭ….
ޖޯނީ
20 July 2024
މިގައުމުގަ ފުލހުންނަކީ ވެހިކަލް ޓޯކުރާ ބޭރުމީހުން ހިފާހައްޔަރުކުރަން ތިބޭބަޔަކައް އެކަނި ވެގެން ނުވާނެ
ޑެޕިއުޓީ މިނިސްޓަރު.
20 July 2024
ކުރީ ސަރުކާރު ކަމެއް ވެދުން ގަތް
ލޮލްް
20 July 2024
މާފޯރިއެއް އަރުވާލާފައި ނޭވަޔަކު ދެކޮޅު ކޭއެފްސީގެ ބިއްލޫރިތައް މިތަޅަނީ، އެންމެ އަވަހަށް ފަލަސްތީނުގެ ބިންތަކުން ޒަޔަނިސްޓު ޔަހޫދީންތައް ފައިބައިގެންދާނީ، ކޭ.އެފް.ސީގެ ބިއްލޫރިތައް ތަޅާލުމުން ކަމަށް ދިރާސާއަކުން ދެއްކީތަ؟ ދެންވެސްކިޔަނީ އިސްލާމުންނޭ!!
ފޮލް
20 July 2024
މާފޯރިއެއް އަރުވާފާ ތިކަން ކުރަނީ ކޭއެފްސީ ގެ ބޮޑުން ކަމަށް ވަނީ
ލޮލްް
20 July 2024
އެއީ ކޭއެފްސީގެ ބޮޑުން ކުރާ ކަމެއްކަން ޝަރީއަތަށް ސާބިތުވެއްޖެނަމަ މަ ބޭނުން ކޮންމެ ދުވަހަކު އެމީހުންނަށް ކޭއެފްސީގެ ބިއްލޫރިގަނޑެއް ތަޅާލަދޭން. ދުވާލަކަށް އެންމެ ޕޭވްމަންޓް ގަލަކުން ފުދޭނެކަމަށް މިބަލަނީ.
ނިލިސް
20 July 2024
މީހުންގެ ފުރާނަ އާއި މުދަލާ ތަކެއްޗަށް ގެއްލުންދެވިގެން ނުވާނެ. ޢެފަރާތްތައް ހޯދާ ޤާނޫނުގެ ހަމަތަކުން އަދަބުދޭންޖެހޭނެ.
އަލިފާންފޮށި
20 July 2024
މިކަން ކުރީ ކޮންބައެއްކަމެށް ބުނަން ފުލުހުންނާއި، މިނިސްޓަރު އިހުސާންއަކަށް ނުކެރޭނެ. މިކަން މި ކުރަނީ ....