އެމްޑީޕީ ހަރުގެއަށް ގެއްލުންދިން މައްސަލާގައި ހައްޔަރުކުރި ރަޒީން.
02 އޯގަސްޓް 2025 - 10:40
ޗާންދަނީ މަގުގައި، އިސްކަންދަރު ސްކޫލް ކައިރީގައި ހުންނަ އިދިކޮޅު އެމްޑީޕީ ހަރުގެއަށް ގެއްލުން ދިން މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ، ޗާންދަނީ މަގުގައި ހުންނަ އެމްޑީޕީ ހަރުގޭގެ ދޮރަށް ގެއްލުން ދިން މައްސަލަ ރިޕޯޓުކޮށްފައިވާ ރޭ ދަންވަރު 1:30 ހާއިރު ކަމަށެވެ.
ފުލުހުން ބުނީ، އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ، މ. ސްޓާ، މުހައްމަދު ރަޒީން، 49، ކަމަށެވެ.
ސޯޝަލް މީޑިޔާގައި އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، ޗާންދަނީ މަގުގައި ހުންނަ އެމްޑީޕީގެ ހަރުގޭގެ ދަނގަނޑު ދޮރު ވަނީ ވަނީ ވަރަށް ބޮޑަށް ހަލާކުކޮށްލައިފަ އެވެ.
ރަޒީނަކީ އެކި ތުހުމަތުތަކުގައި މީގެ ކުރިން ވެސް ހައްޔަރުކޮށްފައިވާ މީހެކެވެ.
އެންމެ ފަހުން ހައްޔަރުކުރީ މާލޭގެ ކެފޭއެއްގެ ބިއްލޫރިގަނޑު ތަޅައިލި މައްސަލައެއްގަ އެވެ.
އަދި އައިޖީއެމްއެޗްގެ ތެރޭގައި ފުލުހުންގެ ވާޖިބަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި މިދިޔަ ޑިސެމްބަރު މަހު ހައްޔަރުކޮށް އޭނާގެ ބަންދަށް ފަސް ދުވަސް ޖެހި އެވެ.
އޭނާ އަކީ މަސްތުވާތަކެއްޗާއި ވައްކަން ފަދަ އެކި ތުހުމަތުތަކުގައި ހައްޔަރުކޮށް އަދި ޖަލުގައި ހުކުމް ވެސް ތަންފީޒުކޮށްފައިވާ މީހެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޔަގީންޓާރ
03 August 2025
މީނާގެ ސަބަބުން މީނަގެ ގޭދޮށުގައި އުޅޭ މީހުންނާއި އެސަރަހައްދުން ހިނގާ މީހުންނަށް ވަނީ ބޮޑު އާންމު އުދަގުލަކަށްވެފައި، މީނާ އެބަޖެހޭ ތަންކޮޅެއް ގިނަދުވަހު ގޮޅީގައި ބާއްވަން
ކިހިނެއްމިވަނީ
03 August 2025
ޓީވީ ޗެނަލަކުން ކީ ޚަބަރުގައި ބުނީ އެމްޑީޕީ ހަރުގެއަށް ކަޅުތެޔޮޖެހި މީހަކު ހައްޔަރުކުރި ވާހަކަ.
ޗޮންޗޯ
03 August 2025
ހައެއްކަ ފަހަރު ހައްޔަރުވީމައި ދިވެހި މުޖުތަމައަށް ކޮލިފައިވީ އަދި ކުށް ކުރުމުން ލިބެންޖެހޭ އަދަބުން މަހުރޫމު ވުމަށް ވެސް ކޮލިފައިވީ. އަންނަ ހަފްތާގައި އެހެން ކުށެއް ކޮށްގެން ގެންދާނެ. އެއީކީ މައްސަލައެއް ނޫން
ހަސަނު
02 August 2025
ރޯމާދުވާލު މީހަކު މިޒާތު ކުށެއް ކޮށް ހައްޔަރުވާތާ ކިތޭ އަހަރު ފަހުން ތޯ ހުލުމެއް ކޮށްލެވޭ ވަރު ވަނީ؟
އިހްސާސް
02 August 2025
މަދަރުސީ ޙަޔާތުގައި ޤުރުއާނާއި ޙަދީޘް އިލްމު ކިޔަވައިދިނުން ފުޅާކޮށް މާތްﷲ އަށް ބިރުވެތިވާ ޖީލުތަކެއް ބިނާކުރަންޖެހޭ. އޭރުން މިބާވަތުގެ މީހުން މަދުކުރެވޭނީ.
ދދސޗވ
02 August 2025
އަމިއްލަ ޕާޓީގެ ހަރުގެއަށް ގެއްލުން ދިނީބާ؟ މިކަހަލަ މީހުން އެންމެ ގިނަވާނީ އެފޕާޓީގައި
ބޯފޮޅި
02 August 2025
ޖޭވީތަ؟
އަހްމަދުުކ
04 August 2025
ތިޔަބުނާ ކަހަލަ މީހުން ޕާރޓީ ތަކުގެ ވެރިންނަށް ތިބީ
ބަބްސް
02 August 2025
މީޙުންނަށް ގޯނާކޮށް އަގުބޮޑުމުދަލަށް ގެއްލުންދީގެން ލިބޭ އަދަބަކީ އެއްދޮރުން ވަދެ އަނެއްދޮރުން ނިކުތުން. ދެން މިގޮތަށް 100 ހަމަވީމަ އެވީ ޕީޖީ އަށް މައްސަލަ ފޮނުވަން ދެން 4 މަހުގެ ޖަލުހުކުމެއް. ދެން އަނެއްކާވެސް 100 ހަމަވަންދެން މަގުމައްޗަށް ދޫކޮއްލަނީ. ފުލުހުން ލަދު ނުގަންނަނީ ބާއޭ މިހިތަށް އަރަނީ. ބޮޑު މުސާރަދީފަ ކާންދީފަ މުޅިއާއިލާއަށް ބޭސްފަރުވާ ކޮއްދީފަ ފްލެޓް ދީފަ.
ޑރ ވާންޗޯ
02 August 2025
ތީ މިހާރު ހާއްސައެހީއަށް ގެންދަންޖެހިފަހުރި ބޭފުޅެއް، މިދިޔަ އާދީއްތަދުވަހު މިގޭ ދޮރުމަތީގަ މަޑުކޮއްލައިގެންހުރެ ވަރަށް ތާކުންތާކުނުޖެހޭ ގޮވާފަތިބޭ މީހުންދައްކާކަހަލަ ވާހަކަތަކެއްދައްކާފަ ދިޔައީ. ވަރަށްބޮޑަށްވެސް ހާއްސަ އެހީތެރިކަންބޭނުންވޭ.
އަބޫއުބައިދާ
02 August 2025
މީނަ ދެން ފެންނާނީ މި ސަރުކާރު މަތީ މަގާމަކުން
ރަދީފްއޮފިޝަލް / ލަވަ
02 August 2025
"އިސްލާހްވާން އެދޭނަމަ ފުރުސަތު ނަގާނުލާ" މިލަވައިގެ ޝާއިރު މި ލަވަ ހެދީ މިކުއްޖާއަށްޓަކައި.އަދިވެސް ލަހެއް ނުވޭ ބްރޯ ، އަވަހަށް ނިޔަތްގަނެ ރަނގަޅު މީހަކަށް ވުމަަށް އަޒުމް ކަނޑައަޅާ.ވ.ވ.ވެދުން