މުނައްވަރު: އޭނާ ގަވަރުނަރު ކަމަށް އައްޔަން ކުރުމުގެ މައްސަލަ ވަނީ ކޮމިޓީއަށް ފޮނުވާފައި.
23 ޖުލައި 2024 - 09:26
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު ކަމަށް ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރު އަހުމަދު މުނައްވަރު އައްޔަން ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ހުށަހެޅުއްވުން ދިރާސާކުރަން މާލިއްޔަތު ކޮމިޓީއަށް ފޮނުވައިފި އެވެ.
މުނައްވަރު އެމްއެމްއޭގެ ގަވަރުނަރު ކަމަށް އައްޔަން ކުރަން ރައީސް އިއްޔެ ނިންމެވީ އެ މަގާމުގައި ހުންނެވި އަލީ ހާޝިމް ވަކިކުރެއްވުމަށް އެވެ. އޭނާ ވަކިކުރީ، މަގާމުގައި ބަހައްޓަން ނުފެންނަ ކަމަށް ރައީސަށް ލަފާ ދޭން މަޖިލީހުން ފާސްކުރުމުންނެވެ.
އެމްއެމްއޭގެ ގާނޫނު އޮންނަ ގޮތުން ގަވަރުނަރު އައްޔަންކޮށް، ވަކި ކުރައްވާނީ ރައީސެވެ. ނަމަވެސް އައްޔަން ކުރުމުގައި މަޖިލީހުގެ ލަފައެއް އޮންނަން ޖެހެ އެވެ.
ގަވަރުނަރު ކަމަށް މުނައްވަރު އައްޔަން ކުރުމުގެ މައްސަލަ މިއަދު މަޖިލީހުގެ ތަޅުމަށް އިއްވުމަށް ފަހު، އެ މައްސަލަ ދިރާސާ ކުރަން މާލިއްޔަތު ކޮމިޓީއަށް ވަނީ ފޮނުވައިފަ އެވެ. އޭނާ އެ މަގާމަށް އައްޔަން ކުރަން ފެންނަ ކަމަށް މަޖިލީހުން ފާސްކުރާނީ ކޮމިޓީގެ ދިރާސާއަށް ފަހު އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ފިނޭންސް މިނިސްޓަރުކަން ކުރެއްވި މުނައްވަރު ވަނީ، އެމްއެމްއޭގައި ވެސް މަސައްކަތް ކުރައްވައިފަ އެވެ. އިސްލާމިކް ޔުނިވާސިޓީގެ ލެކްޗަރާއެއްގެ ގޮތުގައި، ކިޔަވައިދެއްވުމުގައި ވެސް އުޅުއްވި އެވެ.
ގަވަރުނަރުގެ މަގާމަށް އަލީ ހާޝިމް އައްޔަން ކުރެއްވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ސެޕްޓެމްބަރު 8، 2019 ގައެވެ. އޭނާ ވަނީ 2008 ވަނަ އަހަރުން 2010 ވަނަ އަހަރަށް ފިނޭންސް މިނިސްޓަރުގެ މަގާމު ވެސް އަދާކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
23 July 2024
ގަވަރުނަރަކަށް އައްޔަނުކުރަންވީ މުނައްވަރު، ރުހުންދީ އަވަހަށް
1
23 July 2024
ކުޅިބައި ހަމަވަނީ ކުޅިބައި ހަމަވަނީ.
ޖައިޝަމްް އަލީ އިދްރީސް
23 July 2024
އިސްލާމިކް ޔުނިވަރސިޓީގެ ލެކްޗަރަރެއްގެ ގޮތުގައި މަސައްކަތްކުރެއްވުމުން، އިޤްތިޞާދީ ނަޒަރިއްޔާތުތަކާއި މާލީ ތަޢުލީމުގެ ވަރުގަދަ އަސާސެއް އޭނާގެ ކިބައިގައި ހުރިކަން ދޭހަވެއެވެ. މިފަދަ އަސާސަކީ ސިޔާސަތު ކަނޑައެޅުމާއި މާލީ ދާއިރާގައި އައު ވިސްނުންތައް އުފެއްދުމަށް އަގުހުރި ވަސީލަތެއްް
ފައިސަލް އަހްމަދު
23 July 2024
ހަރުދަނާ މަނިޓަރީ ޕޮލިސީއާއި މާލީ ހަމަޖެހުމަށްޓަކައި އެމްއެމްއޭގެ ލީޑަރޝިޕް ކޮންޓިނިއުޓީ ކަށަވަރުކުރުމަކީ ސަރުކާރުން ކޮންމެހެން ކުރަންޖެހޭ ކަމެއް. ރަނގަޅު ނިންމުމެއް މުއިއްޒުގެ
ގުނަނ
23 July 2024
ދުވަސްތައް ބޭކާރު ނުކޮއް އަވަހަށް ރުހުންދީ ފުރުސަތު ދޭންވީ. މުނައްވަރު އަކީ ކެރޭ ގާބިލް ހިންގުންތެރިޔެއް
އަލްހާން މުހައްމަދު
23 July 2024
މުނައްވަރު ބޮސް. ވަރަށް ހެޔޮ ބޭފުޅެއް.
ސޫދާ ސޮބްރީ
23 July 2024
މުނައްވަރަށް ވާނެ. ޔަގީން
ސޭބޫ
23 July 2024
ކޮންކަމެއް؟
ސަމާހް އަލީ
23 July 2024
ރައީސްގެ މި ނިންމެވުމަކީ އިޤްތިޞާދީ ކަންކަން ހަރުދަނާކޮށް ހިންގުމަށް ކުރައްވާ މަސައްކަތުގެ ހެއްކެއް. ގާބިލް ބޭފުޅެއް މުނައްވަރަކީ
މުހައްމަދު އިބްރާހިމް
23 July 2024
މި މަގާމަށް މުނައްވަރު އައްޔަނުކުރުން އެއީ އަޅުގަނޑުމެންގެ އިގްތިސާދީ ހަމަޖެހުން ހަރުދަނާ ކުރުމަށް އެޅި ވަރަށް ރަނގަޅު ފިޔަވަޅެއް
އަލީ ޝާހިދު
23 July 2024
ގަވަރުނަރު މުނައްވަރު ރާއްޖޭގެ މަނިޓަރީ އޮތޯރިޓީއަށް އާ ވިސްނުންތަކެއް ގެނެސްދެއްވާނެ ކަމުގެ ޔަގީންކަން އެބައޮތް. ވީއެންމެއަވަހަކަށް ރުހުންދޭންވީ.