ވިޔަފާރި / އެމްޕީއެލް

އެމްޕީއެލްގެ އިސްވެރިން މުދާ އުފުލުމުގެ މަސައްކަތަށް

އެމްޕީއެލްގެ ވެރިން ކާގޯ މަސައްކަތަށް ނުކުމެ-- ފޮޓޯ: ނިޝާން އަލީ / މިހާރު

މާލޭ ކޮމާޝަލް ބަނދަރުން މުދާ ކްލިއާ ކުރުމުގެ މަސައްކަތްތަައް ހަލުވިކޮށް، އެކަމުގައި ހުރި ދަތިތައް ދެނެގަތުމަށްޓަކައި އެމްޕީއެލްގެ އިސްވެރިން ކާގޯ މުދާ އުފުލުމުގެ މަސައްކަތަށް މިއަދު ނެރެފި އެވެ.

އެމްޕީއެލްގައި މިއަދު ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް އެކު އެކުންފުނީގެ ޑިޕާޓްމެންޓްތަކުގެ ހެޑުންގެ ގޮތުގައި މަސައްކަތް ކުރާ 20 ވަރަކަށް މުވައްޒަފުން ބައިވެރިވި އެވެ.

ވަޖީހު ވިދާޅުވީ އެމްޕީއެލްގެ އެންމެ މުހިއްމު މަސައްކަތަކީ އެ ބަނދަރަށް ގެންނަ މުދާތައް އޭގެ ވެރިންނާ ހަމައަށް ފޯރުކޮށް ދިނުން ކަމަށެވެ. އަދި އެކުންފުނީގެ ހުރިހާ މުވައްޒަފުން މުދާ އުފުލުމުގެ މަސައްކަތް ތަޖުރިބާ ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ އެ މަސައްކަތުގައި ދިމާވާ އުނދަގޫތައް ދެނެގަތުން ކަމަށެވެ. އަދި އެކަމުގައި ހުރި ދަތިތައް ހައްލު ކުރުމަށް ފިޔަވަޅުތައް އަޅާ، އޮޕަރޭޝަން ވީހާވެސް ލުއި ގޮތަކަށް ރާވާ، އަވަސް ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޕީއެލްގެ އިސް ވެރިން ކާގޯ މަސައްކަތަށް ނުކުމެ -- ފޮޓޯ: ނިޝާން އަލީ / މިހާރު

"އާންމުކޮށް މި މަސައްކަތް ކުރަނީ ލޭބާ މުވައްޒަފުން. ސީއީއޯއިން ފެށިގެން ދަށަށް ތިބި ހުރިހާ މުވައްޒަފުންނަށް މި މަސައްކަތް ކުރާ ގޮތް ތަޖުރިބާތައް އަންގައި ދިނުމަކީ މެނޭޖްމެންޓުން ކުރާނެ ކަމެއް،" އޭނާ ވިދާޅުވި އެވެ.

ވަޖީހު ވިދާޅުވީ ކުރިއަށް އޮތްތަނުގައި އެކުންފުނީގެ މުވައްޒަފުން ބައި ބަޔަށް ބަހާލައިގެން ދޭތެރެ ދޭތެރެ އިން މުދާ އުފުލުމުގެ މަސައްކަތަށް ނެރޭނެ ކަމަށެވެ. އޭނާ ވިދާޅުވީ ކާގޯ އޮޕަރޭޝަންގައި މަސައްކަތް ކުރާ މުވައްޒަފުން އެކި ސަބަބުތަކާ ހެދި މަދުވާ ހާލަތްތައް ދިމާވާ ކަމަށާއި އެފަދަ ހާލަތްތަކުގައި ވެސް އެހެން ޑިޕާޓްމެންޓްތަކުގެ މުވައްޒަފުން ނެރެގެން ކުރިއަށް އޮތް ތަނުގައި މަސައްކަތް އަވަސް ކުރެވޭނެ ކަމަށެވެ.

"އަޅުގަނޑު ޔަގީން ކުރަނީ މި ހިންގާ އޮޕަރޭޝަންގެ ތެރެއިން ކާގޯ އޮޕަރޭޝަން ކުރިއަށް ގެންދިއުމަށްޓަކައި ދެން މުވައްޒަފުން މަދު ނުވާނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.

ވަޖީހު ވިދާޅުވީ އަންނަ ހަފްތާ އިން ފެށިގެން އެ ކުންފުނީގެ ހުރިހާ މުވައްޒަފުންނަށް ކާގޯ އޮޕަރޭޝަންގެ މަސައްކަތް އަމަލީ ގޮތުން ތަޖުރިބާ ކުރެވޭނެ ކަމަށެވެ. އެކަން ކުރުމަށް ދެ ހަފްތާއެއް ނަގާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

15 ކޮމެންޓް, 19 ރިއެކްޝަންސް

icon happy icon happy 16%
icon sad icon sad 0%
icon angry icon angry 47%
icon wow icon wow 11%
icon inlove icon inlove 26%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ަްއަލީ

25 July 2024

ކޮން މުދާ އުފުލުމުގެ މަސައްކަތެއް؟ ބޯޓަށް އަރާ ބުރެއް ޖަހަާލި ކަން. 10 މިނެޓްވެސް ނުވާނެ. ހަމަ ޕަބްލިސިޓީ ސްޓްންޓްއެއް. ރައްޔިތުން ލޮލުގަ އަނދުން އަޅުވަން،

The name is already taken The name is available. Register?

މިޒްނާާ

25 July 2024

އެމްޕީއެލްއިން މި ހިންގާ ހަރަކާތުން ކުންފުންޏަށް ހެޔޮ ބަދަލެއް އަންނާނެކަން ކަށަވަރު.

The name is already taken The name is available. Register?

ބަޝީރްް

25 July 2024

ދައުލަތުގެ ކުންފުނިތަކުން އިސްނަގައިގެން މިފަދަ ކަންކަން ކުރުމަކީ އެހެން މީހުންނަށްވެސް ނަމޫނާއެއް. މީގެ ސަބަބުން ވަރަށް ހެޔޮ އަސަރެއް ކުންފުންޏަށް ކުރާނެކަމަށް ގަބޫލުކުރަން.

The name is already taken The name is available. Register?

ރިޔާޒްް

25 July 2024

މިއީ ވަރަށް ސަޅި ކަމެއް. ހުރިހާ ދިމާލަކުންވެސް ފެންނަނީ ނަމޫނާ ސަރުކާރެއްގެ ކުލަ ޖެހިފަވާތަން.

The name is already taken The name is available. Register?

ފިރާޝްް

25 July 2024

މުވައްޒަފުންތެރޭ ހަމަހަމަކަމާއި އެކުވެރިކަން މީގެ ސަބަބުން އާލާވެގެންދާނެ.

The name is already taken The name is available. Register?

އަޒީމާާ

25 July 2024

މި ސަރުކާރުން ކުންފުނިތަށް ހިންގުމުގެ ނިޒާމަށް ގެނެސްދިން ބަދަލުތަށް ފާހަގަކުރަން.

The name is already taken The name is available. Register?

އަޒްޔާން ފުޓުބޯޅަ އެނަލިސްޓް

25 July 2024

ރާއްޖޭގަ އޮންނާނީ މުޅިންވެސް ދެއްކުންތެރިކަން. ތިގޮތަށް ވެމްކޯގެ ވެރިން ވެސް 1 ދުވަހު ކުނި ނަގަން ނިކުތް.

The name is already taken The name is available. Register?

ޑޮކްޓާރ. ބަނާނާ

25 July 2024

ސީއީއޯއިން ފެށިގެން ދަށަށް ތިބި ހުރިހާ މުވައްޒަފުން ކާރގޯ އޮޕަރޭޝަން މަސައްކަތަށް ނެރޭ ނަމަ ދެން ސީއީއޯ އާއި މެނޭޖްމަންޓްގެ މަސައްކަތް ކުރާނީ ކޮން ބައެއްތޯ؟ ތިޔައީ ލޭބަރ މަސައްކަތް ތިކަން ކުރަން މުއައްޒަފުން މަދުވާނަމަ މީހުން ހޯދުމަށް ވަޖީހަށް ދަންނަވަން. ޥ ވެދުން.

The name is already taken The name is available. Register?

އަބްޑޫޅް +

25 July 2024

ކަލެއަށް ތިއޮތީ އެނގިފަ. މިއީ ސްޓާފުން މޯޓިވޭޓްކުރަން ގިނަ ގައުމުތަކުގަ ކުރާކަމެއް.

The name is already taken The name is available. Register?

ރއސ މއއޒ ބގ ފނ

25 July 2024

މީހަކު ހޭބަލިނުވިއްޔާ ދެރަ. ރައީސް މުއިއްޒަށް ހުރިހާވެސް ދެރައެއް މިލިބެނީ މިކަހަލަ ގަމާރުން ތަންތަނަށް ލެވުނީމަ!

The name is already taken The name is available. Register?

ސަސި.

25 July 2024

ބޭކާރު ކަންކަމުގާ ވަގުތާ ހަކަތަ ދުއްވާލަނީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454