ޚަބަރު / ރައްޔިތުންގެ މަޖިލިސް

މަޖިލިސް މެމްބަރުންގެ އަދަދު ކޮންޓްރޯލް ކުރަން ޕީއެންސީ/އެމްޑީޕީން ވެސް އެއްބަސް

މަޖިލިސް މެންބަރުން--ފޮޓޯ: މަޖިލިސް

28 ޖުލައި 2024 - 19:34

25 comments

ރައްޔިތުންގެ މަޖިލީހުގެ މެންބަރުގެ އަދަދު ހިފަހައްޓަން ޖެހޭ ކަމަށް ސަރުކާރު ހިންގާ ޕީއެންސީ އާއި އިދިކޮޅު އެމްޑީޕީގެ ވެސް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީގައި މިއަދު ބުނެފި އެވެ.

މަޖިލީހުގައި މިހާރު 93 މެމްބަރުން ތިއްބަވާއިރު، ރާއްޖޭގެ އާބާދީއަށް އަންނަ ބަދަލާ އެކު ކޮންމެ ފަސް އަހަރަކުން އެއް ފަހަރު މެމްބަރުންގެ އަދަދު އިތުރުވެ އެވެ.

މަޖިލިސް މެންބަރުންގެ އަދަދު ހިފެހެއްޓުމާ ގުޅޭ ގޮތުން ދެ ޕާޓީގެ ވިސްނުން ހާމަކުރީ އެ މައްސަލާގައި މަޖިލީހަށް ހުށަހަޅާފައިވާ ގަރާރާ ގުޅޭ ގޮތުން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި މިއަދު ބޭއްވި ބައްދަލުވުމުގަ އެވެ.

އެމްޑީޕީގެ ލީޑާޝިޕްގެ ފަރާތުން ވާހަކަ ދައްކަވަމުން ޕާޓީގެ ތަރުޖަމާނު އަނަސް އަބްދުއްސައްތާރު ވިދާޅުވީ މަޖިލިސް މެންބަރުންގެ އަދަދު ހިފެހެއްޓުމަކީ މުހިންމު ބަދަލެއް ކަމަށާއި ނަމަވެސް އެކަން ކުރަންވާނީ ހުރިހާ ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމިއްޔާތަކާއި ރައްޔިތުންގެ ހިޔާލު ހޯދުމަށްފަހު ކަމަށެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމެޓީގައި އެމްޑީޕީގެ ތަރުޖަމާން އަނަސް އަބްދުއްސައްތާރު މިއަދު ވާހަކަ ދައްކަވަނީ --- ފޮޓޯ/މަޖިލިސް

މިހާރު ކޮންމެ 5،000 މީހަކަށް މެންބަރަކު ހުންނަން ޖެހޭތީ އޭގެ ސަބަބުން ފައިދާތަކާއި ގެއްލުން ވެސް ހުރި ކަމަށް އަނަސް ވިދާޅުވި އެވެ. އެހެންވެ، މެމްބަރުންގެ އަދަދަށް ބަދަލު ގެންނައިރު، މިހާތަނަށް ކުރެވުނު ތަޖުރިބާގެ އަލީގައި، މެންބަރުންގެ އަދަދު މަދު ކުރުމުން ހުރި ފައިދާ އާއި ގެއްލުންތަކަކީ ކޮބައިތޯ ވެސް ބަލަން ޖެހޭ ކަމަށް އަނަސް ވިދާޅުވި އެވެ.

އޭގެ އިތުރުން ދައުލަތުގެ ހަރަދު ކުޑަ ކުރުމުގެ ނިޔަތުގައި ދައުލަތުގެ އެއްބާރުގެ މެންބަރުންގެ އަދަދު މަދު ކުރާއިރު، ސިޔާސީ މަގާމްތަކަށް އެއްވެސް ކޮންޓްރޯލެއް ނެތި މީހުން އައްޔަން ކުރެވޭ ނަމަ، އޭގެ ނަތީޖާއެއް ނުނިކުންނާނެ ކަމަށް ވެސް އަނަސް ވިދާޅުވި އެވެ.

"މާލީ ބުރަ އަށް ބަލައިގެން މިކަން ކުރާނަމަ އެހެން ބާރުތަކުގެ ހަރަދުތައް ވެސް ކުޑަ ކުރުމުގެ ވިސްނުން ވެސް ގެންގުޅެން ޖެހޭ." އޭނާ ވިދާޅުވި އެވެ.

އެކަމާ ގުޅޭ ގޮތުން އެމްޑީޕީގެ ލީގަލް ޑިރެކްޓަރު މަހްފޫޒް ސައީދު ވިދާޅުވި ގޮތުގައި މަޖިލިސް މެންބަރުންގެ އަދަދާ ގުޅޭ ގޮތުން މިހާރު ބައެއް ގައުމުތަކުން އަމަލު ކުރާ ގޮތަކީ ވަކި އަދަދެއް ކަނޑައަޅައި ކެޕް ކުރުމެވެ.

އެމެރިކާގެ ކޮންގްރެސްގައި 435 މެމްބަރުން އަދި އިނގްިރޭސިވިލާތުގައި 650 މެންބަރުންނަށް ކެޕް ކޮށްފައިވާ ކަމަށާއި އަދި އިންޑިއާގައި ވަކި އަދަދެއް ނެތް ނަމަވެސް އެންމެ ގިނަވެގެން ތިބެވޭނީ 552 މެންބަރުން ކަމަށް އެ ގައުމުގެ ގާނޫނު އަސާސީގައި ކަނޑައެޅިފައިވާ ކަމަށް މަހްފޫޒް ވިދާޅުވި އެވެ.

ރާއްޖެއިން ވެސް އެގޮތަށް އަމަލު ކުރަން ބޭނުން ނަމަ ރައްޔިތުން ތަމްސީލު ކުރުން ނުގެއްލޭނެ ގޮތަކަށް އަމަލު ކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ގާނޫނުއަސާސީގައި ވަކި އަދަދެއް އަޅުގަނޑުމެން ކަނޑައެޅި ނަމަވެސް އެ އަދަދަށް މީހުން އިންތިހާބު ކުރާނީ ކިހިނެތްތޯ އެއީ ދިރާސާ ކޮށްގެން ބަލާލަން ޖެހޭ ވަރަށް މުހިންމު ކަމެއް." އޭނާ ވިދާޅުވި އެވެ.

ޕީއެންސީގެ ފަރާތުން އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ މަޖިލީހަށް އެ ގަރާރު ހުށަހެޅުއްވި އެ ޕާޓީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ މެންބަރެވެ.

އޭނާ ވިދާޅުވީ ދެ ޕާޓީ ދެމެދު އޮތް ސިޔާސީ ހިޔާލު ތަފާތުވުމަށް ވުރެ ގައުމީ މަސްލަހަތު އިސްކޮށްގެން މި މަސައްކަތް ކުރަން އެ ޕާޓީން ބޭނުންވާ ކަމަށެވެ.

އެކަން ކުރާނީ ހުރިހާ ރައްޔިތުންގެ ބައިވެރިވުން އޮންނަ ގޮތަށް ކަމަށާއި މި ނިޒާމަށް މިހާރަށް ވުރެ ބޮޑަށް ރައްޔިތުންގެ އިތުބާރު އުފެދިގެން ދާނެ ގޮތަކަށް އެ ބަދަލު ގެންނަންޖެހޭ ކަމަށް ޝުޖާއު ވިދާޅުވި އެވެ.

ޝުޖާއު ވަނީ މިހާރު 5،000 މީހުންނަށް މަޖިލީހުގެ ދާއިރާތައް ބަހާއިރު ދިމާވާ ބައެއް މައްސަލަތައް ފާހަގަ ކުރައްވައިފަ އެވެ. ދަފްތަރުގެ މީހުން އެކި ފަހަރު އެކި ދާއިރާތަކަށް ވޯޓުލުމާއި އެކި އިންތިހާބުތަކުގައި އެކި މީހުން ވޯޓުލާން ޖެހޭ ދާއިރާތައް އަވަސް އަވަހަށް ބަދަލުވާ މައްސަލަ އޭނާ ފާހަގަ ކުރެއްވި އެވެ.

ގާނޫނުއަސާސީ އެކުލަވާލިއިރު ރައްޔިތުންގެ މަޝްވަރާ ހޯދޭނެ މިންވަރަށް ބަލައިގެން 5،000 މީހުންނަށް މެމްބަރަކު ކަނޑައެޅި ނަމަވެސް މިހާރު ޓެކްނޮލޮޖީގެ ވަސީލަތްތައް ހުރި ގޮތުން އެ އަދަދު 10،000 އަށް ނުވަތަ އެއަށް ވުރެ ގިނަ ވެސް ކުރެވިދާނެ ކަމަށް ޝުޖާއު ވިދާޅުވި އެވެ.

މި ގަރާރުގެ މަސައްކަތް ކުރިޔަށް ދާއިރު، ޕީއެންސީ އަދި އެމްޑީޕީން ވެސް އެ ޕާޓީތަކުގެ އާންމު މެންބަރުންނާ މަޝްވަރާ ކުރުމަށް އެ ޕާޓީތަކުން އެދޭ ގޮތް ލިޔުމުން ހުށަހަޅުއްވަން އެދިވަޑައިގަންނަވާ ކަމަށް އެ ކޮމިޓީގެ މުގައްރިރު މާފުށީ ދާއިރާގެ މެންބަރު ހުސެއިން ރިޒާ އަހުމަދު ވިދާޅުވި އެވެ. އެ ގަރާރާ މެދު އާންމުންގެ ހިޔާލު ހޯދުމަށް ވެސް މަޖިލީހުން މިހާރު އޮތީ ހުޅުވާލައިފަ އެވެ. ދައުލަތުގެ ހަރަދުތައް ކުޑަ ކުރުމަށްޓަކައި މަޖިލިސް މެމްބަރުންގެ އަދަދު ކޮންޓްރޯލް ކުރުމާއި ލޯކަލް ކައުންސިލްތަކުގެ މެމްބަރުންގެ އަދަދު މަދު ކުރުމަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމާއި މަޖިލިސް އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށް ބޭއްވުމަށް ގާނޫނު އަސާސީއަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރިން ވަނީ އިއުލާން ކުރައްވައިފަ އެވެ. އޭގެ ސަބަބުން އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ދައުލަތަށް ސަލާމަތް ކުރެވޭނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

25 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 14%
icon sad icon sad 0%
icon angry icon angry 14%
icon wow icon wow 0%
icon inlove icon inlove 71%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޔަގީންޓާރ

29 July 2024

މަކިލީހުގެ ޖުމުލަ މެންބަރުންގެ އަދަދު 75 އަކަށް ކަނޑައަޅާފައި، އޭގެ ތެރެއިން ކޮންމެ އަތޮޅަކަށް 1 މެނަބަރުން ކަމަށް ހަދާނީ ދެން ދެން ބާކީ ބައި އާބާދީގެ ނިސްބަތުން ބަހާލާނީ! އެއީ ވަރަށް ރަނގާލުގޮތެއްކަމަށް ފެނޭ!

The name is already taken The name is available. Register?

ަާއާދަންފުޅު

29 July 2024

7 މެންބަރުން އޯކޭ ، ގާނޫނުތަށް 7 ފަޑިޔާރުން ނަށް މާނަވެސް ކުރެވޭނު.

The name is already taken The name is available. Register?

ކިއްލި

29 July 2024

މެންބަރުން ގިނަވެގެން ކުރިކަމެއް ފެއްނާކަށް ނެތް،5 އަހަރުގެ ދައުރެއް ނިމޭއިރު ކޮންމެ މެމްބަރެއްގެ 10 ފްލެޓް 15 ފްލެޓް ނެތި އެއް ނުދޭ،އުމުރަށް އެލަވަންސް ލިބޭ،ރައްޔިތުން ތިބީ މިހާރު ނަފްސާނީ ވެފަ،މެމްބަރުން ގިނަވެގެން އަމިއްލަ ޖީބަށް ނޫނީ ނެތް ޤާނޫނޫ އެއް ހަދާފަ،ފޭރުމާއި ވައްކަމާއި ދުނިޔޭގައި ލެއްވި ހުރިހާ ނުބައިކަމެއް ކުރަމުން ޕާރޓޭންތަށް ދުވާއިރު ތި ޤާނޫނުން އާއްމު ރައްޔިތުމީހާ އަށްވި ފައިދާ އަކީ ކޮބާތޯ؟؟؟ބޭނުމެއްނޫން ތި ކަޅުފޮށި މެންބަރުންނެތް

The name is already taken The name is available. Register?

ހުސްނުބާނޫ

29 July 2024

ތިއެމްޑީޕީގެ ވެރިކަމުގައި ތިމީހުނަށް ކުރެވެން އޮތްކަމެކޭ ތިއީ. ސުޕާ މެޖޯރިޓީ ނަގައިގެން މަޖުލިސް ތެރޭ ޗަރުކޭސް ވިއްޔާ ކުޅުނީ. ގައިމު ތިމީހުނަށް ގައުމު ހަމައަކަށް އަޅުވަން ފުރުސަތު ލިބުނު. އާރާއި ބާރު އޮތްއިރުގަ ޑުރާމާ ކުޅެކުޅެފަ މިހާރު ކީކޭތަ ތިމީހުން ތިކިޔަނީ. މިއަދު ތިޔައީ ހުކުރު ހަމަނުވާ އަދިކިޔެއްތަ ފުޓުބޯޅަ ޓީމެއްގެ މެމްބަރުންގެ އަދަދުވެސް ހަމަނުވާ ކުޑަކުޑަ ޖަމާއަތެއް. ކޮންމެހެން ތެދުވެރިކަން ދައްކަން އުޅޭނެ ކަމެއްނެތް. ވަރަށް ސަލާން.

The name is already taken The name is available. Register?

ދައިގަންނަގުރާ

29 July 2024

ތިޔަވާހަކަ ތި މަޖިލިހެއް ހުޅުވުނީއްސުރެ ދައްކަދައްކާ ތި ތިބެނީ ދެންއަޅެފަހެ ތި މަޖިލީހުގައުޅެނީ ފިޔަބިނދިފަތިބި ގުރާތަކެއްތަ؟ ކުރަންޖެހޭކަމެއް ކޮށްބަލަ. ސާރވޭކުރަންޏާ އެ ކޮށްބަލަ!

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

29 July 2024

އިންތިޙާބީ ޙަރަދުތަކަށް ބޮޑުހޭދައެއް ކުރާންޖެހޭތީއާއި، މަޖިލިސް މެންބަރުންގެ އަހަރީޙަރަދުތައް ކުރިއަށްއޮތް 50 އަހަރު އެއްވަރެއްގައިހިފެހެއްޓުމަށްޓަކާ މަޖިލިސް ގޮނޑީގެއަދަދު 90 ކަމުގައިހަދާން ތާއީދު. # އަދި ދައުލަތުގެ ޙަރަދުކުޑަކުރުމުގެ އިސްލާޙީ އެޖަންޑާގެދަށުން މަޖިލީހުގައި މެންބަރުކަންކުރާ ފަރާތްތަކަށް ދެމުންގެންދާ އިނާޔަތްދިނުން ހުއްޓާލަން މިދެންނެވި ޤާނޫނުއުވާލުމަށްވެސް ތާއީދުކުރަން. އެކަމަކު މަޖިލިސް މެންބަރުންގެ މުސާރަ ކުޑަކޮށްގެން ނުވާނެ.

The name is already taken The name is available. Register?

ގައުމީދޫ:

28 July 2024

ކޮންމެ ސިޓީ އަކަށް 1 މެމްބަރު އަދި އަތޮޅަކަށް 02 މެމްބަރުން އަދި ކޮންމެ އިންޑަސްޓްރީ އަކުން އެއް މެމްބަރު އިންތިޚާބް ކުރީމަ ރަނގަޅުވާނެ. މިއަށް ވުރެ އިތުރުކުރެވޭނީ އެ އަތެޅެއްގެ ނުވަތަ ސިޓީ އެއްގެ ކޮންމެ 30،000 ރައްޔިތަކަށް މެމްބަރެއް.

The name is already taken The name is available. Register?

ސާއިގު.

28 July 2024

މަޖިލިސް މެންބަރުން މަދުކުރަން ތިއުޅެނީ ވަރަށް ނުބައި ރޭވުމެއް އޮތީމަ. އެހެން ނޫން ނަމަ ޙަރަދު ކުޑަކުރަން މަދުކުރާނީ ސިޔާސީ މީހުން. މަޖިލީހާއި ކުޅެން އުޅެނީ ރައްޔިތުން ނިކަމެތިކޯށް ވެރިންގެ ބާރު ގަދަކުރަން. ތިކަން ކޮށްގެން ނުވާނެ. އަހަރުމެން ތިކަމާއި ދެކޮޅު.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

28 July 2024

ދިވެހިން މަރަށް ފުރާނައަށް ބެލުމެއްނެތި ނިކުމެ ހޯދައިގަތް ޑެމޮކްރަޓިކް ނިޒާމަށް ކުޑަވެސް ހީނަރުކަމެއް އަންނަގޮތަކަށް މަޖިިިލިސް ކޮށާލުމަށާއި، މަޖިލިސް މެންބަރުންގެ އުޖޫރަ ކަޑާވައްޓާލުމަށް ފުރުސަތުދީގެންނުވާނެ. # މިއަދު އަހަރުމެން ހިތްހަމަނުޖެހޭބަޔަކު މެންބަރުންނަށްތިބުމަކީ ތާއަބަދަށްޓަކާ މަޖިލިސް ނުކުޅެދޭތަނަކަށް ހަދާލަންޖެހޭސަބަބެއްނޫން އިގޭތޯ. މަޖިލިސް ގޮނޑީގެއަދަދު ހިފަހައްޓާނަމަ އެކަންކުރާންވާނީ ޑިމޮކްރަސީއާއި ރައްޓެހިގޮތަކަށްކަމުގައި ދެކެން.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

28 July 2024

މަތީގައި ދެންނެވިގޮތަށް "އިންސާފުވެރިކަމާއިއެކުގައި" ރާއްޖެ އިދާރީ ޤާނޫނީ 3 ސަރަޙައްދަކަށް ލާމަރުކަޒުކުރުމަށްޓަކާ ޑިސެންޓްރަލައިޒޭޝަން ޤާނޫނަށާއި އިންތިޙާބީ ޤާނޫނުތަކަށް ބަދަލުގެންނާން ޤާނޫނުއަސާސީ އިސްލާޙްކޮށް މިދެންނެވި 3 ރީޖަން ނުވަތަ ޕްރޮވިންސް ތަކަކީ ތިލަދުންމަތިން ފާދިއްޕޮޅަށް ނޯތު، ކ.އަތޮޅުން (މާލެ ހިމަނައި) ދާލަށް ސެންޓްރަލް، އަދި ކޮޅުމަޑުލުން އައްޑުއަށް ސަދާންރީޖަންކަމުގައި ކަޑައަޅާ މަޖިލީހުގައި ރީޖަންތައް ތަމްސީލުކުރާގޮތަށް ބަދަލުކުރޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454