ސްކޫލްތަކުގެ ބޮޑު ޗުއްޓީއާ ދިމާކޮށް 2020 ވަނަ އަހަރު މާލޭގައި ބޭއްވި ނައިޓް މާކެޓް.-- ފޮޓޯ: ނިޝާން އަލީ | މިހާރު
31 ޖުލައި 2024 - 09:42
ފެއާތަކާއި ނައިޓްމާކެޓުތަކާއި މަގުމަތީ ބާޒާރުތައް ކުރިއަށް ގެންދެވޭނެ މުއްދަތު އިތުރުކޮށް، ގިނަވަގެން 10 ދުވަހަށް ބޭއްވޭ ގޮތަށް އުސޫލަށް އިސްލާހު ގެނެސްފި އެވެ.
އިކޮނޮމިކް މިނިސްޓްރީން އިއްޔެ ގެޒެޓްކުރި ފެއާ، ނައިޓްމާކެޓް ނުވަތަ މަގުމަތީ ބާޒާރު ހިންގުމުގެ ހުއްދަ ދޫކުރުމުގައި އަމަލުކުރާނެ އުސޫލަށް ގެނައި އިސްލާހުގައިވާ ގޮތުން އެ ހަރަކާތްތައް ބޭއްވުމުގެ ހުއްދަ ދެން ދޫކުރާނީ ގިނަވެގެން 10 ދުވަހުގެ މުއްދަތަކަށެވެ.
ފެއާތަކާއި ނައިޓްމާކެޓުތަކާއި މަގުމަތީ ބާޒާރުތައް ބޭއްވުމަށް މީގެ ކުރިން ހުއްދަ ދެނީ ގިނަވެގެން ހަތް ދުވަހަށެވެ.
ފެއާ، ނައިޓްމާކެޓް ނުވަތަ މަގުމަތީ ބާޒާރު ހިންގުމުގެ ހުއްދަ ދޫކުރުމުގައި އަމަލުކުރާނެ އުސޫލަކީ 2019 ވަނަ އަހަރުން ފެށިގެން އިކޮނޮމިކް މިނިސްޓްރީން އެކުލަވާލައި އަމަލުކުރަމުން އަންނަ އުސޫލެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑޮކްޓާރ. ބަނާނާ
01 August 2024
ތިޔަ މާކެޓަށް ކިޔަން މިހާރު ޖެހެނީ "ޑާކާރ ނައިޓް މާރކެޓް 2024 "ވ. ސަލާމް!
ދިވެހިންް
31 July 2024
މިފަހަރު ދިވެެހިންނަށް އެކަނި ތަކެތި ވިއްކޭ އުސޫލުން ހިންގަންވީ. ދިވެހިންގެ ރާއްޖެ
ފޫހި
31 July 2024
މިއީ ސީދާ ބަންގާޅީންނަށް ވިޔަފާރިކުރުމަށް ދެވޭ ރަނުގެ ފުރުޞަތެއް. އެއްވެސް ވިޔަފާރި ހުއްދައެއްނެތި އެއްވެސް ޓެކްސް ދެއްކުމެއްނެތި ވިޔަފާރިކުރުމަށް ފުރުޞަތު ދޭންކުރާކަމެއްމީ. ވިޔަފާރި ރަޖިސްޓަރީ ނުކުރާ މީހުންނަށް މިތަންތަނުގައި މޭޒު ބެހެއްޓިގެންނުވާނެ. އަދި ނައިޓްމާކެޓްގައި ދިވެހިންނަށް އެކަނި ފުރުޞަތުދޭން ގޮވާލަން.
ކެއް
31 July 2024
ތީ ބަންގާޅިން ކުރާކަމެއް ޖީއެސްޓީ. ނުދައްކާ....ބޮޑުކުލިދައްކާ..ދިވެހި ވިޔަފާރި ފުޑެނީ