އަލިފުޅު ތުއްތު ފައުންޑޭޝަންގެ ފަރާތުން ސަލީމް (ކ)، އޯޓިޒަމް އެސޯސިއޭޝަނަށް އެ ފައުންޑޭޝަންގެ ފަރާތުން ދޭ އެހީ އެ ޖަމިއްޔާގެ މެނޭޖިން ޑިރެކްޓަރު އިފްހާމަށް މިއަދު ހަވާލުކޮށްދެއްވަނީ.--ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
26 ފެބުރުއަރީ 2017 - 21:16
އަލިފުޅު ތުއްތު ފައުންޑޭޝަން (އޭއެފްޓީއެފް)ގެ އެހީ ހަތް ޖަމިއްޔާއަކަށް، މިއަދު ހަވާލުކޮށްދީފި އެވެ.
ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ޖަމިއްޔާތަކާ ލިޔުން ހަވާލުކޮށްދެއްވީ، އަލިފުޅު ތުއްތު ފައުންޑޭޝަންގެ މެމްބަރު މުހައްމަދު ސަލީމް އަބްދުއްސައްތާރެވެ.
1) ޔޫޑަބްލިއުސީ މޯލްޑިވްސް
2) ޖާނީ
3) ކެއާ ސޮސައިޓީ
4) މޯލްޑިވިއަން ރެޑް ކްރެސެންޓް
5) މޯލްޑީވްސް އޯޓިޒަމް އެސޯސިއޭޝަން
6) ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް
7) ސޮސައިޓީ ފޯ ހެލްތް އެޑިއުކޭޝަން (ޝީ)
އަލިފުޅު ތުއްތު ފައުންޑޭޝަނުން ހަތް ޖަމިއްޔާއަކަށް އެހީ ދިނުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، ރެޑް ކްރެސެންޓުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ.--ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
އޭއެފްޓީއެފް އިން ބުނީ އެ ހަތް ޖަމިއްޔާގެ މި އަހަރުގެ އެކި ޕްރޮގްރާމްތަކަށް 3.3 މިލިއަން ރުފިޔާ ހަރަދުކުރަން ހަމަޖައްސާފައިވާ ކަމަށެވެ.
ޔޫޑަބްލިއުސީއަށް މި އަހަރު ދޭ އެހީގެ ތެރޭގައި ވެސް ހިމެނެނީ، ޔޫޑަބްލިއުސީ ސްކޮލަޝިޕްގައި ދާ ތިން ދަރިވަރަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ. މިއީ އެ ފައުންޑޭޝަނުން 2000 ވަނަ އަހަރުން ފެށިގެން ޔޫޑަބްލިއުސީއަށް ދެމުން އަންނަ އެހީއެކެވެ. އެ ސްކޮލަޝިޕްގެ ދަށުން މިހާތަނަށް 44 ދަރިވަރުން ތައުލީމް ހާސިލްކޮށްފައިވާއިރު މިވަގުތު ވެސް، ހަތަރު ދަރިވަރަކު އަންނަނީ އެކި ގައުމުތަކުގައި ތައުލީމް ހާސިލްކުރަމުންނެވެ.
މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްކޮށްދިނުމުގެ މަސައްކަތް ކުރަމުން ޖާނީއަށް ވެސް އެކި ހަރަކާތް ހިންގުމަށާއި އެޗްއައިވީއަށް ޓެސްޓު ކުުރުމުގެ ހިދުމަތް ފޯރުކޮށްދިނުމަށް އަލިފުޅު ތުއްތު ފައުންޑޭޝަނުން އެހީތެރިކަން ހިމެނެ އެވެ. އަދި ކެއާ ސޮސައިޓީން ހަދާ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ކްލިނިކް ހެދުމަށް ވެސް އެ ފައުންޑޭޝަން އިން އެހީވާނެ އެވެ.
އަލިފުޅު ތުއްތު ފައުންޑޭޝަނުން ހަތް ޖަމިއްޔާއަކަށް އެހީ ދިނުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވަޑައިގެންނެވި ބައެއް ބޭފުޅުން.--ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
ޒަމާނީ ވަސީލަތްތަކާ އެކު އޯޓިޒަމް ކުދިންނަށް ކިޔަވައިދޭން އިންޓަރެކްޓިވް މާހައުލެއް އުފެއްދުމަށް އޭއެފްޓީއެފް އިން މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަން (އެމްއޭއޭ) އަށް އެހީތެރިކަން ފޯރުކޮށްދޭނެ އެވެ. އަދި ކެންސާ ސޮސައިޓީން ހިންގާ ހެލްތު އޮފިޝަލުން ތަމްރީނުކުރުމުގެ ޕްރޮގްރާމަށް ވެސް އެ ފައުންޑޭޝަނުން އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.
ރެޑް ކްރެސެންޓުން މި އަހަރު ހދ. ނޮޅިވަރަމުގައި ހިންގަން ނިންމާފައިވާ ޕަމްޕު ހައުސެއް ބިނާ ކުރުމުގެ މަޝްރޫއަށް އޭއެފްޓީއެފް އިން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އެ ފައުންޑޭޝަނުން ބުންޏެވެ.
މިއީ ޖަމިއްޔާތަކުގެ ހިންގުން ހަރުދަނާކޮށް، މުޖުތަމައުއަށް ފައިދާ ހުރި މަސައްކަތް ކުރުމުގެ ހިތްވަރު ދިނުމުގެ ގޮތުން އެ ފައުންޑޭޝަނުން ދެމުން އަންނަ އެހީއެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަންނާނު
28 February 2017
ވަރަށް ރަނގަޅު ކަމެއް. އެހެންނަމަވެސް މައްސަލަ އަކީ މިހާރުވެސް ފްނަޑު ނުލިބިގެން މަސައްކަތް ހުއްޓިފައިތިބި ބައެއް ޖަމްޢިއްޔާތައް އެބަތިބި .އެޖަމްޢިއްޔާތަކަށް ވެސް ފުރުސަތުތަކެއް އޮންނަންވާނެ ހެން ހީވަނީ. މިޖަމްޢިއްޔާތަކަކީ މިހާރުވެސް ސަރުކާރުން އެހީދެމުން އަންނަ ޖަމްޢިއްޔާތައް. މިފަދަ ޖަމްޢީއްޔާތަކުން ކުރަމުން އަންނަ މަސައްކަތް މޮނިޓަރ ކޮށްފައި މިފަދަ ޑޮނޭޝަންތައް ދޭނަމަ ވަރަށް ރަނގަޅުވީސް
ލިލޯލީލޯ
27 February 2017
ސަދަޤާތުގެ ވާހަކަ މިވަރަށް އިޝްތިހާރު ކުރާކަށް ނުވާނެ.. ސިއްރުން ކުރާ ސަދަޤާތް އެންމެ އެޔޮކަން ބޮޑީ
އަލީ ނަސީރު
27 February 2017
ޝިފާން ގެ ޖަވާބުގައި ވަރައްކެރިގެން ދަންަވަން.!!! ވަރައްރަނގަޅު ވިސްނުންތޫނު ކޮމެންޓެއް، ނަމަވެސް ތާއަބަދަކު ވައްކަންކުރާ އަދި ގައުމު ވިއްކާލައިގެން އަންބޮނޑި ބަނދަގެން ކޮމެނިސްޓު ކޮންމެވެސް ގައުމަކުން ހިމާޔަތް ހޯދުމައްފަހު ފިލާނެ ވައްތަރުގެ ވެރިކަމެއް ދިވެހީންގެ ތެރެއިން ބޭނުންވާނީ ދިވެހި ރައްޔަތުންގެ އާބަދީގެ %0.98 މީހުން...ރަނގަޅު ސަރުކާރުން އެކި އެކި ނަންނަމުގައި ދިވެހި ރައްޔަތުންގެ އަތުން ފައިސާ އެބަނަގާ އަދި އެފައިސާ އައްވަނި ކިހިނެއްކަމެއް އއްގޮތަކައްނޭނގޭ...
އަލީ ނަސީރު
26 February 2017
ތިޔަ އެހީ ދުވަހަކު ނުދިނަސް އިންކަމް ޓެކުސް ދެނިކޮށް އެކަން އެނިމުނީ، އެއިރުން އެތަކެއް މިލިއަނުން ދައުލަތައް ފައިސާ ވަންނާނެ
ޝިފާން
26 February 2017
ދައުލަތަށް ވަންނަ ފައިސާ އަށް ވާގޮތް އެގޭތަ؟