މޯލްޑިވިއަންގެ ފްލައިޓެއް ރަންވޭގައި: ބަންގްލަދޭޝްގައި ހިނގާ ހަމަނުޖެހުންތަކާ ހެދި މޯލްޑިވިއަންގެ ދަތުރުތައް އެ ގައުމަށް ވަނީ މެދުކަނޑާލާފައި. -- ފޮޓޯ| މިހާރު
06 އޯގަސްޓް 2024 - 09:21
މޯލްޑިވިއަނުން ބަންގްލަދޭޝްގެ ޑާކާއަށް ކުރަމުން އައި ދަތުރުތައް އެ ގައުމުގައި މިހާރު ހިންގަމުންދާ ސިޔާސީ ހަމަނުޖެހުންތަކާ ހެދި މެދުކަނޑާލައިފި އެވެ.
ގައުމީ އެއާލައިނުން އެކްސްގައި މިއަދު ބުނީ، ދަތުރުތައް ހުއްޓާލި ނަމަވެސް އެ ގައުމުގެ ހާލަތު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ. ސިޔާސީ ހަމަނުޖެހުންތަކާ ހެދި ބަންގްލަދޭޝްގެ އެއާޕޯޓު ވަނީ ހަ ގަޑި އިރަށް ބަންދުކޮށްފަ އެވެ.
މޯލްޑިވިއަން އިން ބުނި ގޮތުގައި އެ އެއާލައިނުން އަބަދުވެސް އެންމެ އިސްކަން ދެނީ ކްރޫއިންނާއި ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަމަށެވެ.
Due to the emerging situation in Bangladesh, we are not able to operate and have cancelled our flights to and from Dhaka on 6th August 2024. We are closely monitoring the situation and are committed to providing support to our passengers during this time.
— MaldivianAero (@MaldivianAero) August 6, 2024
ސަރުކާރުގެ ވަޒީފާތަކަށް މުވައްޒަފުން ނަގަން ގެންގުޅޭ އުސޫލާ މެދު ހިތްހަމަނުޖެހިގެން އެގައުމުގެ ޔުނިވާސިޓީތަކުގެ ދަރިވަރުން މިދިޔަ މަހު ފެށި މުޒާހަރާތައް އިއްޔެ ނިމުމަކަށް އައީ ބޮޑުވަޒީރު ޝައިހް ހަސީނާ ގައުމު ދޫކޮށް ވަޑައިގަންނަވަން މަޖުބޫރުވާ ހާލަތުކުރިމަތިވެގެންނެވެ. އެ ހަލަބޮލިކަމުގެ ތެރެއިން ހަސީނާ ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އަދި އަސްކަރިއްޔާ އިން ވަނީ ވަގުތީ ސަރުކާރެއް އެކުލަވާލަން ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތުއްތު މަނިކު.
06 August 2024
ރައީސް ބޯޓް މާލޭ ރަންވޭ މަތީގައި އަލާފައި ނުބާއްވާ އަހަރުމެންނަށް ގަމުން ފުރައިގެން އިންޑިޔޢަށް ދަތުރުކުރެވޭ ގޮތަށް ގަމުން ކޮޗިން އަށް ދަތުރު ފައްޓަދީބަލަ. 500 ޑޮލަރަށް ޓިކެޓެއް ވިއްކިޔަސް އޯކޭ އޭ.
ހައްލު.
06 August 2024
ކޮބާ މިހުރިހާ ކަންކަން ރަނގަޅުކުރަން ބުނި އަޒާން މެން. އެއިން އެއްވެސް މެންބަރަކު ނުވެސް ފެނޭ. އަފީފު އެމީހުނަށް ގުޅޭތޯ ބަލާފަ ބުނެބަލަ ކޮޗިން އައްޑޫ ދަތުރު ފައްޓާދޭށޭ.
އައްޑޫ ނަސީމް.
06 August 2024
ދެން މަށަށްކީއް.. ތިދަތުރު ދުވަހަކު ނުފެއްޓުނީއްޔާ ރަނގަޅީވެސް.
މަރިޔަމް.
06 August 2024
ސްކޫލް ޗުއްޓީގައި ގަމުން މަދަރާސީއަށް ދަތުރު ބާއްވަދީބަލަ.
ސިރުމީނާ ލަތީފު.
06 August 2024
އަޅެ ކީއްވެތަ ގަމުން ލަންކާ ނުވަތަ ގަމުން އިންޑިޔާ ދަތުރު ނުފައްޓަނީ. ކޮންމެ އަހަރެއްގެ އިސްކޫލު ޗުއްޓީއަށް ދަރިން ގޮވައިގެން ޗުއްޓީހަދާލާ ޑޮކްޓަރަށްދައްކަން އިންޑިޔާއަށް ދާޏްހާޑަ ޙަރަދެކޭ އަހަރުމެން އަތުން ދަނީ. މާލެ އިންޑިޔާ ޓިކެޓްފެ އަގަށްވުރެ އެތައްތަނެއް ބޮޑު ޙަރަދެއް އައްޑުއާއި މާލެއާއި ދޭތެރޭ އަދި ކޮންމެ ކޮޅަކަށް 2 ދުވަހު މާލޭގައި މަޑުކުރަން ޙަރަދު ކުރަންޖެހޭ.
އޮނަރަބްލް އަފީފު ދީދީ
06 August 2024
ބަންގާޅުދަތުރު މެދުކަޑާލަންޖެހޭއިރު ކޮންމެ ހަފުތާއެއްގެ 2 ދުވަހު ގޭން އިންޓަރނޭޝަނަލް އެއަރޕޯޓާއި އިންޑިޔާގެ ބެންގަލޯރ އާއި ދެމެދު ޝެޑިއުލް ދަތުރު ފައްޓަންވީނޫންތޯ!؟ އައްޑުއަކީ ދާދި އިހަށްދުވަހާއިހަމައަށް ޤައުމީ އެއަރލައިނަށް އެންމެބޮޑު ފައިދާލިބުނު ޑެސްޓިނޭޝަން ކަމަށްވިޔަސް ކ.މާލެސަރަޙައްދުގައި ރިސޯޓްހިންގާ ނުފޫޒުގަދަ ފަރާތްތަކުގެ މަސްލަހަތަށްޓަކާ "އެފަރާތުގެ ފިއްތުން ތަކާއިހެދި" މާލޭސަރުކާރު ބޭނުމެއްނުވޭ އައްޑޫމަގުން ބޭރަށް ދަތުރުކޮށްދޭކަށް.
އޮނަރަބްލް އަފީފު ދީދީ
06 August 2024
މިހާރުވެސް މާލެއާއި ގޭން އެއަރޕޯޓާއި ދެމެދު ކޮންމެދުވަހަކު ATR72 އަދި އޭޓީއާރު 42 ގެ ހަތަރެއް ނުވަތަ 6 ދަތުރު ކުރާއިރު މާލެ އައްޑުއާއި ދެމެދު ހަފުތާއަކު 2 ދުވަހު A-320 ބޯޓަށް ޕެސެންޖަރުންނާއި ކާގޯއާއި އެކުގައި ރަނގަޅު ލޯޑެއް ލިބޭނެކަން ޔަގީން. # މިހާރު އައްޑޫމީހާ އިންޑިޔާ ބެންގަލޫރަށް ނުވަތަ ކޮޗިންއަށް ދާންޖެހުނީމާ ކ.މާލެއަށްގޮސް ދެގުނަ އިތުރަށް ޙަރަދު ކުރާންޖެހޭތީ، އައްޑޫ މީހުނަށް ޖެހެނީ Srilankan Airlines ގައި ލަންކާމަގުން އިންޑިޔާއަށް ދާނެ.
އޮނަރަބްލް އަފީފު ދީދީ
06 August 2024
ކ.މާލެއިން އިންޑިޔާގެ އެތައް މަންޒިލަކަށް ޑެއިލީ ޝެޑިއުލް ދަތުރު އަދި ހަނިމާދޫ އެއަރޕޯޓުން އިންޑިޔާއަށް ސީދާ ދަތުރު ކޮށްދޭއިރު ކީއްވެގެންތޯ އައްޑޫސިޓީ ނުވަތަ ރާއްޖޭގެ ދެކުނުގެ ރައްޔިތުންނަށް މަތީގައިދެންނެވުފަދަ އެއްވެސް ކަމެއް ކޮށްފިނުމަށް މަސައްކަތް ނުކުރަނީ!؟ އަހަރުމެނަށް އިގޭ އެއްޗަކީ ކޮލަމްބޯ ގޭން ޝެޑިއުލް ދަތުރު ކޮށްގެން އެމީހުނަށް ގެއްލުން ނުވާއިރު ގޭން-ބެންގަލޫރު ނުވަތަ ގޭން-ކޮޗިން ދަތުރު ކޮށްދީގެން މޯލްޑިވިއަނަށް ވެސް ގެއްލުމެއްނުވާނެ.
ކެޕްޓަން ނާސިޙްގެ ކޮއްކޮ.
06 August 2024
ނާސިޙްގެ ކޮށްކޮ ބނާނީ ގަމާއި އިންޑިޔާ އާއި ދެމެދު ޝެޑިއުލް ދަތުރު ފެއްޓުން މިހާރުވެސް މާބޮޑަށް ލަސްވެއްޖެ ކަމަށް. އަހަރުމެން ހެދި ދިރާސާއެއްގައި ލަންކާ އަށާއި އިންޑީޔާ އަށް އަހަރަކު އެތައް ސަތޭކެ މީހުން ދާއިރު އައްޑޫގައި ހުރި ރިސޯޓް ތަކަށާއި އައްޑޫގެ ފިހާޜަތަކަށް ވައިގެ މަގުން ގިނަ އދަދެއްގެ ކާގޯވެސް ގެނޭ. ތިކަން އަފީފު ތިބުނާ ގޮތަށް ކުރެވޭނެ.
ސުކުރުމުތި.
06 August 2024
ލަންކާ އައްޑުއަށް ކުރާ ދަތުރު ތަކަކީ ގެއްލުމުގައި ކުރާ ދަތުރު ތަކެއްނޫން. މާބޮޑު ފައިދާ އެއް ނުލިބުނަސް އެއީ އެމީހުނަށް އެކަށީގެވާ އާޟްދަނީ ލިބޭ ސެކްތަރ އެއް. ގަމާއި ބެންގަލޫރާއި ދމެދު ހަފުތާއަކު ދޭއްނުވަތަ 3 ދަތުރުވެސް ގެއްލުން ނުވެ ކުރެވޭނެ. އެދަތުރުތައް އޮންނަ ނަމަ މާލެއިން ތަރުކާރީ ފުރުޓް ގެންނާކަށް ނުޖެހޭޏެ.
އާނިޔާ.
06 August 2024
ބުނަންތަ ތިޔަ ދަތުރެއް ނުކުރާނެ. މޯލްޑިވިއަން ތެރޭގައި ތިބި އައްޑޫގެ ބައެއް މުވައްޒިފުން އަބަދުވެސް އުޅޭ ގަމުން ބޭރުގެ ކޮންމެވެސް މަންޒިލަކަށް ދަތުރު ފެއްޓޭތޯ. އެކަމަކު ސަރުކާރުގެ މަތީ ހިސާބަކުން ކޮންމެ ފަހަރަކުވެސް އެކަން ހުއްޓުވާ.
ލޯ ލާރި ޙަރަދުނުކޮށް ހިއްކާ ބޮޑު ރަސްމާލެ ކަތީބު
06 August 2024
ދަތުރުތައް ހުއްޓާލުމީ ހިތާމަހުރިކެއް! ކުރެނގި ޕުރޮގުރާމް ފެއްޓެވިފަހުން ޖުލައި 2024 ގައި ކާށިދޫއަސް ވަޑައިގެންނެވި ބަނގުލަދޭސް 2 ގެސްޓުން ރަށުގެ އިމްރާނީ މަސައްކަރުގައި ދުވާލަކު -/1،000 ރުފިޔާދެ އުޖޫރަޔަށް އުޅޭކަމީ ކުރެނގި އާބާދީވެސް އިތުރުކުރުން މުހިއްމު ކަމެއްކަމުގައި ދެކެމެވެ.