ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުންތަކެއް ބައިވެރިވެވަޑައިގަންނަވަނީ: މަޖުބޫރުން ޕީޕީއެމަށް ސޮއިކުރުވާ ކަމަށް ބުނެ އެމްޑީޕީން ހުށަހެޅި ގަރާރު ބޭރުކޮށްލީ ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުންގެ ވޯޓާއެކުގައި.--- ފޮޓޯ: މަޖިލިސް
27 ފެބުރުއަރީ 2017 - 14:09
ވެރިކަންކުރާ ޕީޕީއެމަށް މަޖުބޫރުކޮށްގެން މެމްބަރުން ވައްދާ ކަމަށް ތުހުމަތުކޮށް، މާފަންނު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ފަލާހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ގަރާރު މިއަދު ބޭރުކޮށްލައިފި އެވެ.
ސަރުކާރަށް ތާއީދު ކުރާ މެމްބަރުންގެ ވޯޓާއެކު ގަރާރު ބާތިލް ކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 61 މެމްބަރުންގެ ތެރެއިން 38 މެމްބަރުންގެ ވޯޓާއެކުގަ އެވެ. ގަރާރު ބަލައިގަތުމަށް 20 މެމްބަރަކު ވޯޓު ދެއްވިއިރު، ވަކި ގޮތަކަށް ވޯޓު ނުދެއްވާ ތިން މެމްބަރަކު ތިއްބެވި އެވެ.
އިދިކޮޅު މެމްބަރުގެ ގަރާރުގައި ވިދާޅުވެފައި ވަނީ، މިއީ ސަރުކާރުގެ މުވައްޒަފުންނަށް ޕީޕީއެމަށް ވަންނަން މަޖުބޫރުކޮށް، އެ ޕާޓީއަށް ސޮއިނުކޮށްފި ނަމަ ވަޒީފާއިން ވަކިކުރާނެ ކަމުގެ ބިރުދައްކާތީ އެކަން މަޖިލީހުން ހުއްޓުވުމަށް ބާރު އެޅުމުގެ ގޮތުން ހުށަހެޅި ގަރާރެއް ކަމަށެވެ.
އެއްވެސް މީހަކު ލައްވައި މަޖުބޫރުން މަސައްކަތް ކުރުވައިގެން ނުވާނެ ކަމަށާއި އިންސާނީ ޝަރަފާއި ހަމަހަމަކަމާއި މިނިވަންކަން އަދި ރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކަށް އަމަލުކުރުން ގާނޫނުއަސާސީން ލާޒިމުކުރާކަން ގަރާރުގައި ފާހަގަކޮށްފައިވެ އެވެ.
ޕީޕީއެމަށް މެމްބަރުން ވައްދަނީ މަޖުބޫރުކޮށްގެން ކަމަށް ކުރީގެ ރައީސް އަދި އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވެސް ވަނީ ވިދާޅުވެފަ އެވެ. އެކަމަކު އެ ވާހަކަތައް ރައީސް އަބްދުﷲ ޔާމީނަށް ތާއީދުކުރައްވާ ބޭފުޅުން ދޮގުކުރައްވަ އެވެ.
ގަރާރުގެ ބަހުސްގައި ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުން ވިދާޅުވީ ޕީޕީއެމަށް މެމްބަރުން ވަންނަނީ ހިތާއި ރޫހުން ޕާޓީ އަށް ވަންނަން ބޭނުންވާތީ ކަމަށެވެ. އަދި ޕީޕީއެމަށް މެމްބަރުން އިތުރުވަނީ ރާއްޖެ އަށް އަންނަ ތަރައްގީގެ ރައްޔިތުން ގަބޫލު ކުރާތީ ކަމަށް ވެސް އެ މެމްބަރުން ވިދާޅުވި އެވެ.
ނަމަވެސް އިދިކޮޅު މެމްބަރުން ވިދާޅުވި ގޮތުގައި ސަރުކާރާއި ޕީޕީއެމުން މަސައްކަތް ކުރަނީ ގާނޫނުއަސާސީން ކޮންމެ މީހަކަށް ލިބިދީފައި އޮތް ވަޒީފާ އަދާކުރުމުގެ ހައްގު ނިގުޅައި ގަތުމަށެވެ. ޕީޕީއެމާ ނުގުޅިއްޖެ ނަމަ، ވަޒީފާ އިން ވަކި ކުރަމުންދާއިރު، އެ ޕާޓީ އަށް ސޮއިކޮށްފި ނަމަ، ސަރުކާރުގެ އިދާރާތަކުންނާއި ކުންފުނިތަކުން ވަޒީފާ ހޯދައިދިނުމަކީ ކުރާ ކަމެއް ކަމަށް އިދިކޮޅު މެމްބަރުން ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލަމާ
28 February 2017
އެމް.ޑީ.ޕީ ސަރުކާރުގަ އަހަރުމެން ރަށު އަތޮޅު ހޮސްޕިޓަލްގެ އެންމެހާ މުވައްޒަފުންނަށްވެސް އެންގި އެމް.ޑީ.ޕީ މެންބަރުންނަށް ވޯޓް ނުދީފިއްޔާ ވަޒީފާއިން ވަކި ކުރާނެކަމަށް، އެއީ ކޮންމެ ސަރުކާރެއްގައި ކުރާކަމެއްވީމަ މަ މިހުންނަނީ، އަޅާވެސް ނުލާ، މަވެސް ރުހޭގޮތެއްނޫން، އެކަމްދެން އެންމެން ކުރަންޏަ މަވަކި ކީއްތަ ކުރާނީ
ހަސަންބެ.
27 February 2017
ރަގަޅަށް ތި ހެދީ. ކަޑައެޅިގެން ބައެއްގެ މެޖޯރިޓީ އޮތްތަނެއްގައި ތިކަހަލަ ހަޑިހާވަން އުޅުނަކަސް އެކަމެން ނުވާނެ. ކަލޭމެން އަހަރެމެންނަށް ދަސްކޮށްދިން ޑިމޮކުރަސީ ގެ އެންމެ މުހިންމު އެއް އަސާސަކީ މެޖޯރިޓީ އިން ނިންމީމާ މައިނޯރިޓީ އިން އެކަން ހަޖަމް ކޮށްގެން ތިބުން. އެހެންވީމާ ތި އޮތީ އެގޮތައް ކަންތައްވެ ނިމިފައި. ދެން ރީދޫ މެންބަރުން ބިން ވިއްކާ ވާހަކަ ނުދައްކާ ހައްޕު ކިޔަގެން ތިބޭ.
ވިސާނާ
27 February 2017
ބިން ވިއްކާ ބިލް ފާސް ކުރަން އެމްޑީޕީ ވޯޓް ދީފައި ދެން ކޮން ޤަރާރެއް ހުށަހަޅާކަށް ތޯއެވެ. ރައްޔިތުން ނޭވެ.. ރަގަޅު އެއްބަޔެއް ވެސް ނެތެވެ. ޔާމިނު ބާލާފައި ހޮވަން ކަމުދާ މީހަކު އަދި ނިކުމެ އެބަ އުލޭތޯ އެވެ؟އަންނި ވެސް ހުރީ ޓެސްޓް ކުރެވިފައެވެ.
އަންޑަރސްޓޫޑް
27 February 2017
ޕީޕީއެމަށް މަޖުބޫރުން ސޮއިކުރުވާ ކަމަށް ބުނެ އެމްޑީޕީން ހުށަހެޅި ގަރާރު ބޭރުކޮށް ލުމުން މިހާރު އެމްޑީޕީ އަށް ވެސް އަދި އެމެންގެ ސެކްރެޓޭރިއެޓް ގައި އުޅޭ އަވާމެންދުރު ދެކޭ ޓްވިޓަރޭ މެންނަށް ހުންނާނެ މިހާރު ރަނގަޅު ލެސަން އެއް ނަގާދެވިފައި ދޯ. ތަމެންނަށް އަންޑަރސްޓޭންޑް ވާން ޖެހޭނެ އެއް ނޫންތޭ މިރާއްޖޭގެ ސިޔާސީ މައިދާނުގައި ވައިޓް ހައުސް އަކީ އެއީ މަމެން ޕިންކީން ކަން އަދި ތަމެން ތިޔާއި ކިބަޅީ ރުވާންޑާއިން ކަން. ދެން ތަމެން މަމެން ޕިންކީން ނާއި ސިޔާސީ ގޮތުން ވާދަ ކުރަން އުޅުމުން މަމެން ތަމެންނަށް ރާކަނި މަސްކާން ދޭނެ ކަން ތަމެންނަށް ރަނގަޅަށް އަންޑަރސްޓޭންޑް ވާން ވެއްޖެއެއް ނޫންތޭ ދޯ.
އަހުމދު
27 February 2017
ގަރާރު ބޭރުކުރާނެކަން ޔަޤީންވިއަސް މިގަރާރުލީ މޖުޫރުން ސޮއިކުރުވާތިއެވެ. ނުކުޅެދޭމީހުނނަށް ވޒީފާދެނިއޭކިޔާފަ އަނެއްދުވަހު އާއިލާ އނމެން ސޮއިކުރަންޖެހނީ ޕީޕީއެމށް މިހާރުއޮޅިއްޖެ އަޑުއަހނީ ދިވެހިންގެޤައުމު އަދި ކިޔާއަޑެއްނާހަން ޕީޕީއެމް ގެ ޤައުމު ކިޔާއަޑެއް.
ކުޑޭ
27 February 2017
ގަރާރު ބޭރުކުރިއަސް ހަގީގަތްވާނީ ހަގީގަތަށް