ޕީއެންސީން ބޭއްވި ޖަލްސާއެއްގައި ނައިބް ރައީސް ހުސެއިން މުހައްމަދު ލަތީފް ވާހަކަ ދައްކަވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު
06 އޯގަސްޓް 2024 - 23:33
ނަފުރަތާއި ފިތުނަ އުފެއްދުމުގެ މާޒީ އިޔާދަ ނުކުރުމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ގޮވާލައްވައިފި އެވެ.
މިރޭ ޕީއެންސީގެ ޖަގަހާގައި ބޭއްވި ޖަލްސާގައި ނައިބް ރައީސް ވިދާޅުވީ ގައުމުގައި މީގެ ކުރިން އިސްކޮށް ތިއްބެވި ސިޔާސީ ލީޑަރުންނަށް ތާއީދުކޮށް އުފެދިފައިވާ ފިކުރުތަކުގައި ގެންގުޅެމުން އައީ ރައްޔިތުން ބޭނުންވި ގޮތަށް ނޫންކަން މިފަހުން ބޭއްވި ކޮންމެ އިންތިހާބަކުން ސާފުވެފައިވާ ކަމަށެވެ.
އެއީ މީގެ ކުރިން އައި ސިޔާސީ ލީޑަރުންގެ ފަރާތުން ނުވަތަ މުޖުތަމައުއިން ފެންނަން އޮތް ކަމަކީ، ނަފްރަތާއި ރުޅިވެރިކަމާއި އަދާވާތްތެރިކަންކަން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އަދި އެކަކު އަނެކަކަށް އަރައިރުން ވުމާއި ސިޔާސީގޮތުން ޒާތީވެ، އެބަޔަކު ބޭނުންވާ އެއްޗެއް ބުނެލުމުގެ ސިޔާސަތުކަން ނައިބު ރައީސް ފާހަގަ ކުރެއްވި އެވެ.
ނިމުނު މަޖިލީސް އިންތިހާބުގައި ރައްޔިތުންގެ މެދުގައި ރުޅުވެރިކަމާއި ނަފްރަތު އުފެއްދުމުގެ މާޒީ ތަކުރާރުވި ކަމަށާއި ނަމަވެސް ރައްޔިތުން އެކަމަށް ނޫނެކޭ ބުނި ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"ރައްޔިތުން އަނެއްކާ ވެސް ބުނީ ނޫނެކޭ. ތިމަންނާމެން ބޭނުމެއް ނޫނޭ މާޒީ އިއާދަކުރާކަށް. އެއީ މާޒީން އަޅުގަނޑުމެންނަށް ލިބުނީ ވަރަށް ހިތި ތަޖުރިބާއެއް. އޭގެ ސަބަބުން އަޅުގަނޑުމެންގެ ޖީލެއް ހަލާކުކޮށްލާފައި އަޅުގަނޑުމެންގެ ސިޔާސީ ލީޑަރުން އެ ތިބީ،" ނައިބް ރައީސް ވިދާޅުވި އެވެ.
ހިޔާ ސަރަހައްދުގައި ބޭއްވި ޖަލްސާއެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ނައިބް ރައީސް ހުސެއިން މުހައްމަދު ލަތީފް ބައިވެރިވަނީ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އޭގެ ހިތި ނަތީޖާ އަކަށްވީ މުޖުތަމައުއިން އިޖުތިމާއީ ބޮޑެތި މައްސަލަތައް ފެންމަތިވުން ކަމަށާއި އެހެންވެ ރައްޔިތުން މިއަދު ބޭނުންވަނީ އަމާން ސުލްހަވެރި ގައުމެއް ބިނާ ކުރުމަށް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ހިފަހައްޓާނެ މިންގަނޑުތަކެއް، އަސާސްތަކެއް ހުންނާނެ ކަމަށާއި އެ މަނިކުފާނަކީ ގާނޫނީ ވެރިކަން ދަމަހައްޓައި، ވެވަޑައިގެންފައިވާ ވައުދުތައް ފުއްދަވާނެ ވެރިއެއް ކަމުގެ ޔަގީންކަން ނައިބް ރައީސް ދެއްވި އެވެ.
ރައީސް މުއިއްޒަކީ ރައްޔިތުންނަށް ދަތިވާ ކަންކަމުގައި އަޑުއެހުމުގެ ގާބިލުކަން ހުންނެވި ބޭފުޅެއް ކަމަށާއި ކަންކަން ބާރު ސްޕީޑުގައި ތަރުތީބު ކުރައްވާނީ ރައްޔިތުން އެދޭ ގޮތަށް ކަމަށް ވެސް ނައިބް ރައީސް ވިދާޅުވި އެވެ.
"ރައީސް މުއިއްޒު އެ މަނިކުފާނުގެ ޒައާމަތުގައި ދައްކާނެ. އޭރުން ރައްޔިތުން ނިކުމެ އެ މަނިކުފާނު ދެވަނަ ދައުރަކަށް، ފުރަތަމަ ފަހަރަށް ރާއްޖޭގެ ރައީސަކު ހޮވާ ކަމަށްވާނަމަ މިފަހަރު ރައީސް ޑރ. މުހައްމަދު މުއިއްޒު ތިބޭފުޅުން ހޮއްވަވާނެ ކަމާމެދު ޝައްކެއް ނެތް،" ނައިބު ރައީސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބުނަނީ
08 August 2024
ނައިބު ރައީސް މަޖްލިސް ރައީސަށް އަޑުއިއްވާލަން ރަގަޅު ވާހަކައެއް ތިއީ. އަދި މިތާ ކޮމެންޓްތައް އޮއްސާ ކުދިންވެސް އަޑުއަހަން ރަގަޅު ވާހަކައެއް ތިއީ. ޔާމީނާ ދިމާކޮށް ހުއްޓުމެއްނެތި ރައްދު ދިނުމަކީ ވެރިކަމުގަ ތިބި މީހުންވެސް ނަފްރަތާ ފިތުނަ އުފެއްދުން އާލާކުރުން. ރައްދުނުދީ މާތްވެގެން ތިބެ ވެރިކަން ކުރަން ނޭނގޭކަން ދައްކަމުން ތިދަނީ.
އަޒުހަރު މުހައްމަދު
07 August 2024
ތި ފިތުނަ އުފައްދާ ޕީއެންއެފް ކަހަލަ ޕާޓީ ތަކުގެ މިއަދު ރައްޔިތުން ނުޖެހޭނެ. މާ އިތުބާރު ކުރޭ ރައީސް މުއިއްޒްއަށް.
ހައިލަމް
07 August 2024
މިކަހަލަ ހަރުދަނާ ވިސްނުނތެރި މީހުން އިސްވެ ހުރެގެން ގައުމެއް ރަނގަޅު ގޮތުގަ ހިންގޭނީ.
ކިނާން
07 August 2024
މިސަރުކާރާ މެދު ރައްޔިތުންގެ އިތުބާރު އޮތީމަ ދައްކާނެ ވާހަކައެއްނެތީމަ ދެން އުފައްދާނީ ފިތުނައެއްނު
ވަހީދުު
07 August 2024
މިއަދު ސަރުކާރު ޒިންމާދާރުކުރަން ތިބި ބަޔަކީ އިނދިކޮޅު ޕީއެންއެފް އާ އެމްޑީޕީ. އެކަމަކު އެއްވެސް ކަހަލަ އިޚްލާސް ތެރިކަމެއްނެތްކަން މި ފެންނަނީ
އާފާގްް
07 August 2024
ހުސް ފިތުނަ މިގައުމުގަ އޮތީ. ދޮގު ވާހަކަ ދެއްކުމާއި އަބުރު ކަތިލުން. އެއްވެސް ކަހަލަ ޒިންމާދާރު އިނދިކޮޅެއް މިގައުމުގައެއްނެތް
ނާޒިމްް ސޭޓްް
07 August 2024
ސެމްބެ ކީއްކުރާނީ. ތީ އަދުގެ ގައުމުގެ ހާލަތް. ވެރިކަމާ ހެދި ބޫތު ކައިފަ ހުރި ބަޔަކު މިއަދު އިނދިކޮޅުގަ އެތިބީ. އެހެންވީމަ ފިތުނަ ވެސް އުފެއްދެނީ
ޖިޔާމްް
07 August 2024
ތީ މަލީހުމެންގެ ފެންވަރު. ފިތުނަ އުފެއްދުން ނޫންކަމެއް ނޭނގޭނެ
ބަހާ އަމަލާ ދިމާނުވާކަން ހަށިގަނޑުން އިނގޭނަމަ ؟
07 August 2024
މުއައްސަސާ ތަކުގެ ހާލަތު އެނގިލައްވާތޯ، ނުލާހިކު ރަނގަޅަށް ހިދުމަތް ކުރި ކިތަށްމީހުންތޯ އެއްފަރާތް ކުރުވީ. ނޫނީ ޒިންމާ އެއް ނެތް ގޮތަށް ވާނުވާ އަށް ދޫކޮށްލީ. އެއީ ބަދަލު ނުހިފާ ގައުމު އެއްބައި ކުރުވުން ދެއްތޯ ؟؟
ބޢ ދިމާކުރަމާ!
07 August 2024
ސިޔާސީ ގޮތުން ލިބިފަހުރި ވަޒީފާތަކާ މަންފާތަކާ، ވެރިކަން ބަދަލު ވުމާއެކީ އެދާ ވެރިކަމުގެ ފަހަތުން ދާނެކަން، ބަހާ ޢަމަލަށް ނޭގުނީމަ ތިވާހަކަ ތި ދަމަނީ.
ގޮއްޔެ.
07 August 2024
ނައިބަށް ދަންނަވާލަން ބޭނުންވަނީ ޢިލްމީ ޤާބިލު މީހުން މަޤާމުތަކަށް އިސްނުވާހާ ހިނދަކު ފިތުނަ ފަސާދަ ފެތުރި ފުޅާވެގެންދާމިންވަރު އަވަސްވެފައި ހަލުވި ވާނެއޭ. މައިންބަފައިން ގުދާރު ބިންދައިގެން އެބައިމީހުންގެ ދަރީންގެ ތަޢުލީމަށް ކުރަމުންމިދާ ބޮޑު ހޭދަތަކަކީ ބޭކާރުކަމެއްކަމަށް ސަރުކާރުން ރައްޔިތުންގާތު ވަރަށް ސާފުކޮށް ބުނެދެމުންނޭ ދަނީ
އުންމީދު ފުނޑުފުނޑު
07 August 2024
ހައްލަކީ ސިޔާސީ ޕާޓީތައް އުވާލާ މެރިޓް ދެމެހެއްތުން. ރ.މައުމޫނުގެ ވެރިކަމުގަ ކަންކަން ގެންދިޔައީ އެއުޞޫލުން. މިނިސްޓްރީތަކާ އޮފީސްތަކުގަ ކިޔަވަިގެންތިބި ތަންދޮރުއެނގޭ މީހުން އިސްމަޤާމުތަކުގަ ތިބީ. އެއީ އުފެއްދުންތެރި ތަޢުލީމީ މީހުންގެ މައްޗަށް ބިނާކުރި ސަރުކާރެއް. ނަމަވެސް ޕާޓީ އުފެދުނުހިސާބުން ކަންކަން ބަދަލުވެ، އެމްޑީޕީގެ ފުރަތަމަ ވެރިކަމުންފެށިގެން ގާއުކާ މީހުންނާ، ރޯކުރާ މީހުންނާ އަނގަހަޑި އެންމެނަށް ދައުލަތުގެ މަޤާމުތައް ބަހާލީ. އެއީ ފެށުން.