އެސްޓީއޯގެ ހެޑް އޮފީސް. އެސްޓީއޯއިން އަޅާ އާ އިމާރާތަށް 18 މިލިއަން ޑޮލަރު ހަރަދު ވާނެ -- ފޮޓޯ: މިހާރު
07 އޯގަސްޓް 2024 - 10:20
އެސްޓީއޯ އިން 25 ބުރީގެ ކޮމާޝަލް ބިލްޑިންގެއް މާލޭގައި އިމާރާތް ކޮށްދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފި އެވެ.
އެ އިއުލާނުގައި ބުނީ، އެ ކުންފުންޏަށް މިވަގުތު ދިމާވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އޮފީސް ހިންގުމަށް ބޭނުންވާ ޖާގަ ކުޑަވުން ކަމަށެވެ. އަލަށް ހަދަން ހުޅުވާލި އިމާރާތާ އެކު، އެސްޓީއޯ ހެޑް އޮފީހަށް ދިމާވާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެ އިމާރާތުގައި މުވައްޒަފުން މަސައްކަތް ކުރުމުގެ ޖާގައިގެ އިތުރުން ވިޔަފާރީގެ ކަންކަމަށް ވެސް ބޭނުން ކުރެވޭނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ.
އާ އިމާރާތް ހަދަނީ 1،393 އަކަމީޓަރުގެ ޖާގައިގެ ސަރަހައްދެކެވެ. އެތަން ހަދަނީ އެސްޓީއޯގެ މިހާރުގެ ހެޑް އޮފީސް އިމާރާތާ ޖެހިގެން އޮންނަ ހުސް ބިމުގަ އެވެ.
އެ އިމާރާތް ހަދައިދޭން ބޭނުންވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމަށް އެސްޓީއޯ އިން ވަނީ އެދިފަ އެވެ. އެ ޕްރޮޖެކްޓް ކުރިއަށް ގެންދަނީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުންނެވެ.
ޝައުގުވެރިކަން ފާޅުކުރާ ކޮންޓްރެކްޓަރުންގެ ތެރެއިން ޝޯޓްލިސްޓު ކުރާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އެސްޓީއޯ އިން ދޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
08 August 2024
ހުޅުމާލެއިން 1500 އަކަމީޓަރުގެ 2 ބިން ހޯދުމަށްފަހު 25 ބުރީގެ އޮފީސް އިމާރާތް (ގްރައުންޑް އަދި ފަސްޓް ފްލޯގައި ވެހިކަލް ޕާކިންގ ހަދާފައި) ހެދުމަށްފަހު ފުރަތަމަ ނިމޭ އިމާރާތް ރާއްޖޭގެ ޓްއަރިޒަމް ވިޔަފާރި ތަކުގެ އޮފީސް ތަކާއި، އެއަރލައިން އަދި ޓްރެވަލް އޭޖަންސީ ތަކާއި ހޯލްސޭލް ރީޓެއިލް ވިޔަފާރިތަކަށް ދޫކުރުމަށްފަހު ދެވަނަ އިމާރާތަކީ އެސްޓީއޯއާއި ކުންފުނީގެ ސަބްސިޑަރީ ކުންފުނިތަކުގެ ހެޑްއޮފީސް ޓަވަރު ކަމުގައި ހަމަޖެއްސުން ރަނގަޅު ކަމުގައި ދެކެން.
މުލަކީ
07 August 2024
އެސްޓީއޯއިން އަޅަންވީ ބޮޑުބިމެއްހޯދައިގެން ޒަމާނީ ޝޮޕިން މޯލްއެއް ޕާކިން ފެސިލިޓީއާއި ފޫޑް ކޯޓާއި ސިނަމާ، ޕްލޭ އޭރިއާ އާއި އޮފީސް ސްޕޭސް މަތީ ފްލޯތަކުގައި، ހޮޓަލެއްވެސް ލެވިދާނެ. އެސްޓީއޯގެ މާލީ ގާބިލުކަން އިތުރުކުރަން ޕަބްލިކަށް އިތުރަށް ޝެއަރ ވިއްކިދާނެ.
ލުފުޝާން
07 August 2024
ރައީސް މުއިއްޒު ވެރިކަމުގަ ކުންފުނިތައް ނަގާ ކޮޅަށް ޖަހާނެ. ދަރަނިން ސަލާމަތް ވެފަ ތިބި ހިންގުންތެރި ކުންފުނިތަކަށް ހަދާނެ. އެކަމާ ޝައްކު ނުކުރައްވާ
ފާލިހް
07 August 2024
އެސްޓީއޯގަ ހުންނާނެ ކެޕޭސިޓީ މިވަރުގެ އިމާރާތެެއް އަޅަން. އެމީހުންނަށް އެފުރުސަތު ލިބެންވާނެ. މިއަދުގެ އެސްޓީއޯ އެމްޑީ އަކީ ދުރު ވިސްނޭ ކުންފުނީގެ މުއަށްޒަފުން ލޯބި ހޯދާ އެމްޑީއެއް
ހިއްސާދާރު
07 August 2024
ހުޅުމާލޭގައިވެސް ބޮޑު އިމާރާތެއް ހަދާފަ އެހުރީ އެތައް އަހަރެއްވީ. ވީރާނާވަމުން އެދަނީ. އެތަނުގައިވެސް ތިކަން ކުރެވިދާނެ. އަނެއްކާވެސް އެތައް މިލިޔަން ޑޮލަރު ހަރަދުކުރަން އުޅެނީ. އެއްވެސް ސްޓަޑީއެއް ނުހަދާ ބޮޑެތި އިމާރާތްތައް ހަދަނީ ފައިސާ ގިނަވެގެން ކުރާނެ ކަމެއް ނޭނގިގެން އުޅޭހެން ހީވަނީ.
ނުއުމާން
07 August 2024
އެސްޓީއޯ އަކީ މި ރާއްޖޭގެ ގައޮތް އެންމެ ބޮޑު އެއް ކުންފުނި. އެސްޓީއޯ އަށް މިފަދަ އިމާރާތެއް ބޭނުންވާނެ. ހުރިހާ ހިދުމަތް އެއްފުރާޅެއްގެ ދަށުން ހިދުމަތް ހޯދޭ ގޮތައް
ބަބުރުކޮއި
07 August 2024
ދަރުމަވަންތަ ސްކޫލްގެ ހަ ބުރީގެ އިމާރާތް އަޅަން 100 މިލިއަނެއްހާ ރުފިޔާ ހޭދަވި. ދަރުމަވަންތަ ހޮސްޕިޓަލްގެ 25 ބުރި އަޅަން ވެސް 150 ވަރަކަށް މިލިއަން ޑޮލަރު ހޭދަވި. ދެން ކިހިނެއް 18 މިލިއަން ޑޮލަރުން 25 ބުރި އަޅަން ބަޔަކު ކުރިމަތިލާނީ
ކަލޯ ހަސަނާ
07 August 2024
މިަކަމީ އެސްޓީއޯގެ ހިއްސާދާރުންނާ މަޝްވަރާ ކުރެވިގެން ކުރެވޭ ކަމެއްބާ - ނޫނީ މިހާރުގެ މެނޭޖްމަންޓްގެ އާރާއި ބާރު ދެއްކުމަށް
ބަރުޖޯރު
07 August 2024
އެސްޓީއޯ ކުރިއަރައިގެން ރައްޔިތުންނައް ކުރިއެރުމެއް އޮތީ. މިހާރުގެ އެމް.ޑީ އައް ތައުރީފު ހައްގު! ކުރިއަައް ރައްޔިތުންގެ އެސްޓީއޯ !
098765
07 August 2024
އެންމެ ފަސްލައްކަ ރައްޔިތުންނާއި ދެމިލިއަން ޓުއަރިސްޓުން އަހަރަކު އަންނަ ގައުމެއްގެ ވިޔަފާރި ކުރާ ސަރުކާރުގެ ކުންފުންޏެއް ހިންގުމަށް ހާދަ ޖާގައެކޭ ތިބޭނުން ވަނީ!!!! ކޮންމެ މުވައްޒަފަކަށް ކިތައް އަކަފޫޓްގެ ޖާގަ ބޭނުންވަނީ ބާ!!!!!!