ހެނދުނުއްސުރެ ބީއެމްއެލް އެޕް ޑައުންވެ، ކަސްޓަމަރުންނަށް ވަނީ ދަތިތައް ކުރިމަތިވެފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
07 އޯގަސްޓް 2024 - 12:33
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މޮބައިލް އެޕާއި އޭޓީއެމްގެ ހިދުމަތްތައް މެދު ކެނޑުނުތާ 8 ގަޑިއިރު ވެފައިވާއިރު، އޭގެ ސަބަބުން ގިނަ ހިދުމަތްތަކަށް ބުރޫއަރައި އެތައް ބައެއްގެ ޝަކުވާ އިތުރު ވެއްޖެ އެވެ.
މިއަދުގެ ފަތިހު 4:00 އިން ފެށިގެން ބީއެމްއެލްގެ އެޕާއި އިންޓަނެޓް ބޭންކިން ޑައުންވެ، އޭޓީއެމްގެ ހިދުމަތްތަކާއި ޕީއޯއެސްގެ ހިދުމަތް ވެސް މެދުކެނޑުނެވެ.
ނަމަވެސް މީގެ އިރުކޮޅެއް ކުރިން ބޭންކުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ބީއެމްއެލްގެ އޭޓީއެމާއި އިންޓަނެޓް ބޭންކިންގެ ހިދުމަތްތައް މެދުކެނޑިފައި ވިޔަސް މިހާރު ޕީއޯއެސް މެޝިންތަކުން ފައިސާގެ މުއާމަލާތް ކުރެވޭނެ މިހާރު ކަމަށެވެ.
އެހެން މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ބީއެމްއެލްއިން ބުންޏެވެ.
We are facing interruptions to POS, ATM, Internet and Mobile Banking services due to a technical issue.
— Bank of Maldives (@bankofmaldives) August 7, 2024
Customers using BML credit and prepaid cards, as well as those using cards issued by other banks, can continue to use our POS network.
We apologize to our customers for the…
އިންޓަނެޓް ބޭންކިން އާއި އޭޓީއެމްތަކުން ވެސް ފައިސާ ނުނެގޭތީ ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ވެސް ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ބީއެމްއެލްއަކީ ރާއްޖޭގައި އެންމެ ބޮޑު އަދި އެންމެ ގިނަ ކަސްޓަމަރުން ތިބި ބޭންކަށް ވުމުން، އެ ތަނުނގެ ހިދުމަތްތަކެއް މެދުކެނޑުމަކީ އެތައް ބަޔަކަށް ބޮޑެތި ތަކުލީފުތަކެއް ކުރިމަތިވާ ކަމެކެވެ. ބީއެމްއެލްގެ އެޕާއި އިންޓަނެޓް ބޭންކިން ޑައުންވެ އަދި އޭޓީއެމްގެ ހިދުމަތް ހެނދުނުއްސުރެ ނުލިބުމުން އެތައް ބައެއްގެ ވިޔަފާރީގެ މުއާމަލާތްތަކެއް ވަނީ ހުއްޓިފަ އެވެ. އޮންލައިން ޓްރާންފާގެ ހިދުމަތް ނުލިބޭއިރު އޭޓީއެމުން ފައިސާ ނުނެގުމަކީ އަދި އިތުރަށް އުނދަގޫތަކެއް ކުރިމަތިވި ކަމެވެ.
"ހެނދުނު ދަރިފުޅު ސްކޫލަށް ދާން އިންޓަވަލް ގަންނަން ގޮސް ކާޑުން ކަނޑަން ބެލިއިރު ޕީއޯއެސް މަސައްކަތެއް ނުކުރި. ދެން ދުއްވައިގަތީ އައިޖީއެމްއެޗު ކައިރީގައި ހުރި އޭޓީއެމަށް ފައިސާ ނަގަން. އެ ތަނުގެ ހުރިހާ ސިސްޓަމެއް ޑައުން،" އާންމު މީހަކު ޝަކުވާ ކުރި އެވެ.
މި ގޮތަށް މިއަދު އެތައް ބަޔަކަށް ބޮޑެތި އުނދަގޫތަކެއް ކުރިމަތިވި އެވެ.
ބީއެމްއެލްގެ އެޕާއި އިންޓަނެޓް ބޭންކިންގެ ހިދުމަތް މިދިޔަ ބުރާސްފަތި ދުވަހު ވެސް އެޕް ތިން ގަޑިއިރަށް ޑައުންކުރި އެވެ. އެ ދުވަހު އެޕް ޑައުންކުރީ ބައެއް އެކައުންޓުތަކަށް ޖަމާވާން ނުޖެހޭ ވަރަަށް ޑޮލަރު ޖަމާކުރެވިގެން ކަމަށް ފަހުން ބުންޏަށް އޭގެ ކުރިން ބީއެމްއެލް އިން ބުނިގޮތުގައި ޓެކްނިކަލް މައްސަލަ ކުރިމަތިވީ މައިކްރޮސޮފްޓަށް ދިމާވެގެން އުޅޭ ސައިބަ އެޓޭކާ ގުޅިގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހެހެހެ.
07 August 2024
މިފަހަރު މިއުޅެނީ މައިކްރޮ ހާޑަށް މައްސަލައެއް ދިމާވެގެން.
އަކްމެޑް
07 August 2024
މުސާރަ ލިބޭތަނުން ފައިސާ ނަގާފަ ބަހައްޓަން ފަށަންވީ
ބިގަރު ހަސަނާ
07 August 2024
މިގައުމުގައި ކަމެއް ވެއްޖެއްޔާ އެންމެ ބޮޑު މުސީބާތަކީ ވީކީތްކަން މީހުންނަށް އޮޅުންފިލުވައިދޭންވެސް ނޫޅޭތީ، ނޫނީ ދޮގުހަދާނީ. ހީވަނީ އަހަރުމެންނަކީ މިމީހުންގެ އަޅުންކަމަށް، އަހަރުމެންގެ އެއްވެސް ރައިޓެއްނެތްކަމަތް. ރައްޔަތުންނަށް ކުޑަވެސް ޒައްރެއްގެ އިހުތިރާމުކުރުމެއްނޯވޭ. ރަގަޅަށްވެއްޖެއްޔާ މިއެއްޗެއްސާ ކުޅެންތިބޭނީ މާބޮޑު އެއްޗެއް އެގޭ ބައެއްނޫންކަންވެސް ނޭގެ، ކޮއްޓަނިކޮށް ރަގަޅުވަނީ ކަންނޭގެ.
ގުދުގުދާބެއްޔާ
07 August 2024
8 ގަޑިއިރަށް ފައިސާ ހިފައްޓާލިޔަސް ސަރުކާރުގެ އިގްތިސާދައް ފައިދާ ކުރާނެ! އިނދަ ޖެހޭ ނީ އަމިއްލަ ވިޔަފާރި ކުރާ ފަރާތްތައް
ގެދޮރުވެރޮޔާ
07 August 2024
ކާފަމެން ރުފިޔާ ގެންގުޅުނުހެން ބޮޑު ފޮށީގަ އޮންނަ ބޮޑު ފޮތި ތެރެއަށް ރުފިޔާ ކޮޅު ލާ ފޮށި ބާރަށް ބަންނަން ވީ
ނާމްދި ކާނޫ
07 August 2024
ތިޔާހެން ވީމާ ދެން އަބަދުވެސް އަތުގައި ކޮންމެވެސް ވަރަކަށް ނަގުދު ފައިސާ ބަހައްޓާއިގެން އުޅެންވީ! މިހާރު ގިނަ މީހުންނަށް "ކޭޝްލެސް" ކޮށް އުޅެން އާދަވެފަހުރީ ޒަމާނަށް އައި ތަރައްގީއާ ޓެކުނޮލޮޖީގެ ސަބަބުން!
އެނގެންވީ
08 August 2024
ޓެކްނޮލޮޖީއަކީ އެތައް ގޮތަކުން ހުއްޓިދާނެ އެއްޗެއްކަންވެސް ކިޔަވަދީފަ ބަހައްޓަންވީ. އޭގެ ފުރިހަމަކަން ފެންނަވަރުން އަދު އެންމެންނަށް ހީވަނީ އެއީ ނުހުއްޓޭނެ ހަލާކުނުކުރެވޭނެހާ ފުރިހަމަ އެއްޗެކޭ.
ކުދުބެއްޔާ
07 August 2024
ޓެކްނޮލޮޖީގެ ހިދުމަތްތަކަކީ ބައެއްފަހަރު ފެއިލްވާނެ ކަމެއްކަމަށް ބެއްޔާވެސް ގަބޫލު ކުރަމެވެ. އެކަމަކު ހިދުމަތް ނުލިބި 12 ގަޑިއިރު ވުމަކީ ވަރަށް ދެރަކަމެކެވެ. އަދި 'ޑައުން ފޯ މެއިންޓެނެންސް' އަރުވާއިރު ބީއެމްއެލްގެ ލޯގޯވެސް ފެންނަހެން ހަދާލުންވެސް ރަގަޅު ކަމަށް ދެކޭށެވެ.
ބޭންކް އޮފް ދުއްޕާން
07 August 2024
ދެން ކިހާ ދެރަ ކަމެއްތަ މީ؟ ބިލް ޕޭ ނުކުރެވި މިހިރީ. ބީއެމްއް އައުޓް
ރަން
07 August 2024
ބީއެމް އެލް ގެ ފައިދާ އަހަރަކުއެތަށް މިލިޔަނަށް. އުޅެން މިޖެހެނީ މެޝިން ތަށް ކެލިބަރޭޓް ނުވެވިގެން މެނޭޖްމަންޓް އަކަށް މިހެންދިމާވާ ކަންކަން އެހާސީރިއަސް އެއްނޫން. ފައިދާ ވާލެއް ބޮޑުކަމުން ކަސްޓަމަރުން މި މީހުނަށް އެހާމުހިންމެއް ނޫން. އެހެންގޮތެއް ދެން ހޯދަންވީ.
އެކައުންޓު
07 August 2024
ރަނގަޅުކޮށްފައި ދެން ބަލާލާއިރު އެކައުންޓުގައި އެއްޗެއް އޮންނާނެބާ؟