މެމްބަރު ފަލާހު ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަނީ.
07 އޯގަސްޓް 2024 - 13:42
މިހާރު ހިނގަމުން އަންނަ 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަކީ މިހާތަނަށް އެންމެ ހާޒިރީ ރަނގަޅު މެމްބަރުންނަށް ވާނެ ކަމަށް ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުގެ މެމްބަރު އިބްރާހިމް ފަލާހު ރޭ ވިދާޅުވެއްޖެ އެވެ.
އޭނާ އެހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލިހުގެ ސުޕަ މެޖޯރިޓީ ޕާޓީ ޕީއެންސީން ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
އިނގުރައިދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ފަލާހު ވިދާޅުވީ، 20 ވަނަ ރައްޔިތުންގެ މަޖިލިހަށް ޕީއެންސީގެ ބޭފުޅުން އިންތިހާބުވުމާ ގުޅިގެން އެ ބޭފުޅުންނާ ބައްދަލުކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގަތީ އެއީ ނަމޫނާ ރައްޔިތުންގެ މަޖިލިހަކަށް ހަދަން ކަމަށެވެ.
"ނަމޫނާ މަޖިލިހަށް ވުމަށްޓަކައި އެންމެ ފުރަތަމަ ކަމަކީ ވެސް ގަޑިއަށް ފަރުވާތެރިކަމާ އެއްކޮށް ތިބޭފުޅުން މަޖިލީހަށް ހާޒިރުވުމޭ. ބަލި ހާލެއްގައި ޖެހިގެން ނޫނިއްޔާމު އަތްބަކު، ދަރިއަކު ބަލިވެގެން ނޫން ގޮތަކަށް 75 މެމްބަރުން އަޅުގަނޑުމެންގެ ޕާލަމެންޓްރީ ގުރޫޕަށް ނިސްބަތްވާއިރުގައި އެއްވެސް މެމްބަރަކު މަޖިލީހަށް ހާޒިރު ނުވެއެއް ނުތިބޭ،" ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރުކަން ވެސް ކުރިން ކުރެއްވި ފަލާހު ވިދާޅުވި އެވެ.
އެކަމަކު އަޅުގަނޑުމެންނަށް ގެއަށް ދެވެނީ ރޭގަނޑު ނުވައެއް ޖަހާއިރު. އަޅުގަނޑުމެން މި ތިބެނީ ގެއަށް ދާއިރު ނިއްޖާ ތާއްޔާ ޖެހިޖެހި.--- ފަލާހު
އޭނާ ވިދާޅުވީ، ޕީއެންސީން ރައްޔިތުންގެ މަޖިލިހުގައި މަސައްކަތް ކުރަނީ ކަމަކަށް ކަމެއް ކުރުމުގެ ބޭނުމުގައި ނޫން ކަމަށެވެ. މަސައްކަތް ކުރަނީ ރައްޔިތުންނަށް ތެދުވެރި، އިހުލާސްތެރިކަމާ އެކު ކަންކަން ކުރަން ކަމަށް ފަލާހު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މިހާރުގެ ރައްޔިތުންގެ މަޖިލިހުން މިދިޔަ ދެ މަހެއްހާ ދުވަހު އެކަނިވެސް އެތައް ގާނޫނަކަށް އިސްލާހުތަކެއް ގެނެސް މިއިން ދުވަހަކު މަޖިލިހުން ނުކުރާ ވަރަށް މަސައްކަތްތަކެއް ވަނީ ކޮށްފަ އެވެ.
ޕީއެންސީން ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާއި އެ ޕާޓީގެ ލީޑަޝިޕްގެ އެހެން ބައެއް ވެރިން.
މަޖިލިހުގައި ބަހުސް ކުރާނެ ކަމެއް ނެތިގެން ބައެއް ދުވަސް ދުވަހު މަޖިލިހުގެ ޖަލްސާތައް ކުރުކުރާތީ ލިބޭ ޝަކުވާތަކައް ރައްދު ދެއްވަމުން ފަލާހު ވިދާޅުވީ، 19 ކޮމިޓީގައި މެމްބަރުން ތިއްބަވާއިރު ހުރިހާ ކޮމިޓީއެއް އެއްފަހަރާ ބޭއްވުމުން ކޮމިޓީތަކަށް ގިނަ ބޭފުޅުން ވަގުތު ދެއްވާ ކަމަށެވެ.
"އެހެންވީމާ ރައްޔިތުންގެ މަޖިލިހުގައި ފްލޯގައި މި ކުރެވޭ މަސައްކަތަކީ އަޅުގަނޑުމެން ކޮމިޓީތަކުގައި ކުރެވޭ މަސައްކަތަށް ވުރެ މާ ކުޑަ މަސައްކަތެއް. އަޅުގަނޑުމެން ފްލޯގައި މި ކުރާ މަސައްކަތަކީ މި އަންނަ ބިލްތަކަށް އަޅުގަނޑުމެން ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ދެކޭ ގޮތް ހަމައެކަނި، އެ ބޭފުޅުންނަށް އޭގައި އޮންނަ ހިޔާލެއް ހާމަކޮށްލުމަށް ކުރެވޭ މަސައްކަތެއް އެއީ،" އޭނާ ވިދާޅުވި އެވެ.
މަޖިލިހުގެ ފްލޯގައި ކުރާނެ މަސައްކަތެއް ނެތިގެން ޖަލްސާތައް ކުރުކޮށްލާ ވާހަކަ ބައެއް ނޫސްތަކުގައި ޖެހުމުން ދާއިރާތަކުގެ މީހުންނަށް ހީވަނީ ފަލާހު ވިދާޅުވި ގޮތުގައި ފައިސާ ނަގައިގެން މެމްބަރުން ނިދިކުރައްވަނީ އެވެ.
"އެކަމަކު އަޅުގަނޑުމެންނަށް ގެއަށް ދެވެނީ ރޭގަނޑު ނުވައެއް ޖަހާއިރު. އަޅުގަނޑުމެން މި ތިބެނީ ގެއަށް ދާއިރު ނިއްޖާ ތާއްޔާ ޖެހިޖެހި. އެހެންވީމާ ހަގީގަތުގައި ރަސްމީ މަސައްކަތްތައް ކުރަމުން މިދަނީ ކޮމިޓީ މަރުހަލާގައި،" އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައްބާސްް
08 August 2024
ތީ ވަރަށް ރަނގަޅު ވާހަކައެއް. މި މަޖިލީހުން ނަމޫނާ ދައްކާ. ރައްޔިތުންގެ މަސްލަހަތް ހިމެނޭކަންކަމުގަ ހަމަ ތަފާތް ދައްކާ
ޒިހާން މުހައްމަދު
08 August 2024
ބަރާބަރަށް މަޖިލީސް ބަލާ މީހެއްގެ ހައިސިއްޔަތުން މިކަމަށް ހެކިވަން
ލޮލްް
08 August 2024
ފަލަކީ ހިސާބުތަކުން ދައްކަނީ ތިތާ ގިނައީ ބޯވަ ކަމަށް.
ޖަގޭ
07 August 2024
ހާޒިރީއެއް ނޫން މުހިންމީ ރަށްޔިތުންނާއި ގުޅުންހުރި ގާނޫނުތައް އަވަހަށް ހަދައި އެއައް ޢަމަލު ކުރުން އަދި އިޚުލާސް ތެރިކަމާއި އެކު ސަރުކާރު ފުރިހަމަޔަށް ޖަވާބު ދާރީ ކުރުން...
މީނަމީ
07 August 2024
މަޖްލިސް އުވާލާ.
ފާއިޒްބެ
07 August 2024
ޝިޔާމެއް ނާދޭ ހުޅުވި ދުވަހު ނޫނިއްޔާ އަދި. ދެން ގާސިމްބެ އަންނަނީ މާލިއްޔަތު ކޮމިޓީގެ މުގައްރިިރުކަން ދިނީމަ. މާދަމާވެސް އެ ކޮމިޓީގެ މުގައްރިރުކަން ގާސިމް އަތުން އަތުލާބަލަ. ދެން އިންނާނީ ސަންއައިލެންޑްގަ. މަޖިލީހަކަށް ނާންނާނެ. މިދިޔަ ދައުރު ގާސިމްބެ އޮތީ މަޖިލީހަށް ނައިސް ސަންއައިލެންޑްގަ މާސްކު އަޅައިގެން. ކޮވިޑަށް ފިލަން
ބަސީރުއްދީން
07 August 2024
ކަލޭމެންނަށް އެންމެބޮޑު ގޮންޖެހުމަކަށްވާނީ ޝިޔާމު. ޝިޔާމު ކޯލިޝަންގާ ހިމެނޭ ކޮންމެ ދުވަހަކު ހާޒިރީގާ ލައްޖެހޭނެ. އޭނާ ގާތުގާ ދެން ބުނޭ ޔާމީނު ގާތަށް ދާށޭ.
ތާޅަފިލި ހަސަނު
07 August 2024
މި ހާދަ ސުރުހީ އަޅާ ސޮރެކޭ ދޯ! އެހެން މެމްބަރުން ކީއްތަ ތިކުރަނީ.
އައްޕަމީގާ
07 August 2024
ދެއަހަރު ވަންދެން މަޖިލީހަށް ހާޒިރުނުވެ ރިސޯޓުގަ ހުންނެވި މަނިކުފާނުވެސް ތިހުރީ ތިމަޖިލީހުގަ އަދިވެސް.
ސއަދެއެސަ
07 August 2024
ހާޒިރީ ރަނގަޅުވެގެން އެކަނި ނުފުދޭ. ބޭނުންވަނީ ނަތީޖާ ނެރެދިނުން. ރައްޔިތުން ކުރަންޖެހޭ ހަރަދު ކުޑަވެ މުސާރަތައް ބޮޑުވުން. ގައުމު ކުރިއެރުން. ގާނޫނު ތަންފީޒުވުން. ލޯވަޅުއެޅި ގާނޫނުތައް ނުހެދުން. ތި މަޖިލީހުގެ މެންބަރުންނަށް ތިދޭ މަސައްކަތާ އެކަށީގެންނުވާ ބޮޑު މުސާރަކުޑަވުން
ރަނގަޅޭ
07 August 2024
ވަރަށް ބޮޑު ތެދެކެވެ