10 އޯގަސްޓް 2024 - 17:22
އިންޑޮނޭޝިއާގައި މިހާރު ކުރިއަށްދާ އޭޝިއަން ބޮޑީބިލްޑިން ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރަން މެޑަލް ހޯދައި، އެ މުބާރާތުން ރާއްޖޭގެ އަޒްނީން ރަޝާދު ރެކޯޑެއް ހަދައިފި އެވެ.
އަޒްނީން މިއަދު ހޯދި ރަން މެޑައްޔަކީ އެ މުބާރާތުގައި ވިދިވިދިގެން ރަން މެޑަލް ހޯދި ތިންވަނަ ފަހަރެވެ. ފިރިހެނުންގެ ސްޕޯޓްސް ފީޒީކް އަޕްޓް 170 ސެންޓްމީޓަރުގެ ކެޓަގަރީން، މިފަހަރު ރަން މެޑަލް ހޯދުމާ އެކު އޭނާ ވެފައި ވަނީ އެ ކެޓަގަރީން ވިދިވިދިގެން ނުވަވަނަ މުބާރާތުން ރަން މެޑަލް ހޯދި ދިވެހި ފުރަތަމަ އެތުލީޓަށެވެ.
ނޭޕާލްގައި 2022 ގައި ބޭއްވި ދެކުނު އޭޝިއާގެ ޗެމްޕިއަންޝިޕްގައި ރަން މެޑަލް ހޯދި ގޮތަށް، މިހާތަނަށް ވާދަކުރި ހުރިހާ މުބާރާތެއްގައި އަޒްނީން ވަނީ ރަން މެޑަލް ހޯދައިފަ އެވެ. އޭގެ ފަހުން ޖުމުލަ ހަ މުބާރާތުގައި ވާދަކޮށް ރަން މެޑަލް ހޯދި އެވެ.
1. ދެކުނު އޭޝިއާގެ ޗެމްޕިއަންޝިޕް 2022 - ރަން މެޑަލް
2. އޭޝިއަން ޗެމްޕިއަންޝިޕް 2022 - ރަން މެޑަލް
3. ވޯލްޑް ޗެމްޕިއަންޝިޕް 2022 - ރަން މެޑަލް
4. އޭޝިއަން ޗެމްޕިއަންޝިޕް 2023 - ރަން މެޑަލް
5. ދެކުނު އޭޝިއާގެ ޗެމްޕިއަންޝިޕް 2023 - ރަން މެޑަލް
6. ވޯލްޑް ޗެމްޕިއަންޝިޕް 2023 - ރަން މެޑަލް
7. ދެކުނު އޭޝިއާގެ ޗެމްޕިއަންޝިޕް 2024 - ރަން މެޑަލް
8. އޭޝިއަން ޗެމްޕިއަންޝިޕް 2024 - ރަން މެޑަލް
ސްޕޯޓްސް ފިޒީކް ކެޓަގަރީން ރާއްޖޭގެ ގައުމީ ޗެމްޕިއަންކަން ވެސް ހޯދި އަޒްނީން، އޭޝިއަން ޗެމްޕިއަންޝިޕްގައި އެންމެ ފުރަތަމަ ރަން މެޑަލް ހޯދީ ރާއްޖޭގައި 2022 ގައި ބޭއްވި އޭޝިއަން ޗެމްޕިއަންޝިޕްގަ އެވެ. އެ ފަހަރުގެ ކާމިޔާބާ އެކު އޭނާ ވަނީ އަމިއްލަ ފަސްގަނޑުގައި ބޭއްވި އޭޝިއާ ބައްރުގެ މުބާރާތަކުން ރަން މެޑަލް ހޯދި ރާއްޖޭގެ ފުރަތަމަ އެތުލީޓްގެ ޝަރަފު ހޯދައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޔާރަ
15 August 2024
ތީ ކުޅިވަރެވެސް ނޫން ތީ އާޓެއް ރާއްޖެއިން ތިޔަވެސް ޚަރަދު ކުރޭ އެތަކެއް ލާރި އެްއް
ޑާޓީ ފްލެގް
11 August 2024
ތިޔައީ ގައުމީ ދިދަ ހަޑިކުރާ ގޭމް.
ކޮރަލް
10 August 2024
ސަރުކާރުން އެކަން ބަލައިގަނެ އޭނަ އަށް ކޮށްދިން ކަމެއް ބުނެ ބަލާށެވެ. 5 ލައްކަ ހަމަ ނުވިއަސް އެތައް މިލިއަން މީހުންގެ އާބާދީ އޮންނަ ގައުމުތަކާ ވާދަ ކޮށް ކާމިޔާބު އެބަ ހޯދަ އެވެ.