ޚަބަރު / ރާއްޖެ-ފަލަސްތީން

ގާޒާގެ ސްކޫލަކަށް ހަމަލަދީ 100 އަށް ވުރެ ގިނަ މީހުން ޝަހީދުކުރި މައްސަލަ ރާއްޖެއިން ކުށްވެރިކޮށްފި

އިޒްރޭލުގެ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް މާލޭގައި ބޭއްވުމެއްގެ ބައިވެރިންގެ ޝުއޫރުތައް ފޮރިން މިނިސްޓަރު ޒަމީރު އަޑުއައްސަވަނީ.--- ފޮޓޯ: މިހާރު

ހާލުގައި ޖެހިފައިވާ މީހުންނަށް ހިޔާވަހިކަން ފޯރުކޮށްދެމުންދިޔަ ސްކޫލަކަށް އިޒްރޭލުން ދިން ހަމަލާއާ ގުޅިގެން ގިނަ ބަޔަކު ޝަހީދުވުމުން އެކަން ދިވެހި ސަރުކާރުން ރޭ ކުށްވެރި ކޮށްފި އެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، އާންމުންނާއި ކުޑަކުދިންނަށް އަމާޒުކޮށް ދޭ މިފަދަ ހަމަލާތަކަކީ އިންޓަނޭޝަނަލް ހިއުމަނިޓޭރިއަން ލޯ އާއި ޔުނައިޓެޑް ނޭޝަން ސެކިއުރިޓީ ކައުންސިލުގެ 2610 ރިސޮލިއުޝަނާ ވެސް ހިލާފު އަމަލެއް ކަމަށެވެ.

ދިވެހި ސަރުކާރުން ވަނީ މައުސޫމު އެތައް ބައެއްގެ ފުރާނަ އަށް ނުރައްކާވާ ގޮތަށް ދެމުންދާ އެ ހަމަލާތައް ހުއްޓުވައި ފަލަސްތީނުގެ ރައްޔިތުންނަށް އަމާންކަން ހޯދައިދިނުމަށް ބައިނަލްއަގްވާމީ ޖަމިއްޔާތަކަށް ވެސް ގޮވާލައިފަ އެވެ. ދިވެހިން އަބަދުވެސް ތިބޭނީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ކަށަވަރު ކޮށްދިނުމަށް ވަކާލާތުކުރުމުގައި ކަމަށް އެ ބަޔާނުގައި ވެ އެވެ.

އިޒްރޭލުން ރޭ ފަތިހު، ގާޒާގެ ސްކޫލަކަށް ދިން ހަމަލާއެއްގައި އަނިޔާވި މީހަކަށް އެހީ ޖަމިއްޔާއަކުން އެހީތެރިކަން ފޯރުކޮށްދެނީ: އެހީގެ ޖަމިއްޔާތަކުން ބުނާ ގޮތުގައި ޝަހީދުވި މީހުންގެ އަދަދު އިތުރުވުން އެކަށީގެންވޭ-- ފޮޓޯ: އޭއެފްޕީ

ގާޒާގެ އައް-ތާބިއީން ސްކޫލަށް ފަތިހު ދިން އެ ހަމަލާގައި ޝަހީދުވި މީހުންގެ އަދަދު ވަނީ 100 އިން މައްޗަށް އަރައިފަ އެވެ. މިއީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު އިޒްރޭލުން ގާޒާއަށް ހަމަލާދޭން ފެށި ފަހުން އެއް ހަމަލާއެއްގައި މިހާ ގިނަ ބަޔަކު ޝަހީދުވި އެއް ހަމަލާ އެވެ. އެ ތަނުގައި އެހީގެ މަސައްކަތުގައި އުޅޭ މީހުން ބުނާ ގޮތުގައި ޝަހީދުވި މީހުންގެ އަދަދު އަދިވެސް އިތުރުވުން އެކަށީގެންވެ އެވެ.

ހާލުގައި ޖެހިފައިވާ މީހުން ބައިތިއްބާ ސްކޫލްތަކަށް ހަމަލާ ދިނުމަށް ފަހު، އިޒްރޭލުން މި ފަހަރު ވެސް ބުނީ އެ ތަނުގައި ހަމާސްގެ ހަނގުރާމަވެރިން ފިލައިގެން އުޅޭ ކަމަށެވެ. އެކަމަކު ހަމާސް އިން އަބަދުވެސް ބުނަމުންދަނީ ސްކޫލްތަކާއި ހޮސްޕިޓަލްތަކާއި އާންމުން އުޅޭ އެހެން ތަންތަން އަސްކަރީ ކަންކަމަށް ބޭނުން ނުކުރާ ކަމަށެވެ.

އެ ހަމަލާއާ އެކު، އިޒްރޭލުގެ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު މިވަނީ 39،000 އިން މައްޗަށް އަރައިފަ އެވެ. ރާއްޖޭގެ އިތުރުން ސައުދީ އަރަބިއްޔާ އާއި އިތުރު ގައުމުތަކުން ވެސް ދަނީ މި ހަމަލާ ކުށްވެރިކުރަމުންނެވެ.

26 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 50%
icon angry icon angry 10%
icon wow icon wow 10%
icon inlove icon inlove 30%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސެންސަރު

11 August 2024

39 ހާސްގެ މީހުންގެ އެންމެނަކީ މައުސޫމް މީިހުންނެއް ނޫން. ކޮބާ ހަމާސްގެ ޓެރަރިސްޓުން. އޭގެން 30 ހާސް މީހުނަކީ ހަމާސްގެ ހަނގުރާމަވެރިން. ހަނގުރާމަ ކުރާ ބަޔަކާ ހަނގުރާމަ ކުރަން ގުރުއާނާއި ބައިނަލްއަގްވާމީ ގާނޫނުތަކުގައި ވެސް އޮވޭ. ހަމާސްގެ ހަނގުރާމަވެރިން އިޒްރޭލްގެ 1500 ޢާންމުން މަރާ ކިޑްނެޕްކޮށް ދޫ ނުކޮށްގެން އުޅޭ ކަން ކަލޯމެން ނުލިޔަނީ ކީއްވެ

The name is already taken The name is available. Register?

ބަލިހޭ

11 August 2024

ކަލޭ އަމިއްލަ ނޫހެއް ހަދަންވީނު

The name is already taken The name is available. Register?

ދާޢިން

11 August 2024

ޣައްޒާގެ ސްކޫލަކަށް ދެވުނު ހަމަލާއާ ގުޅިގެން އަޅުގަނޑުމެންގެ ސަރުކާރުން އިސްވެ ބަހެއް ބުނީތީ އުފާކުރަން، މަޢުޞޫމު ފުރާނަތައް ޙިމާޔަތްކުރުމަށް އަޅުގަނޑުމެން ވަކާލާތުކުރުން ކުރިއަށް ގެންދަންޖެހޭނެ

The name is already taken The name is available. Register?

ލޮލްް

11 August 2024

އިޒުރޭލުން ފަލަސްތީނުގެ ނަސްލު ނައްތާލަން ދޭހަމަލާތަކުގައި މިސަރުކާރު ފެންނަނީ ދެބޯގެރި ދުއްވާ ވައްތަރަށް އުޅޭތަން. ހީވާގޮތުގައި ފޮރިން މިނިސްޓުރީން އިޒުރޭލުގެ ހަމަލާ ކުށްވެރި ކޮށްފައި ތިއޮތީ ދުނިޔޭގެ ލަދަށް. ހަމަލާ ކުށްވެރި ކުރާއިރު ޖެހޭނެ ވަރަށް ގަޓުގައި ކުށްވެރިކޮށް ހަމަލާދިނުމުގައި ބައިވެރިވި ފަރާތްތަކަށް ނަން ކަނޑައަޅައި ފާޅުގައި ފާޑުކިޔަން. އެމްޑީޕީސަރުކާރުނަމަ ތިވަރުކޮށްލާކަށްވެސް ނުކެރޭނެ. މިސަރުކާރުން ތިވަރުކޮށްދިނީތީ ދެން ވަރަށް ޝުކުރު.

The name is already taken The name is available. Register?

ރިފާއުު

11 August 2024

މަނިކުފާނަކާ ހުރެ މިގައުމަށް އިސްރާއީލް ފަތުރުވެރިން ނުދާން ސީދާ އެ ގައުމުން އޮތީ ހިފާފަ. އެވެސް ލިބުނު ވަރަށްބޮޑު ކުރިއެރުމެއް. ޝުކުރިއްޔާ ރައީސް

The name is already taken The name is available. Register?

މަނާލްް

11 August 2024

އެމްޑީޕީ އިން ކޮން ޕާސްޕޯޓެކޭ މިކިޔަނީ އިރުއިރުކޮޅާ. ކަލޭމެންގެ ވެރިކަމުގަ ކޮންކަމެއް ކުރީ ފަލަސްތީން ހައްގުގަ. ޕާސްޕޯޓެކޭ ކިޔާފަ އެންމެ ކުޑަމިނުން އަނގަ ހުޅުވަން ކެރުނުތަ؟ އެކަން ކުށްވެރި ކޮށްފަ ޓުވީޓެއް ހާ މިންވަރުވެސް ކޮށްލެވުނީކީ ނޫން. ސިޔާސީ ވާން ކަމޭނެން ނޯވެ ވަކި ކަމެއް.

The name is already taken The name is available. Register?

ރިޟްވާން އަޙްމަދު

11 August 2024

މި ސަރުކާރުން މިވަރަށްވެސް އަޑު އުފުލަނީ ގާޒާގެ ރައްޔިތުންގެ ހައްގުގަ. އެމްޑީޕީގެ 5 އަހަރު ނިމިގެން ދިޔައީ އިބޫ އަކަށް ކަމެއް ވެގެން އުޅޭހެންވެސް ހީނުވޭ

The name is already taken The name is available. Register?

ޙުސައިން ޝިހާބު

11 August 2024

މިއީ ހަމައެކަނި ހަނގުރާމައެއް ނޫން؛ މިއީ މުޅި ފަލަސްތީން ނަސްލު ނައްތާލަން ކުރާ ކަމެއް. މި ސަރުކާރުން ގާޒާގެ ރއްޔިތުންނށް އަޅާލާނެ

The name is already taken The name is available. Register?

ހ.ރަހާ

11 August 2024

ނާ ހަމަ ތދެއް ތޯ؟

The name is already taken The name is available. Register?

ޖާމިއު

11 August 2024

މުސްލިމުންނަށް ނަސްރު ދެއްވާށި. ޔަހޫދީން ބަލިކުރައްވާށި. ދިވެހި ދައުލަތުން މިކަމަށް ދެއްވާ އަހަންމިޔަތު ވަރަށް ފާހަގ ކުރެވޭ. އަބަދުވެސް ދިވެހި ދައުލަތް މިގޮތައް އޮންނާނެ ކަމުގަ އުންމީދު ކުރަން

The name is already taken The name is available. Register?

ސިރުމީނާ

11 August 2024

ދިވެހި ސަރުކާރުން އަބަދުވެސް ފަލަސްތީނުގެ މުސްލިމުންގެ ހައްގުގަ ބަސް ބުނާނެ. ސަރުކާރުން ވަރަށް ކެރިންގެން ބައިނަލްއަގްވާމީ މައިދާނުގަ ބަސް ބުނޭ. ވަރަށް ބަރާބަރު

The name is already taken The name is available. Register?

ހަލީލް އަލީ

11 August 2024

ފަލަސްތީނު މައްސަލާގަ ރާއްޖޭގެ ސްޓޭންޑް ވަރަށް ސާފު. ސަރުކާރުން މިކަމަށް ދެއްވާ އަހައްމިއްޔތު ފާހަގަ ކުރެވޭ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454