ވިޔަފާރި / ޑރ. މުހައްމަދު ޝަފީގް (ފިނޭންސް މިނިސްޓަރު)

2026 ގެ ދަރަނި ދުރާލާ ދައްކަން އަންނަ އަހަރު 300 މިލިއަންގެ ލޯނެއް

ފިނޭންސް މިނިސްޓަރު ޝަފީގު މަޖިލީހުގައި ވާހަކަދައްކަވަނީ -- ފޮޓޯ: މިހާރު

ދައުލަތުން އެންމެ ބޮޑު ދަރަންޏެއް ދައްކަން ޖެހޭ 2026 ވަނަ އަހަރުގެ ދަރަނީގެ ބައެއް އަދާކުރުމަށް އަންނަ އަހަރު 300 މިލިއަން ޑޮލަރު (4.6 ބިލިއަން ރުފިޔާ) ގެ ލޯނެއް ނެގުމަށް ސަރުކާރުން ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މިއަދު ބޭއްވި ބައްދަލުވުމުގައި ކުރިއަށް އޮތް އަހަރުގެ ފިސްކަލް ސްޓްރެޓެޖީއާ ގުޅޭ ގޮތުން މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ފިނޭންސް މިނިސްޓަރު މުހައްމަދު ޝަފީގު ވިދާޅުވީ 2026 ވަނަ އަހަރު އެއް ފަހަރާ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ދައްކަން ޖެހޭ އިރު، އެއަށް ތައްޔާރުވުމުގެ ގޮތުން ސޮވަރިން ޑިވަލޮޕްމެންޓް ފަންޑް (އެސްޑީއެފް) އަށް ފައިސާ ޖަމާކޮށް އިންވެސްޓް ކުރާނެ އިތުރު މީހުން ހޯދޭނެ ވަރުގެ ފަންޑެއް ތައްޔާރު ކުރަމުން އަންނަ ކަމަށެވެ.

އޭނާ ވިދާޅުވީ ދަރަނި ރީފައިނޭންސް ކުރަން ނަގާ 300 މިލިއަން ޑޮލަރު ނަގާނީ އެއް ފަހަރާ ދެއްކުމުގެ ބަދަލުގައި އަހަރުތަކަށް ބަހާލައިގެން ދެއްކޭނެ ފަދަ ގޮތަކަށް ކަމަށެވެ.

"އެއް ފަހަރާ ބުލެޓް ޕޭމެންޓެއް ގޮތަށް 300 މިލިއަން ޑޮލަރު ދައްކަން އަޅުގަނޑުމެން ވިސްނާ ގޮތެއް ނޫން. އަޅުގަނޑުމެން ބޭނުންވަނީ އެ ވީހާ ވެސް ލުއި ގޮތަކަށް ސެޓުލް ކުރެވޭ ގޮތަށް ސްޓްރަކްޗާ ކުރަން،" އޭނާ ވިދާޅުވި އެވެ.

ސަރުކާރުން އަންނަ އަހަރު 300 މިލިއަން ޑޮލަރުގެ ލޯނެއް ހޯދުމަށް ނިންމާފައިވާ އިރު 2026 ވަނަ އަހަރު ދަރަނި އަދާކުރަން އެސްޑީއެފް އިން 200 މިލިއަން ޑޮލަރު (3 ބިލިއަން ރުފިޔާ) ހޭދަ ކުރާނެ އެވެ. އެ އަހަރު އަންނަންވާ އިރު، އެފަންޑަށް 250 މިލިއަން ޑޮލަރު ޖަމާކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެކަން ކުރުމަށްޓަކައި އެސްޑީއެފްއަށް ޖަމާކުރާ އަދަދު ބޮޑު ކުރުމަށް އެއާޕޯޓު ޑިވަލޮޕްމެންޓް ފީ ބޮޑު ކުރުމަށް ވެސް ސަރުކާރުން ވަނީ ރާވައިފަ އެވެ.

ސަރުކާރުން 2026 ވަނަ އަހަރު ދައްކަން ޖެހޭ ދަރަނި 15 ބިލިއަން ރުފިޔާއަށް އަރަ އެވެ. އަންނަ އަހަރު ވެސް 10 ބިލިއަން ރުފިޔާ ދަރަންޏަށް ދައްކަން ޖެހެ އެވެ. ދަރަނި އަދާކުރަން ބޭނުންވާ ފައިސާ ހޯދުމުގައި ދަތިތައް ހުރި އިރު، ބަޖެޓަށް ބޭނުންވާ ފައިނޭންސް ހޯދުމުގައި ވެސް ދައުލަތަށް ވަނީ ވަރަށް ބޮޑު ގޮންޖެހުމެއް ކުރިމަތިވެފަ އެވެ. އެހެންވެ، މިވަގުތު ހަރަދުތައް ކުޑަ ކުރަނީ ހިންގަން ރާވާފައިވާ ޕްރޮޖެކްޓްތައް މަދުކޮށްގެންނެވެ.

ދައުލަތުގެ ޖުމްލަ ދަރަނި މިއަހަރު 129 ބިލިއަން ރުފިޔާ އަރާނެ ކަމަށް ލަފާ ކުރެވެ އެވެ.

20 ކޮމެންޓް, 15 ރިއެކްޝަންސް

icon happy icon happy 27%
icon sad icon sad 13%
icon angry icon angry 27%
icon wow icon wow 0%
icon inlove icon inlove 33%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މިރްޒާގް

15 August 2024

ދަރަނިތައް ދައްކަމުން ރައްޔިތުން ބޭނުންވާ ތަރައްގީ ގެންނާނީ މި ސަރުކާރުން

The name is already taken The name is available. Register?

ކޮކަޑިއާދަނު

15 August 2024

މިސަރުކާރުންވެސް ފެންނަނީ ދަރަނި ކުޑަ ކުރާން މަސައްކަތް ކުރާމަ މަންޒަރެއްނޫން. ދަރަނި ދައްކަން މަޖުބޫރުވީ ޙާލަތުގައި ދަރަނި ދެއްކިޔަސް ބޮޑެތި ޚަރަދުތައް ކުރުމާއި ލޯމަރާލާފަ ލޯނު ނަގައި ލޮނު ނެގުން ލުއިކޮށްނުލާ ކުރަމުން ގެންދާމަންޒަރު

The name is already taken The name is available. Register?

އަފްރާސިޔާބު

15 August 2024

2026 ވަނަ އަހަރު އެއްފަހަރާ ދައްކަން ޖެހޭ އަދަދު 7.7 ބިލިއަން ރުފިޔާއަށް އަރައެވެ. 2026 ވަނަ އަހަރު ދައްކަން ޖެހޭ ލޯނު 15 ބިލިއަން ރުފިޔާޢަށް އަރައެވެ.2026 ގެ ދަރަނި އަދާކުރުމަށް 2025 ވަނަ އަހަރު 4.6 ބިލިއަން ރުފިޔާ ދެއްކުމަށް ފައިނޭންސް ހޯދުމަށް 300 މިލިއަން ޑޮލަރުގެ ލޯނެއް ނަގަނީ. 2025 ވަނަ އަހަރު 10 ބިލިއަން ރުފިޔާ ދައްކަން ޖެހެއެވެ. ސުއާލަކީ 2025 ވަނައަހަރުގެ ފައިސާ މިހާރު ހަމަޖެހުނީހޭ؟ 10+4.6= 14.6 ބިލިއަން 2025 އަށް ހަމަޖެހޭނެހޭ؟

The name is already taken The name is available. Register?

ސައިދުބެ

15 August 2024

ކުރީ ސަރުކާރުން ނެގި ލޯނުތަކަށް އަދި ފައިސާ ދައްކަން ޖެހޭ މުއްދަތު ނުޖެހޭ, މިހާރު ދައްކަނުންދަނީ ޔަމިން ވެރިކަމުގަ ނެގި ލޯން , ފުލެޓް, ބުރިޖު, އަދި ހޮސްޕިޓަލް އަޅަން.

The name is already taken The name is available. Register?

އަފްރާސިޔާބު

15 August 2024

ޔާމީނު ރައްޔިތުން ދަރުވާލިކަން ގަބޫލު ނުކުރޭ ޚުދު މުއިއްޒުވެސް. ގައުމުގެ ހުރިފަޅުރަށާއި ފަޅުފަޅާއި ހާހަލާއި ގިރިތައް ވިއްކައިގެން ލިބުނު ފައިސާއަށް ޔާމީނު ޚިޔާނާތްތެރިވީ ގިނައަދަދެއްގެ މީހުން އެފައިސާ ގައި ޖައްސައިގެން. އެހެންވީމާ އެފައިސާ ހޯދޭނެ އެއްވެސް ގޮތެއްނެތް. އިއިއްޓޭ ލައްވައި އެއްވެސް ލިއެކިއުމެއް ނެތްގޮތަކަށް ފައިސާ ބައްސަވާފައި ހުރީ. އައްލާމު ލަތީފަކީ އޭނާގެ ކުޅިވަރު ކުންފުނީގެ ތެރެއިން ބޭނުންކުރި މެދުވެރިއެއް.

The name is already taken The name is available. Register?

ރަދުން

15 August 2024

ތަޖުރިބާ ނެތް ބައެއްގެ އަތްމައްޗަށް ފައިނޭންސް ދޫކުރުން އެއީ އެންމެބޮޑުގޯސް.

The name is already taken The name is available. Register?

އާސިމް ހަސަން

14 August 2024

ނިމިދިޔަ ސަރުކާރުން ގައުމު ދަރުވާލި ދަރުވާލުން ހަމަޔަކަށް ރައީސް މުއިއްްޒް މި އަޅުވަނީ ސްމާޓްކޮށް

The name is already taken The name is available. Register?

އައްބާސް އާދިލް

14 August 2024

މި ގައުމު ސަލާމަތުގެ އައްސޭރިއަކަށް ގެންދެވޭނެ ފޯމިއުލާ މިއޮތީ ސަރުކާރުން ހޯދާފަ. އިންޝާﷲ ދެން އޮތީ ފަހި ދުވަސްވަރެއް

The name is already taken The name is available. Register?

ހިމް

14 August 2024

އެއާޕޯޓް ޑިވެލޮޕްމަންޓް ފީއޭ ކިޔާފައި މުއްދަތެއް ނެތް ގޮތުގައި ބަޖެޓު ފޫބައްދަން ފައިސާ ނުހޯދޭނެ. އެއާޕޯޓު ޑިވެލޮޕްމަންޓް ފީ ނަގާތާ އެތައް އަހަރެއް ވީއިރު އެތަނުގައި ޑިވެލޮޕްވީ ތަނެއް ނެތް.

The name is already taken The name is available. Register?

ސިރާޖްް

14 August 2024

ތި ދެން ކޮން ބައެއްގެ މައްސަަލައެއްތަ؟ ސޯލިހުތަ ދަނީ ތިތަން ޑިވެލޮޕް ކުރަން؟

The name is already taken The name is available. Register?

ކައުންސެލަރު..

15 August 2024

އާނ ދެން ލޯނެތް މީހުންނަކަށް ނުފެންނާނެތާދޯ. އެއީކީ އަޖައިބެއް ނޫނެންނު

The name is already taken The name is available. Register?

ޝަރީފް ގާސިމް

14 August 2024

ތިއީ މިދިޔަ އަހަރު ހުށަހެޅި ފިސްކަލް ސްޓްރެޓެޖީ އަދި 2024 ގެ ބަޖެޓުގައި ވެސް މެދުރާސްތާއަށް ރާވާފައިވާ ގޮތް. ދަރަނި ރީފައިނޭންސް ކުރުން އެންމެ ރަނގަޅު. ރީފައިނޭންސްކުރެވޭ ހާލަތެއްގައި ތިބުމަށް ރިފޯމް އަވަސްކުރަން ޖެހޭ އަދި އިޤްތިސާދާމެދު ނުތަނަވަސްކަން އިތުރުވާނެހެން ޢަމަލާއި ވާހަކަ ހުރުން ދުރުކުރަން ޖެހޭ.

The name is already taken The name is available. Register?

މާހިރް އަލީ

14 August 2024

ހަރަދުތައް ކުޑަ ކުރަން ކަންކަން ކުރީމަ ވެސް ރުޅި އާދޭ ރައްޔިތުން. ބޭނުންވެސް ނުކުރާ ތަންތަނުގަ ބޮޑެތި މުސާރައިގައި އުޅޭ މީހުން ބެހެއްޓުމުގެ ބޭނުމެއް ކޮބާ. ކަނޑަން ބަލާ އިރު މި ތިބެނޭ އެމްޑީޕީ މީހުންގެ އާއިޅާ މީހުން ލާފަ. ނުވެސް ހައްދަވާ ތަންތަނުން ވަޒީފާ ދީފަ މި ހުންނަނީ. ދެން ބޭކާރު ހުރިހާ ހަރަދެއް ވިއްޔާ މި ވަގުތަށް ކަނޑާލަން އެބަ ޖެހޭ. ވީ އެންމެ އަވަހަކަށް އެއަރޕޯޓް ނިންމާފަ ފަތުރު ވެރިން ަތުން އަދި އިތުރު ފީއެއްވެސް ނަގަން ވީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454