ރާއްޖޭގެ ފެނާއި ނަރުދަމާ ތަރައްގީކުރުމަށް ތުރުކީއާއެކު ފަހުމުނާމާގައި ސޮއިކުރުމުގެ ތެރެއިން -- ފޮޓޯ: އެންވައިރަމެންޓް މިނިސްޓްރީ
14 އޯގަސްޓް 2024 - 17:06
ރާއްޖޭގެ ފެނާއި ނަރުދަމާގެ ނިޒާމު އިތުރަށް ތަރައްގީކުރުމަށްޓަކައި ދިވެހި ސަރުކާރާއި ތުރުކީ ސަރުކާރާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފި އެވެ.
އެންވައިރަމެންޓް މިނިސްޓްރީން ބުނީ މި ފަހުމުނާމާއަކީ ފެނާއި ނަރުދަމާގެ ދާއިރާ ތަރައްގީ ކުރުމަށްޓަކައި ދެ ގައުމުގެ ދެމެދުގައި ފަންނީ ތަޖުރިބާ ބަދަލުކުރުމުގެ މަގްސަދުގައި ވެވޭ ފަހުމުނާމާއެއް ކަމަށެވެ.
މި ފަހުމުނާމާގެ ތެރެއިން މި ދާއިރާއިން މީހުން ތަމްރީނު ކުރުމާއި، ދާއިރާއާ ގުޅޭ ބައިނަލްއަގްވާމީ ކޮންފަރެންސްތަކުގައި ދެ ގައުމު ގުޅިގެން ބައިވެރިވެ، ދާއިރާއަށް ކުރިއެރުން ހޯދުމަށް ކުރެވެން ހުރި މަސައްކަތްތައް ކުރާނެ ކަމަށް އެންވައިރަމެންޓް މިނިސްޓްރީން ބުންޏެވެ.
ތުރުކީއާއެކު އެމްއޯޔޫގައި ސޮއިކުރުމަށް އޮންލައިންކޮށް މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: އެންވައިރެމެންޓް މިނިސްޓްރީ
އޮންލައިންކޮށް ކުރިއަށް ގެންދިޔަ ބައްދަލުވުމެއްގައި ރާއްޖޭގެ ފަރާތުން ފަހުމުނާމާގައި ސޮއިކުރައްވާފައިވަނީ އެންވައިރަމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމެވެ. ތުރުކީއިން އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ އިސްތަންބޫލް ވޯޓާ އެންޑް ސުވަރެޖް އެޑްމިނިސްޓްރޭޝަންގެ ޑެޕިއުޓީ ޖެނެރަލް ޑިރެކްޓަރެވެ.
އެންވައިރަމެންޓް މިނިސްޓްރީން ބުނީ މި ފަހުމުނާމާގެ ސަބަބުން ފެނާއި ނަރުދަމާގެ ދާއިރާ ތަރައްގީކުރުމަށް ދެ ގައުމު ގުޅިގެން ގިނަ މަސައްކަތްތަކެެއް ކުރެވިގެން ދާނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނޫމަރާމީހާ
15 August 2024
ސުރުހީގަ އޮތީ 'ފެނާއި ނަރުދަމާ ނިޒާމު އިތުރަށް ތަރައްގީކުރާ ވާހަކަ. ފަހުމުނާމާގައި އޮތީ 'ފެނާއި ނަރުދަމާގެ ދާއިރާ ތަރައްގީ ކުރުމަށްޓަކައި ދެ ގައުމުގެ ދެމެދުގައި ފަންނީ ތަޖުރިބާ ބަދަލުކުރުމުގެ' ވާހަކަ. އަދި މި ދާއިރާއިން 1.މީހުން ތަމްރީނު ކުރުން 2.ދާއިރާއާ ގުޅޭ ބައިނަލްއަގްވާމީ ކޮންފަރެންސްތަކުގައި ދެ ގައުމު ގުޅިގެން ބައިވެރިވުން 3.ދާއިރާއަށް ކުރިއެރުން ހޯދުމަށް ކުރެވެން ހުރި މަސައްކަތްތައް ކުރުން. ތޯރިގު މިއޮތީ ބޮޑު އަދި ފޮނި ކަރައެއް ފަޅާލާފަ!
ދަމާ ދަމާ ނަރު
14 August 2024
މިކަހަލަ ޕްރޮޖެތައް ހުއްޓާލަކަށް އަދިވެސް ނުވޭތޯ؟ އަދިވެސް ތިޔަބަލަނީ އިތުރު ލޯނު ނަގައިގެން ބައެއްގެ ޖީބު ފުރާލެވޭތޯ. ޤައުމުގަ ޱޮލަރު ނެތީކީނޫން ލިބޭ ޱޮލަރުކޮޅު ތިޔަތިބެގެން ދައްކަނީ ލޯނުތަކަށް މިހާރު ތިޔަހެން ހެދިވަރަކަށް ތަކެތީގެ އަގުބޮޱުވާނީ.
މަހްފޫޒާ
14 August 2024
ރަނގަޅު ކަމެއް. ގައުމަށް އެކި ރޮގު ރޮގުން ތަރައްގީ ގެންނާން ވާނެ.
ގެދާނޯމޮސް
14 August 2024
ޗައިނާއިން މަގުތަށް ހަދާއިރު ތުރުކީން ތިކަމާ ހަވާލުވުމުން ފެން ނުހިނދިގެން ޗައިނާ ގެމައްސަލަ ކުރިމަތި ވާގޮތަށް މިފަދަ ކަންކަން ވުމަކީ އިތުރު އެހީތަކަށް ނުރަނގަޅު އަސަރު ކޮށްފާނެ ކަމެކެވެ.