15 އޯގަސްޓް 2024 - 23:09
ބިދޭސީންނާ ގުޅޭ ގޮތުން ދައުލަތަށް ދައްކަން ޖެހޭ ވޯކް ޕާމިޓާއި ކޯޓާ ފީ ނުދައްކައި ޖޫރިމަނާ އެރި ނަމަވެސް އެ ފައިސާ ނުދައްކައި ތިބި ކުންފުނިތަކުގެ ލިސްޓު އާންމު ކުރުމާ އެކު، މިހާތަނަށް ފައިސާ ދައްކައި ހަލާސްކުރި ކުންފުނިތަކުގެ ނަންތައް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން މިރޭ އިއުލާންކޮށްފި އެވެ.
ބިދޭސީންނާ ގުޅޭ ގޮތުން ދައުލަތަށް ދައްކަން ޖެހޭ ވޯކް ޕާމިޓާއި ކޯޓާ ފީ ނުދައްކައިގެން ޖޫރިމަނާ އަރާފައިވާ ކުންފުނިތަކުގެ ވަނަވަރު ސަރުކާރުން ފުރަތަމަ ފަހަރަށް އާންމުކުރީ މިދިޔަ ޖުލައި މަހުގެ 24 ވަނަ ދުވަހު އެވެ. ރާއްޖޭގައި ހިންގާ ބޮޑެތި ކުންފުނިތައް ހިމެނޭހެން 1،026 ކުންފުންޏަކުން 636 މިލިއަން ރުފިޔާ ދައްކަން ޖެހޭ ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ.
ބިދޭސީ މަސައްކަތްތެރިންނަށް ދޫކޮަށްފައިވާ ހުއްދަތަކާ ގުޅިގެން، ވަޒީފާދޭ ފަރާތުން ދައުލަތަށް ދައްކަންޖެހި ނުދައްކާ ހުރި ފީތަކާއި ޖޫރިމަނާތަކުގެ ޢަދަދު -/100،000 (އެއް ލައްކަ) ރުފިޔާ އަށްވުރެ އިތުރުވާ ފަރާތްތަކުގެ ތަފްޞީލް pic.twitter.com/Jkj3OMlzA2
— Ministry of Homeland Security & Technology, MV (@HomeMinistrymv) July 24, 2024
އެ ލިސްޓު އާންމުކުރިތާ ތިން ހަފުތާ ވީ ދުވަހު ހޯމް މިނިސްޓްރީން ވަނީ 182،954،572ރ. ރިކަވާ ކޮށްފައިވާ ކަމަށް ބުނެފަ އެވެ.
އޭގެ ފަހުން، އެ މިނިސްޓްރީން މިރޭ ވަނީ ޖޫރިމަނާ ފައިސާ ނުދައްކާ ކުންފުނިތަކުގެ ލިސްޓުގައި ހިމެނުނު ކުންފުނިތަކުގެ ތެރެއިން މިދިޔަ ތިން ހަފުތާ ތެރޭގައި އެއްކޮށް ފައިސާ ދައްކައި ހަލާސްކުރި ފަރާތްތަކުގެ ނަންތައް އާންމުކޮށްފަ އެވެ. އެއީ:
1- އެލިއާ ކޮންސްޓްރަކްޝަން
2- އަންގިރި ރިސޯޓްސް މެނޭޖުމަންޓް އެންޑް އޮޕަރޭޝަންސް
3- ބްރެނީނާ މޯލްޑިވްސް
4- ޗިކާނޯ އިންވެސްޓްމަންޓްސް
5- އީސްޓް ކޯސްޓް އިންވެސްޓްމަންޓު
6- ގޭޖް
7- ހެވީ ފޯސް
8- ހޮރައިޒަން ފިޝަރީޒް
9- އިންޓަނޭޝަނަލް ބެވަރޭޖަސް ކޮމްޕެނީ
10- މަހޮގަނީ ޕްރައިވެޓް ލިމިޓެޑް
11- ޕެސްޓް އެކްސް މޯލްޑިވްސް
12- ޕްރިސްޓީން އައިލެންޑްސް އިންވެސްޓްމަންޓް
13- ރެޑްވޭވް
14- ރެނާޓަސް ޕްރޮޖެކްޓްސް
15- ސީގަލް ގުރޫޕް
16- އެސްކޭ މޯލްޑިވްސް
17- ދަ ހޯކްސް
18- ޔުނިވާސަލް އެންޓަޕްރައިސަސް
19 ވިލާ ހަކަތަ
20- ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮމްޕެނީ
މީގެ ތެރޭގައި ވިލާ ޝިޕިން އާއި ވިލާ ހަކަތަ އާއި ޔުނިވާސަލް އާއި އެލިއާ އާއި ސީގަލް ގުރޫޕާއި ރެޑްވޭވް އަދި ދަ ހޯކްސް ހިމެނޭއިރު ރާއްޖޭގައި ވަރަށް ފުޅާކޮށް ވިޔަފާރިކުރާ ނަން މަޝްހޫރު ކުންފުނިތަކެކެވެ.
ހޯމް މިނިސްޓްރީން މިރޭ ބުނިގޮތުގައި، އެ ކުންފުނިތަކުގެ ނަންތައް އޭރު ލިސްޓުގައި ހިމެނީ ދައުލަތަށް ދައްކަން ޖެހޭ ފީގެ އަދަދު ލައްކައަކަށް ވުރެ އިތުރުވުމުގެ ސަބަބުންނެވެ. އެކަމަކު، މިހާރު އެއީ އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ފީތަކާ ގުޅިގެން ދައުލަތަށް ގަވާއިދުން ދައްކަން ޖެހޭ ފީތައް ދައްކަމުންދާ ކުންފުނިތައް ކަަމަށް މިނިސްޓްރީން ބުންޏެވެ.
"އަދި މިއަދާ ހަމައަށް އެ ފަރާތްތަކުން ދައުލަތަށް ދައްކަން ޖެހޭ ކަމަށް ކަނޑައެޅިފައިވާ އަދަދަށް ފައިސާ ދައްކާފައިވާ ކަން ފާހަގަކުރަމެވެ،" އިއުލާނުގައި ވެ އެވެ.
ހޯމް މިނިސްޓްރީން ބުނީ، ބިދޭސީންނާ ގުޅޭ ޖޫރިމަނާ ފީތައް ނުދައްކާ ކުންފުނިތަކުގެ ލިސްޓު އާންމުކުރި ފަހުން ވަރަށް ގިނަ ބަޔަކު ފައިސާ ދައްކާފައިވާ ކަމަށެވެ. އެކަމަކު، އެއްކޮށް ފައިސާ ދައްކައި ނުނިންމާތީ އަދިވެސް ލިސްޓުގައި ހިމަނާފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
"ހަ ލައްކަ ރުފިޔާ ދެއްކި ކުންފުނިތައް ވެސް ލިސްޓުގައި އެބަތިބި. އެކަމަކު، އަދިވެސް އެއްކޮށް ފައިސާ ދައްކައި ނުނިންމާތީ ލިސްޓުން ނުނަގާ،" އޮފިޝަލް ވިދާޅުވި އެވެ.
ސަރުކާރުން އާންމުކުރި ލިސްޓުން އެނގޭ ގޮތުގައި 123 ކުންފުންޏަކުން ދައުލަތަށް ދައްކަން ޖެހޭ އަދަދު މިލިއަނަކަށް ވުރެ ގިނަ އެވެ. ބައެއް ކުންފުނިތަކުން ދައްކަން ޖެހޭ ފައިސާގެ އަދަދު 26 މިލިއަނަށް ވުރެ މައްޗަށް އަރާފައިވާ ކަން ވެސް ލިސްޓުން އެނގެ އެވެ.
ވޯކް ޕާމިޓް ފީގެ ގޮތުގައި 573،840،450ރ.
ކޯޓާ ފީގެ ގޮތުގައި 96،550،286ރ.
ކެންސަލޭޝަން ޖޫރިމަނާގެ ގޮތުގައި 2،144،000ރ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒަންބެ
18 August 2024
ސާބަހޭ ސަރުކާރޫ. ވިޔަފާރިތައް އުވާލަން ވީނު ދެން؟؟؟
އައުޓް
17 August 2024
ޑުރަގު ވިޔަފާރިތައް ނާރާ ދޯ ސަރުކާރު ރާޑަރަށް؟؟؟ އެމީހުންގެ ނަން އާއްމުކޮއްބަލަ ފުރަތަމަ ރަޖިސްޓާޑް ވިޔަފާރިތައް ބޭޒާރުނުކޮށް. ސަރުކާރާ މީރާއަ ދެންވެސް ވިޔަފާރި ވެރިން ފަހާ ގުރޫޕު ވިޔަފާރިވެރިންނަށް ދަތިވާ ކަންތައް ބަލަން ވީނު ފުރަތަމަ؟؟؟ ވިޔަފާރި ވެރިންނާ ޖައްސާލީމަ މާ މޮޅު ތަކެއް ވޭބާ؟؟؟
ސިޔާސީ ޗަރުކޭސް
18 August 2024
މީރާއިން ވެސް ވިޔަފާރި ވެރިންނަށް ދަތިވާނެ ހުރިހާ ޗައްކަރެއް ޖަހާ. ހާއްސަކޮށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކުރާ ދުއްޕަަން ވަރަށް ބޮޑު. މިހާރު އުޅެނީ ޓީޖިއެސްޓީ ފޯމަށް ބަދަލު ގެނެސްގެން ވިޔަފާރިތައް ހަނާކުރުމުގައި!! ފޯމު ބަދަކު ކުރި އިރު ޓޫރިސްޓު ވިޔަފާރިތަކަށް ވާނުވާވެސް މީރާއިން އަންގާފައެއް ނުވޭ. ސަރުކާރުން ސިޔާސީ މަގާމުތައް އިތުރު ކުރީމަ އެބައި ފޫބައްދަން ވިޔަފާރިތައް ސަރުކާރުން ފެލަނީ މީރާ މެދުވެރިކޮށް.
ޙަމަޔަކަށް އަޅުވަން ޖެހޭ
17 August 2024
"ޥިޔަފާރި" މީގެ މާނަޔަކީ ހީލަތާ މަކަރާ، ހިޔާނާތާ ފޭރުމާ، ވައްކަމާ ގަދަމީހާ ގަދަވުމާ، ބަލިމީހާ ބަލިވުން ކަމަށް މާނަ ކުރާނަމަ، ސަރުކާރުން ތިޔަ ކުރީ ބޮޑުފާފަ އަކަށް ވުރެވެސް ބޮޑު ކަމެއް... ތިޔަ ލިސްޓުން އެކަން އެނގޭ..
ކަންމަތި ސޭޓް
17 August 2024
ދައްކަން އޮންނަ އެއްޗެއް ނުދެއްކޭނީ ވެސް މަސައްކަތެެއް ކުރާ މީހަކަށް ދޯ. ތިހެން މޮޅު ކޮމެންޓު ތޮކިރަނީ ކަލޭންގެ އާސައިންދައާ އެއްޗިސް ދެނީ އަހަރުމެން ދައްކާ ޓެކުހުން
ހަމަ ލޮލް
17 August 2024
ލޮލް. ވިލާގެ ދެ ކުންފުނި. އެހެންވެ ދޯ ބޭފުޅަކު މާ ރުޅިގަދަވަގެެން އުޅުނީ.
ފެލާލައިފި
17 August 2024
ދިވެހި ރައްޔިތުން މަށަށް ބުނެދީބަލަ ސަރުކާރުން ވިޔަފާރިތައް އުލުބައިންދަަ ބޭޒާރުކޮށް މީރާ މެދުވެރިކޮށް ނުހޮރޮއްޕާން ކޮއްގެން ދެން އިގިތިސޮދަށް ވާނެ ގޮތް. ވިޔަފާރިތަކާ ނުލާ ތިކިޔާ ޓެކުސެއްވެސް އެހެން ރުފިޔާ އެއް ވެސް ސަރުކާރަކަށް ނުލިބޭނެ. އޭރަށް ސިޔާސީ މަގާމުތަކުގެ މުސާރަ އާސަންދަ ވެސް ދާނީ ޗޮކުން. ހޭ ބަލިވެދާނޭ ކަލޭނޭ!!!
އިބުރާ
17 August 2024
ބަލަގަ އެއީ ވިޔަފާރި ވެރިންގެ ޖީބުން ދޭ ޓެކްހެއް ނޫނޭ. އެއީ އަހަރެމެން އާންމު ރައްޔިތުން ސަރުކާރަށް ދޭން ހަވާލުކުރާ ފައިސާއޭ. ދެން އެހެނޭ ކިޔާފައި ދައްކަން ނުޖެހޭ އެއްޗަކުން ސަލާމަތް ވާނެ އެއްވެސް ގޮތެއް ނޯންނާނެ. ވިޔަފާރި ކުރަންޏާ ޖެހޭނީ ދައްކަން.
އިބުރާ ބޯ ގޮސް
18 August 2024
އިބުރާ ކަލޯ ނުލިބޭ ރުފިޔާއިން ޓެކުސް ވެސް އެހެން އެއްޗެއް ވެސް ދެެއްކޭތަ؟؟ ސަރުކާރުން ޕުތޮޖެކުޓުތައް ވިޔަފާރިވެރިން ލައްވާ ހިންގާފަ ފައިސާ ނުދިނީމަ ކަލޭމެން އެވާހަކަ ނުދައްކާ އުތަ؟؟؟
ކޮރަލް
16 August 2024
ސަރުކާރަށް ދައްކަން ޖެހޭ ހުރިހާ ފީ އެއް ބަރާ ބަރަށް ދައްކަން ޖެހެ އެވެ. އެކަމު ޖޫރިމަނާ އަކީ ނަގަން ޖެހޭ އެއްޗެއް ނޫނެވެ. ޖޫރިމަނާ ބޮޑުވެގެން ފީދައްކާނެ ފައިސާ ހުރެ ފީ ނުދެއްކި އެތައް ބަޔަކު އެބަ އުޅެ އެވެ. ބޭންކް އިން ނަގާ 15 ހާސްރުފިޔާގެ ލޯން ގެ ފައިސާ ކޯޓް އިން ހޯދަ ދޭ އިރު ލައްކަ އަކަށް ވުރެ މަތީގަ އެވެ. ލޯން ފައިސާ 15 ހާސް ދެން ޖޫރިމަނާ 85 ހަށް ރުފިޔާ އެވެ. މަސައްކަތެއް ކޮށް ފައިސާ ނުލިބުނީމަ ސަރުކާރު ޖޫރިމަނާ ވާގޮތަށް ބިލެއްނުލެވެއެވެ.
މުންބެ
16 August 2024
ވަރަށް އިހާނެތި
ސަޅި
16 August 2024
ސަރުކާރުން އަސްލު ޤާނޫނުތައް ތަންފީޒުކުރަންޖެހޭ ގޮތަށް އަމަލުކުރާތަން މިފެންނަނީ ފުރަތަމަ ފަހަރަށް
އަންދާ ގާނޫނު
17 August 2024
ދެން ސަރުކާރު ކުންފުނިތަކުން އަމިއްލަ ފަރާތްތަކަށް ދޭން ހުރި ޕުރޮޖެކުޓްތަކޔގެ ފައިސަަ ލިބޭނެ ގޮތެއް ވެސް ބޭފުޅާ ހޯދަ ދީބަލަ.
އަބްޑޫޅް +
16 August 2024
ހޫނ. ބަސްނާހާ ކުދިންނެއްކަމަކު އެއީ ރަގަޅު ކުދިން ދޯ؟
ދަލޭކަ ދައިތަ
16 August 2024
ތި އެކަންޏެއްނޫން ތި މީހުން ނުދައްކާ ތިބޭނީ. ތިވަރުބަޔަކު ކަރަންޓް، ފެން، ޓެކްސް ދައްކާނެހެން ހީވޭތަ؟ މި މީހުން ސަރުކާރަށް (ރައްޔިތުންނަށް) ދައްކަންޖެހޭ ފައިސާ ނުދައްކާ ވިޔަފާރި ބަރާބަރަށްކުރަމުންދަނީ. ރައްޔިތުން އެތަންތަނުން ވިޔަފާރިކުރަމުންދާއިރު ރައްޔިތުންނަށް ދައްކަންޖެހޭ ފައިސާ ނުދައްކާ ރައްޔިތުންގެ ހައްގުގަ ވަކާލާތުކުރަން ރައްޔިތުންގެ މަޖިލީހަށްވަދެތިބެން ލަދުގަންނަންޖެހޭ. މިވަރުމީހުންނަށް ވޯޓު ދިނުން ހުއްޓާލާ.