ރޭ ސަލާޙުއްދީން ސްކޫލުގައި ބޭއްވި ހާއްސަ ޖަލްސާގައި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ: ރައީސް އޮފީސް
16 އޯގަސްޓް 2024 - 10:33
ގާލް ގައިޑް ހަރަކާތުން އަންހެން ދަރިވަރުން ބިނާވުމުގެ ފައިދާ މުޅި ގައުމަށް ކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން އަދި ޗީފް ގައިޑް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.
ސްރީ ލަންކާގެ ކުރުނެގަލާގައި ބާއްވާ "ސިލޯނާ 2024 އިންޓަނޭޝަނަލް ކޭމްޕް" ގައި މޯލްޑިވްސް ގާލް ގައިޑް އެސޯސިއޭޝަނުން ބައިވެރިވާ ގައިޑް ދަރިވަރުންނާއި އެ ދަރިވަރުންގެ ބެލެނިވެރިން އަދި ލީޑަރުންނާ ބައްދަލުކުރައްވައި ފަސްޓް ލޭޑީ ވިދާޅުވީ ގާލް ގައިޑް ހަރަކާތުން އަންހެން ދަރިންތަކެއް ބިނާވެގެން ދިއުމުގެ ފައިދާ އާއިލާތަކާއި މުޖުތަމައުން ކުރާ ކަމަށެވެ. އަދި އެކަމުގެ ފައިދާ އޮތީ މުޅި ގައުމަށް ކަމަށް ވެސް ވިދާޅުވި އެވެ.
ރޭ ސަލާޙުއްދީން ސްކޫލުގައި ބޭއްވި ހާއްސަ ޖަލްސާގައި ގާލްގައީޑުން ބައިވެރިވަނީ-- ފޮޓޯ: ރައީސް އޮފީސް
މިއީ އެކި ގައުމުތަކުން ބައިވެރިވާ ހަރަކާތެއްކަން ފާހަގަކުރައްވަމުން، ގައުމު ފުރިހަމައަށް ތަމްސީލުކޮށްދީ އަދި އެ ދަރިވަރުންނަކީ މުސްލިމުންކަމާއި ފަހުރުވެރި ދިވެހި ދަރިންކަން ކުރާ ހުރިހާކަމެއްގައި ސާބިތުކޮށްދެއްވުމަށް ފަސްޓް ލޭޑީ އެދިވަޑައިގަތެވެ.
ހޭލުންތެރިކަމާއި ހުނަރުވެރިކަމާއި ފަރުވާތެރިކަމާ އެކު ބިނާވާ ކުއްޖަކު ގައުމީ އުދަރެހުގައި ފިޔަޖަހާލާނެ ތަރިއަކަށް ވާނެ ކަމަށާއި އެ ކުއްޖަކީ ދިރިއުޅުމުގައި ވެސް ކާމިޔާބު ދަރިއަކަށް ވާނެ ކަމަށް ވިދާޅުވި އެވެ.
"ތިޔަ ކުދިންގެ ކިބައިން ތިޔަ ކުދިންގެ މައިންބަފައިންނާއި މި ގައުމު ކުރާ އުއްމީދަކީ އެއީ. މާދަމާ ހިދުމަތުގެ މައިދާނުގައި އިސްވެ ތިބުން،" ސާޖިދާ ވިދާޅުވި އެވެ.
ރޭ ސަލާޙުއްދީން ސްކޫލުގައި ބޭއްވި ހާއްސަ ޖަލްސާގައި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު، ކޭމްޕުގައި ބައިވެރިވާ ރާއްޖޭގެ ކޮންޓިންޖެންޓުގެ އިސްވެރިޔާއަށް ގައުމީ ދިދަ ހަވާލުކޮށްދެއްވަނީ-- ފޮޓޯ: ރައީސް އޮފީސް
ސިލޯނާ 2024 އިންޓަނޭޝަނަލް ކޭމްޕްގައި ރާއްޖޭގެ 38 ސްކޫލަކުން 305 ގާލްގައިޑުންނާއި 32 އެޑަލްޓް ލީޑަރުން ބައިވެރިވެ އެވެ.
ރޭގެ ޖަލްސާގައި ރައީސްގެ އަނބިކަނބަލުން ވަނީ ކޭމްޕުގައި ބައިވެރިވާ ރާއްޖޭގެ ކޮންޓިންޖެންޓުގެ އިސްވެރިޔާއަށް ގައުމީ ދިދަ ހަވާލުކޮށްދެއްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮލާ ކޮކާ
17 August 2024
މީނާ ހުއްޓުވަން ވެއްޖެ. ނުބެހޭ ކަމެއް ނޯވޭ.
ސާޖިފޮޅި
17 August 2024
ހުރިހާ ތަނަކަށް ބޭނޭ އެއްޗެއް ދޯ މިއީ
ހެހެހެހެބެ
17 August 2024
މައްސަލަޔަކީ ، އަހަރުމެން ހޮވީ މުއިޒު ވެރިކަން ކުރަނީ ސޯޖިދާ..
ށކސޮސޮ
17 August 2024
މައްސަލަޔަކީ ސުކޫލް ކިޔެވުން ދޫކޮށްލާފަ ދަރިވަރުން ތިޔަތަނަށް ދާން ޖެހޭތީވެ. ގައިޑު މާ މުހިއްމީ ދޯ
އަމީން މުހައްމަދު
16 August 2024
ކުރިން ދުވަހު ޢައިސް ހާދަ ނޯމަލް ކޮށޭ މެޑަމް އުޅުނީ އަޅުގަނޑު މެންނާ އެކު. ވަރަށް އުފާވި.
އާލިމް މުހައްމަދު
16 August 2024
އެތައް ފަސްޓް ލޭޑީންނެއް މި ޖަލްސާގެ ޝަރަފްވެރި މެހެމާނަކަށް އައިސް ވާހަކަ ދެއްކި. އެކަމު މިވަރެއް ނެތް އަދި
ޝަމްވީލް
16 August 2024
އަޅުގަނޑާ އަޅުގަނޑުގެ ދަރިއާ ދިމާވެގެން ބެހެއްޓެވި ގާތްކަމަށް ޝުކުރިއްޔާ މެޑަމް
އައިޝަތު މާހާ
16 August 2024
ވަރަށް ގިނަ ފާސްޓް ކޭޑީންގެ ވާހަކަ އަޑުއެހިން. އެކަމަކު ސާޖިދާ މެޑަމް ހާ މޮޅަށް އޮއްޓަރު ހުރި ވާހަކަ ދައްކާ މެޑަމް އެއް އަދި ނުދެކެން.
އަމްޝާދު އަޒީޒް
16 August 2024
މެޑަމް ސާޖީ އަކީ ނަމޫނާ މެޑަމް އެއް.