އިންޑިއާގެ ހޮސްޕިޓަލެއްގައި ޑޮކްޓަރެއް ރޭޕްކޮށް މަރާލި މައްސަލާގައި ސިއްހީ ހިދުމަތްތެރިން މިދިޔަ ހަފްތާގައި މުޒާހަރާކުރަނީ. -- ފޮޓޯ: އޭއެފްޕީ
17 އޯގަސްޓް 2024 - 10:39
އިންޑިއާގެ ހޮސްޕިޓަލެއްގައި އިންޓާން ޑޮކްޓަރެއް ރޭޕްކޮށް އަނިޔާވެރިކަމާ އެކު މަރާލި މައްސަލައިގައި ޑޮކްޓަރުން ފަށައިގެން އުޅޭ މުޒާހަރާގައި، ބޭސްފަރުވާއަށްދާ ދިވެހިން އެންމެ ގިނައިން ގޮސް އުޅޭ އިންޑިއާގެ ކެރަލާގެ ޑޮކްޓަރުން ވެސް ބައިވެރިވެއްޖެ އެވެ.
އިންޑިއަން މެޑިކަލް އެސޯސިއޭޝަން (އައިއެމްއޭ) ގެ އިސްނެގުމަށް ފެށި ހަޅުތާލުގައި، ކެރަލާގެ ޑޮކްޓަރުން މިއަދު ހެނދުނު 6 އިން މާދަމާ ހެނދުނު 6 އަށް މަސައްކަތެއް ނުކުރާނެ އެވެ.
މިދިޔަ ބުރާސްފަތި ދުވަހަކީ އިންޑިއާގެ މިނިވަން ދުވަހަށް ވުމުން އެ ދުވަހު ހޮސްޕިޓަލްތައް ބަންދުވުމަށް ފަހު އިއްޔެ ހިދުމަތް ދިން ނަމަވެސް ޑޮކްޓަރުންގެ ހަޅުތާލާ ހެދި ކެރަލާގެ ބޮޑެތި ހުރިހާ ހޮސްޕިޓަލްތަކެއްގައި ވެސް ވަނީ ބައެއް ހިދުމަތްތައް ހުއްޓިފަ އެވެ.
ކޮލްކަތާގެ ސަރުކާރު ހޮސްޕިޓަލެއްގައި ހިންގި އަނިޔާވެރި އަމަލާ ގުޅިގެން އެންމެ ފުރަތަމަ މަސައްކަތް ހުއްޓާލީ ސަރުކާރު ހޮސްޕިޓަލްތަކުގެ ޑޮކްޓަރުން ނަމަވެސް މިހާރު މުޅި އިންޑިއާއަށް ހަޅުތާލު ފުޅާވެ އަމިއްލަ ހޮސްޕިޓަލްތަކުގެ ޑޮކްޓަރުން ވެސް ހަޅުތާލުގައި ބައިވެރިވާން ފެށީ އެވެ.
ދިވެހިން އެންމެ ގިނައިން ދާ އެއް ހޮސްޕިޓަލް ކަމަށްވާ ކޮޗިންގެ އަމްރިތާ ހޮސްޕިޓަލްގައި ވެސް މިއަދު ގިނަ ޑޮކްޓަރުން ތިބީ ހަޅުތާލުގަ އެވެ. ހެނދުނު ޑިއުޓީ ފެށޭ ގަޑިއަށް ޑޮކްޓަރުން އައި ނަމަވެސް އެންމެން އެއްތަނަކަށް އެއްވެ ތިބީ މަސައްކަތް ހުއްޓާލައިގެންނެވެ. އިމަޖެންސީ ނޫން ހުރިހާ ހިދުމަތެއް ޑޮކްޓަރުން ހުއްޓާލައިގެން ތިބި ނަމަވެސް ލެބޯޓަރީ ފަދަ ތަންތަނުން ހިދުމަތް ލިބެ އެވެ.
ޑޮކްޓަރުން ނިންމާފައިވަނީ އަސާސީ އެއްވެސް ހިދުމަތެއް ހުއްޓާނުލާށެވެ. އަދި ކެޝުއަލިޓީ އާއި އިމަޖެންސީ ޑިޕާޓްމަންޓުތަކުގައި މުވައްޒަފުން މަސައްކަތްކުރާނެ އެވެ. އެހެންވެ އައުޓް ޕޭޝަންޓް ހިދުމަތްތަކާއި އިންޕޭޝަންޓް ބައެއް ހިދުމަތްތައް ނުލިބުމުގެ އިތުރުން އިމަޖެންސީ ނޫން ސާޖަރީތަކެއް ވެސް މިއަދު ނުހަދާނެ އެވެ.
ޑޮކްޓަރުގެ މަރާ ގުޅިގެން ސިއްހީ ހިދުމަތްތެރިންނާއި އެކްޓިވިސްޓުން މުޒާހަރާކުރަނީ. -- ފޮޓޯ: އޭއެފްޕީ
އައިއެމްއޭ އިން އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސްގައި އެ ޖަމިއްޔާގެ ރައީސް ޖޯސެފް ބެނަވަން އާއި ސެކްރެޓަރީ ކޭ. ސަސިސްދަރަން ވިދާޅުވީ ހަޅުތާލުކުރަނީ ވަރަށް ބޮޑު މައްސަލައެއް ސަމާލުކަމަށް ގެންނަން ކަމަށާއި އެހެންވެ ދިމާވެގެން އުޅޭ ކަންތަކާ މެދު ވިސްނައި، ސިއްހީ ހިދުމަތްތެރިންގެ ހަޅުތާލަށް އާންމުން ވެސް އެއްބާރުލުން ދިނުމަށް އެދޭ ކަމަށެވެ.
"ކޮލްކަތާގައި މި ހިންގި އަނިޔާވެރި އަމަލުން ސިހުން ލިބުނީ ހަމައެކަނި ސިއްހީ ހިދުމަތްތެރިންނަކަށް ނޫން، މުޅި ގައުމަށް. މިކަމާ ގުޅިގެން ޑޮކްޓަރުން ހަޅުތާލުކުރަން ފެށުމުން މެޑިކަލް ކޮލެޖަށް އަދި ހާއްސަކޮށް، އެ އަނިޔާވެރި އަމަލު ހިންގި ތަނަށް ބަޔަކު ވަދެގަނެ ހަމަލާދީ ހަމަނުޖެހުން ހިންގުމަށް ފުރުސަތު ދިނުމާއި އިންޓާން ޑޮކްޓަރުން ހަޅުތާލުކުރަނިކޮށް އެ މީހުންނަށް ހަމަލާ ދިނުން ވެސް ހަމަ އެހާ އަނިޔާވެރި،" އައިއެމްއޭގެ އޮފިޝަލަކު ވިދާޅުވި އެވެ.
އާރްޖީ ކަރް މެޑިކަލް ކޮލެޖް އެންޑް ހޮސްޕިޓަލްގައި ހިންގި އަނިޔާވެރި އަމަލާ ގުޅިގެން، ކަމާބެހޭ ރަސްމީ އިދާރާތަކާއި ފުލުހުން އަމަލުކުރި ފަރުވާކުޑަ ގޮތުގެ ސަބަބުން ހާދިސާގެ ހެކި ގެއްލިފައިވުމުގެ ފުރުސަތު ބޮޑު ކަމަށް ޑޮކްޓަރުން ބުނެ އެވެ.
މިދިޔަ ހަފްތާއިން ފެށިގެން ސަރުކާރު ހޮސްޕިޓަލްތަކުގެ ޑޮކްޓަރުން ތިބީ އިމަޖެންސީ ނޫން ހުރިހާ ހިދުމަތެއް މުއްދަތެއް ނެތް ގޮތަށް ހުއްޓާލައިގެންނެވެ. އެ މީހުން އެދެމުން ދަނީ ރޭޕްކޮށް މަރާލި ޑޮކްޓަރަށް އިންސާފު އަވަސްކޮށްދިނުމާ އެކު ހޮސްޕިޓަލްތަކުގައި ސަލާމަތީ ކަންކަން ވަރުގަދަކުރުމަށާއި ސިއްހީ ހިދުމަތްތެރިންގެ ރައްކާތެރިކަމަށް ވަކި ގާނޫނެއް ހެދުމަށެވެ.
އުމުރުން 31 އަހަރުގެ ރެސިޑެންޓް ޑޮކްޓަރުގެ ހަށިގަނޑު ހޮސްޕިޓަލްގެ ސެމިނާ ރޫމެއްގެ ތެރެއިން މިދިޔަ ހަފްތާގެ ހުކުރު ދުވަހު ފެނުނު އިރު ބޮޑެތި ޒަހަމްތަކެއް ހުއްޓެވެ. އޭނާ މަރާލާފައިވަނީ ރޭޕްކުރުމަށް ފަހުގައި ކަމަށް، އޮޓޮޕްސީ ހެދުމުން ވަނީ ކަށަވަރުވެފަ އެވެ. ކޮށްފައިވާ އަނިޔާތަކަށް ބަލާއިރު އެއީ ގިނަ ބަޔަކު ބައިވެރިވެގެން ހިންގި އަމަލެއް ކަމަށް އާއިލާއިން ތުހުމަތުކުރެ އެވެ. ކުށުގެ ތުހުމަތަށް ހައްޔަރުކޮށްފައިވަނީ ހޮސްޕިޓަލްގެ ކިއޫތައް ބަލަހައްޓަން އުޅޭ ސިވިކް ޕޮލިސް ވޮލަންޓިއަރުންގެ މީހެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަންފާ
17 August 2024
އިންޑިޔާ އައުޓް
ސަމްސިއްޔާ
19 August 2024
ކަލޭ ހަދަ މޮޅޭ.
ޑރ ވާންޗޯ
17 August 2024
ފިރިހެން ޑޮކްޓަރުން ކީއްވެބާ ހަޅުތާލަށްނިކުމެގެން މިއުޅެނީ؟.
ޖަމޯ
17 August 2024
ފިރިހެނުން ނަށް މުޒާހަރާ ނުކުރެވޭތަ މިހާރު؟؟
ޑރ ޗޯ
17 August 2024
އެއީ އަންހެނުންނަށް އަނިޔާކުރުމާ ގިނަ ފިރިހެނުން ދެކޮޅުވީމަ، ބަލައިގަނެވޭ؟
ފެމިނާ
17 August 2024
ފިރިހެނުންގެވެސް މަންމައިން ތިބޭ، އަންހެން ކޮއްކޮއިންނާ ދައްތަ ތިބޭ. އަންހެން ދަރިން ތިބޭ. ހަގީގީ ފިރިހެނުންނަކީ އެމީހުންގެ ހައްގުގަވެސް އަޑުއަުފުލާ ފިރިހެނުން. ވާންޗޯ ތިހުރީ ރަނގަޅަށް ވާންޗޯވެފަ،
ޑރ ވާންޗޯ
17 August 2024
ފިރިހެނުންދޯ ތިގައުމުގަ އަންހެނުންނަށް ހިތުހުރިގޮތެއް ހަދަނީ ؟. ކޮންމެ 5 މިނެޓަކުން އަންހެނަކަށް ގޮތްހަދާލާކަމަށް ސްޓެޓިސްޓިކްސް ދައްކަނީ. އެހެންވެ އަހާލެވުނީ.
ސަމްސިއްޔާ
19 August 2024
ކަލޭތީ ހަމަ ރަނގަޅަށްވެސް ވާންޗޯއެއް. ތިޔަކަލަ ތަންދޮރު ނުދަންނަ މަދު ނަމަވެސް ދިވެހިން އުޅޭތީ ހިތާމަ ކުރަން
އަބްޑޫޅް +
17 August 2024
ކަލޭމެން ސުކުރު ކުރަން ޖެހޭނެޔޭ، އިންޑިޔާގަ ރޯދަމަހުގެ ފަހުދިހަޔާއި، ދެއީދު ދެދުވަހާއި، އައްޔާމަން ތަސްރީގު ތިން ދުވަހާއި، ހަރޯދަ އާއި ހަރޯދަ އީދާއި، ބަންދު ނޫންކަން. އެެހެން ނަމަ، ލޯނެއް ނަގައިގެން ބޭހަށް އިންޑިޔާއަށް ދާއިރު، ހުރިހާތަނެއް ބަނަދު. ދެން ޖެހޭނީ ހުސް އަތާ އަންނަން. ޕޮސް.
އަބްޑުލް ގެ ޕޮއިންޓުކޮބާ؟
17 August 2024
އަބްޑޫލް ތިބުނަން އުޅޭއެއްޗެއް އަދި ނޭގުނު. ސާފު ސާދާކޮށް ތިލަކޮށް ބުނެބަލަ