ކުޅިވަރު / އެތުލެޓިކޯ މެޑްރިޑް

އެތުލެޓިކޯގެ ޓްރާންސްފާ ހަމަނުޖެހި ގަލަގާ ޗެލްސީގައި

ގަލަގާ، ޓްރާންސްފާގެ ކަންކަން ނިންމަން މެޑްރިޑަށް ދިޔަ ނަމަވެސް އޭނާ މިވަގުތު ހުރީ ޗެލްސީގައި.--

17 އޯގަސްޓް 2024 - 15:35

ލަންޑަން (އޮގަސްޓް 17) - އެތުލެޓިކޯ މެޑްރިޑަށް ބަދަލުވުމުގެ ކަންކަން ހަމަނުޖެހުމުން ކޮނޯ ގަލަގާ އެނބުރި ޗެލްސީއަށް އަތުވެއްޖެ އެވެ.

އެ ޓީމަށް ބަދަލުވުމަށް އޭނާ މެޑްރިޑަށް ދަތުރު ވެސް ކުރި އެވެ. އެތުލެޓިކޯއިން ވަނީ ގަލަގާގެ ޓްރާންސްފާ ކަންކަން ނިންމުމަށް ކަމަށް ބުނެ، އޭނާ ޓީމުގެ ސްޓޭޑިއަމްގައި ނަގާފައިވާ ފޮޓޯއެއް ވެސް ހިއްސާ ކޮށްފަ އެވެ.

އެތުލެޓިކޯއަށް ގަލަގާ ދޫކޮށްލަން ޗެލްސީން އެއްބަސް ވެފައި ވަނީ 42.5 މިލިއަން ޑޮލަރަށެވެ.

ނަމަވެސް ޓްރާންސްފާގެ ކަންކަން ފުރިހަމަ ކުރުމުގައި މައްސަލަތަކެއް ދިމާވެ، އޭނާ ވަނީ އެނބުރި ލަންޑަނަށް ގޮސްފަ އެވެ. މިހާރު އޭނާ ފަރިތަކުރަމުން ގެންދަނީ ޗެލްސީގެ ސްކޮޑާ ވަކިންނެވެ.

އެތުލެޓިކޯގެ ޒުވާން ފޯވާޑް ސަމޫ އޮމޯޑިއޮން، 44 މިލިއަން ޑޮލަރު ޗެލްސީން ހުށަހެޅި އެވެ. ނަމަވެސް އެ ހުށަހެޅުން ޗެލްސީން އަނބުރާ ގެންދިޔަ އެވެ. އަދި މިހަރު އެ ކްލަބުން އެތުލެޓިކޯއާ ވާހަކަ ދައްކަމުން ދަނީ އެޓީމުގެ ޔާއޯ ފީލިކްސް އަލުން ޗެލްސީ އަށް ގެންދިއުމަށެވެ. ލޯނު އެއްބަސްވުމުގެ ދަށުން ފީލިކްސް މިދިޔަ ސީޒަނުގައި ޗެލްސީ އަށް ކުޅުނެވެ.

ގަލަގާ، އެތުލެޓިކޯގެ ސްޓޭޑިއަމްގައި.--

"އޭނާ އަންނަނީ ކްލަބާ އެކު ހައްލެއް ހޯދަން މަސައްކަތް ކުރަމުން. އުންމީދަކީ ކޮނޯ [ގަލަގާ] ގެ ކަންކަން، ކުޅުންތެރިޔާ އާއލި ކްލަބް އަދި މެނޭޖަރުގެ އިތުރުން މީގައި ޝާމިލްވާ އެންމެން ހިތްހަމަޖެހިގެން ނިމުން،" ލީގުގެ ފުރަތަމަ މެޗުގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ގަލަގާ ނުކުޅޭނެކަން ހާމަކުރަމުން ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ ބުންޏެވެ.

ގަލަގާ އަކީ މިދިޔަ ސީޒަންގައި ޗެލްސީގެ ވައިސް ކެޕްޓަނެވެ. އަދި ނިމިދިޔަ ޔޫރޯ މުބާރާތުގެ ރިހި މެޑަލް ހޯދި އިންގްލެންޑްގެ ސްކޮޑުގައި ހިމެނިގެން އޭނާ ވަނީ ކުޅެފަ އެވެ.

ސަމޫ އޮމޯޑިއޮން (ކ) އަދި ޔާއޯ ފީލިކްސް (ވ).--

ސްޕެއިން އާއެކު އޮލިމްޕިކްސްގައި ރަން މެޑަލް ހޯދި އޮމޯޑިއޮން ޓްރާންސްފާއަށް އެއްބަސްވެ، އޮލިމްޕިކްސް ނިންމައިފައި އޭނާ ޕެރިހުގައި ހުރެފައި ވަނީ ޗެލްސީއާ ގުޅެން ލަންޑަނަށް ވެސް ގޮސްފަ އެވެ.

ނަމަވެސް ޓްރާންސްފާގެ ކަންކަން ހުއްޓާލީ އަނިޔާވެގެން އޮލިމްޕިކްސްގެ ފައިނަލް މެޗު ގެއްލުނު އޮމޯޑިއޮންގެ މެޑިކަލް ކަންކަން ޗެލްސީގައި ހުރި ގޮތާ މެދު ކަންބޮޑުވުންތަކެއް ހުރެގެން ކަމަށް މީޑިއާތަކުން ރިޕޯޓް ކޮށްފައިވެ އެވެ.

ޗެލްސީން ޖޫން މަހު އޮމޯޑިއޮން ގަންނަން ހުށަހެޅި 27.4 މިލިއަން ޕައުންޑްގެ ޑީލަށް އެތުލެޓިކޯ އިން ވަނީ ދެކޮޅު ހަދައިފަ އެވެ. އޭނާ ވަނީ މިދިޔަ ސީޒަންގައި ލޯނު އުސޫލުން ސްޕެއިންގެ ޑިޕޯޓިވޯ އަލަވޭސްއަށް ކުޅެދިން 35 މެޗުން ނުވަ ގޯލު ޖަހައިގެން ލީގުގައި 10 ވަނަ އެ ޓީމަށް ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454