އިޒްރޭލުގެ ތެލް އަވީވްގައި އާދީއްތަ ދުވަހު ދިން ހަމަލާއަށް ފަހު އެ ސަރަހައްދުގައި ތަހުގީގު ޓީމެއް ހެކި ހޯދަނީ. -- ފޮޓޯ: އޭއެފްޕީ
20 އޯގަސްޓް 2024 - 06:10
އިޒްރޭލުގެ ވިޔަފާރީގެ މަރުކަޒު، ތެލް އަވީވްގައި އާދީއްތަ ދުވަހު ދިން ހަމަލާ އަކީ އަމިއްލައަށް މަރުވެގެން ދިން ހަމަލާއެއް ކަމަށާއި ޣައްޒާގައި އިޒްރޭލުން ހަމަލާދިނުން ކުރިއަށް ގެންދާ ނަމަ އަމިއްލައަށް މަރުވެގެން ހަމަލާ ދިނުމުގެ އޮޕަރޭޝަން އަދިވެސް ދާނީ ކުރިއަށް ކަމަށް ހަމާސް އާއި އިސްލާމިކް ޖިހާދުން އިއްޔެ ބުނެފި އެވެ.
އިޒްރޭލުން ވެސް ވަނީ މިއީ ދަބަހެއް އަޅައިގެން ހުރި މީހަކު ދިން ހަމަލާއެއް ކަމަށް ބުނެފަ އެވެ. ހަމަލާގައި އެކަކު މަރުވި ކަމަށް ކުރިން މީޑިއާތަކުގައި ރިޕޯޓްކުރި ނަމަވެސް ފަހުން ބުނެފައިވަނީ މަރުވީ ހަމަލާ ދިން މީހާ އެކަނި ކަމަށެވެ.
ޣައްޒާގައި އިޒްރޭލާ ދެކޮޅަށް ހަނގުރާމަކުރާ ހަމާސް އާއި އިސްލާމިކް ޖިހާދުން ބުނީ އެއީ މީހަކު އަމިއްލައަށް މަރުވެގެން ދިން ހަމަލާއެއް ކަމަށެވެ.
އެކަމަކު އިޒްރޭލުގެ ޑިފެންސް މިނިސްޓްރީން ބުނީ ހަމަލާ ނާކާމިޔާބުކޮށްލެވިފައިވާ ކަމަށެވެ.
"ގޮވާތަކެތި އަޅާފައި ހުރި ދަބަހެއް އަޅުވައިގެން ހުރި ފަލަސްތީނު މީހަކު ... މީހުން ގިނަ ތަނަކަށް ގޮސް ގޮއްވާލަން އުޅެނިކޮށް [ހުއްޓުވީ]،" ޑިފެންސް މިނިސްޓްރީގެ ތަރުޖަމާނު ޑޭވިޑް މެންސާ ބުންޏެވެ.
ހަމާސް އާއި އިސްލާމިކް ޖިހާދުން ބުނީ ޣައްޒާގައި ހަމަލާތައް ކުރިއަށްދާހާ ހިނދަކު މިފަދަ އިތުރު ހަމަލާތައް އިޒްރޭލަށް ދެމުން ގެންދާނެ ކަމަށެވެ.
ތެލް އަވީވްގައި ހަމަލާދީފައި ވަނީ މީގެ 10 މަސް ކުރިން އިޒްރޭލުން ޣައްޒާއަށް ދޭން ފެށި ހަމަލާތައް ހުއްޓުމަކަށް ގެނައުމާ ގުޅޭ ގޮތުން އިޒްރޭލާއި ހަމާސްއާ ދެމެދު ބާއްވާ މަޝްވަރާތަކާ ގުޅޭ ބައްދަލުވުމަކަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން އިޒްރޭލަށް ވަޑައިގެންތާ އިރުކޮޅެއް ފަހުންނެވެ. -- އޭއެފްޕީ
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މައިޑީ
20 August 2024
ޢަމިއްލެޔަ ބޮން ހަރުކޮއްގެން ގޮއްވާލައިގެން މަރުވުމަކީ ދީނީ ގޮތުން ކަންކަހަލަކެމެއްބާ؟
ޝަވަން
20 August 2024
ބަލަ ހޯދުނު ގޮތަކަށް ފަލަސްތީން އަށް މިނިވަންކަން ހޯދުން އެއީ އެގަައުމެއްގެ އެންމެހާ އަފްރާދުންގެ ވާޖިބެއް !
ޑޭވިޑްބޭކަރ
20 August 2024
1970ގެ އަހަރު ތަކުގައި ވަރަށް ގިނައިން އަޑުއަހަން ފަލަސްތީނުގެ ފިދާއީން ގެ ވާހަކަ. ގެރިއްލާ ހަނގުރާމައިގެ ވާހަކަ. ޖާނުންފިދާވާ ވާހަކަ. އަމިއްލައަށް ގައިގާ ގޮވާތަކެތި ހަރުކޮންގެން ދޭ ހަމަލައަށް މިކިޔަނީ ޖާނުންފިދާވުން.
ރަދީފްއޮފިޝަލް
20 August 2024
1970ގެ އަހަރުތަކުގަ ކަލޭ ދުނިޔޭގަ ހުރިތަ؟؟ ކަލެއަށް އަދި މިވީ 22 އަހަރު. ދެން ކޮން 1970ގެ ވާހަކައެއް. ހެހެހެހެހެހެހެހެ. ޖާނުންފިދާ ވެގެން އެންމެ ރަނގަޅަށް ހަމަލަ ދިނުމަށް މަޝްހޫރު ބަޔަކީ ކުރީގެ އެލްޓީޓީގެ މެމްބަރުން.ލަންކާގެ ރައްޔަތުންނަށް މިކަން ވަރަށް ސާފްވާނެ.
ސަލީމު އިދުރީސް
21 August 2024
ޖަޕާނުގެ ކަމައެކާސީންނައްވުރެ އެކަމުގަ އަދި ބަޔަކު ކުރި ނުހޯދާ ރަނގަޅު ފަހުގެ ތާރޭހެއްގަ ތިބުނާ ތަމަޅޭތް
ލަސް
20 August 2024
މޮޅު ވާހަކައެއް ނޫން ތީކީ