ދ. މީދޫ ދާއިރާގެ މަޖިލިސް މެމްބަރު އަހްމަދު ސިޔާމް: ސަން ސިޔާމު ކެއާގެ ފަރާތުން ކަމަދޫ އެންމެނަށް ހިލޭ ބޭސް ފަރުވާދޭން ވަނީ ނިންމާފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
20 އޯގަސްޓް 2024 - 10:18
މަޝްހޫރު ވިޔަފާރިވެރިޔާ އަދި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމު މުހައްމަދުގެ ހަރަދުގައި ބ. ކަމަދޫ ރައްޔިތުންނަށް ހިލޭ ބޭސް ފަރުވާ ފޯރުކޮށްދޭން ނިންމައިފި އެވެ.
އެ ރަށު ކައުންސިލުގެ ރައީސް ހަސަން ޒަރީރު "މިހާރު" އަށް މިއަދު ވިދާޅުވީ "ސަން ސިޔާމް ކެއާ" ގެ ފަރާތުން ކަމަދޫގެ ރައްޔިތުންނަށް ބޭސް ފަރުވާ ފޯރުކޮށްދޭން ނިންމާފައިވާ ކަމަށެވެ.
އާބާދީގައި 564 މީހުން އުޅޭ ކަމަދު އަށް ސަން ސިޔާމް ކެއާގެ ފަރާތުން އެހީ ދޭން ނިންމީ ކީއްވެތޯ ސުވާލު ކުރުމުން އޭނާ ވިދާޅުވީ، ރާއްޖޭގެ އެހެން ރަށްރަށަށް ވެސް އެ ޖަމާއަތުގެ ފަރާތުން އެކި އެހީތައް ފޯރުކޮށްދެމުން ގެންދާ ކަމަށެވެ.
"އެގޮތަށް ހަމަ އަޅުގަނޑުމެންނަށް ވެސް މި ފުރުސަތު ލިބުނީ،" ޒަރީރު ވިދާޅުވި އެވެ.
އެކަމާ ގުޅިގެން ކަމަދޫ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނީ، އެ ކައުންސިލާ އެކު ކުރި މަޝްވަރާގެ ތެރެއިން ސަން ސިޔާމް ކެއާގެ ފަރާތުން ވަނީ ކަމަދޫ ރައްޔިތުންނަށް ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ބޭސް ފަރުވާ ކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން އުސޫލެއްގެ ދަށުން ދޭން ނިންމާފައިވާ ކަމަށެވެ.
އެހީ ބޭނުންވާ މީހުން އެކަމާ ގުޅޭ ފޯމާއި ލިޔެކިޔުންތައް ކައުންސިލް އިދާރާ އަށް ހުށަހެޅުމުން، އެ ރަށު ކައުންސިލުން އެ އެހީ ހޯދުމަށް މަސައްކަތް ކޮށްދޭނެ ކަމަށް އިއުލާނުގައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޮޅުމީހާ1
21 August 2024
ކަމަދޫ މީހުން ހަމަ މޮޅީ މާރކެޓިންގ އަށް،ދެން ބޮޑު އީދު ވާނީ މާރކެޓު ކުރަން އެންމެ ފައްކާ ދުވަސް ވަރަށް،
ލޮއްލަ
20 August 2024
ކޮމެންޓުތަށް ކިޔާލަން މާ މަޖާ. މިތިބީވާ ބައެއް ސަހާދެއް…ހަހަހަހަ
ބޭކާރުވިމެމްބަރު
20 August 2024
ދ. އަތޮޅުގެ މެމްބަރެއް ބ. އަތޮޅު ރަށެއްގެ މީހުންގެ ހުރިހާ ކަމަކާ ހަވާލުވީމަ މިހާރު އެއަތޮޅު މެމްބަރު ހުންނާނީ ކުރާނެ މަސައްކަތެއް ނެތި ކަންނެތްވެފަ. 2 މެމްބަރުން ދެ އަތޮޅުގެ މެމްބަރުކަން ބަދަލުކޮށްލަންވީ. ދ. އަތޮޅު މެމްބަރު ބ. ކަމަދޫގަ ހޭދަކުރާނެ ދުވަސް މާ ގިނަވާނެކަމަށް ލަފާކުރެވެނީ. އަސްތައްވެސް ދެން ކަމަދޫއިން ފެންނަން ފަށާފާނެ.
އަލީ!!
20 August 2024
ކަމަދޫން ކޮންމެވެސް ކަމެއްބޭނުންވެގެންއުޅެހެން ހާދައެބަހީވޭ،، އެދުމެއްނެތި ވެދުމެއްނުކުރާނޭ މުސްކުޅިން ބުނެއުޅޭ!!
ސުރާންދަނީ
20 August 2024
ލަދުވެތިކަމުގެ ކަންފުޅެއްވެސް ނެތިއްޔޭ ދޯ ކަންނެތްކަމުން ފޯވެ ތަތްތެޅިފައި ތިބި މި ދިވެހީންގެ... ހުސް ބުޅީގައި މި ބާނާލަނީ...
ގުނބޯ
20 August 2024
ރާއްޖޭގެ ކޮންމެ ރަށެއް މިހެން ވިޔަފާރިވެރިއަކު ސްޕޮންސަރ ކޮށްދެއްވައިފިއްޔާ ސިއްހީނިޒާމުގައި ހުރި މައްސަލަތައް ހައްލުވީ، އާސަންދަ އޮފީސް ބަންދު، ސަރުކާރު ފެލާލާ ރާއްޖެއާއި ބޭރުގެ ސިއްހީ ފަރުވާދޭކަމަށް ބުނެ ދޯކާދޭ ފަރާތްތައް ވެސް ތަޅު އެޅުނީ، އެންނަމަވެސް، ހިތައްއަރާ ސަންސިޔާމް މިފަދަހެޔޮފުޅު ދީލަތި ނިންމެެވުމެއް މިނިންމެވީ ކޮންކަހަލަ ވެދުމެއް ކަމަދޫގެފަރާތުން ލިބިގެންބާވައޭ؟ އެނގިލަން ބޭނުން އޭރުން މަވެސް ރަށުމީހުންނާ މަޝްވަރާކޮށްލަން ބޭނުންވާތީ
ާއަލިމޯޑު
20 August 2024
އެދުމެއްނެތި މީހަކު ވެދުމެއް ނުކުރާނެ. މަމެން ރަށުގައި ފޮތްލިސްޓާއި ޔުނިފޯމް ނުގަނެވޭ އާއިލާތަކަށް އެކަން ކޮށްދިން މީހަކު.އަދި ހަމަ އެމީހާ ރަށުގެ މީހުންނަށް ހިލޭ ބޭސް ފޯރުކޮށްދިން.އޭރު ކީއެއީ ހެޔޮފުޅުކަމުން ކަމަށް.ޖެހިގެން އައި މަޖިލިސް އިންތިހާބުގައި ވާދަކޮށް ގޮނޑިއަށް ހޮވުނު އެމީހާ. ނޯޓް: އޭރު ދައުލަތުގެ ފަރާތުން ހިލޭ ފޮތްލިސްޓް އަދި ބޭސްފަރުވާ ނުލިބޭ
ރޯޒަސް
20 August 2024
ދެން ހުސްނުވާ އާސަންދަ މީ ކޯޗެއްބާ؟ ކަމަދޫ އަށް ނުލިބޭ އެއްޗެއްބާ؟ ނޫނީ ކަމަދޫއަށް ރަންނަމާރި އެރީބާ؟
ޢިބުޫ
20 August 2024
ކަމަދޫއިން ގޯތިދޫކުރޭތަ؟
ހށނ
20 August 2024
ތިޔައީވެސް ވިޔަފާރިއެއް، އެދުމެއް. އެދުމެއް ހިތްހަމަޖެހުމެއް ނެތި މީހަކު ތިމާގެ މަުދަލުން އެންމެ އެތިކޮޅެއްވެސް އަނެކާއަށް ހަރަދު ނުކުރާނެ.