އީރާންގެ ކުރީގެ ރައީސް އިބްރާހިމް ރައީސީ ދަތުރުކުރެއްވި ހެލިކޮޕްޓަރު މިދިޔަ މެއި މަހު 19 ގައި ވެއްޓުމުން މީހުން ހޯދުމުގެ މަސައްކަތްކުރަނީ. -- ފޮޓޯ: އޭއެފްޕީ
22 އޯގަސްޓް 2024 - 06:18
އީރާންގެ ކުރީގެ ރައީސް އިބްރާހިމް ރައީސީ ދަތުރުކުރެއްވި ހެލިކޮޕްޓަރު މިދިޔަ މެއި މަހު ވެއްޓި އޭނާ އަވަހާރަވި ހާދިސާގެ ސަބަބަކީ މޫސުން ގޯސްވުމާއި މާ ބަރުކޮށް ދަތުރުކުރުން ކަމަށް އީރާނުގެ އޮފިޝަލަކާ ހަވާލާދީ އީރާނުގެ މީޑިއާތަކުން ބުނެފި އެވެ.
އުމުރުން 63 އަހަރުގެ ރައީސީ އާއި އަރިހުގައި ތިއްބެވި ބޭފުޅުން ގޮވައިގެން ދަތުރުކުރި ހެލިކޮޕްޓަރު އީރާނުގެ އުތުރުގައި އޮތް ފަރުބަދައަކަށް ވެއްޓި، ރައީސީ އާއި އިތުރު ހަތް މީހަކު މަރުވި އެވެ. އެ ހާދިސާއަށް ފަހު އީރާންގައި ވަނީ އަވަސް އިންތިހާބެއް ބާއްވައި އާ ރައީސަކު އިންތިހާބުކޮށްފަ އެވެ.
ފާސް ނިއުސް އެޖެންސީން ބުނީ، އެ ތަހުގީގުގެ މައުލޫމާތު އެނގޭ މީހަކާ ހަވާލާދީ ބުނީ ހެލިކޮޕްޓަރު ވެއްޓުމުގެ ހާދިސާ އަކީ "އެކްސިޑެންޓެއްކަން ވަރަށް ބޮޑަށް ޔަގީން" ކަމަށް އީރާންގެ ސަލާމާތީ ބާރުތަކުން ގަބޫލުކުރާ ކަމަށެވެ.
އީރާނުގެ އަސްކަރިއްޔާއިން ވެސް މިދިޔަ މެއި މަހު ބުނެފައި ވަނީ ރައީސީ އާއި އޭނާގެ ޚާރިޖީ ވަޒީރު ހުސައިން އާމިރު އަބްދުﷲ ވެސް އަވަހާރަވި ހާދިސާ އަކީ އެކްސިޑެންޓެއް ނޫން ކަމުގެ އެއްވެސް ހެއްކެއް ލިބިފައި ނެތް ކަމަށެވެ.
މެއި މަހުގެ 19 ވަނަ ދުވަހު ހެލިކޮޕްޓަރު ވެއްޓުނު މައިގަނޑު ސަބަބުތަކުގެ ތެރޭގައި މޫސުން ގޯސްވުމާއި ސަލާމަތީ ޕްރޮޓޮކޯލްތަކުގެ ބޭރުން އިތުރު ފަސިންޖަރުން ތިބުމުން، ހެލިކޮޕްޓަރަށް މައްޗަށް އެރޭ ގޮތް ނުވުން ކަމަށް ފާސް ނިއުސް އެޖެންސީން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަހަމޫދު.
22 August 2024
ސާބިތުކުރެވޭވަރަށް ހެކިނުލިބުނީމަ އެންމެފަހުން ޓެކުނިކަލް މައްސަލައެއްކަމަށް ބެލީ. އެމެރިކާގެ އަތެއް ނެތިއެއް ނުދާނެ.
ގްލައިޑް
22 August 2024
އެދުވަސްވަރު މެދުއިރުމަތީގައި ހިގަމުން ދިޔަ ކަންތަައްތަކަށް ބަލާއިރު އިޒްރޭލާއި އެމެރިކާ ގުޅިގެން ތިޔަ ހެލިކޮޕްޓަރު ވައްޓާލީ ކަމަށް ބެލެވޭ. މިކަން އީރާން އަށް ވެސް އެގޭ އެކަމަކު އެހެން ބުނެފައި ޤައުމުގެ ރައީސާއި ފޮރިން މިނިސްޓަރު އަވަހާރަކޮށްލި އިޒްރޭލާއި އެމެރިކާއަށް ހަމަލާ ދޭން ޖެހިދާނެތީ އާއި މިކަމަކީ އީރާން ދެމިއޮތުމަށް އޮތް ނުރައްކަލަކަށް ވާތީ އެހެން ބުނަން ބޭނުން ނުވަނީ
ލޮބާޟިން
22 August 2024
ގަބޫލެއް ނުކުރެވޭ. ތީގަ އެމެރިކާ ގެ އަތެއް ނެތުން ވަރަށް ދުރު.
އުނދޯލި
22 August 2024
ދެން ތިއާކު ދަތުރުކުރި އަނެއް ހެލިކޮޕްޓަރޯ؟
ނންތ
22 August 2024
އޭތި ދިޔައީ "މޫސުމް"ގެ މަތިން. ލޮލް