ރައީސް ޑރ. މުހައްމަދު މުއިއްޒު: ސަރުކާރުން ޒުވާނުން ބާރުވެރިކުރުމާއި އިގްތިސޯދީ ގޮތުން ބާރުވެރިކުރުވަން ގެންގުޅޭ ސިޔާސަތު ބަދަލު ނުކުރައްވާނެ އެމަނިކުފާނު ވިދާޅުވި.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
27 އޯގަސްޓް 2024 - 10:20
މި ސަރުކާރުން ޒުވާނުން ބާރުވެރިކޮށް އިގްތިސާދީ ގޮތުން ބާރުވެރިކުރުވަން ގެންގުޅޭ ސިޔާސަތު ބަދަލު ނުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ސަރުކާރު ހިންގާ ޕާޓީ ޕީއެންސީ ޖަގަހަ ޖަލްސާގައި ރައީސް ވިދާޅުވީ މި ސަރުކާރުން އެންމެ އިސްކަންދޭ އެއްބަޔަކީ ޒުވާނުން ކަމަށާއި ޒުވާނުން ބާރުވެރިކޮށް، އިގްތިސާދީ ފުއްދުންތެރިކަން ހޯދައިދޭން މި ސަރުކާރުން މަސައްކަތް ކުރާނެ ކަމަށެވެ.
ޒުވާނުންނަށް ގެދޮރުވެރިކަމާއި ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުމަށް ވެސް މެނިފެސްޓޯގައި ހިމަނާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
"ޒުވާނުންނަކީ އަޅުގަނޑުމެންގެ ސަރުކާރުގައި އެންމެ އިސްކަންދޭ އެއް ފަރާތް. އަމަލީ ގޮތުން ސަރުކާރުގެ ސިޔާސަތު އޮންނާނެ އެކަމަށް. ޒުވާނުންނަށް މިއޮތް ސިޔާސަތު އަޅުގަނޑުމެން ބަދަލެއް ނުކުރާނަން،" ރައީސް ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ މި ދަނޑިވަޅުގައި ޒުވާނުންނާ ގުޅުވައި ދޮގު ޚަބަރުތައް ދަނީ ފަތުރަމުންނެވެ.
ޕީއެންސީން ރޭ ބޭއްވި ޖަގަހަ ޖަލްސާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަޑައިގަތުން: އެމަނިކުފާނު ވިދާޅުވީ ޑްރަގު ޑީލަރުންނަށް ހަރުކަށި ފިޔަވަޅު އަޅުއްވާނެ ކަަމަށް.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
މުއިއްޒު ވިދާޅުވީ ޒުވާނުން ބާރުވެރިކުރުވަން މަސައްކަތް ކުރާއިރު ޑްރަގު ޑީލަރުންނާއި ޑްރަގުގެ ވިޔަފާރީގެ ތެރޭގައި އުޅޭ މީހުން މުޖުތަމައު ހަލާކުކޮށްލުމަށް އެއްގޮތަކަށް ވެސް ފުރުސަތު ނުދެއްވާނެ ކަމަށެވެ.
"އޭގެ ތެރޭގައި އެއްގޮތަކަށް ވެސް އިސްލާހު ނުވެ، މުޖުތަމައަށް ފައިދާވާ ބަޔަކަށް ބަދަލުވާން ބޭނުން ނުވާ ފަރާތްތަކަށް ހަރުކަށި ފިޔަވަޅު އަޅާނަން،" ރައީސް ވިދާޅުވި އެވެ.
ޑްރަގުގެ ވިޔަފާރީގައި އުޅޭ މީހުންނަށް ހަރުކަށި ފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވިއިރު އެ މަނިކުފާނު ވަނީ ކުރިން ޑްރަގުގެ ތެރޭގައި އުޅުނު އެކަމަކު މިހާރު އިސްލާހުވެފައިވާ މީހުންނަށް ފިޔަަވަޅު އޭގެ ބިރު ނޯންނާނެ ކަމަށް ވިދާޅުވެފަ އެވެ.
އެންމެން ގުޅިގެން ޑްރަގުގެ ވަބާ އިން ރާއްޖެ ސަލާމަތްކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
މި ސަރުކާރުން ވަނީ ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް މަސްތުވާތަކެތީގެ ގާނޫނު އިސްލާހު ކުރަން ކަނޑައަޅައި، އެ އަދަބު ދޭން ޑްރާފްޓް ބިލްގައި ހިމަނައިފަ އެވެ.
ގޭންގު ކުށްތައް ހުއްޓުވުމަށް ސަރުކާރުން ހަރުކަށި ބިލުގައި ވަނީ ގޭންގުތަކާއި ގޭންގު ލީޑަރުން އަދި ގޭންގުތަކުގައި އުޅޭ މެމްބަރުންގެ ނަންތަކާއި ފޮޓޯ ވެސް އާންމުކުރަންޖެހޭ ގޮތަށް ހިމަނައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޭރު މުސްތޮ
27 August 2024
ހިނގާ ބަލަމާ ؟ މަވެސް މި ހުރީ އަދި ވާގޮތް ބަލާލަށް !.
އަތްލަބް
27 August 2024
ޒުވާނުންގެ ރައީސް އަކީ މިއީ.
ޝައުގީ މުހައްމަދު
27 August 2024
މިދިޔަ އެއްވެސް ވެރިޔަކު ނުކުރާ ވަރަށް ޒުވާނުން ހަގީގީ ކުރިއެރުން މި ހޯދަދޭން އުޅެނީ. މަސްތުވާތަކެތިން ސަލާމަތްކޮށް އެވެސް
އަހްސަން ބަޝީރު
27 August 2024
ޒުވާނުން ފައިނޭންޝިއަލީ ބާރުވެރި ކުރުވަން މަނިކުފާނު ތިކުރާ މަސައްކަތް ހަމަ ވަރަށް ރަނގަޅު. ތީ ޒުވާނުންނާ ދޭތެރޭ ވިސްނާ ވެރިންނަކީ
ތޫބާ ނާޒިމް
27 August 2024
ރައީސް މުއިއްޒް އަކީ ހަގީގީ ޒުވާނުންގެ ރައީސް.
އީމާން މުސްތޮފާ
27 August 2024
"އޭގެ ތެރޭގައި އެއްގޮތަކަށް ވެސް އިސްލާހު ނުވެ، މުޖުތަމައަށް ފައިދާވާ ބަޔަކަށް ބަދަލުވާން ބޭނުން ނުވާ ފަރާތްތަކަށް ހަރުކަށި ފިޔަވަޅު އަޅާނަން،" ބަރާބަރު ރައީސް
އިލްހާމް އަހްމަދު
27 August 2024
ގޭންގްސްޓާރުން މައިތިރި ކުރެވޭނީ ހަމަ އެކަނި ރައީސް މުއިއްޒުއަށް. ތި ހަރުކަށި ބިލްތައް ލައިގެންވެސް މި މީހުން އެބަ ޖެހޭ މައިތިރި ކުރުވަން. އެހެން ނޫނީ މި ބައިގަނޑުގެ ވާހަކަ ބަޔަކު ނުދައްކާނެ. އޮބިނޯވެފަ ދާނީ
އަމަތް
27 August 2024
ޒުވާނުންނާއި އެމީހުންގެ މުސްތަގުބަލަށް ރައީސް ފޯކަސް ކުރާތަން މި ފެންނަނީ ބޮޑަށް. މިހެން ވާން ޖެހޭނެ. ގައުމުގެ ހުރިހާވެސް ބަޔަކީ ޒުވާނުން.
ޒޭން އައްބާސް
27 August 2024
މަސްތުވާތަކެތީގެ ވިޔަފާރިއާ ކުރިމަތިލުމަށް ގެންގުޅޭ އުސޫލުން ފެންނަނީ މުޖުތަމައުގެ ރައްކާތެރިކަން ދެމެހެއްޓުމުގައި ޕްރޮއެކްޓިވް ސްޓޭންސެއް. ސީރިއަސް ފިޔަވަޅުތަކެއް އަޅަމުންދާކަން ސާފު
އަފާާ
27 August 2024
ޒުވާނުންނަށް އާ ވަޒީފާތަކާއި ބޯހިޔާވަހިކަމުގެ ފުރުސަތުތައް ފަހިކޮށްދިނުމަށް މިހާ ވަރުގަދަ އަހަންމިއްޔަތެއް ދޭތަން ފެނުމަކީ އުފާކުރާ ކަމެއް. ހީވަނީ ސަރުކާރުން ހަގީގަތުގައިވެސް ވަރަށް ބޮޑަށް ކުރިއާލާ ވިސްނާފަ ކަންތައްކުރާ ހެން. އެހެން މި ފެންނަނީ މަންޒަރު