އަބްދުއްރަހީމް ސަފީރުކަމުގެ ފަތްކޮޅު ތުރުކީގެ ރައީސް އުރުދުޣާން އަށް މިއަދު އަރުވަނީ. --ފޮޓޯ: ފޮރިން މިނިސްޓްރީ
29 އޯގަސްޓް 2024 - 20:44
ރާއްޖެ ތުރުކީއަށް ކަނޑައަޅަޅާފައި ހުންނަވާ ސަފީރު ލެފްޓެނަންޓް ޖެނެރަލް (ރޓ) އަބްދުއްރަހީމް އަބްދުއްލަތީފް، ސަފީރުކަމުގެ ފަތްކޮޅު ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރްދުޣާން އަށް މިއަދު އަރުވައިފި އެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު ބޭއްވި ބައްދަލުވުމުގައި އަބްދުއްރަހީމް ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ރައީސް އުރްދުޣާން އަށް ތަހުނިޔާ އާއި ހެޔޮއެދުން އަރިސްކުރައްވައި، ތުރުކީން ރާއްޖެ އަށް ދެމުންދާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައި ކަމަށެވެ.
އަދި އެކި ދާއިރާތަކުން ރާއްޖޭއާ ތުރުކިޔޭ އާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމަށް ގުޅިގެން މަސައްކަތް ކުރަމުން ގެންދާނެކަމުގެ ޔަގީންކަން އަބްދުއްރަހީމް އުރްދުޣާން އަށް އެރުވި ކަމަށް މިނިސްޓްރީން ބުންޏެވެ.
އަބްދުއްރަހީމް ސަފީރުކަމުގެ ފަތްކޮޅު ތުރުކީގެ ރައީސް އުރުދުޣާން އަށް މިއަދު އަރުވަނީ. --ފޮޓޯ: ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓްރީން ބުނި ގޮތުގައި، އެ ބައްދަލުވުމުގައިއަދި އުރުދުޣާން ވަނީ ރާއްޖެ އާއި ތުރުކީ އާ ދެމެދު އޮތް ގާތްގުޅުން އިތުރަށް ބަދަހިކުރުމުގެ މަސައްކަތުގައި ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.
އަބްދުއްރަހީމް އަކީ ދިވެހި އަސްކަރިއްޔާގައި އެކި މަގާމުތަކުގައި މެދުނުކެނޑި 39 އަހަރު ހިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ. ރާއްޖޭން ތުރުކީއަށް ކަނޑައަޅުއްވާ ފުރަތަމަ ރެޒިޑެންޓް ސަފީރުކަމުގެ ގޮތުގައި އައްޔަންކުރުމުގެ ކުރިން އޭނާ ހުންނެވީ ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގަ އެވެ.
އަބްދުއްރަހީމް ސަފީރުކަމުގެ ފަތްކޮޅު ތުރުކީގެ ރައީސް އުރުދުޣާން އަށް މިއަދު އަރުވަނީ. --ފޮޓޯ: ފޮރިން މިނިސްޓްރީ
ރާއްޖެ އިން ފުރަތަމަ ފަހަރަށް ތުރުކީގައި އެމްބަސީއެއް ހަދަން ނިންމީ މި ސަރުކާރުން މިދިޔަ އަހަރު ޑިސެމްބަރު 10 ގަ އެވެ.
މި ސަރުކާރުން ވަނީ ތުރުކީ އާ ވަރަށް ގާތް ގުޅުމެއް ގާއިމްކޮށްފަ އެވެ. އަދި ރާއްޖޭގައި ސިފައިން މިހާރު އޮޕަރޭޓް ކުރާ ޑްރޯންތަކަކީ ވެސް ތުރުކީ އިން ގަނެފައިވާ ޑްރޯންތަކެކެވެ. އޭގެ އިތުރުން އެ ގައުމުން ބައެއް ކާޑުގެ ބާވަތްތައް އިތުރު ކުރުމާއި އެހެން ދާއިރާތަކުން ވެސް ގުޅުން ބަދަހި ކުރަން މި ސަރުކާރުން ވަނީ ނިންމާފައި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކާރުބާރު
30 August 2024
ތުރުކީގެ ސިފައިންނާއެކު ރަނގަޅު ގުޅުމެއް ބަދަހިވާނެ ކަމަށް އުއްމީދު ކުރަން!
ޑެޑީ
29 August 2024
ސިޔާސީ ވިސްނުމުގާ ހިދުމަތްކުރުމުގެ އިނާމު ރިޓަޔަރ ކުރުމުން އެ ލިބުނީ.
ޥަަނުވަަ
30 August 2024
ކަލޭއަށް މާބޮޓައް ތިއެގެނީ ވާނުވާ ނޭގުނަސަ އަނގަ ކޮފާތި
އަބްދުއްރަހީމު
29 August 2024
ތުރުކިޔޭ...
އަބްޑޫޅް +
30 August 2024
ދިވެހިބަހުން ކިޔަނީ "ތުރުކީ".