ޚަބަރު / އެޑްވަޓޯރިއަލް

ސްލީޕް އެޕްނިއާ ބަލި ދެނެގަނެ ފަރުވާ ހޯދުން މުހިންމު

01 ސެޕްޓެމްބަރ 2024 - 15:44

2 comments

ނިންޖަކީ މީހާގެ ދުޅަހެޔޮކަމާ ގުޅިފައިވާ ކަމެކެވެ. ފުރިހަމައަށް ހަރަކާތްތެރިވެ އުޅުމަށާއި ގުނަވަންތައް އެންމެ ފުރިހަމައަށް މަސައްކަތް ކުރުމުގައި ވެސް ނިދީގެ ދައުރު ބޮޑެވެ. ހަށިގަނޑަށް ބޭނުންވާ ނިދި މަދުވެ، ނިދި ނުލިބުމަކީ ނަފްސާނީ އަދި ސިއްހީ މައްސަލަތަކަށް ހުށަހެޅި، އާއްމު ދިރިއުޅުމުގެ އެކި ކަންތައްތަކަށް އަސަރުކުރުވާ ކަމެކެވެ. ނިންޖާ ގުޅޭ މައްސަލައެއް ކުރިމަތިވެއްޖެ ނަމަ އެކަމުގެ ފަރުވާ އަވަސްކުރަންޖެހެނީ މިހެންވެ އެވެ.

ނިދީގައި އެތައް އުނދަގޫތަކެއް ތަހައްމަލުކޮށް، ނިންޖަށް އަސަރުކުރާ ހިސާބަށް ނިދަން އުނދަގޫކުރުވާ އެއް ބައްޔަކީ ސްލީޕް އެޕްނިއާ އެވެ. މި ބައްޔަކީ ގިނަ ފަހަރު މައްސަލައެއް ކަމަށް އަމިއްލައަށް ދެނެގަންނަން ވެސް އުނދަގޫ ބައްޔެކެވެ. ބައެއް ފަހަރު އަލާމަތްތައް އަމިއްލައަށް ފާހަގަވިޔަސް، މި ކަމަކީ ބޮޑު ކަމަކަށް ނުހަދާ ދޫކޮށްލެވޭ މައްސަލަތަކުގެތެރޭގައި ހިމެނޭ ކަމެކެވެ.

"ގިނަ މީހުންނަށް ބަލީގެ އަލާމާތްތައް ކުރިމަތިވާ އިރު ވެސް ދެނެ ނުގަނެވޭ. އަދި އަލާމަތްތައް ފެނުނަސް މާ ބޮޑު ކަމެއްގެ ގޮތުގައި ދެކި ފަރުވާ ހޯދަން މަސައްކަތްކުރާ މިންވަރު ކުޑަ. އެހެން ދިމާވަނީ މި ބައްޔަކީ އާއްމުކޮށް ފެންނަން ހުންނަ އަލާމަތްތަކާ ތަފާތު އަލާމަތްތަކެއް ހިމެނޭ ހިޑަން ބައްޔަކަށް ވީމަ ކަމަށް ވެސް ވެދާނެ. އެކަމަކު މިއީ ފަރުވާ ހޯދުން މުހިންމު, ސިއްހީ އެކި މައްސަލަތަކަށް ހުށަހެޅެން ކުރިމަތިވާ ބައްޔެއް." ސްލީޕް އެޕްނިއާއާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން ރެސްޕިރޭޓަރީ މެޑިސިން ޑިޒީސަސް އެންޑް އިމިއުނޮލޮޖީ ސީނިއާ ކޮންސަލްޓަންޓް ޑރ. މުހައްމަދު ގާނިމް ވިދާޅުވި އެވެ.

ރެސްޕިރޭޓަރީ މެޑިސިން ޑިޒީސަސް އެންޑް އިމިއުނޮލޮޖީ ސީނިއާ ކޮންސަލްޓަންޓް ޑރ. މުހައްމަދު ގާނިމް.

ނޭވާލާ ނިޒާމާ ގުޅިފައިވާ މި ބައްޔަކީ ނިދީގައި ނޭވާލުން މަޑުޖެހި ނުވަތަ ކުޑަ އިރުކޮޅަކަށް ނޭވާ ހުއްޓި އަލުން ނޭވާލާން ފެށޭ ބައްޔެކެވެ. ކުޑަ ސިކުންތުކޮޅަކަށް ވިޔަސް މި ބަލިން ނޭވާލުން ހުއްޓުމަކަށް އަންނަ އައުމަކީ ގުނަވަންތަކަށް އޮކްސިޖަން ލިބުމުގައި ދަތިކަން އަންނާނެ ކަމެކެވެ. އަދި މި ކަމުގެ ސަބަބުން ހާޓް އެޓޭކް އާއި ސްޓްރޯކް ފަދަ ނުރައްކާ ބޮޑު ބަލިތަކަށް މަގުފަހިކުރުވަ އެވެ.

މި ބަލީގައި އެންމެ ފާހަގަކުރެވޭ އަލާމާތްތަކަކީ ބާރަށް ގުގުރި ދެމުމާއި ހޭލެވޭ އިރު އަނގަތެރެ އެއްކޮށް ހިކިފައި އޮތުމާއި ނިދީގައި ނޭވާލާން އުނދަގޫވުމެވެ. އަދި އަބަދު ވަރުބަލިކަން އިހުސާސް ކުރެވުމާއި ނިދި ހަމަނުވުމުގެ ސަބަބުން ތަނެއްގައި އިށީނދެލާއިރަށް ނިދުން ފަދަ ކަންތައްތަކަކީ މިކަމުގެ އަލާމާތްތަކެވެ. ހަކުރު ބައްޔާއި ބްލަޑް ޕްރެޝާ މައްޗަށް ދިއުން ފަދަ މައްސަލަތައް ކޮންޓްރޯލު ނުވާ ވަރަށް ގޯސްވުމާއި ކޮންޓްރޯލްކުރަން އުނދަގޫވުމުގެ ފަހަތުގައި ވެސް މި ބަލީގެ ދައުރު ވަރަށް ބޮޑެވެ. އަދި މި ފަދަ އަލާމަތްތައް ފާހަގަވާ ނަމަ އަވަހަށް ޑޮކްޓަރަށް ދައްކައި ޓެސްޓު ހެދުން ވަރަށް މުހިއްމެވެ.

ސްލީޕް އެޕްނިއާގައި މައިގަނޑު ދެ ވައްތަރެއް ހިމެނެ އެވެ. އެއީ ކަރުތެރޭގެ މަސްތައް ރިލެކްސްވުމުން ވައި ބަންދުވެ، ފުއްޕާމެއަށް ވައި ދަތުރުކުރުން ބްލޮކްވުމުން ކުރިމަތިވާ އޮބްސްޓްރަކްޓިވް ސްލީޕް އެޕްނިއާ އާއި ނޭވާލުމުގައި ބޭނުންކުރާ މަސްތަކަށް ސިކުނޑިން ދޭން ޖެހޭ ސިގްނަލްތައް ނުލިބި ނޭވާލާން އުނދަގޫވެ ކުރިމަތިވާ ސެންޓްރަލް ސްލީޕް އެޕްނިއާ އެވެ.

އާއްމުކޮށް އޮބްސްޓްރަކްޓިވް ސްލީޕް އެޕްނިއާގައި ނޭވާ ނުލެވި ނޭވާ ހާސްވެގެން އިރުކޮޅަކާ ހޭލެވޭނެ އެވެ. ބައެއް ފަހަރު ފަސް ފަހަރާއި 30 ފަހަރާ ދެމެދުގެ އަދަދަކަށް ހާސްވެ ހޭލެވިދާނެ އެވެ. ސެންޓްރަލް ސްލީޕް އެޕްނިއާގައި އާއްމުކޮށް ހޭލެވޭއިރު ހުންނާނީ ނޭވާ ކުރުވެފަ އެވެ. އަދި މި ބަލި ހުންނަ އިރު ގިނައިރު ނިދާފައި އޮންނަން އުނދަގޫވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

މި ބައްޔަށް ފަރުވާ ދިނުމުގައި ހުރީ ކޮން ވައްތަރެއްގެ ސްލީޕް އެޕްނިއާއެއްތޯ އަދި އެ ބަލި ހުރި މިންވަރަކީ ކޮބައިތޯ ދެނެގަންނަން ސްލީޕް ސްޓަޑީއެއް ހަދަން ޖެހޭނެ އެވެ. މި ބައްޔަކީ ނިދީގައި ގުނަވަންތަކަށް އޮކްސިޖަން ނުލިބި ނުރައްކާތެރި ބަލިތަކަށް ހުށަހެޅޭ ކަމަކަށްވެފައި، އާއްމު ދިރިއުޅުމުގައި ވެސް ނިދިޖެހި ނުރައްކާތެރި ހާލަތްތަކަށް ހުށަހެޅުމަށް މަގުފަހިވާ ބައްޔަކަށް ވުމުން، މި ބަލި ދެނެގަނެ އަވަހަށް ފަރުވާ ހޯދުން މުހިންމެވެ.

ނޯޓު: މިއީ އޭއެމްޑީސީގެ އެޑްވަޓޯރިއަލް އާޓިކަލްއެކެވެ.

2 ކޮމެންޓް, 12 ރިއެކްޝަންސް

icon happy icon happy 8%
icon sad icon sad 42%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 50%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

.ުޙައް.ަދު 123

05 September 2024

ފޮޓޯގައި އެވާ ބާލީހުގައި ގައުމީދިދަ އެއޮތީ ކީއްވެ. ކުލަތައް ބަދަލުކޮށްގެން ވިޔަސް ދިދަވާނީ ދިދައަށް. ބުލެކު އެންޑު ވައިޓު ކުރިޔަސް

The name is already taken The name is available. Register?

ައަހުމަދު މޯޑު

03 September 2024

ސުލީޕު މަޔޯ ކުލނިކިސް އަކީ ކޮބާ ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454