ގައުމީ މުބާރާތުގެ އެންމެ މޮޅު ފިރިހެން އެތުލީޓްގެ އެވޯޑް ހޯދި އިބާދުﷲ (ވ) އަށް ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ރިޔާޒު (ކ) އިނާމު ހަވާލުކޮށް ދެއްވަނީ --- ފޮޓޯ: ނިޝާން އަލީ | މިހާރު
07 ސެޕްޓެމްބަރ 2024 - 20:33
ގައުމީ އެތުލެޓިކްސް މުބާރާތުގެ އެންމެ މޮޅު ފިރިހެން އެތުލީޓްގެ އެވޯޑް ހަސަން ސައީދު އަތުން ގެއްލި، އިބާދުﷲ އާދަމް ހޯދައިފި އެވެ.
މިއަދު ހަވީރު ނިމުނު، މި އަހަރުގެ ގައުމީ މުބާރާތުގައި ފިރިހެން ސްޕްރިންޓްގެ 100 އާއި 200 މީޓަރުން ރަންވަނަ ގެންދިޔައީ އިބާދުﷲ އެވެ. ސަތޭކަ މީޓަރުގެ ރޭސް، އޭނާ ކާމިޔާބު ކުރީ ފައިނަލުގައި ސާއިދު ވެސް ފަހަތަށް ޖައްސާލުމަށް ފަހު އެވެ.
މީގެ ކުރިން ސާއިދު އަށް ގައުމީ މުބާރާތުގެ އެންމެ މޮޅު އެތުލީޓްގެ އެވޯޑް ގެއްލުނީ 2018 ގަ އެވެ. އެ އަހަރު އެންމެ މޮޅު އެތުލިޓްގެ އެވޯޑް ހޯދީ ހުސައިން ފަޒީލް ހާރޫނެވެ.
އޭގެ ފަހުން ވިދިވިދިވިދިގެން ފަސް އަހަރު، އެންމެ މޮޅު އެތުލީޓްގެ އެވޯޑް ސާއިދު ހޯދި އެވެ.
ގައުމީ މުބާރާތުގެ އެންމެ މޮޅު އެތުލީޓުންގެ އެވޯޑް ހޯދި އިބާދުﷲ އާއި ފަސޫހާ --- ފޮޓޯ: ނިޝާން އަލީ | މިހާރު
ކުރިން އޭނާ ވަނަ، ހޯދާ 200 މީޓަރުގެ ރޭހުގައި މިފަހަރު ވާދައެއް ނުކުރެ އެވެ. އެކަމަކު 4 ގުނަ 100 މީޓަރު ރޭހުގައި ވާދަކޮށް، ދިވެހި ސިފައިންގެ ކްލަބަށް އެއްވަނަ ހޯދައި ދިނުމުގައި ހިއްސާވި އެވެ.
މުބާރާތުގެ އެންމެ މޮޅު އަންހެން އެތުލީޓްގެ އެވޯޑް ހޯދީ ފަސޫހާ އަހްމަދެވެ.
ފިރިހެން ޑިވިޝަނުން އެންމެ މޮޅު ކްލަބްގެ އެވޯޑް ހޯދީ ދިވެހި ސިފައިންގެ ކްލަބެވެ. އެ ކްލަބުން އެންމެ މޮޅު ކްލަބްގެ އެވޯޑް މި ހޯދީ މެދުކަނޑުމަކަށް ފަހު، ޖުމުލަ 17 ވަނަ ފަހަރަށެވެ. އަންހެން ޑިވިޝަނުގެ އެންމެ މޮޅު ކްލަބަކީ ޓްރެކް އެންޑް ފީލްޑެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަރަންޖީ
08 September 2024
ހޭޓާސް ވިލް އޯލްވޭސް ހޭޓް... ސާއިދު ހިތްވަރު އެލުވާނުލާތި. އިބާދުﷲ އާއެކު ދެ އެތްލީޓުންވެސް އެކަކު އަނެކަކު އަތުން ހިތްވަރު ހޯދައި ގައުމަށް ރީތިނަން ހޯދާދޭން މަސައްކަކުރާތި.
ފެކްޓް.
07 September 2024
މނޑފ ގައި އުޅޭ ބޭކާރު މީހެއް ތި ސާއިދު އަކީ. ޤައުމުގެ ދިފާއުގައި ދުވެ ފިލަންތޯ އޭނައަށް ވަޒީފާދީފައި އެ ހުންނަނީ. އެއްކަމެއް ކުރުމުގައި މުޅި އުމުރު ޓްރޭނިންގ އަށް ރާއްޖޭން ބޭރުގައި. ލިބޭ މެޑަލްވެސް ލިބެނީ ކޭތަ ހިފާހެން. ބޭކާރު.
ޙަޒްނާ
08 September 2024
ފޮނިވެސް މީހެއް.
ޒިއަކް23
08 September 2024
ސާއިދޭ އެއީ އިސްރާފެއް.. ވަރަށް ފޮނި ބޮޑު އެހެންވެ ފޫހިވީ.. ދަޢުލަތުުން ބޭކާރު ހަރަދު ކޮށްގެން އޭނާ ޓުުރެއިން ކުރުުމަށްވުރެއް ކުރުން އަޢުލާކަން ބޮޑު މާ ގިނަ ކަންކަަން އެބަހުރި..
އަލީ ގަމްރީޒް
08 September 2024
ބައެއް މީހުން މޮޅުވާނީ އަތުންފައިން ކަމެއް ނުކޮށް ކޮފީ މޭޒު ދޮށުގައި އިނދެެގެން ކޮމެންޓުކުރަން. އަނެއްބައި މީހުން ހީވާގިވެ ރެއާދުވާލު ޓްރެއިންކޮށް ގައުމަށް ރީތިނަން ހޯދައިދިނުމަށް ބުރަ މަސައްކަތްކުރޭ. އަދި އެކަން ހާސިލުވެސް ކުރޭ. އެއްކަމެއް ކުރުމުގައި ވިޔަސް ތިބޭޅާއަށް ވުރެ މިގައުމަށް އޭނާ ދޭ ކޮންޓްރިބިއުޝަން ހާސްބައި ބޮޑު. ޝުކުރިއްޔާ ސާއިދު