ހިންދީ ޑްރާމާތަކުން މަޝްހޫރުވި އެކްޓަރު ވިކާސް ސެޓީގެ ކުރީގެ ފޮޓޯއެއް.
09 ސެޕްޓެމްބަރ 2024 - 06:12
ހިންދީ ޑްރާމާތަކުން މަޝްހޫރުވި އެކްޓަރު ވިކާސް ސެޓީ އިއްޔެ މަރުވެއްޖެ އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، އުމުރުން 48 އަހަރުގައި ވިކާސް މަރުވީ ނިދާފައި އޮއްވާ ހާޓް އެޓޭކެއް ޖެހިގެންނެވެ.
އޭނާގެ އަންހެނުން ޖާންވީ ސެޓީ ބައެއް މީޑިއާތަކަށް ބުނީ އެމީހުން ތިބީ އާއިލީ ހަފުލާއަކަށް އިންޑިއާގެ އުތުރުގެ ސިޓީއެއް ކަމަށްވާ ނާޝިކްގަ އެވެ. އެ ސިޓީގައި ހުންނަ އޭނާގެ މަންމަގެ ގެއަށް ދިޔަ ފަހުން ވިކާސް އުޅުނީ ހޮޑުލައި ބޭރަށް ހިންގާތީ ކަމަށް އޭނާ ބުންޏެވެ.
"އޭނަ ބޭނުމެއް ނުވި ޑޮކްޓަރަށް ދައްކަން ހޮސްޕިޓަލަށް ދާން، އެހެންވެ، ޑޮކްޓަރު ކައިރީގައި ގެއަށް އަންނަން ބުނީ. އޭގެ އަނެއް ދުވަހު ހެނދުނު ހައެއް ޖަހާކަށް ހާއިރު، އޭނާ ނިދާފައި އޮއްވާ ގޮވައިގެން ނުހޭލީމަ އެނގުނީ މަރުވެފައިކަން،" ޖާންވީ ބުންޏެވެ.
ހިންދީ ޑްރާމާތަކުން މަޝްހޫރުވި އެކްޓަރު ވިކާސް ސެޓީގެ ފަހުގެ ފޮޓޯއެއް.
ވިކާސް މަރުވީ ނިދާފައި އޮއްވާ ހާޓް އެޓޭކެއް ޖެހިގެން ކަމަށް ޑޮކްޓަރާ ހަވާލާދީ ޖާންވީ ބުންޏެވެ.
ގިނަ ބަޔަކު ވިކާސް ދަންނަނީ ސްޓާ ޕްލަސް އިން ގެނެސްދިން ޑްރާމާ ސިލްސިލާ "ކިޔުކީ ސާސް ބީ ކަބީ ބަހުތީ" އާއި "ކަހީ ތޯ ހޯންގާ" އަދި "ކަސޯޓީ ޒިންދަގީ ކީ"ގައި އޭނާ ކުޅުނު ރޯލުތަކުންނެވެ. އަދި ބޮލީވުޑްގެ މަޝްހޫރު ބައެއް ފިލްމުތައް ކަމަށްވާ "ކަބި ހުޝި ކަބި ގަމް" އާއި "މެއި ހޫ ނާ"ގައި ވެސް އޭނާ ސައިޑް ރޯލުތައް ކުޅުނެވެ.
މިފަހުން އޭނާ ގިނައިން ފެނުނީ އިޝްތިހާރުތަކުންނެވެ.
ވިކާސް އާއި ޖާންވީ ކައިވެނިކުރީ 2018 ގަ އެވެ. އަދި އެ ދެމަފިރިންގެ ތިން އަހަރުގެ އެއްމާބަނޑު ދެ ކުދިން ތިބެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަސްކަސް
09 September 2024
މިހާރު ދެން މުސްކުޅިވާ އުމުރުކަމަށް ކިޔަންވީ 48. 65ގަ ލައްވާލަނީ މަދު މީހެއްހެން ހީވަނީ ދެން އަންނަ އަހަރުތަކުގަ
ކިއްލާ2222
10 September 2024
މަރުވަނީ ކޮންމެ ހެން މުސްކުޅި ވެގެނެއް ނުން! ވިކާސް އެ މަރުވީ ޒުވާން އުމުރުގަ! 48 އޭ ހަމަ ޒުވާން އުމުރެއް! އޭނަގެ ދެ ކުދިން ނަށް ވެސް އަދި ނުވޭ 5 އހަރު ވެސް!
ނޯ ނޭމް111
09 September 2024
އުމުރު ކުރު ދޯ ވިކާސް ގެ!