ޚަބަރު / ޕޭޕަލް

ޕޭޕަލް ތައާރަފް ކުރަން ހުރި ދަތިތައް ހައްލުކުރަން އެމެރިކާގެ އެހީތެރިކަން ލިބޭ: ޒަމީރު

އެމެރިކާ އެމްބަސީ އަށް އަހަރު ފުރުން ފާހަގަ ކުރަން ބޭއްވި ހަފްލާގައި ޒަމީރު ވާހަކަ ދައްކަވަނީ

10 ސެޕްޓެމްބަރ 2024 - 09:47

23 comments

ރާއްޖޭގައި ޕޭޕަލްގެ ހިދުމަތް ފަށަން ހުރި ގޮންޖެހުންތައް ހައްލު ކޮށްދިނުމަށް އެމެރިކާގެ ސަރުކާރުން ވަރަށް ބޮޑެތި އެހީތެރިކަމެއް ދޭ ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

ޒަމީރު މިހެން ވިދާޅުވީ ރާއްޖޭގައި އެމެރިކާގެ އެމްބަސީ ގާއިމް ކުރިތާ އެއް އަހަރު ފުރުން ފާހަގަކޮށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ޒަމީރު ވިދާޅުވީ، އެމެރިކާ އެމްބަސީގެ އެހީތެރިކަމާ އެކު ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން އެންމެ އުންމީދީ އެއް ކަމަކީ ރައްޖެ އަށް ޕޭޕަލްގެ ހިދުމަތް ތައާރަފް ކުރުމަށް ކުރަމުން އަންނަ މަސައްކަތް ކަމަށެވެ.

އެއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވަރަށް މުހިންމު ރިޔާސީ ވައުދެއް ކަމަށާއި އެ ހިދުމަތް ތައާރަފް ކުރަން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވެސް ކެނޑިނޭޅި މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ޒަމީރު ވިދާޅުވި އެވެ.

ރާއްޖޭގެ މާކެޓް ކުޑަވުމާ ގުޅިގެން ޕޭޕަލް ގެންނަން ދަތިތަކެއް ހުރި ކަމަށާއި ނަމަވެސް އެ ގޮންޖެހުންތަކުން އަރައިގަތުމަށް އެމެރިކާ ސަރުކާރުން ވަރަށް ބޮޑަށް އެހީތެރިވާ ކަމަށް ޒަމީރު ވިދާޅުވި އެވެ.

"ޕޭޕަލް ތައާރަފް ކުރުމުގެ ސަބަބުން އިގްތިސާދަށް އިންގިލާބީ ބަދަލުތަކެއް އައިސް، އިގްތިސާދީ ބައިވެރިވުން ވަރަށް ބޮޑަށް އިތުރުވެގެން ދާނެ،" އޭނާ ވިދާޅުވި އެވެ.

އެ ހަފްލާގައި ވާހަކަ ދައްކަވަމުން ޒަމީރު ވަނީ ޔޫއެސްއެއިޑާއި އެ ގައުމުގެ ސަރުކާރުން ރާއްޖެ އަށް ދެމުން ގެންދާއެހީތައް ފާހަގަ ކުރައްވައިފަ އެވެ. އަދި ކުރިޔަށް އޮތް ތަނުގައި މާލެއިން ވިސާ ލިބޭނެ ގޮތް ހަމަޖެހިގެން ދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ޒަމީރު ވިދާޅުވި އެވެ.

ދުނިޔޭގެ އެކި ސަރަހައްދުތަކުން ފައިސާ ފޮނުވާ އަދި ފައިސާ ލިބިގަތުމަށް ބޭނުންކުރާ މަޝްހޫރު ޕޭމަންޓް ސިސްޓަމް "ޕޭޕަލް" ރާއްޖެ އަށް ތަރާއަފު ކުރުމަށްޓަކައި ދިވެހި ސަރުކާރުގެ ޕްރޮޕޯޒަލް މިދިޔަ މަހުގެ ފަހުކޮޅު އެ ކުންފުންޏަށް ފޮނުވާފައިވާ ކަމަށް މިނިސްޓަރު ސައީދު ވަނީ ވިދާޅުވެފަ އެވެ.

"އަޅުގަނޑުމެން މި އިންތިޒާރު ކުރަނީ ވަރަށް އަވަހަށް އިރާދަކުރެއްވިއްޔާ ކޮންމެވެސް ކަހަލަ އެއްބަސްވުމަކަށް އަޅުގަނޑުމެންނަށް އާދެވޭނެ ކަމަށް. ސީދާ އަޅުގަނޑު ނެތިން ދަންނަވާކަށް މިވެނި ދުވަހަކުއޭ ޕޭޕަލްގެ ހިދުމަތް ރާއްޖޭގައި ފެއްޓޭނީ. އެހެން ނަމަވެސް އިރާދަކުރެއްވިއްޔާ ޕޭޕަލް ރާއްޖެ އަށް ގެނެވޭނެ އަޅުގަނޑުމެންނަށް،" ސައީދު ވިދާޅުވެފައި ވެ އެވެ.

23 ކޮމެންޓް, 17 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 35%
icon wow icon wow 29%
icon inlove icon inlove 35%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވައިބަރ ފޭން

11 September 2024

މިތަނުގައި ވައިބަރ ބޮއިކޮޓް ކުރަން ގޮވާ މީހުންނަކަށް ނޭނގޭތަ ވައިބަރ އަކީ އިޒްރޭލްގެ އުފެއްދުމެ ކަމުގައި ވިއަސް 2014 ވަނަ އަހަރުން އެކުންފުނި ގަނެފައިވަނީ އަދި އޯނަރަކީ ޖަފާނުގެ ރަކޫޓެން ކުންފުނިކަން؟ މިހާރު އެ ބޮއިކޮޓް ކޮށްގެން އިޒްރޭލްއަށް ކޮން ގެއްލުމެއް ލިބޭނީ؟

The name is already taken The name is available. Register?

ޒޫނާ މުހައްމަދު

10 September 2024

ޕޭޕަލް މިގައުމަށް ގެންނާނީ ރައީސް މުއިއްްޒް

The name is already taken The name is available. Register?

ފަހުދު.

10 September 2024

ޕޭޕެލް ބުނީ ނޫޅެމޯ އަންނާކަށް

The name is already taken The name is available. Register?

ލައިކްް

10 September 2024

ޕޭޕަލް ގެންނާނަމޭ އެންމެންވެސް ކިޔަނީ. އެއްވެސް މީހަކަށް ގެނެވޭ ކަމަކަށް ނުވޭ. އެކަމަކު މި ސަރުކާރުން މިހާތަނަށް މިކަމަށް ވަރަށް މަސައްކަތް ކުރާ ކަމަށް ފަާހަގަ ވޭ

The name is already taken The name is available. Register?

އައޫފް

10 September 2024

ޕޭޕަލް ގެނޭ. ޕޭޕަލް ގެނޭ. ލަސް ވެސް ވެއްޖެ

The name is already taken The name is available. Register?

އަލީ އާޒިމް

10 September 2024

މޮޅު ކަމަކީ ވައިބަރ ބޭނުން ކުރަން ރައްޔިތުންނަށް އޯކޭ. އެއީ ސީދާ އިޒްރޭލުގެ އެއްޗެއް. އެކަަމަކު ޕޭޕަލް ގެންނަން އެމެރިކާ އާ ވާޙަކަ ދެއްކީމަ ގޯސް މި ވަނީ. ބޮނީ ނެސްކެފޭ އެކަމަކު ކޯކް ބޯ މީހާ އާ ދިމާލަށް އެއްޗެސް ކިޔަނީ. މިހެން ގޮސް ކިޔާނެ ކަމެއް ނެތް. ރާއްޖޭގައި 50 ޕަރސެންޓް ހުރީ އިޒްރޭލުގެ އެއްޗެސް ނޫނީ އެމެރިކާއާ ގުޅުން ހުރި އެއްޗެސް. ކާ އެއްޗަކަސް ބޯ އެއްޗަކަސް. ލާ އެއްޗަކަސް. ސުވާލަކީ މިހުރިހާ އެއްޗެސް ނުލާ އުޅެވޭނެ ހޭ ރައްޔިތުންނަށް؟

The name is already taken The name is available. Register?

ވައިބާ ފޭން

11 September 2024

ތިޔަހާ ގަމާރު ނުވެ ބަލަ! ވައިބަރ އަކީ އިޒްރޭލްގެ އުފެއްދުމެއް ކަމުގައި ވިއަސް މީގެ 10 އަހަރު ކުރިން އެކުންފުނި ވަނީ ޖަޕާނުގެ ރަކުޓެން ކުންފުނިން ގަނެފައި. މިހާރު ވައިބާ ޕްލެޓްފޯންގެ އޯނަރަކީވެސް ރަކުޓެން. ދެން ވައިބާ ބޮއިކޮޓް ކޮށްގެން އިޒްރޭލްއަށް ކޮން ގެއްލުމެއް ލިބޭނީ؟ ތުންތުން މަތިން ދައްކާ ހާ ވާހަކަ އަޑުއަހައިގެން ކޮމެންޓްކުރީމައި ސޯޓްބޭލޭނީ!

The name is already taken The name is available. Register?

ޝުއައިބްް

10 September 2024

އެމްޑީޕީ މީހުން ދޮގާ މަކަރުގައި މީހުން އޮޅުވާލާ ޒަމާން ނިމުމަކަށް ދާނެ. މިކަން ވާ ހިސާބުން މި ވެރިކަން 2 ވަނަ ދައުރަކަށް ހިފަހައްޓަން ކޮންމެ ކަމެއް ކުރަންޖެހުނަސް ހުންނާނީ ތައްޔާރަށް.

The name is already taken The name is available. Register?

ނީކްް

10 September 2024

ސާބަހޭ. ތިހެން ވާން ޖެހޭނެ. ޖަސްޓް އޯލް ވީއާާ އާސްކިން

The name is already taken The name is available. Register?

ގޮމާ

10 September 2024

އެކޮއެ ރިޔާސީ އިންތިޚާބް ބޯމަތިވާ އިރު ހުންނާނީ ނިކަން އަތްމަތި ދަތިވެފައި، އަހަރުމެން ދަންނަ ރައިވަރެއް ތިޔާއީ

The name is already taken The name is available. Register?

ހުޝާންް

10 September 2024

ބައިނަލްއަޤްވާމީ އެއްބާރުލުން ދިނުމުން ރާއްޖޭގައި ޓެކްނޮލޮޖީގެ ކުރިއެރުންތަކެއް ލިބޭތަން ފެނުމަކީ ހިތްވަރު ލިބޭ ކަމެއް

The name is already taken The name is available. Register?

މިޝްކާާ

10 September 2024

ޕޭޕަލް ތައާރަފް ކުރުމުން ރާއްޖޭގެ އިގްތިސާދަށް އިންގިލާބެއް އަންނާނެ. އަހަރެމެންގެ ރައީސްގެ ވައުދު ފުއްދާނެ.

The name is already taken The name is available. Register?

ނޫމާންް

10 September 2024

ޕޭޕަލް ލޯންޗް ކުރާނެ ކަމުގެ އިންތިޒާރަކީ ރާއްޖޭގެ މާލީ އިންފްރާސްޓްރަކްޗަރ ޒަމާނީ ކުރުމަށް އެޅިފައިވާ ހެޔޮ ފިޔަވަޅެއް ދައްކުވައިދޭ ކަމެއް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454