ޚަބަރު

މިނިސްޓްރީގެ އެންގުމާ ތަބާނުވެ، ފަޒީލާ ހިޖާމާ ޖެހުން ކުރިއަށް

ފަޒީސް ހިޖާމާގެ ތެރަޕީގެ ވެރިޔާ ފަޒީލާ: ހުއްދަ ނެތި އެ ހިދުމަތް ދިނުން ހުއްޓާލަން އެންގުމުން ވެސް އެ ހިދުމަތް ގެންދަނީ ދެމުން

12 ސެޕްޓެމްބަރ 2024 - 12:39

44 comments

ހުއްދަ ނެތި ހިޖާމާ ޖެހުމުގެ ހިދުމަތް ހުއްޓާލުމަށް ހެލްތު މިނިސްޓްރީން އަންގާފައި ވަނިކޮށް ފަޒީލާ އުސްމާން އެ މަސައްކަތް ކުރިއަށް ގެންދަން ފަށައިފި އެވެ.

ހެލްތު މިނިސްޓްރީން އިއްޔެ ކުރި އިއުލާނުގައި ބުނީ ރަޖިސްޓްރީކޮށް، އޮޕަރޭޓިން ލައިސެންސް ލިބެންދެން "ފަޒީސް ހިޖާމާ" ތެރަޕީގެ ހިދުމަތްތައް ހުއްޓާލުމަށް އަންގާފައިވާ ކަމަށެވެ. އެއާ ހިލާފަށް މަސައްކަތްކުރާ ނަމަ ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު މިނިސްޓްރީން ދިނެވެ.

އޭގެ އިތުރުން ފަޒީލާގެ ހިޖާމާ ހިދުމަތް ޕްރޮމޯޓް ކުރުމަށް ސޯޝަލް މީޑިއާގައި ކޮށްފައިވާ އިޝްތިހާރުތަކަކީ މިނިސްޓްރީގެ ހުއްދަ ލިބިގެން ނޫނީ ކުރެވޭނެ ކަމަކަށް ނުވާތީ އެ އިޝްތިހާރުތައް ނެގުމަށް ވެސް ވަނީ އަންގައިފަ އެވެ. އަދި ބަލި މީހުންގެ މެޑިކަލް ރިޕޯޓުތަކުގެ މައުލޫމާތަކީ އެންމެ ރައްކާތެރި އަދި ސައްހަ މައުލޫމާތުކަން ކަށަވަރު ނުވާތީ އެ ރިޕޯޓުތައް ނެގުމަށް ވެސް އޭނާއަށް އަންގާފައިވެ އެވެ.

ނަމަވެސް މިނިސްޓްރީން އެގޮތަށް އެންގި ފަހުން ފަޒީލާގެ ފޭސްބުކް ޕޭޖުގައި ބުނީ ހިޖާމާ ޖެހުމުގެ ހިދުމަތް މެދުކަނޑާނުލާ ކަމަށެވެ.

"ހިޖާމާ ޖެހުން ދާނީ ކުރިއަށް." އިއްޔެ ހަވީރު ކުރި ޕޯސްޓުގައި ބުންޏެވެ.

އޭގެ ފަހުން ހިޖާމާ ޖެހުމަށް މެސެޖު ކުރުމުން އޭނާ ވަނީ އެޕޮއިންޓްމަންޓް ހަމަޖައްސައިދީފަ އެވެ. އަދި ހަމުގެ އެކި ބަލިތަކަށް ހިޖާމާއިން ރަނގަޅުވާ ކަމަށް ބުނެ މީހުންގެ ފޮޓޯތަކާއެކު ސޯޝަލް މީޑިއާގައި މިއަދު ގިނަ ޕޯސްޓުތަކެއް ކޮށްފައިވެ އެވެ.

ހެލްތު މިނިސްޓްރީން ބުނީ ހުއްދަ ނެތި ހިޖާމާ ޖެހުމުގެ ހިދުމަތް ދޭނަމަ، ޖިނާއީ ތަހުގީގެއް ހިންގަން ފުލުހަށް ވެސް ހުށަހަޅާނެ ކަމަށެވެ.

ހުއްދަ ނެތި ހިޖާމާ ޖަހާތީ އެކަން ނުކުރުމަށް ތަކުރާރުކޮށް ފަޒީލާއަށް ކުރިން ވެސް އެންގި އެވެ. އަދި ހަކުރުބައްޔަކީ ހިޖާމާއިން ކޮންޓްރޯލް ކުރެވޭ ބައްޔެއް ކަމަށާއި ބޭސްތަކުގެ ބަދަލުގައި ހިޖާމާ ޖެހުމަށް ބާރު އަޅައި އިޝްތިހާރުތައް ކުރުމުން ޑައިބެޓިކްސް ސޮސައިޓީ ފަދަ ތަންތަނުން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ.

ފަޒީލާ "މިހާރު" އަށް ކުރިން ދިން އިންޓަވިއުއެއްގައި ބުނީ ދުވާލެއްގެ މައްޗަށް ތިރީހަކަށް މީހުން އޭނާ ކައިރިން ހިދުމަތް ހޯދާ ކަމަށެވެ. އަދި އޭގެ ކޮންމެ ސެޝަނަކަށް 1،000ރ. ގެ މަގުން އޭނާ ނަގަމުން އަންނައިރު ދުވާލެއްގެ މައްޗަށް 30،000ރ. އަށް ވުރެ ބޮޑު އާމްދަނީއެއް އޭނާ ބުނާ ނިސްބަތުން ބަލާއިރު ލިބޭނެ އެވެ. އެއީ މަހެއްގެ މައްޗަށް 800،000 އެއްހާ ރުފިޔާ އެވެ.

44 ކޮމެންޓް, 28 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކޔޒހ

12 September 2024

މީނައަށް ފިޔަވަޅު އަޅައިފިއްޔާ މާދަމާ މޫނުބުރުގާ އަޅާ ގުރޫޕު ނުކުންނާނެ މުޒާހަރާއަށް

The name is already taken The name is available. Register?

ޖާދޫ

12 September 2024

މިދިވެހި ދައުލަތްވަނީ ޕެރެލައިޒްވެފަ، ދައުލަތުގެ ޙަރަދު ބޮޑުވެގެން މުޅި ދައުލަތުގެ ޙަޒާނާ ހުސްވާއިރުވެސް ކުރީ ސަރުކާރުން ފެނަކަ، މިފްކޯ އަދި ދައުލަތުގެ އެހެނިހެން މުވައްސަސާތަކަށް ނަގާފައިވާ މީހުންވެސް ކަނޑާލަންނުކެރި އަދި ހަމަ އެމަޤާމްތަކަށް މިސަރުކާރުންވެސް މީހުންނެގުމުގެ ސަބަބުން މުޅިދައުލަތުގެ ޙަޒާނާ ހުސްވެގެންއުޅެނީ، ފަޒީލާވެސް ދައުލަތައް ގޮންޖަހާފައެބުނަނީ ބަންދު ނުކުރާނަމޭ، އެއްވެސްފިޔަވަޅެއް އަޅާކަށްނުކެރޭ، އެހެންވީމަ މުއިޒްގެ ސަރުކާރަކީ

The name is already taken The name is available. Register?

މުކޭސް އަންގާނީ

12 September 2024

މާދަމާވެސް އަންގާނީ. އަނެއްދުވަހުވެސް އަންގާނީ. އަނެއްކާވެސް އަންގާނީ. ދެންވެސް އަންގާނީ. ފަހުންވެސް އަންގާނީ.

The name is already taken The name is available. Register?

ފޯޅަވަހި ސަރުދާރ-070924

13 September 2024

ރަނގަޅު ހަމަ އަންގަމުންދާނީ... ހިޖާމާ ޖެހުން ހުއްޓުވޭނެ ގާނޫނީ ހައިސިއްޔަތެއް ހެލްތު މިނިސްޓްރީއަކު ނޯއްނާނެ.. "ސޯޝަލް މީޑިއާގައި ކޮށްފައިވާ އިޝްތިހާރުތަކަކީ މިނިސްޓްރީގެ ހުއްދަ ލިބިގެން ނޫނީ ކުރެވޭނެ ކަމަކަށް ނުވާތީ އެ އިޝްތިހާރުތައް ނެގުމަށް ވެސް ވަނީ އަންގައިފަ އެވެ" ސޯޝަލް މީޑިއާގަ އިޝްތިހާރުޖަހަން މިނިސްޓްރީގެ ހުއްދަބޭނުން ނުވާނެ،،!

The name is already taken The name is available. Register?

ރޯނޭ

12 September 2024

ފަޒީލާ ހުޅުމާލެއިން ބިންގަނެ ގެދޮރު އަޅާ ކާރުގަނެ އަމިއްލަ ބިޒްނަސް ފަށާ ޔޫރަޕް ޓުއާ އަޅާ ލަގްޒަރީ ކޮން އުޅެލަނި ހަމަ ހިޖާމާ ޖަހައިން ހޯދާ ފައިސާއިން.. އަހަރުން ގުދާރު ބިންދައިން ކީއްތަމިކުރަނި ދިވެހިން މޮޔަހައްދައިން ހިޖާމާ ކުޅިވަރު ފަށަންވި

The name is already taken The name is available. Register?

ހޮޓްކިންގ

12 September 2024

އަމުރަކަށް ނުކިޔަމަންތެރި ވުމަކީ ހައްޔަރު ކުރެވޭނެ ޢަމަލެއް. ޞިއްޙީ ކަންކަމަކީ އާމްދަނީ ހޯދަން ކުރިޔަސް އެކަމުގެ ތަރަހައިގެ ތެރޭގައި އުސޫލުތަކާއި ހުއްދަތައް އޮވެގެން ކުރަންވާނެ ކަންކަން. ތި އަންހެނާ ހައްޔަރު ކުރަން ގޮވާލަން.

The name is already taken The name is available. Register?

ތުނޑުހަސަނު

12 September 2024

މޫނު ބުރުގާ އެޅުމަކީ ދީންވެރިކަން ދައްކަން ކުރާ ކަމެއްތަ! ދައުލަތުގެ ގާނޫނުތަކަށް ބޯލެނބުމަކީ ނުވަތަ ވަލިއްޔުލް އަމުރަށް ކިޔަމަންތެރިވުމަކީ ދީނުގައި އޮންނަކަމެއް ނޫންތަ! މިއީ ކޮންކަހަލަ އަންހެނެއް. ކަންމަތީ ގްރޫޕްތަކަށް ލިިބިފައި އޮންނަކަހަލަ ބާރުވެރިކަމެއް ލިބިފައި އޮތީތަ! އެހެންޏާ ކޮންމެ ސަރުކާރެއްގައިވެސް މީނާ މިއުޅެނީ މިހެން. ދައުލަތަަށްވުރެ ވެސް މަތީގައި މީނާ މިއުޅެނީ.

The name is already taken The name is available. Register?

އަހުމަދު އަތީގު

12 September 2024

ދީނާ ދެކޮޅަށް ވާހަކަ ދައްކަނީ ކީއްވެ. ކަލެއްށް ރަނގަޅަށް އެނގޭނެ މި ދިވެހި ދައުލަތަކީ ކޮން ކަހަލަ ބައެއް ކަން. ހުއްދަ ނުދޭނެކަން

The name is already taken The name is available. Register?

ޏަެިނާ

12 September 2024

މޫނު ބުރުގަލާ ނުބެހި ނުވޭދޯ ހަމަ. ކުށްކުރާ ކޮންމމެ މީހެއްގެ ހެދުމަކާ ނުބެހޭ. ގައިމު 33 އަހަރުގައި 100 ފަހަރަށް ހައްޔަރުކުރި މީހެއްގެ ވާހަކަވެސް އޮތް ނޫސްތަކުގައި. އެއްވެސް މީހަކު ނެތް އެމީހާގެ ހެދުމާ ބެހިފައެއް. ކުށްކުރާމީހުން އުޅޭނެ ހުރިހާ ހެދުމެއްގައިވެސް މޫނު ބުރުގަލާ ނުބެހޭ.

The name is already taken The name is available. Register?

ރައްޓެ

12 September 2024

ހާދަ ހިތްމައްޗައް އަރައިގެން އުޅޭ އަންހެނެކޭ ދޯމީ. މާގަދަ ބަރު ދައްކައިގެން ނޫޅެވޭނެ.

The name is already taken The name is available. Register?

އަމުރަށްތަބާވޭ

12 September 2024

އޭނާ ހުއްދަ ނުނަގާން އުޅެނީތޯ ނުވަތަ އޭނާއަށް ހުއްދަ ނުދެނީތޯ ނުވަތަ އެކަމަށް އުސޫލެއް ހެދިފަ ނެތީތޯ ބަލާ މައްސަލަ ރަނގަޅުގޮތަކަށް ހައްލުކުރަންވެއްޖެނު. ހުއްދަނހޯދާ ހިދުމަތްދެނީއޭ ކިޔާތީ ހީވަނީ ތިޔަމީހަކު ހުއްދަނުހޯދާ ކުރާހިުންއުޅޭ ކަމެއްހެން.

The name is already taken The name is available. Register?

ަމޫބެ

12 September 2024

އޭނާގެ މެޑިކަލް ކޮލިފިކޭޝަނެއް ނެތީ، މެޑިކަލް ހިދުމަތްދޭ ގިނަ މީހުން 5 އަހަރު ވަރު ކިޔަވާނެ،

The name is already taken The name is available. Register?

ބާބް

12 September 2024

މިމަންޖެ ހާދަ މުއްސަންޖެއް ވާނެތާ މިހާރު! މަހަކި 8 ލައްކަ ވިއްޔާ އެނަގަނީ.

The name is already taken The name is available. Register?

ހަމިއްޓޭ 2

12 September 2024

ފަޒީ ވިޔަސް އެހެންމީހަކުވިޔަސް އެންގުންތަކަށް ބޯލަނބަންޖެހޭނެ، ކޮންމެ ހިޖާމާއަކީ 1000 ރުފިޔާ ، ދުވާލަކަށް މަދުވެގެން 30،000 ރުފިޔާ ނުވަލައްކަރުފިޔާ، ރާއްޖޭގަ ފަރުވާގެ ނިޒާމް ބޮއްސުންލާފަ، އެންމެން އަބަދު ބަލި، ކުލިނިކުން ޑަކްޓަރަށް ދައްކަން އެބަނަގާ އެވްރެޖްކޮށް 400 ރފ. އާސަންދައަށް 100 ރުފިޔާ. އައިޖީ އެމްއެޗް ކިޔޫ އެހާދިގު، އެންމެން މިހާ ބަލިވާ ސަބަބެއްވެސް ބަލަންޖެހޭނު އެބަ. ހުންއައީ ޑރއަށް، ރޯގާ ޖެހުނީ ޑރއަށްދައްކަންވީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454