އީސީގެ ރައީސް ފުއާދު ތައުފީގް: އޭނާގެ މެމްބަރުކަމުގެ ދައުރު ހަމަވާތީ އެ ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލާން ވަނީ ހުޅުވާލާފައި --- ފޮޓޯ/މިހާރު
12 ސެޕްޓެމްބަރ 2024 - 17:49
އިލެކްޝަން ކޮމިޝަން (އީސީ) ގެ ރައީސް ފުއާދު ތައުފީގުގެ ދައުރު ހަމަވާތީ އެ ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލާން ރައީސް އޮފީހުން މިއަދު ހުޅުވާލައިފި އެވެ.
އީސީގެ މެމްބަރު ކަމަށް ކުރިމަތިލާން ހުޅުވާލީ އެ ކޮމިޝަންގެ ރައީސް ފުއާދުގެ މެމްބަރުކަމުގެ ދައުރު އަންނަ ނޮވެމްބަރު މަހު ހަމަވާތީ އެވެ. އޭނާ އެ މަގާމަށް އައްޔަން ކުރެއްވީ ނޮވެމްބަރު، 2019 ގަ އެވެ.
ރައީސް އޮފީހުން ބުނީ އީސީގެ މެމްބަރުކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން މި މަހުގެ 23 ވަނަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށް އޮންނާނެ ކަމަށެވެ.
މެމްބަރު ކަމަށް ކުރިމަތިލެވޭނީ:
1. އުމުރުން 25 އަހަރުވެފައިވާ މީހުންނަށް
2. އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ވޭތުވެ ދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ޝަރީއަތަށް ސާބިތުވެފައި ނުވާ މީހުންނަށް
3. އިންތިހާބު ކުރެވޭ ނުވަތަ އައްޔަންކުރެވޭ ސިޔާސީ މަގާމެއް ފުރަމުން ނުދާ މީހުންނަށް
4. ސަރުކާރުގެ ނުވަތަ އެހެން ވެސް ތަނެއްގައި ވަޒީފާއެއް އަދާނުކުރާ މީހުންނަށް
އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ކަމަށް ބޭފުޅުން އައްޔަން ކުރައްވާނީ އެކަމަށް ކުރިމަތިލާ މީހުންގެ ތެރެއިން މަޖިލީހަށް ރައީސް ފޮނުއްވާ ނަންފުޅުތަކުގެ ތެރެއިން ނަމެއް މަޖިލީހުން ފާސްކޮށްގެންނެވެ. އަދި އެ ކޮމިޝަނުގެ ރައީސް އިންތިހާބު ކުރާނީ ކޮމިޝަނުގެ ފަސް މެމްބަރުންގެ މެދުގައި ނެގޭ ވޯޓަކުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަޖަމޯލާ
13 September 2024
ފުއާދު = ތައިލެންޑް ސަފީރު
ތަކުރުއްދީން
13 September 2024
ތި މަގާމަށް ފުވާދު ތައުފީގުވަރެއް ނެތް، ޝުކުރިއްޔާ ފުއާދު،
ނަށީދު
13 September 2024
ނަޝާތުއަށް ރައީސްކަން ލިބިއްޖިއްޔާ ރައީސް ޔާމީން މޮޅުވާނެ!
އޮނަރަބްލް އަފީފު ދީދީ
12 September 2024
އިލެކްޝަން ކޮމިޝަނަރަކަށް ހުންނަވައިގެން މަޤާމްގެ ޤާނޫނީމަސްއޫލިއްޔަތު އަދާކުރުމުގައި، ވަކިންޙާއްސަކޮށް އިންތިޙާބުތަކުގެ އެންމެހާއިންތިޒާމްތަކާއި ވޯޓްގުނުމާއި ނަތީޖާގެކަންކަން ކުރިއަށްގެންދިއުމުގައި ފުވާދުބެ ވަރަށްރަނގަޅަށް ކަންތައްކުރެއްވެވިކަމަށް އެއްބަސްވަން. # އެހެންނަމަވެސް އިލެކްޝަން ކޮމިޝަނަރގެ ޙައިސިއްޔަތުން އިންތިޙާބުތަކާއި ގުޅުވައިގެން އިސްލާޙްކުރާންޖެހޭ ޤާނޫނުތައް އިސްލާޙްކުރަން މަޖިލީހަށް ހުށަނާޅުއްވާ ދޫކޮށްލާފައިވާތީ، ހިތްހަމަނުޖެހޭ.
އޮނަރަބްލް އަފީފު ދީދީ
12 September 2024
އިސްލާޙްކުރި ޤާނޫނުއަސާސީގެ ރޫޙަށާއި، ޤއ ގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ އިދާރީ 21 ދާއިރާއަށާއި، ޤއ ގައި ބުނެ އަމުރުކޮށްފައިވާ ލާމަރުކަޒީއުސޫލުން ދައުލަތްހިންގާންޖެހޭނެކަމަށް އަންގާފައިވާއެންގުމަށް އެއްވެސްވަރަކަށް ބެލުމެއްނެތި ޖަދުވަލު 2 ގައި އޮތް 21 އިދާރީދާއިރާގެތެރެއިން އިންތިޙާބީބޭނުމަށް ޤއ ގެ 72-71 މާއްދާތަކުގެ ނުގުތާތަކުގައިވާގޮތަށް ކަޑައެޅި އިދާރީދާއިރާތަށް އުފެއްދިކަމަށްވިޔަސް އޭގައިބުނާގޮތަށް ކަންކަންފުރިހަމަނުކުރާކަން ފާހަގަކުރަން.
ދެބަންދިހާރު
14 September 2024
ތިޔޮއްބަސްމޮށުންތެރިކަމެއްތާދޯ؟. ކޮންމެ ބަހަކުންމޮށުނަސް އެހެންމީހުނަށްވެސް އެނގޭވަރުކޮށްލަބަލަ!!!!.
އޮނަރަބްލް އަފީފު ދީދީ
12 September 2024
މަތީގައިދެންނެވި 72-71 ގެ ނުކުތާތަކަށްބަލާލުމުން ސާފުކޮށްއިގޭ އިންތިޙާބީބޭނުމަށް އެކުލަވާލާދާއިރާތަކުން އިންތިޙާބުކުރާންވާނީ "އެދާއިރާގެ ރަށްވެހިންގެ ތެރެއިން" މީހެއްކަން. އޭގެ ތަފްސީލުދެމުން 72ގެ ހ ގައި ބުނަނީ ކޮންމެ އިދާރީދާއިރާއަކުން ވަކި އިންތިޙާބީދާއިރާތައް ކަޑައެޅުމަށާއި، "މިއިން ކޮންމެ އިންތިޙާބީ ދާއިރާއަކުން އިންތިޙާބު ކުރާނީ" އެއް މެންބަރު ކަމަށް. މާނައަކީ އޭނާއަކީ ދާއިރާގެ މީހަކަށްވާންޖެހޭނެ ވާހަކަ. އެކަމަކު އެހެނެއްނޫން ކަން ހިގަނީ.
ސަފަދު
13 September 2024
މިއީ ހަގީގަތުގަ ވަރަށް ބާރުގަދަ ބޭސިސްއެއް އޮތް އާގިއުމެންޓެއް. ސްުޕްރީމް ކޯޓަށް ވެއްދުން މުހިއްމު ކަމަށްފެނޭ.
ކައުންސެލަރު..
12 September 2024
ތިޔަމަޤާމަށް ފުއާދު ވަރުގެ ޤާބިލްމީހަކު މަށެއް މިރާއްޖެއަކުން ނުނަގާނަން. މަޤާމުގައި ފުއާދު ހުންނެވުމަށް (ކުރިމަތިލުމަށް) ހުރަސްނެތި ކުރިމަތިލައިގެން ވޯޓްދީގެން ހޮވަންޏާ އަހަރެންގެ ވޯޓް ފުއާދަށް ކަށަވަރު..