ގުޅިފަޅާއި ތިލަފުއްޓާއި ގިރާވަރުފަޅު އަދި އުތުރުތިލަފަޅު ގުޅުވާލަން ބްރިޖް އެޅުމަށް ޕްރީ-ފީސިބިލިޓީއެއް ހެދުމަށް އޭއައިއައިބީއާ އެކު ކޮންސްޓްރަކްޝަން މިނިސްޓްރީން ބޭއްވި ބައްދަލުވުން.-- ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓްރީ
18 ސެޕްޓެމްބަރ 2024 - 11:51
ތިލަފުއްޓާއި ގިރާވަރުފަޅު އަދި އުތުރުތިލަފަޅު ގުޅުވާލަން އަޅާ ބްރިޖު އެޅުމަށް ޕްރީ-ފީސިބިލިޓީ ސްޓަޑީއެއް ހަދަން އިއްޔެ މަޝްވަރާކޮށްފި އެވެ.
ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މި ވަގުތު ރާއްޖެ ވަޑައިގެން އުޅުއްވާ ޗައިނާގެ އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ)ގެ ވަފުދުގެ އިސްބޭފުންނާއި މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް އިއްޔެ ބައްދަލުކުރައްވާފައިވާ ކަމަށެވެ.
އެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރީ ތިލަފުށްޓާއި ގިރާވަރުފަޅާއި އުތުރުތިލަފަޅު ގުޅުވާލަން ބްރިޖު އެޅުމަށް ޕްރީ-ފީސިބިލިޓީ ސްޓާޑީއެއް ހެދުމަށް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
"މި ޕްރޮޖެކްޓަކީ މި ސަރަހައްދު ގުޅުވާލައި އިގުތިސާދީ ގޮތުން ބޮޑު ކުރިއެރުމެއް ލިބޭނެ މަސައްކަތެއް،" މިނިސްޓްރީން ބުންޏެވެ.
Today, Minister Dr. Abdulla Muththalib met with the Senior Officials of the Asian Infrastructure Investment Bank (AIIB) Mission, where discussions centered around conducting the pre-feasibility study for the Thilafushi to UTF Bridge Project via Giraavaru. This project is set to… pic.twitter.com/VZUZI3rljc
— Ministry of Construction and Infrastructure (@MoCImv) September 17, 2024
މިނިސްޓަރު މުއްތަލިބް ކުރިން ވިދާޅުވެފައިވާ ގޮތުގައި ތިލަފުށިން އުތުރުތިލަފަޅަށް ގުޅުވާލުމަށް މާލެ އާއި ވިލިމާލެ އާއި ތިލަފުށި ގުޅުވާލަން ހަދާ "ތިލަމާލެ ބްރިޖަށް" ވުރެ ބޮޑު ބްރިޖެއް އަޅަން ޖެހެ އެވެ.
ތިލަފުއްޓާއި ގިރާވަރުފަޅު އަދި އުތުރުތިލަފަޅާ ދެމެދު ބްރިޖެއް އަޅަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މިއަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގަ އެވެ. އެގޮތުން 2026 ވަނަ އަހަރު މަސައްކަތް ފަށައި، ތިން އަހަރުން މަޝްރޫއު ނިންމޭނެ ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.
ތިލަފުއްޓާއި ގިރާވަރުފަޅު ބްރިޖަކުން ގުޅުވާލުމުގެ ވިސްނުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ވެސް ގެންގުޅުނެވެ. ނަމަވެސް، އެ މަސައްކަތް އެއްވެސް ބަޔަކާ އޭރު ހަވާލުކޮށްފައެއް ނުވެ އެވެ.
މިދިޔަ ސަރުކާރުން އިންޑިއާއާ އެކު ހެދި އެއްބަސްވުމެއްގެ ދަށުން، އެމްއެންޑީއެފްގެ ޑޮކްޔާޑެއްގެ ގޮތުގައި މިހާރު ބޭނުންކުރާ އުތުރުތިލަފަޅު އިތުރަށް ހިއްކައިގެން މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރަން އެ ސަރުކާރުން ނިންމި އެވެ. ނަމަވެސް ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށްފަހު އެ ނިންމުން ބަދަލުކޮށް، ޗައިނާއާ އެކު ދަނޑުވެރިކަމުގެ މަޝްރޫއުއެއް އެ ތަނުގައި ހިންގަން ވަނީ ނިންމަވައިފަ އެވެ.
ކުރީގެ ސަރުކާރުން ގިރާވަރުފަޅު ހިއްކަން ފެށީ މާލޭ ރައްޔިތުންނަށް ގޯތި ދިނުމަށެވެ. ނަމަވެސް އެތަން އަދި އެއްކޮށް ހިއްކާ ނުނިމެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެކްސިް
18 September 2024
ޔޫޓީއެފް ގަ ރަންވަޅެއް އޮވޭތަ؟
ދިވެހިދަރި
18 September 2024
ޑިއަރ މިނިސްޓަރު، ރައީސް މުއިއްޒު ވައުދުވެ ވަޑައިގެންނެވި ހިތަދޫ ހުޅުދޫމީދޫ ބްރިޖްގެ އަޕްޑޭޓެއް ނެތްތޯ؟ މިސްރު ކުންފުނީގެ ޚަބަރެއްވެސް ނީވޭ. މަނިކުފާނުމެން އަހަރެމެން ބޮލުގައި ހުދުފޮށާ އަޅުވާފައި ތިޔަ ގްރޭޓާރ މާލެއެއް ނަގާ ކޮޅައް ޖަހައި މަމެން މިވަޒަނުން ހިޖުރަ ކުރަން މަޖުބޫރު ކުރުވާ ނިޒާމު ހުއްޓަވާ ލައްވާފައި އަތޮޅުތެރެ ތަރައްޤީކޮށްދެއްވަ ބަލަ
އޮނަރަބްލް އަފީފު ދީދީ
18 September 2024
ކުރިއަށްއޮތް 100 އަހަރުންވެސް އަދާނުކުރެވޭވަރަށް ލޯނުނަގައި އެފައިސާ ކ.އަތޮޅުމާލެއަށާއި އެރަށު ބިންވެރިންގެ އުފަލާއިމަޖަލަށްޓަކާ ތަޅާހުސްނުކޮށް ދެމެހެއްޓެނިވިގޮތަކަށް ރާއްޖެ އިދާރީ ޤާނޫނީ 3 ރީޖަނުގެމައްޗަށް ހިންގުމަށް ތިލަދުންމަތިން ފާދިއްޕޮޅަށް ނޯތު ރީޖަން، ކ.އަތޮޅުން (މާލެ ހިމަނައި) ދާލަށް ސެންޓްރަލް އަދި ކޮޅުމަޑުލުން އައްޑުއަށް ސަދާންރީޖަންކަމުގައި ކަޑައަޅާ ތުރާކުނުން އައްޑުއަށްހިމެނޭ ރައްޔިތުންގެމެދުގައި ވެލްތް ޑިސްޓްރިބިއުޓް ކުރަންވީނޫންތޯ.
އޮނަރަބްލް އަފީފު ދީދީ
18 September 2024
ތިކަންހުއްޓާލާފައި ދިރާސާކުރަންވީ މަތީގައިދެންނެވި 3 ރީޖަނުގައިހިމެނޭ ރަށްތަކުގެތެރެއިން ތ.ގުރައިދޫ، ތިމަރަފުށި، ވިލުފުށި، ލ. ގުޅިފައިވާރަށްތައް، ހުވަދުއަތޮޅު ތިނަދޫ، ކޮލަމާފުށި، ވާދޫ، މަޑަވެލި، ހޯޑެއްދޫ، ވިލިގިލި، ފަރެސްމާތޮޑާ، އައްޑުއާއ އަދި އުތުރުން އުލިގަމު، މޮޅަދޫ، ހޯރަފުށި، ވަށަފަރު، ކެލާ، ފިއްލަދޫ، ހަނިމާދޫ، ކާށިދޫ، ކުޑަހުވަދޫ، ތުލުސްދޫ އިންސާނުން ދިރިއުޅެން ކަމުދާވަރަށް ތަރައްޤީ ކުރެވޭނެ ގޮތެއް ހޯދުމުގެ ދިރާސާ ނޫންތޯ!؟
ބަފޯދު
18 September 2024
މޮޅަ ދޫވެސް؟ 200 މީހުން ހަމަ ނުވާ މޮޅަދޫއަށް ހަދާނެ ރަނގަޅު ގޮތެއް ބުނެދީބަލަ
ހީނާ.
18 September 2024
މޮޅަދޫގައި މިހާރު ދުއިސައްތަ މީހުން ނެތް ކަމުގައިވިޔަސް އެރަށަކީ ބިން ހިއްކައިގެން 30 ހާސް މީހުން ދިރިއުޅެވޭ ގޮތަށް ތައްޔާރު ކުރެވިދާނެ ރަށެއް.
ދިސްވޭއިން
18 September 2024
ބްރިޖް އަޅަންވީ އަދި މާލެ އާއި ހުޅުލެ އާއި ދެމެދު އެއް ބްރިޖް އެއިރުން ރިންގް އެއްގެ ގޮތުގައި ބްރިޖް ވެގެންދާނީ އިންކަމިންގް އެން އައުޓް ގޮއިންގް ދެ ކަމަށް ދެ ބްރިޖް ދެން އަނެއް ކޮޅުން ހުޅުމާލޭން ފެށިގެން ގޮސް ތުލުސްދޫ އާއި ހަމައަށް ބްރިޖް އަޅަންވީ އަޅަމުންދާއިރު އެ ދެމެދުގައި ހުރިއްޔާ ހުރިހާ ރިސޯރޓްސް ތަކާއި މީހުން ދިރިއުޅޭ ރަށްތަކާއި އަދި ފަޅުތައް ހިއްކާ ފަޅުތައް ވެސް އެ ބްރިޖާއި ގުޅުވާނީ ބްރިޖްގެ ފުޅާމިނުގައި 1 ކިލޯ މީޓަރު ހުންނަން ޖެހޭނެއޭ
ހޮޓްކިންގ
18 September 2024
ތިބުނާ ބިންތައް ނުހިކު އޮތްބައި ހިއްކަން އެއްވެސް މަސައްކަތެއް ކުރޭތޯއާއި އެކަމުގެ ރިޕޯޓެއް ގެނެސްދީބަލަ ސަރުކާރުގެ ބަހަކާއިއެކު. ހާދަ ބަޔަކު ތި އުއްމީދެއްގައި ތިއްބާ ދުނިޔެ އެބަ ދޫކުރެޔޭ.
ދަގަތްފާނު
18 September 2024
އެންމެ ރަށެއްގަ ކަނޑުހުރަސްކޮށް ދުވާލަކު ބުރިޖެއް އަޅާވަރަށް ގައުމަށް ފައިސާ އެބަލިބޭތޯ.
އޮނަރަބްލް އަފީފު ދީދީ
18 September 2024
ދިވެހިދައުލަތް ބަޢުރޫޓް ވުމާއި ހަމައަށް ގޮސް މިއަދު ދުނިޔޭގެ އެއްވެސް މާލީ އިދާރާއަކުން ލޯނު ހޯދަން ދަތިކަމަކަށް ވެފައިވަނީ ކިދައުލަތް ދަރަނިކޮށް 300މ ޑޮލަރުގެ ލޯނު ނަގައިގެން ހެދި ކ.ހުޅުމާލެއާއި ކ.އަތޮޅު މާލެއާއި ގުޅާލަން ހެދި ބުރިޖުން ފީއެއްނުނަގާ ހިލޭ ދަތުރުކުރަން ދޫކޮށްލުމުންނާއި އެތައްބިލިޔަން ޑޮލަރަށް ހިއްކި ކ.ހުޅުމާލޭގެ ބިންތައް ޤަބީލާވަންތަ ސިޔާސަތެއްގެދަށުން ތިރަށުމީހުނަށް ހިލޭ ބަހާލުމުން ނޫންތޯ!؟ ފުރަތަމަ މިކަމާއިބެހޭ ދިރާސާ ހަދާބަލަ.
އޮނަރަބްލް އަފީފު ދީދީ
18 September 2024
ތިކަމުގެދިރާސާ ފެއްޓުމުގެކުރިން އެޓޯލްސް މިނިސްޓްރީ ހިންގަވާންހުންނެވި މުދައްރިސް އާދަންބެ ކައިރިން އަހާލަންވާނެ ޤާނޫނުއަސާސީގެ ޖަދުވަލު 2 ގައިބުނާ ހުޅުމާލެ ވިލިގިއްޔާއިއެކު ހިމެނޭ މާލޭގެ ތެރެއަށް ކ.އަތޮޅުގައިއޮތް ތިލަފުއްޓާއި އެއަތޮޅު ގުޅި ކައިރީގައި އޮތް ކ.އަތޮޅު ގުޅިފަޅު ކ.މާލޭގެ ތަނަކަށް ހެދީ ކިހިނެއްތޯ!؟ ތިރަށު މީހުން ސަރުކާރު ސިޔާސަތު ކަޑައަޅާ ތަންފީޒު ކުރާންތިބެގެން ކުރާ މިފަދަ ކަންކަމުގެސަބަބުން ރާއްޖޭގެ ރައްޔިތުން މުޅިން ބައިބައި ވެއްޖެ.
ގުޅީ ކަތީބު
18 September 2024
ބައްލަވާ މަނިކުފާނު، ގުޅިފަޅު އޮންނަނީ ކ.ގުޅީ ކައިރިއަކު ނޫން، އެތަން އޮންނަނީ ކ.ވިލިގިލި ކައިރީ
ބީދީ
18 September 2024
މެޕް ހުޅުވައިން އިނދެ ކޮމެންޓް ކޮށްބަލަ
މުލަކިއަހައްމަދު
18 September 2024
ބަލަގަ ގުޅީފަޅާ ގުޅިއާ ކޮންކަމެއްތަ އަފީފޫ! ކުޑައިކޮށް ގިއޮގްރަފީ ބަލާލައިފަ އަނގަފުޅު ތަޅުއްވަންވީ ނޫންތޯ؟ ގުޅީފަޅު އޮންނަނީ ގުޅިއަކު ނޫން..
ސާސަ
18 September 2024
ދަރަނިތަކުން އަރައިގަނެވެންދެން ތިކަންކުރަން މަޑުކުރިޔަސް އޯކޭވާނެ ނޫންތޯ؟