ވިޔަފާރި / އެލިއާ އިންވެސްޓްމެންޓްސް

ގްލޯބަލް އިސްލާމިކް ފައިނޭންސްގެ އެވޯޑެއް އެލިއާއަށް

ގްލޯބަލް ފައިނޭންސް އެވޯޑްސްގައި އެލިއާއަށް އެވޯޑް ހަވާލުކުރަނީ: އެލިއާއަށް ވަނީ އިސްލާމިކް ފައިނޭންސް އެވޯޑެއް ލިބިފައި

18 ސެޕްޓެމްބަރ 2024 - 15:52

ގްލޯބަލް އިސްލާމިކް ފައިނޭންސް އެވޯޑްސްގައި "އެކްސެލެންސް އެވޯޑް – ނޮން ބޭންކް އިސްލާމިކް ފައިނޭންސިން" އެވޯޑް އެލިއާއަށް ލިބިއްޖެ އެވެ.

ވިލާ ނޯޓިކާ ޕެރަޑައިސް އައިލެންޑް ރިސޯޓްގައި އިއްޔެ ބޭއްވި ގްލޯބަލް އިސްލާމިކް ފައިނޭންސް އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައި އެލިއާގެ ފަރާތުން މި އެވޯޑްއާ ހަވާލުވެ ވަޑައިގަތީ އެލިއާ މާކެޓިން މެނޭޖަރު އަހުމަދު އަސީލް އެވެ.

އެލިއާއިން 2013 ވަނަ އަހަރު ތައާރަފްކުރި "އެލިއާ އިޖާރާ މޮޑެލް" އަކީ ރާއްޖޭގައި ޕްރައިވެޓް ކުންފުންޏަކުން ތައާރަފުކުރި ފުރަތަމަ އިސްލާމިކް ފައިނޭންސިން އިންސްޓޯލްމަންޓް ސްކީމެވެ. އެލިއާއިން ވަނީ 2017 ވަނަ އަހަރު "ބައިއުލް ތަގުސީތު" ތައާރަފުކޮށް އެ ސްކީމުގެ ދަށުން ސައިކަލު ގަންނަ ކަސްޓަމަރުންނަށް ފުރަތަމަ ޑައުން ޕޭމަންޓު ދެއްކުމުން އެ ފަރާތުގެ ނަމުގައި ސައިކަލު ރަޖިސްޓަރީކޮށް 'ސީ' ބޯޑުގެ ބަދަލުގައި 'ޕީ' ބޯޑުގައި ސައިކަލު ދޫކުރަން ފެށި އެވެ.

އެލިއާގެ އިސްލާމިކް ފައިނޭންސިން ސްކީމްތައް ޑިޒައިން ކޮށްފައިވަނީ އެލިއާގެ ޝަރީއާ އެޑްވައިޒަރީ ކޮމިޓީގެ ލަފަ އާއި މަޝްވަރާގެ މަތިންނެވެ. އެލިއާގެ ޝަރީއާ އެޑްވައިޒަރީ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ޕްރޮފެސަރު ޑރ. އައިޝަތު މުނީޒާ އާއި ޝެއިހް ޑރ. އަލީ ޒާހިރު ބިން ސައީދު ގާސިމް އަދި ޝެއިހް އަހުމަދު ސަމީރު އެވެ.

އެލިއާގެ އިސްލާމިކް ފައިނޭންސިން ސްކީމްތައް ތައާރަފް ކުރުމުގެ ކުރިން، އެލިއާގެ ޝަރީއާ އެޑްވައިޒަރީ ކޮމިޓީން މުވައްޒަފުންނަށް އަމާޒުކޮށް، މި ސްކީމްގެ ތަފްސީލުތައް ކިޔައިދިނުމަށް ހާއްސަ ތަމްރީނު ޕްރޮގުރާމްތަކެއް ހިންގާފައިވެ އެވެ. އަދި މިއީ އިސްލާމީ ޝަރީއަތާ އެއްގޮތްވާ މާލީ ހައްލުތައް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް މުވައްޒަފުން ތަމްރީނު ކުރުމަށް އެ ކުންފުނިން ކޮށްފައިވާ މަސައްކަތެކެވެ.

އެ ކުންފުނީގެ ޝަރީއާ ފައިނޭންސިން ސްކީމަކީ ޒަމާނީ ވިޔަފާރީގެ އުސޫލުތަކާއި އިސްލާމީ ރިވެތި އާދަތަކަށް އެލިއާއިން ދޭ އަހައްމިއްޔަތުގެ ހެއްކެއްގެ ގޮތުގައި އެލިއާއިން ސިފަކުރެ އެވެ. އަދި މި އެވޯޑަކީ ރާއްޖޭގެ އިސްލާމިކް ފައިނޭންސިން ދާއިރާއަށް އެލިއާއިން ކޮށްފައިވާ މުހިންމު ހިދުމަތެއްގެ އިތުރުން، އެލިއާގެ ވިޔަފާރިއަށް ދިވެހިން ކުރާ އިތުބާރަށް ލިބިގެންދިޔަ އިތުރު ކާމިޔާބީއެއްގެ ގޮތުގައި އެ ކުންފުނިން ފާހަގަކުރެ އެވެ.

އެލިއާއަކީ ލަކުޑި އާއި ހާޑްވެއާގެ ވިޔަފާރިން ފެށި ކުންފުންޏެކެވެ. މި ކުންފުނިން ވަނީ 1974 ގައި ރާއްޖޭގެ ކަނޑު ދަތުރުފަތުރު ކުރުމުގެ ދާއިރާއަށް އިންގިލާބެއް ގެނުވި ޔަމަހާ އިންޖީނު ތައާރަފްކޮށް ވިޔަފާރި ފުޅާކޮށްފަ އެވެ. ރާއްޖޭގެ ކަނޑުތަކުގައި ޓެސްޓްކޮށް، ގިނަ ބައެއްގެ އިތުބާރު ލިބިފައިވާ ޔަމަހާ އިންޖީނަކީ އަދިވެސް އެންމެ މަގުބޫލު އެއް އިންޖީނުގެ ގޮތުގައި އޮތީ ފާއިތުވި 50 އަހަރު އެ ކުންފުނިން ދެމުންދާ ފެންވަރު ރަނގަޅު އާފްޓާ ސޭލްސް ސާވިސްގެ ހިދުމަތާ ވެސް އެކު އެވެ.

އެލިއާ އަކީ އިންސާނީ ވަސީލަތްތައް ތަރައްގީކޮށް، މެރިން ދާއިރާގައި ގާބިލު ބަޔަކު ބިނާކުރުމަށް މަސައްކަތް ކުރާ ކުންފުންޏެކެވެ. އެ ކުންފުނިން ރާއްޖޭގައި ވިޔަފާރި ކުރާތާ މި އަހަރު 60 އަހަރު ފުރޭނެ އެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454