ރައީސް ޑރ. މުހައްމަދު މުއިއްޒު، ސައުދީގެ ފޮރިން މިނިސްޓަރު ޕްރިންސް ފައިސަލް ބިން ފަރްހާދް އަލް-ސައޫދްއާ ބައްދަލުކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
24 ސެޕްޓެމްބަރ 2024 - 10:55
ރައީސް ޑރ. މުހައްމަދު މުއިއްޒު ސައުދީ އަރަބިއްޔާ އަދި އޮމާންގެ ފޮރިން މިނިސްޓަރާ އިއްޔެ ބައްދަލުކުރައްވައިފި އެވެ.
ރައީސް އޮފީހުން ބުނީ އެމެރިކާގެ ނިއު ޔޯކުގައި ކުރިއަށް ގެންދާ އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ބައްދަލުވުމުގެ ހަވާސާގައި ސައުދީގެ ފޮރިން މިނިސްޓަރު ޕްރިންސް ފައިސަލް ބިން ފަރްހާދް އަލް-ސައޫދްއާ ރައީސް މުއިއްޒު އިއްޔެ ބައްދަލުކުރެއްވި ކަމަށެވެ.
ސައުދީގެ ފޮރިން މިނިސްޓަރަކީ އާންމު މަޖިލީހުގެ ބައްދަލުވުމުގައި ބައިވެރިވާ ސައުދީގެ ވަފުދުގެ އިސްވެރިޔާ އެވެ.
އެ ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒު ވަނީ ރާއްޖެ އާއި ސައުދީއާ ދެމެދުގައި އޮންނަ ގާތް ގުޅުން ފާހަގަކުރައްވައި ރާއްޖޭގެ ތަރައްގީއަށް އެ ގައުމުން މެދުކެނޑުމެއްނެތި ދޭ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައިފަ އެވެ. ފިސްކަލް ރިފޯމާއި ތައުލީމާއި ސިއްހަތާއި އިގުތިސާދީ ތަރައްގީ އާއި ހައްޖުގެ އަޅުކަމާއި އަދި އެ ނޫން ވެސް ދާއިރާތަކުން ރާއްޖެއަށް ބޭނުންވާ އެހީތެރިކަން ރައީސް ސައުދީގެ ފޮރިން މިނިސްޓަރާ ހިއްސާކުރެއްވި އެވެ.
ސައޫދީގެ ފޮރިން މިނިސްޓަރު ވަނީ އެ ގައުމުން ރާއްޖެއަށް ދޭ އެހީތެރިކަން އެ ގޮތުގައި ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.
އާންމު މަޖިލީހުގެ 79 ވަނަ ބައްދަލުވުމުގެ ހަވާސާގައި ރައީސް ވަނީ އިއްޔެ އޮމާންގެ ފޮރިން މިނިސްޓަރު އަދި އެ ބައްދަލުވުމުގައި އެ ގައުމުގެ ފަރާތުން ބައިވެރިވާ ވަފުދުގެ އިސްވެރިޔާ ސައްޔިދު ބިން ހަމަދް ބިން ހަމޫދް އަލްބުސައިދީއާ ވެސް މަޝްވަރާތައް ކުރައްވައިފަ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، އޮމާންގެ ފޮރިން މިނިސްޓަރު ސައްޔިދު ބިން ހަމަދް ބިން ހަމޫދް އަލްބުސައިދީއާ ބައްދަލުކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
އެ ބައްދަލުކުރެއްވުމުގައި ދިވެހި ސަރުކާރުގެ ތަރައްގީގެ އެޖެންޑާ އޮމާންގެ ފޮރިން މިނިސްޓަރާ ރައީސް މުއިއްޒު ހިއްސާކުރެއްވި ކަމަށާއި އެ ގައުމުން ދޭ އެހީތެރިކަމަށް ވެސް ޝުކުރު އަދާކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
"މީގެ އިތުރުން އެމަނިކުފާނު ވަނީ ބަޖެޓް ސަޕޯޓާއި އިންފްރާސްޓްރަކްޗާ ތަރައްގީކުރުމާއި ޓީޗަރުން ތަމްރީނުކުރުމާއި އިންސާނީ ވަސީލަތް ތަރައްގީކުރުން ފަދަ ރާއްޖެއަށް އިތުރު އެހީތެރިކަން ބޭނުންވާ ދާއިރާތައް ފާހަގަކުރައްވައިފަ އެވެ،" ރައީސް އޮފީހުން ބުންޏެވެ.
ރައީސް އެމެރިކާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި އެކި ގައުމުތަކާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކުގެ އިސްވެރިންނާ އަންނަނީ ބައްދަލުކުރައްވަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޮރިން ޕޮލިސީ
24 September 2024
ރާއްޖޭގެ ފޮރިން ޕޮލިސީ އަކީ ސަލާން ޖެހުން. މީހެއް އެއްޗެއް ދިނަސް އެކާލާފަ އަނެއްކާވެސް ސަލާން ޖަހަން.
އަޖްމަލް ސިއްދީގް
24 September 2024
އަރަބިން ހިލޭ އެހީ އާ އެއްޗެސް ދޭނީ. މީ ރަނގަޅު މޫވްއެއް
މުކޮސް މުސްތަފާ
24 September 2024
އަޖްމަލްއަށް އަރަބިންގެ ގޮތް ނޭނގެނީ. އެއީ އަދި މާ ޑާކު ބައެއް. އަރަބިން ހިލޭ އެހީ ދީގެން ކަމެއްވާނަމަ މައުމޫނުގެ 30 އަހަރު އޮންނާނީ އެކަމެއް ވެފައި. އެއީ ތިކިޔާ އަރަބިން އެންމެ ލޯބިވި ދިވެހި ރައީސް. ދިނީ މުކޮސް.
ޝިފާޒްް
24 September 2024
ސައުދީ އަދި އޮމާނަކީ ދިވެހިރާއްޖޭގެ ކުރިމަގަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ދެގައުމް. މި ބައްދަލްވުމުން ދިވެހިންނަށް އިތުރު ފުރުސަތުތަކެއް ރައީސް ހޯއްދަވާނެ.
މުގްނީީ
24 September 2024
ސައުދީ އަދި އޮމާނަކީވެސް ރާއްޖެއަށް އެކި ގޮތްގުތުން އެހީތެރިކަން ފޯރުކޮށްދޭނެ ބަޔެއް. ރައީސްގެ މި ދަތުރުފުޅުން މި ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަން ކަށަވަރު.