ރައީސް މުއިއްޒު މި އަހަރުގެ ހައްޖުގެ އަޅުމަކަށް ވަޑައިގެން ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާންއާ އެކު،
13 އޯގަސްޓް 2025 - 10:07
ރާއްޖެ އާއި ސައޫދީ އަރަބިއްޔާ އަދި މެދުއިރުމަތީގެ އިސްލާމީ ގައުމުތަކާ ދެމެދު އޮތީ ވަރަށް ބަދަހި ގުޅުމެއް ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ރައްޔިތުންގެ މަޖިލިހުގައި މިއަދު ވިދާޅުވެއްޖެ އެވެ.
ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ކުރެއްވި ސުވާލެއްގެ ޖަވާބުގައި ހަލީލް ވިދާޅުވީ، ރާއްޖެ އާއި ސައުދީއާ ދެމެދު އޮތީ ހަމައެކަނި ދޭދޭ ގައުމުތަކުގެ މެދުގައި އޮންނަ ކަހަލަ ގުޅުމެއް ނޫން ކަމަށާއި އެއީ މާ އަހުވަންތަ އަދި އިސްލާމީ އުސޫލުގެ މަތިވެރި ނަމޫނާގެ ތެރޭގައި އޮތް ގުޅުމެއް ކަމަށެވެ.
ހާއްސަކޮށް މި ފަހުން ރާއްޖޭގެ ތަރައްގީގައި ސައޫދީ ސަރުކާރާއި ސައޫދީ ޑިވެލޮޕްމަންޓް ފަންޑުގެ އެހީތެރިކަން ލިބޭކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. މިދިޔަ މަހު ހުޅުވި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްގެ މަސައްކަތް ނިންމުމުގައި ވެސް އެ ފަންޑުގެ ވަރަށް ބޮޑު ހިއްސާއެއް އޮތް ކަމަށް ވިދާޅުވި އެވެ.
ތަފާސްހިސާބުގެ އަލީގައި މިނިސްޓަރު ވިދާޅުވިގޮތުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދުވަސްވަރު އެ ސަރުކާރުގެ އިސްވެރިން ސައޫދީ އަށް ވަޑައިގެން ބައްދަލުވުން ބޭއްވި އަދަދަކީ ހަޔެކެވެ.
ފޮރިން މިނިސްޓަރު ހަލީލް ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި މެމްބަރުންނަށް ޖަވާބުދާރީވެވަޑައިގަންނަވަނީ.---ފޮޓޯ؛ މަޖިލިސް
"އެކަމަކު، މި ސަރުކާރުގެ މިވީ ކުރު މުއްދަތުގެ ތެރޭގައި ހަތް ބައްދަލުވުމަށް ހަތް ފަހަރު މި ސަރުކާރުން ސައުދީ އަށް ވަޑައިގެން ބައްދަލުކުރައްވާފައިވޭ. އޭގެ ތެރެއިން ވެސް އަޅުގަނޑު ހާއްސަ ގޮތެއްގައި ފާހަގަކޮށްލަން ރައީސުލްޖުމްހޫރިއްޔާ ނުރަސްމީ ދަތުރުފުޅެއްގައި ހައްޖަށް ވަޑައިގެންނެވިއިރު ސައުދީގެ ވަލީއަހުދާ ވަނީ ބައްދަލު ކުރައްވާފައި،" މިނިސްޓަރު ވިދާޅުވި އެވެ.
"ވަރަށް ހާއްސަ ބައްދަލުވުމެއް އެ މަނިކުފާނަށް ދެއްވިކަން މި ފުރުސަތުގައި ފާހަގަކުރަން. ދެބޭފުޅުންގެ ދެމެދުގައި ވަނީ ވަރަށް ހާއްސަ މަޝްވަރާތަކެއް ކުރައްވާފައި."
ސައޫދީގެ އިތުރުން މި ސަރުކާރުގެ ވެރިންނާއި ޔޫއޭއީގެ ސަރުކާރުގެ ވެރިންނާ ވެސް މިދިޔަ މުއްދަތުގައި ހަ ފަހަރު ބައްދަލުވި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި މިދިޔަ ސަރުކާރުގެ ފަސް އަހަރުގެ މުއްދަތުގެ އަދަދަކީ ވެސް އެއީ ކަމަށް ވިދާޅުވި އެވެ.
ޑޮލަރުގެ ޓާމަށް ބެލިކަމުގައި ވިޔަސް މި ސަރުކާރުގެ މި މުއްދަތުގައި ލިބިފައި ހުރި އެހީތައް ވަރަށް ބޮޑު އަދަދުން މިދިޔަ ސަރުކާރަށް ވުރެ މި ސަރުކާރުގައި އިތުރުވެގެން ގޮސްފައިވޭ. މިއީ އަޅުގަނޑުމެން މި މިނާ ގޮތަކީ ގުޅުންތައް ވަރުގަދަ ވެގެންދާ ގޮތް."--- ހަލީލް
އޮމާން ސަރުކާރުގެ ވެރިންނާ އެކު މިދިޔަ ސަރުކާރުގެ ފަސް އަހަރު އެއް ބައްދަލުވުން ބޭއްވިއިރު މި ސަރުކާރުން މިހާތަނަށް ދެ ބައްދަލުވުން ބޭއްވި ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހެން އަޅުގަނޑު ދަންނަވާލަން ވެއްޖިއްޔާ ވަރަށް ލިސްޓު ދިގު. އަރަބި އިސްލާމީ ގައުމުތަކުގެ ގުޅުން އަޅުގަނޑު މި ދަންނަވައިދެނީ ވާހަކައަކުން ނޫން. ސްޓިސްޓިކްސްއިން. އަދި ޑޮލަރުގެ ޓާމުން ވެއްޖިއްޔާ އެ ގޮތަށް ވެސް ދަންނަވާލަން ތައްޔާރު،" ހަލީލް ވިދާޅުވި އެވެ.
"އެއީ ޑޮލަރުގެ ޓާމަށް ބެލިކަމުގައި ވިޔަސް މި ސަރުކާރުގެ މި މުއްދަތުގައި ލިބިފައި ހުރި އެހީތައް ވަރަށް ބޮޑު އަދަދުން މިދިޔަ ސަރުކާރަށް ވުރެ މި ސަރުކާރުގައި އިތުރުވެގެން ގޮސްފައިވޭ. މިއީ އަޅުގަނޑުމެން މި މިނާ ގޮތަކީ ގުޅުންތައް ވަރުގަދަ ވެގެންދާ ގޮތް."
ހަލީލް ވިދާޅުވީ، މި ސަރުކާރު ވެރިކަމާ ހަވާލުވިތާ ކުރީކޮޅު ސައޫދީ ސަރުކާރުން އެހީގެ ގޮތުގައި ތިން މިލިއަން ޑޮލަރު ވެސް ދިން ކަމަށެވެ. އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް ނިންމަން އިތުރަށް ބޭނުންވި ފައިސާ ވެސް ސައުދީ ފަންޑުން ލިބުނީ މި ސަރުކާރުން ކުރި މަސައްކަތުން ކަަމަށް އޭނާ ވިދާޅުވި އެވެ.
ހަލީލް ވިދާޅުވީ، ފަލަސްތީނުގެ ބިމުގައި ފަލަސްތީނުގެ ރައްޔިތުންނަށް މިނިވަން ދައުލަތެއް ގާއިމްކޮށްދިނުމަށް އެންމެ ބޮޑަށް ވަކާލާތު ކުރާ އެއް ގައުމަކީ ވެސް ރާއްޖެ ކަމަށެވެ. އޭނާ ވިދާޅުވީ، ފަލަސްތީނުގެ މައްސަލާގައި ރާއްޖެ އިން ތާއީދު ކުރަނީ "ޓޫ ސްޓޭޓް ސޮލިއުޝަނަށް" ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަވަނަ
13 August 2025
ގުޅުން ތިހާ ރަނގަޅީއްޔާ ކީއްވެތަ އެހާ ޙައްޖު ކޯޓާ މަދީ.. އަހަރުމެންގެ މައިންބަފައިންނަށް ހައްޖަދެވެން އޮތާ 2037ގަ..
ޑޮލަރު
13 August 2025
މަނިކުފާނުގެ ވާހަކަ ނިކަން ރީތި. އެކަމަކު ތިވިދާޅުވާ ގުޅުމުން ރާޢްޖެއަށް ލިބޭ ފައިދާއެއް ނުފެނޭ. ފަހަރުގައި ޑޮލަރުން ތިޔަކުރާކަމެއް މަނިކުފާނުމެން ކުރައްވާ ގޮތުން އަހަރެމެންނަށް ނުފެންނަނީ ކަމަށްވެސް ވެދާނެ. ދެވަނަ ބޮޑުހަނގުރާމައިގައި ދިވެހިން އުޅުނު ހާލަތަށް ގިނަދުވަހެއް ނުވެ ހިނގައިދާނެކަމަށް މަންޒަރުފެންނަނީ
ައައްޔަބެ
13 August 2025
މިހާރު އަހަރެން ތިކަމަކާ އެހާ އުފަލެއް ނުވެއި ! ދުނިޔެވީ އެދުމަށް އެތާގެ ރަސްކަންވަނީ ގޮސް ނިމިފައި! އަދި ވެރިކަން ކުރަނީ އިސްލާމީ އުސޫލަކަށް ނޫން ! އެބައިމީހުންނަކީ މިހާރު މުސްލިމުންނަށްޓަކައި ވެރިކަން ކުރާބަޔެއް ނޫން ! އެމެރިކާ ރުއްސަން ވެރިކަން ކުރާތަން ފެންނަނީ ! ނިޔުމަށް ދެއްވީމާ އެނިޔުމަތްތަކައް ހަރާމް ކޯރުވާތަން ފެންނަނީ ! އަހަރެމެން މުސްލިމުންނަށް ޖެހިފައިވާ ހާލު ދެރަ !
ހަބީބު
13 August 2025
ސައުދީ އަރަބިއްޔާއިން ދިވެހިރާއްޖެ އަށް އެހީ ވަނީ ވަކި ސަރުކާރެއް އޮވެގެނެއް ނޫން ސައުދީ އަރަބިއްޔާއިން އަބަދުވެސް ދަނީ ދިވެހި ރައްޔިތުންނަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުން
ޢަލީ ކުރުސީ
13 August 2025
މިހާރު ޤަޢުމުތަކުގެ ގުޅުން ބަދަހިވާވަރު މިނާ މިންގަނޑަކީ ވެރިންނާއި ބައްދަލުކުރާ ޢަދަދު ދޯ؟ އެހެންވިއްޔާ ހުއްޓާލާނެކަމެއް ނެތް! އަބަދުވެސް ރައްޔިތުންގެ ފައިސާ ޚަރަދުކޮށްގެން ދަތުރު ކޮށްކޮށް ތިބޭ! ލިބުނު ހިލޭ އެހީއެއް، ލޯނެއް ނެތް! ވެރިކަމަށް އަންނަން އުޅުނުއިރު ކިޔާ ބޮޑެތި މެގަ ޕްރޮޖްކެޓްތަކަށް ސައުދީން އެހީވާނެ ތައްޔާރަށް ތިބިކަމަށް، ވީކަމެއް ޙަރާމް. ދެން އޮތީ ޗައިނާ، އަދި ލިބުނީ ފެހި ސިގްނަލެއް އެކަނި! ލޯނުވެސް ފަސްކޮށްނުދިން!
ސައިބޯނި
13 August 2025
ސައުދީން ރާއްޖެއަށް ދޭ އެހީ ބޭނުން ނަހަމަ ގޮތުގައި ހިފާލަމަށް ދެކެވޭ ވާހަކަ ދަނީ އިތުރުވަމުން މިކަން ބަލާނެ ބަޔަކު އެބަޖެހޭ ނިކުންނަން
މަ ބުނީ
13 August 2025
ހުޅުމާލެ ފޭސް 3 ގައި ބޭންކު ނިމްގާ އެޅުމުގައި ރައީސް އާއި އެކު ހުންނެވި ސައުދީ ފޭކުޕްރިންސްގެ މަސައްކަތް ވަރަށް ކާމިޔާބުތާ އެހެންވީމަ 2028 ގެ ކުރިން އެބޭންލުވެސް ހުޅުވި މުޅި ދުނިޔެއަށް ތިޔާގިކަން ދިޔާވާނެތާ ޝުކުރިއްޔާ މިނިސްޓަރ ޙަލީލް.
5256565
13 August 2025
ކޮން ބޭންކެއް؟ ބޭންކެއް ނަމަ ތި ފެނުނީ ހުވަފެނަކާ ވައްތަރީ!
ކިންގްޑަމް އޮފް ހިޖާޒް
13 August 2025
އަހަރެންގެ އާދޭހަކީ ނަޖުދުގެ މީހުން އަތުން ދިވެހީން އެހީ ހޯދުން އަދި އެމީހުންގެ ގާތުގައި ދިވެހީން ސަލާންޖެހުން ހުއްޓާލުން. ރަސޫލް ސއވ 3 ފަހަރު މަތީން އަސްހާބް ބޭކަލުން އެދުމުންވެސް ނަޖުދުގެ މީހުންނަށް ރަޙްމަތަށް އެދި ދުއާ ނުކުރައްވާ ދުއާ ކުރެއްވީ ޔަމަނާއި ޝާމް ކަރައަށް އަދި ހަދީސް ކުރެއްވީ ފަހު ޒަމާނުގައި ޝައިތޯނާގެ ދެ ދަޅު ނަޖުދު އެބިމުން ނިކުންނާނެކަމަށް. ރިޔާދަކީ ނަޖުދުގެ ވެރިކަން އޮތް ތަން.
ކިންގްޑަމް އޮފް ހިޖާޒް
13 August 2025
ނަޖުދުގެ މީހުން ( ސައުދުގެ އަރަބިއްޔާ) ގެ ހަގީގަތަކީ ކޮންމެ މުސްލިމަކަށްމެ އިނގެންޖެހޭ ހަގީގަތެއް. އަރަބިއްޔާގެ ތެޔޮވަޅު ތަކަކީ މިއާއިލާގެ އަމިއްލަ ތަރިކަ މުދަލަށް ހަދާ މި އާއިލާ އަކީ ދުނިޔޭގެ އެންމެ މުއްސަނދި އާއިލާއަށް ވެ މުސްލިމުންގެ ހިޖާޒް ކަރާގެ ވެރިކަން ހިސޯރު ކުރީ 1924 ގައި ޒަޔަނިސްޓް ޔަހޫދީންގެ އެހީގަ. މިމީހުން ޔަހޫދީންނާ އެހާ ގުޅެނީ އެހެންވެކަން ދިރާސާ ކުރީމާ ފެނިގެންދާނެ.
އައްލާ ބެއްޔާ
13 August 2025
ދެން ތިބުނާ ބޯކޮށް ލިބުނު ޑޮލަރު ކޮބާތަ؟؟ ގައިމު ބަޒާރުގައި ޑަލަރު އަގު އުޅެނީ 20 ރުފިޔާއިން މަތީގައި. ތެދެއް ކުރީ ސަރުކާރުތަކަށް ވުރެ ގިނައިން ބޮޑެތި ވަފުދު ތަކާއި އެކު ދަތުރުކޮށް ބައްދަލުވުން ބޭއްވިއްޖެ. ޢެކަމަކު ލިބުނު ޑޮލަރެއް ނުފެނޭ. ދަތުރަށް ކުރި ހަރަދުވެސް ނުލިބޭ.