ރައީސް ޑރ. މުހައްމަދު މުއިއްޒު، ސައުދީ އަރަބިއާގެ ވަލީ އަހުދުގެ ނައިބް ޕްރިންސް މުހައްމަދު ބިން ސަލްމާނާ ބައްދަލުކުރައްވަނީ.--- ފޮޓޯ: ރައީސް އޮފީސް
07 ޖޫން 2025 - 21:02
ރައީސް ޑރ. މުހައްމަދު މުއިއްޒު، ސައުދީ އަރަބިއްޔާގެ ބޮޑުވަޒީރު އަދި ވަލީ އަހުދު މުހައްމަދު ބިން ސަލްމާން އާ ބައްދަލުކުރައްވައިފި އެވެ.
ސައުދީ ޕްރެސް އެޖެންސީން ބުނީ އެ ބައްދަލުވުމުގައި ރާއްޖެ އާއި ސައުދީގެ ގުޅުން އިތުރަށް ބަދަހިކޮށް، ފުޅާކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށެވެ.
މި އަހަރުގެ ހައްޖަށް ވަޑައިގެންނެވި އިއްޒަތްތެރިންގެ ޝަރަފުގައި ސައުދީ ރަސްގެފާނު އަދި ދެ ހަރަމްފުޅުގެ ވެރިޔާ ސަލްމާން ބިން އަބްދުލް އަޒީޒުގެ ފަރާތްޕުޅުން ވަލީ އަހުދު ސަލްމާން ބޭއްވެވި ހާއްސަ ބައްދަލުކުރެއްވުމުގައި ވެސް ރައީސް މުއިއްޒު ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
ސައުދީ އަރަބިއާގެ ވަލީ އަހުދުގެ ނައިބް ޕްރިންސް މުހައްމަދު ބިން ސަލްމާނާ ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
އެ ބައްދަލުވުމުގައި އެކި ގައުމުތަކުގެ ވެރިންނާއި އިއްޒަތްތެރިންނާއި ރަސްގެފާނުގެ ހާއްސަ މެހެމާނުންގެ ގޮތުގައި ހައްޖަށް ވަޑައިގެންނެވި ބޭފުޅުންނާ އެކި ގައުމުތަކުގެ ހައްޖު މިޝަންތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
އެ ބައްދަލުވުމުގައި ވެސް ރައީސް މުއިއްޒު އިންނެވީ ވަލީ އަހުދު ސަލްމާންގެ އެންމެ އަރިހުގަ އެވެ.
ރާއްޖެ އިން މި ފަހަރު ހައްޖަށް ގެންދިޔަ މީހުންނަށް ސައޫދީ ސަރުކާރުން ހާއްސަ އިންތިޒާމުތަކެއް ވަނީ ހަޖަމައްސައި ދީފައި ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އޭގެ ތެރެއިން އެންމެ ހާއްސަ ކަމަކީ "މައްކާ ރޫޓް އިނިޝިއޭޓިވް" ގައި މި ފަހަރު ރާއްޖެ އަލަށް ބައިވެރިކޮށް އޭގެ ފަސޭހަތައް ލިބުމެވެ. އެހެންވެ، ދިވެހި ހައްޖުވެރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ޖިއްދާ އެއާޕޯޓުގެ އިމިގްރޭޝަން ކައުންޓަރުގައި މަޑުކުރަން ނުޖެހި އެއާޕޯޓުން އަވަހަށް ނުކުތުމުގެ މަގު ފަހިވި އެވެ.
އަދި ދިވެހިން މިނާގައި ތިބި ޓެންޓުތައް "މަތީ ކެޓަގަރީ" އަށް ބަދަލުކޮށްދީފައިވާ ކަމަށް ވެސް ދިވެހި ސަރުކާރުން ވަނީ ބުނެފަ އެވެ.
ސައުދީ އަކީ ރާއްޖޭގެ އުމްރާނީ އަދި އިޖުތިމާއީ ތަރައްގީގެ މުހިންމު ބައިވެރިއެކެވެ. މިގޮތުން، ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި އަބަދުވެސް ސައުދީ ފަންޑުން އެހީތެރިކަން ފޯރުކޮށްދޭއިރު، ފެނާއި ނަރުދަމާ އާއި އުމްރާނީ ތަރައްގީގެ ބިޔަ މަޝްރޫއުތައް ހިމެނެ އެވެ.
މީގެ އިތުރުން، ރާއްޖޭގައި ހިންގާ އެންމެ ބޮޑު އެއް ޕްރޮޖެކްޓް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއަށް ވެސް ސައުދީ ފަންޑުން ވަނީ ލޯނު އެހީދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެކަމު ހަޖަމް ކުރަން ނޭނގޭ
08 June 2025
އިހަށް ދުވަހު މުޢިއްޒު ރަސްގެފާނަށާއި ވަލީއަޙުދަށް ޝުކުރު ދެންނެވީމަ މިތާ މީހުންތައް ކީ ކޮން ފޮންޔެއް ކަނޑާކަށްހޭ އެންމެ ކުޑަމިނުން މިއިން މީހަކާ ބައްދަލެއް ނުކުރެވެޔޭ އަނެއްކާ މިހާރު ކޯޓާ އިތުރު ނުވާނެޔޯ ކިހާ ދެރަ ކަންކަން ބަނޫ އިސްރާއިލު ބާގައިގެ މީހުންގެ ގޮތް ގަނޑު ދޫކޮށްލަން ވެއްޖެ އެއްނޫންތަ! އެމްޑީޕީ ވެރިކަމުގައި ހުރިއިރު ޕީއެންސީ މީހުން އަނެއްކާ މިހާރު އެމްޑީޕީ މީހުން ސަލާމަތެއް ނެތް
އައިމިނާ
08 June 2025
އަހަރުމެން ދިވެހިންނަކީ ޝުކުރުކުރުން މަދު ޝަކުވާކުރުން ގިނަ ބައެއް. މީތި ބަދަލުވޭތޯ ޝުކުރުކުރުން ގިނަ ޝަކުވާކުރުން މަދުބަޔަކަށް ވުމަށް މަސައްކަތް ކުރަމާތޯ.
އައިމިނާ
08 June 2025
ސައުދީ ޕްރިންސް އަރިހުގަ ވިދާޅުވެބައްލަވާ. އެއްމެ އަހަރަކަށް ނަމަވެސް 20 ހާސް ނޫނީ 30 ހާސް ޙައްޖު ކޯޓާ ލިބޭނެ ގޮތް ހައްދަވައި ދެއްވަބަލާށޭ. އޭރަށް ޙައްޖު ކިޔޫ ކުޑަވާނެތާ.
ހާސަރު
08 June 2025
ކޯޓާލިބުނަސް ގެންދާނެ ފައިސާ ކޯޕަރޭޝަންގަ ނެތް! ޢެކިދިމާލަށް އިންވެސްޓް ކޮށްފަހުރީ. މިހާރު މިހަދާގޮތަކީ އަލަށް ފައިސާ ބަޔަކުދެއްކީމަ ކުރިން ފައިސާދެއްކިތަނުން ބަޔަކު މިގެންދަނީ.
އަބްޑޫޅް +
08 June 2025
އަލް އަމީރު މުހައްމަދު އިބްނު ސަލްމާން އަކީ ސައުދީ އަރަބިއްޔާގެ ވަލީ އަޙުދުގެ ނައިބެއް ނޫން. އެއީ ވަލީ އަޙުދު، އަދި ބޮޑުވަޒީރުވެސްމެ. ވަލީ އަޙުދު އާއި އެންމެ އަރިއަހުގައި އިންނެވި ކަމުގައި ބެލެވޭނީ، ވަލީ އަޙުދުގެ ކަނާތްޕުޅު ފަރާތުގައި އެ އިންނެވި މޮރިޓޭނިޔާގެ ރައިސުލް ޖުމްހޫރިއްޔާ މުޙަންމަދު ވަލަދު ޣަޒުވާނީ. މީނާ އަކީ އެފެރިކަން ޔޫނިއަންގެ ޗެޔާ ޕާސަންވެސް މެ. އަރަބީންގެ (އަދި ދިވެހީންގެވެސް) އާދަކާދައިގައި، އިސް ފަރާތަކީ ކަނާތް ފަރާތް.
ޔަހުޔާޒް
08 June 2025
މާޝާالله. މާތްالله ރައީސްގެ މަސައްކަތުގައި ބަރަކާތް ލައްވާށި! އާމީން.
މަހިތަށްއަރާ
08 June 2025
ބައްދަލުވުމަކުން އެކަނި ނުފުދޭ. ޙައްޖު ކޯޓާ އިތުރު ކޮށްދޭތޯ ދަންނަވާލިނަމަ
ޒަމީރުބެ
08 June 2025
ތި ހުރިހާކަމަކަށްވެސް ރައީސް އެދި ވަޑައި ގަންނަވާނެ! އެއީ ރައްޔިތުންގެ ތަކުލީފުތަކަށް ތަސައްލީއެއް ހޯދައިދިނުމަށް ރެޔާދުވާލު މަސައްކަތް ކުރައްވާ ވެރިޔެއް.
ހާމަކަން
08 June 2025
ތިޔަމަނިކުފާނު އަރިއަހަށް، ދުނިޔޭގެ އެންމެ ނުލަފާ ވެރިޔާ ޓުރަމްޕު ދިޔައިރު ނުކެރުނު، ފަލަސްތީނުގެ މައްސަލައިގައި ތަސައްލީއެއް ލިބޭތޯ ބަހެއް ބުނެލަން
ޝަޖޫ
08 June 2025
މުހައްމަދު ބިން ސަލްމާންގެ އެންމެ އަރިހުގަ ބޭންދުމަކީ ލިބޭ ވަރަށް ބޮޑު ފަހުރެއް އަދި ސައޫދީން ދިން ރަހްމަތްތެރިކަމުގެ ވަރަށް ބޮޑު މެސެޖެއް. އާދައިގެ މީހެއް ނޫން އެމްބީއެސް އަކީ. ޓްރަމްޕްވެސް ސައޫދީއަށް ގޮސް ވައިޖަހަންވެގެން އުޅުނީ ޖޯކަރަކަށްވެގެން.
ރަބަތު
08 June 2025
ސައުދީ ހަލާކު ކުރާ މީހާ މި ވަލީ އަހުދަކީ . ހުޅަނގުގެ ގޮތްގަނޑަށް ބަދަލުކުރަން އިސްލާމްދީނާ ބީރައްޓެހި ކަންކަން ތައާރަފް ކުރަނީ މީނަ.
ލަސްމީން
08 June 2025
މުއިއްޒުމެން ގޮސް ސީދާ ރަސްގެފާނާ އެ ބައްދަލު ކޮށްލަނީ.މިދިޔަ ވެރިކަމުގަ ބޮޑުން ގުޅީމަ ފޯނު ސީދާ ކަނޑާލަނީ. މީ ތަފާތަކީ
ހޭލާ
08 June 2025
އެހެންތަ އޮޕަރޭޓަރަކަށް ހުރީމު ދޯ؟
ގިޔާސް
08 June 2025
އަސްލުވެސް. އެމްޑީޕީ އަކީ ހުޅަނގުގެ ގޮތްތަކަށް ޕާޓީކޮށް ނާޗަރަންގީ ހިންގަން އުޅޭ ބަޔެއް ވެެރިކަން ލިބޭ ކޮންމެފަހަރަކު
ދޯރި-
07 June 2025
މައްކާ ރޫޓް އިނިޝިއޭޓިވްގައި ބައިވެރިވުމަށް އެއްވެސް ޚަރަދެއް ދައުލަތުން ކުރަންޖެހުނުތޯ. ކުރަންޖެހުނުނަމަ އެއީ ކިހާވަރެއްބާ؟ އަދި އެކަމަށް ދައުލަތުން އެއްވެސް ޒިންމާއެއް ބުރައެއް އުފަލަންޖެހޭތޯ؟ މިއީ ރައްޔިތުން ސުވާލު ކުރަންޖެހޭ ކަންކަމެއް. ސުވާލު ކުރުމުގެ މާނައަކީ މައްކާ ރޫޓް އިނިޝިއޭޓިވްގައި ބައިވެރިވުމަކީ އެކަމުން ހައްޖުވެރިންނަށް ލިބޭ ލުއިތައް ބަލައި ނުގަތުމެއް ނޫނެވެ. އެކަމަށް ޝުކުރުވެރި ނުވުމެއްވެސް ނޫނެވެ.
ބާކީ 15 ދުވަސް
08 June 2025
ރުފިޔާ ދެއްކީ 30 ދުވަހަށް. މި ފަހަރުގެ ފަތުރުގެ ދިގު މިނަކީ 15 ދުވަސް.