އައިކެއާ ފިހާރަ. އެކުންފުނިން ވިއްކި 30 މިލިއަން ރުފިޔާގެ ސުކޫކަށް އިންވެސްޓް ކުރި ފަރާތްތަކަށް ވަނީ ފައިދާ ބަހާފައި -- ފޮޓޯ: މިހާރު
28 ސެޕްޓެމްބަރ 2024 - 12:15
އައިކެއާ އިން އެ ކުންފުނީގެ ސުކޫކް ގައި އިންވެސްޓުކުރި ފަރާތްތަކަށް ފައިދާގެ ގޮތުގައި 3.4 މިލިއަން ރުފިޔާ ޖަމާކޮށްފި އެވެ.
އެއީ ހުޅުމާލޭގެ ލޮލުގެ ފަރުވާ އަށް ހާއްސަ ހޮސްޕިޓަލެއް އައިކެއާ ސެންޓަރުގެ ނަމުގައި ހެދުމަށް ބޭނުންވާ ފައިސާ ހޯދުމުގެ ގޮތުން އެ ކުންފުނިން ވިއްކި ސުކޫކެވެ. ލޮލުގެ ފަރުވާ އަށް ހާއްސަ ކޮށްގެން ރާއްޖޭގައި ހިންގާ ހަމައެކަނި ހޮސްޕިޓަލުން ވަނީ 30 މިލިއަން ރުފިޔާގެ ސުކޫކެއް ވިއްކައިފަ އެވެ.
އެ ސުކޫކްގެ އިންވެސްޓަރުންނަށް ފައިދާ ބަހަނީ ސުކޫކްގެ މުއްދަތު ކަމަށްވާ ފަސް އަހަރުގެ ތެރޭގައި ކޮންމެ އަހަރަކު 8 ޕަސެންޓުގެ ރޭޓުންނެވެ. މިއީ އައިކެއާ އިން ސުކޫކްގެ އިންވެސްޓަރުންނަށް ފައިދާ ބަހާ ފުރަތަމަ ފަހަރެވެ.
އެ ސުކޫކްގެ ލީޑް އެރޭންޖަރަކީ ފަސްޓް ނޭޝަނަލް އެވެ. ފަސްޓް ނޭޝަނަލް ލީޑް އެރޭންޖަރެއްގެ ގޮތުގައި އަމިއްލަ ކުންފުނިތަކަށް ބޭނުންވާ ފައިސާ ހޯދުމަށް، ބޮންޑާއި ސުކޫކު އަންނަނީ ވިއްކަމުންނެވެ. ފަސްޓް ނޭޝަނަލް މެދުވެރިކޮށް އެމްޕީއެލް އާއި ޔޫރޯ މާކެޓުން ވެސް ބޮންޑެއް އިޝޫ ކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މުޙައްމަދު ޝިފާޢު
29 September 2024
އެއްއަހަރުގެ ފައިދާގެ ގޮތުގައި 3.4 މިލިއަން ރުފިޔާ ބަހައިގެން ސުކޫކްގެ މުއްދަތު ކަމަށްވާ 5 އަހަރުތެރޭ 30 މިލިއަން ރުފިޔާ ސުކޫކްގަތް ފަރާތްތަކަށް ލިބޭނެތޯ؟ ފައިދާގެ އިތުރަށް ސްކޫކުގަތުމަށް ހަރަދުކުރި ފައިސާ ދޭނެތޯ؟ ނޭނގޭތީ އަހާލީ!
މާއޯ
29 September 2024
މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ ވިޔަނަ ޕެލެޓްފޯމައް ދޭބާ އެތަނުން ހުރިހާ މައުލޫމާތެއް ލިބޭނެ
ޙުސޭން
29 September 2024
30 މިލިއަން ނަގައިގެން 3.5 މިލިއަން ރުފިޔާ އަހަރަކު ބަހަން އެއީ އެހާ ބޮޑުކަމަކަށް ނުވާނެ. ޥިޔަފާރި ރަނގަޅަށް ކުރިއަށް ދަންޏާ އޯކޭވާނެ.
އުދުހޭ
28 September 2024
"ފަސްޓް ނެޝަނަލް" މި ނަމަކީ ފެމިލިއަރ ނަމަކަށްވާތީ ގޫގުލްގަ މި ޖަހާލީ. ވަނަވަރު ދައްކާގޮތުން "ފަސްޓް ނެޝަނަލް ފައިނޭންސް ކޯޕަރޭޝަން" ނަމުގައި ކެނެޑާ ބަޔަކު ކުންފުންޏެއް އުފެއްދީ 1988 ގަ. ކެނެޑާގެ ސްޓޮކް އެކްސްޗޭންގަ ލިސްޓްކޮށްފައިވާ އެކުންފުނީގައި 1600 މުއައްޒަފުން މަސައްކަތްކުރާމަކަށް ވިކިޕީޑިއާގަ އެބައޮތް އަދި މިދިޔަ އަހަރު ރެވެނިއުގެ ގޮތުގައި 2 ބިލިޔަން ޑޮލަރު ލިބުންކަމަށް އެބައޮތް.
ޓޫޓޫޒާހިރު
29 September 2024
First National Finance Corporation
ސުކޫ
28 September 2024
ވަޓް އިސް އަ ސުކޫކު
ޖަވިޔަނި
28 September 2024
ބޮންޑުގެ އިސްލާމް ވައްތަރު.
ޕަސެންޓް11
28 September 2024
އެބުނީ ފިކްސްޑް އިންޓަރެސްޓްގެ ގޮތުގައި 8 ޕަސެންޓް ބެހިވާހަކަތޯ. އިންޓަރެސްޓަކީވެސް ލިބޭ ފައިދާއެއް.
އިންޓަރެސްޓް ހަރާމްވެސްވޭ
28 September 2024
ބައެއް ހާލަތްތަކުގައި އިންޓަރެސްޓް ހަރާމްވެސްވޭ..
އަސްލުވެސް!
28 September 2024
ބޮންޑާއި ސުކޫކު ކުރިއަށްދާ ގޮތުގެ މައުލޫމާތު ބޭނުން!
އެދުރުބޭބެ
28 September 2024
ކޮންމެވެސް ގޮތަކުން ހޯދާލައިގެން ނަމަވެސް، ޢޭލެވެލް ގްރޭޑް 11 ގެ އިސްލާމް ފޮތުގެ ފިޤުހު ސެކްޝަން ބަލާލާ. އެންމެ އާދައިގެ މީހާއަށްވެސް ވިސްނޭނޭހެން ވަރަށް ތިލަކޮށް ކޮންމެހެން އެނގެންޖެހޭ ވަރަށް ކިޔައިދީފަ އޮންނާނެ.
އެކްސެލަންސީ އޮރިގާނާ
28 September 2024
ސަރުކާރު ކުންފުނި އެމްޓީޑީސީ އަދި އެމްޓީސީސީ ހިއްސާދާރަކަށް 25 ލާރި ލިބުނު . ލިބުނު 25 ލާރި ނަގަން ދިޔަ އީ ޓެކްސީ ދެކޮޅު ދަތުރަށް 50 ރުފިޔާ ދީގެން
އަފިހުން ގޮއްޔެ
28 September 2024
އެހެންވީމާ ތިއޮތީ ދެ ކުންފުނި އިގްތިސާދީ ގޮތުން ފުރާ ފުރިހަމަވެ ދޮންވެ ފައްކާވެ ބިމަށް މޭވާ ފައިބާފަ.
ފިނިފެންމާ ސައީދު
28 September 2024
50ރ. ޚަރަދުކޮށްފާ 25ލ. ނަގަން ދިޔައީމާ ކޮންމެވެސް އެހެން މައްސަލައެއްވެސް އެބައުޅޭނޫންތޯ؟