ގާފަރުގައި ގާއިމްކުރި ބީއެމްއެލްގެ އޭޓީއެމް ސެންޓަރު: އެތަނުން 24 ގަޑިއިރު ހިދުމަތް ލިބޭނެ ކަމަށް ބީއެމްއެލްއިން ބުނޭ --- ފޮޓޯ/ބީއެމްއެލް
09 އޮކްޓޯބަރ 2024 - 11:27
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މުޅި ރާއްޖެއަށް ބޭކިން ހިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ކ. ގާފަރުގައި ސެލްފް ސާވިސް ބޭންކިން އޭޓީއެމް ސެންޓަރެއް ހުޅުވައި ހިދުމަތް ދޭން ފަށައިފި އެވެ.
މިއަދު ހުޅުވި މި އޭޓީއެމް ސެންޓަރު މެދުވެރިކޮށް އަމިއްލަ ފަރާތްތަކާއި ވިޔަފާރިތަކަށް ފައިސާ ނެގުމާއި ފައިސާ ޖަމާ ކުރުމާއި ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް 24 ގަޑިއިރު ލިބޭނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ.
ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އަދި އިންޗާޖް އޮފް ދަ ބޭންކް އައިޝަތު ނޫރައްދީން ވިދާޅުވީ ގާފަރުގައި އަލަށް ހުޅުވި ސެލްފް ސާވިސް ބޭންކިން ސެންޓަރަކީ ކަސްޓަމަރުން ބޭނުންވާ ފަދަ ބޭންކިން ހިދުމަތެއް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ހުޅުވި ތަނެއް ކަމަށެވެ. އަދި ގާފަރުގައި ހުޅުވި އޭޓީއެމްއާ އެކު ކ. ކާށިދޫ އާއި މާފުށީގައި ގާއިމްކޮށްފައިވާ 2 ބްރާންޗުގެ އިތުރުން ކ. އަތޮޅުގައި މީހުން ދިރިއުޅޭ އިތުރު 6 ރަށެއްގައި ބީއެމްއެލްގެ އޭޓީއެމް ހިދުމަތް ލިބެން ހުންނާނެކަން ފާހަގަ ކުރެއްވި އެވެ.
ބީއެމްއެލްއިން 20 އަތޮޅުގައި 39 ބްރާންޗާއި 89 ސެލްފް ސާވިސް ބޭންކިން ސެންޓަރުގެ އިތުރުން 144 އޭޓީއެމް އަދި ކޭޝް އޭޖެންޓުން މެދުވެރިކޮށް ދަނީ ހިދުމަތް ދެމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކައުންސިލް ރައީސް
09 October 2024
މި ހަބަރު ޖެހީމަ ގާފަރު ކުދިން ތިބީ އުފަލުން