އޭސީޕީންގެ މަގާމުގައި ހުންނެވި ޝިފާން އަދި މޫސާ. މި ދެ ބޭފުޅުންގެ މަގާމު ވަނީ ބަދަލުކޮށްފައި.
22 އޮކްޓޯބަރ 2024 - 11:23
އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ޝިފާން ޕޮލިސް ކޮމިޝަނަރު އޮފީހުގެ ޒިންމާއިން ދުރުކޮށް، އެހެން ޑިޕާޓްމަންޓަކަށް ބަދަލުކޮށްފި އެވެ.
އެނގިފައިވާ ގޮތުގައި، އެ ބަދަލުތައް ގެނައިކަން އިއްޔެ މެންދުރު ރަސްމީކޮށް އިއުލާންކުރީ، ފުލުހުންގެ އެތެރޭގެ މައުލޫމާތުތާއި މަޝްވަރާތައް ކުރުމަށް ހަދާފައިވާ "އިންޓްރާ" އޮންލައިން ޕްލެޓްފޯމުގަ އެވެ.
އޭގައި ބުނެފައިވަނީ ޝިފާން، ސާވިސް ޑިވެލޮޕްމަންޓް ޑައިރެކްޓްރޭޓަކަށް ބަދަލުކޮށްފައިވާ ކަމަށެވެ. މިހާރު، ކޮމިޝަނަރު އޮފީހުގެ ހެޑަކަށް ހަމަޖައްސާފައިވަނީ، ސާވިސް ޑިވެލޮޕްމަންޓުގެ އިސްވެރިއަކަށް ހުންނެވި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މޫސާ އަލީ އެވެ.
މި ވަގުތު ފުލުހުންގެ ތަރުޖަމާނަކަށް ޝިފާން ހުންނެވިއަސް އެ މަގާމަށް ވަރަށް އަވަހަށް އެހެން ބޭފުޅަކު އައްޔަންކުރައްވާނެ ކަމަށްވެ އެވެ.
މޫސަ ކުރިން ހުންނެވީ ނ، ރ، ބ އަދި ޅ. އަތޮޅުގެ ރީޖަނަލް ކޮމާންޑަރަކަށެވެ. ސާވިސް ޑިވެލޮޕްމަންޓް ޑިރެކްޓްރޭޓަކަށް ބަދަލުކުރެއްވީ އެ މަގާމުގެ ދައުރު ހަމަވުމުންނެވެ.
ޕޮލިސް ކޮމިޝަނަރު އޮފީހުގެ އިސްވެރިއަކަށް ޝިފާން ހަމަޖެއްސެވީ އާ ވެރިކަމާ އެކު މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. އޭގެ ކުރިން އޭނާ ހުންނެވީ އައްޑޫ ޕޮލިސް އެކަޑެމީގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބަތްކައްކާ
23 October 2024
ކޮރަޕްޓް ނާއިންސާފުވެެރި އިންސާނެއް
ޝިފާން4040
22 October 2024
މައްސަލައެއް ނެތެއް ނޫން. ސާވިސް ނަންބަރު 4040، އުމުރު 40، އޭސީޕީ ރޭންކު ގައި.
ރަދީފްއޮފިޝަލް
22 October 2024
ހެހެހެހެހެ.
މަސްކަ
22 October 2024
ކުރިސީ ބުނީމަ ތިކަން މާކުރިން އެނގިފަ އޮތީ
ރަދުން
22 October 2024
އޮއްޓަރެއްހުރި ތަނެއްނޫންތީ
އަހަންމާކަލޯ
22 October 2024
ދެން އަހަރުން ކީއްކުރަންވީ
ޙަބީބް
22 October 2024
ޝުކުރިއްޔާ ކުރުސީ
އަސާ
22 October 2024
ރަގަލު ނިންމުމެއް..
ކޮވެލި
22 October 2024
މޫސާ އަލީއަކީ ވަރަށް މަޑުމައިތިރި ބޭކަލެއް. ކާމިޔާބަށް އެދެން.
އަލަގަ
22 October 2024
މަގާމުން ދުރުކުރީތަ ނޫނީ އަނެއް މަގާމަށް ކައިރި ކުރީތަ؟