28 އޮކްޓޯބަރ 2024 - 14:03
އިސްތަންބޫލް (އޮކްޓޯބަރު 28) – ދެން ހަވާލުވާން ބޭނުންވަނީ ޔޫރަޕުގެ މުބާރާތެއްގައި ނުކުޅޭ، ޕްރިމިއާ ލީގުގެ ކްލަބަކާ ކަމަށް ތުރުކީގެ ފެނަބާޗޭގެ ކޯޗު ހޯޒޭ މޮރިނިއޯ ބުނެފި އެވެ.
ފެނަބާޗޭއާ އެކު މޮރީނިއޯ ސޮއި ކުރީ ދެ އަހަރުގެ އެއްބަސްވުމެއްގަ އެވެ. އޭނާ ބުނީ އެ ކްލަބުޔގެ މަސައްކަތަށް ފަހު ދެން ބޭނުންމީ ޕްރިމިއާ ލީގުގެ އެންމެ ފަހަތުގައި އޮންނަ ޓީމަކާ ހަވާލުވާން ކަމަށެވެ.
"އަހަންނަށް ހީވަނީ ފެނަބަޗޭ ދޫކޮށްލާއިރު، އަހަރެން ކުރަން އެންމެ ރަނގަޅު ކަމަކީ ޔުއެފާ މުބާރާތްތައް ނުކުޅޭ ކްލަބަކަށް ދިއުން ހެން،" މޮރީނިއޯ ބުންޏެވެ. "އެހެންވީމަ ތާވަލުގެ އެންމެ ފުލުން އިންގްލެންޑްގައި ކްލަބެއް ހޯދަނީ، ދެ އަހަރު ފަހުން ކޯޗެއް ބޭނުން ވާ ކްލަބަކަށް އަހަރެން މިހުރީ ދާން ތައްޔާރަށް. އަދި އެކަމާ ބެހޭގޮތުން އިތުރަށް އެއްޗެއް ބުނާކަށް ބޭނުމެއް ނޫން."
އެފަދަ ކްލަބަކާ ހަވާލުވެ އެ ކްލަބެއް ބިނާ ކުރަން އޭނާ އިސްކަން ދޭނެ ކަމަށް މޮރީނިއޯ ބުންޏެވެ.
މޮރީނިއޯ ވަނީ ޕްރިމިއާ ލީގުގެ ޗެލްސީއާ އެކު ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. އޭގެ ފަހުން މެންޗެސްޓާ ޔުނައިޓެޑާ އެކު ވެސް މަސައްކަތްކުރި އެވެ. މޮރީނިއޯ ވަނީ ޕޯޗުގަލްގެ ޕޯޓޯ އާއި އިޓަލީގެ އިންޓަ މިލާނާ އެކު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ. އަދި ޔުނައިޓެޑާ އެކު ޔުރޮޕާ ލީގު، އިޓަލީގެ ރޯމާއާ އެކު ކޮންފަރެންސް ލީގު ކާމިޔާބުކުރި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިހާދެރަކަމެއް
28 October 2024
މިގޮލާ ހިތުން އުނެއި އެމްރީ އަށް ވެވޭތޯ އެއުޅެނީ. ބްރޯ އުޅޭ ކޮންމެވެސް ޓީމެއްގެ ތަރުޖަމާނުކަން ލިބޭތޯ
ރަދީފްއޮފިޝަލް
28 October 2024
ބްރޯ ރާއްޖެއަށް ޖައްސާލަބަލަ.މިކޮޅުގެ ފުޓްބޯޅަ އެހެން ލެވެލްއަކަށް ގެންދަން އެހީތެރިވާން އާދޭ.އދުހިފަ އާދޭ.